އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ރިޔާސީ ކެމްޕޭން ނިންމުމަށް މިރޭ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ ކަމަށް ބުނެ، ބްރެޒިލްގެ ރިއޯޑީ ޖެނީރޯގެ ފޮޓޯއެއް މީސް މީޑިއާގައި ދައުރު ކުރަމުން އެބަ ގެންދެއެވެ.

އެތައް ހާސް ބަޔަކު އެއްވެފައިވާ ތަން ފެންނަ ފޮޓޯ އަކީ ހަޤީޤަތުގައި ރިއޯ ޑީޖެނީރޯގައި ކޮންސެޓެއް ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯ އެކެވެ. މިއުޒިކް ކޮންސެޓްގެ ފޮޓޯއެއް ދައުރު ކުރަމުން އެމްޑީޕީގެ އެކްޓިވިސްޓުން މީސް މީޑިއާގައި މިއީ އައްޑޫ ސިޓީ ކަމަށް ބުނުމާއި އެކު ވަރަށް ގިނަ ސަޕޯޓަރުން ގެންދަނީ ފޮޓޯގެ ޙަޤީޤަތް ނޭނގި އިންތިޙާބު ކާމިޔާބު ވެއްޖެ ކަން ވެސް އިއުލާން ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ދައުރު ކުރަމުން ގެންދާ ޕޯސްޓެއް
މީސް މީޑިއާގައި ދައުރު ކުރަމުން ގެންދާ ޕޯސްޓެއް

އެމްޑީޕީ އިން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި 1500 އެއްހައި މީހުން ބައިވެރިވި ކަމަށްވެއެވެ. ޖަލްސާގައި ބައިވެރިވުމަށް ހުވަދު އަތޮޅުންނާއި ފުވައްމުލަކުން ވެސް މީހުން ދިޔައެވެ. އަދި މާލެ އިން ވެސް 200 ވަރަކަށް މީހުން ދިޔަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އިދިކޮޅު އިއްތިހާދުގެ އައްޑޫ ޖަލްސާ ކަމަށް ބުނެ، ބްރެޒިލްގެ ފޮޓޯއެއް މީސް މީޑިއާގައި ދައުރު ކުރަމުން ދާއިރު އެމްޑީޕީ އިން ވަނީ މީގެ ކުރިން ވެސް މިފަދަ ގޮތް ގޮތައް ފޮޓޯ ވައިރަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މިރުސްް

    ތި ތިމީހުންގެހާލު އެއްވެސްކަމަކަށް ތެދެއްނުހަދާނެ

  2. Anonymous

    ދެން ތި ބައިގަނޑު ވެރިކަމަށް އައިސްގެން ކޮން އިންސާފެއް ޤާއިމު ވާނީ!! ދޮގު ހެދުން ހައްދުފަހަނަޅާފައި.!! ޕްލޭނެއް އެބޮތޯ!! އެއޮތްތަނެއް އެނގޭ ހަމައެކަނި މީހަކީ ގަންޖާރައީސް!!!

  3. މ

    ޢަައްޗި.... ދޮގު އޮޑި...މަކަރާ ހީލަތާ ދޮގު ފެތުރުން ނޫން ކަމެއް ނެތް.. މިބާއި ގަނޑުގެ ސަޕޯޓަރުން މާ ބުއްދި ވެރި ބައެއް ކަމަށް ހެދިގެން އުޅުނަސް މިކަހަލަ ބޯގޯސް އެއްޗިހި ގަބޫލު ކުރާނެ މިބާއި ގނޑު ކިޔާ އެއްޗިހި ގަބޫލު ކުރާނެ...

