ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޓީވީއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއް ހުކުރު ދުވަހު ބްރޮޑްކާސްޓް ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޔާމީންގެ އިންޓަވިއުއެއް ހުކުރު ދުވަހު މެންދުރު ފަހު 14:30 ގައި ޓީވީއެމް އިން ބްރޮޑްކާސްޓް ކުރާނެ ކަމަށެވެ. އަދި ރައީސް އޮފީހުގެ މީސް މީޑިއާ އެކައުންޓްތަކުން އިންޓަވިއު ލައިވް ސްޓްރީމް ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

https://twitter.com/presidencymv/status/1042851204391297024

ރައީސް ޔާމީން ގެންދަވަނީ އަންނަ އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަމުންނެވެ. ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ރައީސް ޔާމީން ކެމްޕޭން ކުރައްވަމުން ގެންދަވަނީ ގިނަ ވައުދުތަކެއް ފުއްދެވުމަށް ފަހުއެވެ.

ހުޅުލެ މާލެ ބުރިޖާއި، އެއާޕޯޓް ތަރައްޤީގެ މަޝްރޫޢު އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއި، 12 ޑޮމެސްޓިކް އެއާޕޯޓްގެ މަސައްކަތް ފުރަތަމަ ދައުރުގެ ބޮޑެތި މަސައްކަތްތަކުގެ ގޮތުގައި ރައީސް ޔާމީން ފާހަގަ ކުރައްވައެވެ.

ދެވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތި ލައްވާފައި ވަނީ އިތުރު ހަލައްކަ ވަޒީފާ އުފައްދާ ދައުލަތުގެ އާމްދަނީ 82 ބިލިއަން ރުފިޔާ އަށް އަރުވާނެ ކަމުގެ ވައުދާއި އެކުއެވެ. އޭގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލަކާއި، 2023 އާއި ހަމައަށް 18 އަހަރު ފުރޭ ކޮންމެ މީހަކަށް ފްލެޓެއް ނުވަތަ ގޯއްޗެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ. މީގެ އިތުރުން ކޮންމެ ރަށަކުން ފުރައިގެން 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އަޅުއްވަން ވެސް ރައީސް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ވާދަކުރައްވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑަބަުނާމާނާ

    ރައްޔިތުންގެ ޓީވީން މިވޭތުވެދިޔަ 5 އަހަރުވެސް ކުރިކަމަކީ ތީ އެހެންވެ ފެނިފެނި މިހާރު ފޫހިވެއްޖެ އިތުރަށް އަލަށް އަޑުއަހަން ބޭނުންވާ އެންމެ ވާހަކައެއް އޮތީ އެއީ ދަބަސް ދަބަހުގަ ގެއަށް ވެއްދި ކަމަށް އެއްބަސްވި ރައްޔިތުންގެ ފައިސާއަށް ހެދިގޮތަކާ ވެއްދި ފައިސާގެ އަދަދު

    • ލޮލް

      5 އަހަރުގެ ކުރިނ ހިނގި ކަނތަކުގެ ވާހަކަ ނުދައްކަނީ ކީއްވެ. ކޮބާ ޕްރީޕެއިޑް ޝިއުނާ އަށް ދިން ރަށްތަކާ ލާރި. ކޮބާ އަލީވަހީދު، ކޮބާ ރާއްޖެތެރެ ތަރައްގީކުރަން ނެގި ލާރި، ކޮބާ އައްނި ހުވާ ކުރާއިރު ލިބޭނެޔޭ ބުނި 300 މިލިޔަން ޑޮލަރު. މިހެން ލިޔަން ވެއްޖިއްޔާ ކިތައްމެ ކަމެއްވެސް ލިޔެވިދާނެ.

  2. ޙަފްޞާ / މާލެ

    މާތްﷲ ގެ ރަޙްމަތްފުޅާއެކު ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން މި އިންތިޚާބު ކާމިޔަބުކުރައްވާނެއެވެ. ހިތުގައި ރުޅިވެރިކަމެއް ، ޒާތީތަޢައްޞުބެއް ނަފްރަތެއް ނެތް ކޮންމެ ދިވެއްސަކު ރައީސް ޔާމީނަށް ވޯޓްދެއްވާނެއެވެ. ސަބަބަކީ ރާއޖޭގެ ތާރީޚުގައިވެސް މިފަދަ ޤާބިލް ވެރިއަކު ފެނިފައި ނުވުމާއި ، ފަސް އަހަރަކުން ހުރިހާރޮގަކުން ރާއްޖެއަށް ލިބިފައިވާ ބޮޑު ކުރިއެރުމާއި ދެން ވާދަކުރާ މީހުން ކުރިން ޓެސްޓްކުރެވި ފެއިލް ވެފައިވާތީއެވެ. ޔާމީން / ޝަހީމް 2018

    • ލުބުނާ

      އާމީން. އާމީން.

  3. ައަންތަރީސް

    ދަބަސްދަބަހުގައި ކީއްކުރަން، ބޮޑެތި ބޯޓް ފަހަރާއި، ބޮޑެތި ބާރޖްތަކާއި، ބޮޑެތި ކޮޅުވެއްޓި ތަކުގައި އުފުއްލި ތަކެތި، ރާއްޖޭގެ އެންމެ އުތުރުން، އެންމެ ދެކުނަށް ބަލާލީމަ އެހުރީ ހާމަޔަށް ފެންނަން. ގޮސް ބަލާލަބަލަ.