ރައީސް ޔާމީންގެ އިންތިޙާބީ ބައިވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން އެއްވެސް ބޭފުޅަކަށް ނުދެއްވާ ވަރުގެ ބަހުގެ ހަމަލާއަކާއި ވަރުގަދަ ރައްދެއް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިނަށް މިއަދު ދެއްވައިފިއެވެ.

ޝައިހް އިލްޔާސްގެ ނަން ސީދަލަށް ލިޔުއްވުމަށް ފަހު ޝަހީމް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ފުރަތަމަ ވެސް ވިދާޅުވީ "ޤުރުއާނޭ ކިޔައިގެން ދޮގު ނުހަދާށެވެ."

އެއަށް ފަހު ޝަހީމް ލިޔުއްވާފައި ވަނީ "ޤުރުއާނާއި އޭގެ ތަފްސީރު އެނގޭނީ އިލްޔާސަށް އެކަންޏެއް ނޫނެވެ. އޭގެ ތަރުޖަމާ އަކީ އިލްޔާސްގެ އަމިއްލަ ސިޔާސަތެއް ވެސް ނޫނެވެ. މިވެނި ބޭފުޅެއްގެ މަރާއި ގުޅިގެން 9 މީހުން މަރުވި ވާހަކަ އޮތީ ކޮން އާޔަތެއްގައިތޯ؟" އެވެ. ޝަހީމް އިތުރަށް ވިދާޅުވީ (ތި ފަތުރަނީ) ފިތުނަ ކަމަށެވެ.

ޝަހީމް ދެވަނަ އަށް ކުރެއްވި ޓްވީޓްގައި ވިދާޅުވީ "ޤުރުއާނުގައި މުޝްރިކުންނަށް އިޝާރާތްކޮށް ބަޔާން ވެގެންވާ ޚިޔާނާތާއި ޝިރުކާއި ގުޅޭ އާޔަތްތަކާއި ކަލާންގެ ކަމަށް ދައުވާ ކުރި ފިރުއައުނާއި ގުޅޭ އާޔަތްތައް ކިޔާފައި އިސްލާމީ ގައުމެއްގެ ވެރިޔަކާއި އެފަރާތްތަކާއި އެއްފަދަ ކުރެވޭނީ ޝަރުޢީ ކޮން އުސޫލަކުން ހެއްޔެވެ؟"

އެޓްވީޓްގައި ޝަހީމް ވަނީ އިލްޔާސް ﷲ އަށް ބިރުވެތިވުމަށް ނަސޭހަތްތެރިވެފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މީގެ ކުރިން ވެސް ޝަހީމް ވަނީ އިލްޔާސަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. ނަމަވެސް މިއީ މިހައި ފާޅުކަން ބޮޑުގޮތެއްގައި ޝަހީމް އިލްޔާސަށް ބަހުގެ ހަމަލާއެއް ދެއްވި ފުރަތަމަ ފަހަރެވެ.

އިއްޔެ ރޭ ޝަހީމް ވަނީ އިލްޔާސް އޭނާގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ދައުވަތު ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

  1. ޅާހޫޜޭ

    ސޭހުން ސޭކުވުން ފަހުޒަމާނުގެ އަލާމާތް

  2. ލަބީން

    ސާބަހޭ ޝަހީމް. އިލިޔާސް ރީއްޗެއް ނޫން އަނގަތަޅާކަށް. ރީލޯޑަށް ފަތުވާ ނެރޭ މީހެއް އިލިޔާސަކީ. އިލިޔާސަށް ވުރެ އެތަށް ގޮތަކުން މޮޅެތި އިލްމުވެރިން ތިބީ ޔާމީން ޝަހީމާއެކު.

    • ފިހުރާ

      އިލްޔާސް ނައިބުރައީސްކަމުގެ ދަހިވެތިކަމުގައި ވާހަކައެއް ނުދައްކާ . ވައްކަމާ ހަލާލުނޫންފައިސައާ ، ޙަރާންކަންތަކަށް އަރައިތަތުމަށް ހިއްވަރެއް ނުދޭ .

  3. ނަރުދޫ މުސްތަފާ

    ކަންނެލި އޮޑި ބަނޑުއަޅައިގެން ސަލާމަތް ނުވެވިފަހުރި ކާޅެއް އިލްޔާސްއަކީ.....

  4. ޜައްޔިތުން

    ގުރުއާން ގެ އިރުޝާދާއި. އިންޒާރަކީ ކޮންމެ މީހަކަށް އޮތް ކަމެެއް. ޔާމީނަށް ސީދާ ވޯޓަކުން ވެރިކަމަށް އާދެވޭކަށްނެތް

  5. އލއ

    ޝަހީމް ގެ ތިޔަ ވާހަކަ އަށްވުރެ އިލްޔާސް ދެއްކި ދަލީލު ވާވަރުގަދަ

  6. ަޖޯރު

    ވަކި ޕާޓީ އަކަށް ވީމައެއްނޫން. ޝަހީމަށްވުރެން އިލްޔާސް ތި ދީނީ އިލްމަށް މާ ވަރުގަދަވާނެ.