  4. ދދދދދދ

    ކުރިއެކޭވެސް އެއްގޮތަށް ކަލޭމެންނަށް ހަމްދަރުދީވަން ގުންޑޭމެނޭ

  5. ޓަވަރު

    1000 ހާ މީހުން ތިބީ ޖަލްސާގަ އެންމެ ގިނަ ވެގެންވެސް

  6. ދުރުމި

    ދެން ކީކޭ ބުނާނީ ލަދުން ބޯހަލާކު އައްޑޫން ތާއިދު ނެތަސް ތާއިދު އޮތްކަން ދައްކަން ތީބޮނޑުވަރު އެމްޑީޕީގެ ޒަމާން ގޮއްސި ތިތަނަކީ އެމްޑީޕީއަށް އެންމެ ތާއިދު އޮތްކަމަށް ހީކުރެވުނު ތަން ހަަމަ ހަގީގަތުގަްިވެސް އެމްޑީޕީ ވަރައް ނިކަމެތިވެއްޖެ.

  7. ދދދދދދ

    ފޮޓޯއިން އެ ފެންނަ ފަންސާސް ފަސްދޮޅަސް ބުރީގެ އިމާރާތްތައް އެއީ ރައީސް ޔާމީން އައްޑޫގަ އަޅައި ދެއްވި އިމާރާތްތަކެއް. ބޮލު ރޮދިން ދެނަހުރީމުތަ؟

  8. ޥަގު

    ބުރާންޗާ ތި ފޮޓޯލީ ޕީޕީ ކުދިން

  9. ޫދ

    ޢެމްޑީޕީން އިން އެހެނެއް ނުބުނާނެ ޕިންކު ކުދިން އެމްޑީޕީ ވެގަނެގެން ކިޔާ އެއްޗިސްތީ. ޢިގޭ މިކޮމެންޓު ޖަހަން ނުކެރޭނެކަންވެސް ވަގުތު 23ގަ މަހައްދާން ޖެހޭނީ ތާެއީދު ނެތްކަން ދައްކާލާނަން

    • ބ

      އެބަ އުޅޭތަ ތިިިިިޔަ ކޮމެންޓް ޖަހަން ނުކެރިގެެންް .ހިތުން ވަރަަށްް މޮޅު ކޮމެންޓެއް .ހައްހައްހާ..

  10. ޕާޓޭ

    ދޮގު ވާހަކަ ނުފަތުރާ. ޖަލްސާ އަކަށް ނުދޭ ރަށް ރަށުން މީހުނެއް. ޕީޕީއެމް ޖަލްސާ ތަކަށް މީހުން ގެންނަނީ..

    ނޯޓު:މި ކޮމެންޓް ޝާއިރު ނުކުރާނެ ކަން އަހަންނށް އިގޭ.ސަބަބަކީ ޕީޕީއެމް އަށް ހަޑިވެ ދާނެތީ. އަހަރެމެން އަށް ވަގުތު ވަރަށް ރަނގަޅަށް އިނގޭ!!

    • ޢަހްމަދު ގެ އީވާ

      މިމީހުނެގެ މަޤްސަދް ވަރަށް ސާފު އިންޓަނެޝަނަލް ކޮމިއުނިޓީ އެބަދައްކަންޖެހޭ ތާއީދު އޮތްކަން އޭރުން އިންތިހާބުން ބަލިވީމަ މަކަރުހެދިޔޭ ބުނީމަ ދޮންކުދިން އެހީ ވާނީ.

  11. ޟަރީ

    މަށެއް ނުހެން.
    މުޅިންވެސް މިކަހަލަ ސްޓަންޓް ޖައްސަނިކޮން ގޮވާނީ އަތައް.

  12. ޏަނި

    މަކަރާ ހީލަތް މޑޕ

  13. ޖަލީލް

    ތިބައިގަނޑުގެ ވައްތަރު ތިއީ... މަކަރާ އޮޅުވާލުމާއި ފިތުނަ ފަސާދައުފެއްދުން ނޫން ކަމެއް ނުކުރާނެ،.

  14. ބަކުރު

    ކޮންމެ ވާހަކައެއް ދެއްކިއަސް 23 ގަ މި އަނިޔާވެރިކަން މުޅިން ނިމުމަކަށް އަންނާނެ އިންޝާﷲ

  15. ޙަފީޒާ

    ދޮގާ މަކަރު ނޫން އެއްޗެއް އެބައި މީހުންގެ ކިބަޔަކުން ނުފެންނާނެ

  16. ކިންގްފިޝަރ

    އެމްޑީޕީގެ ތިޔަ ބައްދަލުވުން އޮތީ ރިއޯގަކަމަށް ވާނީ. އެހެންވެ މަށަށް ނޭނގުނީ މަ އައްޑޫގައި ހުރިއިރުގަވެސް.

  17. ޝިފްޒާ

    މިއީ ހަމަ ތާއީދު ނެތްކަން އެގޭތީ މީހުންލޮލުގައި އަނދުން އެޅުވުން! މިއީ އަލަށް ކުރާކަމެއްނޫން! އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ހޮވޭނީ!

  18. އިބްރާހިމް / އައްޑޫސިޓީ

    އައްޑޫސިޓީ ޖަލްސާގައި އައްޑޫގެ ހުރިހާ ރަށަކުންނާ ، ފުވައްމުލަކުންނާ ހުވަދޫއަތޮޅުން އައި މީހުންގެ އިތުރަށް މާލެއިން 6 ފްލައިޓްގައި މީހުން އުފުލި! ޖަލްސާގައި ތިބީ ގާތްގަނޑަކަށް ހާހެއްހާ މީހުން!
    ރައީސް ޔާމީން ޖަލްސާތައްބޭއްވީ ތިން ރަށުގައިވެސް ވަކިން އެރަށެއްގެ މީހުންނާއެކު . އެއްކޮށްލައިފިނަމަ 3000 ވަރު ތިބޭނެ! ރައީސް ޔާމީނަށް އައްޑޫސިޓީންވެސް 55 ޕަސެންޓް ލިބޭނެ އިން ޝާ އަﷲ!

    • Rayyithu Ibrahim

      އެކަކުވެސް ނެތެއްނުން. ހުރީ ހުސްގޮޑިތަކެއް

  19. މަ

    ޓީވީއިން މަވެސް ދެކުނިން. ވަރައް ހިތްގައިމު ބަލައިލާން. ޕީޕީއިން މާލޭގަ ބޭއްވި ޖަލްސާއަށް ވުރެން މީހުން ގިންހެން ހީވޭ. ދެން ވަގުތު ކުދިން ދަތްކުނޑި ވިކައިގެން ތިބޭ

  20. މެދުޕްރޮވިންސަ..

    މީ މިރީނދޫ ބައިގަނޑު އޮޅުވާލާވަރު.....ހެއްދެވި ފަރާތަށް ބިރުވެރިވެ ބަލަ...ވީސްތަކުންނަށް އޮޅުވާލުން ދޫކޮއްލާބަލަ....

  21. ފަރުު

    މިނޫން ކަމެޣް ކުރަން ނޭގެ މޑޕ އައް

  22. ތުރާ

    ޖަލްސާ ލައިވް ކުރި! ދޮގުހަދައި އޮޅުވާލައިގެން އުޅެނީ ޕީޕީއެމް މީހުން.... ބިރުދައްކައިން... ފައިސާ ދީގެން މީހުން އުފުލީވެސް ހަމަ ތިޔަ ދޯހަޅި ޕާޓީ

  23. ފިކުރު

    އެމްޑީޕީ އަކީ ފެއިލްވެފައިވާ ޕާޓީއެކެވެ އެޕާޓީގެ
    ލީޑަރުޝިޕުން ރައްޔިތުންނަށް އޮޅުވާލުމާއި
    ގަސްތުގައި މަކަރު ހެދުން އާއްމުވެފައި ވުމާއި
    ވެރިކަމަށް ކުފޫހަމަވާ ބަޔަކު އިންތިޚާބަށް
    ކުރިމަތި ނުލުމަކީ އެޕާޓީ ފެއިލްވެއްޖެ ކަމުގެ
    ސާފު ހެއްކެކެވެ

  24. ޔާންބެ

    ތިގޮތައް ލޮލައް މިރުސް އެޅިފަ ތޯ ތިބެނީ އިދިކޮޅު އިއްތިހާދު