    • މަރީ

      އިލްޔާސަށްވުރެ އެތައް ގިތަކުން މޮޅީ ޝަހީމް.ޤައުމަށް ހިދުމަތް ކުރުމުގައިވެސް. ޢިލްޔާސް ހުރޭ ރިޔާސީ އިންތިހާބަށް އެއޮންނަ ސަރުކާރަކާ ދެކޮޅަށް ކެންޕޭން ކުރަން.

  7. އަބުޖީ

    ދީނީ ކަންކަމުގައި ބަސްބުނާނީ ދީނީ އިލްމުވެރިން އަންނިޔާ އިބޫ ފަދަ ޖުނުބުވެރިންނެއްނޫން

  8. އަހްމަދު

    ސުބްޙާނަﷲ ދެފިކުރެއްގެ މީހުން ވެގެން ދެޢިލްމްވެރި، ދެޙާފިޒްން ޖައްސަވާއިވި، ނަފްރަތު އުފައްދާފި، ދެބޭފުޅުން މައިތިރިވެ ތިބޭފުޅުން ހިތްޕުޅުގައިވާ ޤްރުޢާނުގެ ޙައްޤުގައި އެކަކު އަނެކަކަށް ޤްރުއާނުން ދަލީލުނަގާ ރައްދު ނުދިނުމަށް އާދޭހާ އެކު ދަންނަވަން. ތިޔަދެބޭފުޅުންނަށް ހަސަދަވެރިވާ މީހުން އެނަގަނީ ސިޔާސީ އަދި ދީނީ ފާއިދާ. ޙާއްސަކޮށް މިކަމަށް އެމްޑީފީ އުފާކުރާނެ. ކޮންމެ ގޮތަކަށް 23 ނިމުނަސް ތިޔަ ދެބޭފުޅުން އެކުގައި އުޅޭތަން ދެކެން ވަރަށް ބޮޑަށް ބޭނުން.

    • ޢާއިޝާ

      ޢަސްލުވެސް. ބައެއްމީހުން ބޭނުންވާގޮތް މިފެންނަނީ. ޤައުމުހަލާކުވެ ބައިބައި ވެފައިވާ ވާވަރު މިކަމުން ވަރަށް ރަނގަޅަށް ދޭހަވެއްޖެ. ތީ، ރައްޔިތުން ހަމަ މަގަށް އަޅުވަން ތިބި ބޭފުޅުން. ދީނީ ޢިލްމުވެރިން ހިޔާލު ތަފާތުވިސް ނަފުސު ކޮންޓްރޯލް ކުރެއްވުން އެދެން.

    • ޝަހީދާ

      ޢަބަދުވެސް ކަަފަރުން އުފަަކުރަަނެ ކަމެއް މުސްލިމް އުއްމަތް ބައިބައި ވުމަކީ މިއަދު މުސްލިމް މިޤައުމަށް ނަސޭހަތްތެރިވާން ތިބި ދެޢިމްވެރިން އެވަނީ ޙަސަދަވެރިވެފަ. ޔާﷲ އެދެޢިލްމް ވެރިން އެކުވެރި ކުރައްވާންދޭ.

      • Anonymous

        އާމީން

  9. ވަތަނީ

    މަރުހޫމް އަފްރާސީމްގެ މަރާބެހޭ ވަރަށްގިނަ މައުލޫމާތު އިލްޔާސަށް އެނގޭ ކަމަށް ދޭހަވާ
    ވާހަތަކެއް އޭނާ އައްޑޫ އާއި ފުވައްމުލަކުގައި
    ދައްކާފައި ވެއެވެ އެހެންކަމުން އަފްރާސީމްގެ
    މަރާބެހޭ އިތުރުައުލޫމާތު ހޯދުމަށްޓަކައި އިލްޔާސް
    ދެއްކިވާހަކަތައް ވީހާއަވަހަކަށް ތަހްޤީޤު ކުރުމަށް
    ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ

  10. ބުއްޅަބޭ

    ބަލަ އިލްޔާސަކީ ޑްރަގް އާއިލާޔަކުން އައިސްފަހުރި މުނާފިގް ޑރަގް ލޯޑެއް!

  11. މަސްވެރިޔާ

    މިއިލްޔާސް އަކީ މަގުއޮޅި މާދިއްޔަތަށް ހެއްލި ހަލާކުވެފަހުރި ފިނޑިއެއް. މީނާ ނުންތޯ މައުމޫންގެ ދީނީ ކަންތަކައް ފާޅުކަންބޮޑްކިށް 2008 ގައި މުޑުދާރު ހުތުރުބަސް ކީ. މިއީ ހަމަ ފިތުނަ އުފައްދާ އިންޖީނެއް.

  12. ނިޒާރު

    ރުފިޔާ ދެނީ ޤާސިމު! އެހެންވީމާ ޤާސިމު ގުދަށް އޮންނާށޭ ބުންޏަސް އިލްޔާސް ޖެހޭނީ ގުދަށް އޮންނަން! އާޔަތެއް ނުވަތަ ޙަދީޘެއްގެ މާނަ މިވެނިގޮތަކަށް މާނަކުރާށޭ ޤާސިމު ބުންޏަސް އިލްޔާސްއަސް ޖެހޭނީ އެކަންވެސް ކުރަން! އެއީ އަޞްލަު އެވާގޮތަކީ! މައުމޫނުގެ ވެރިކަމާދެކޮޅަށް ޤާސިމާއެކު އިލްޔާސް ނުކުތް! އަންިނިގެ ވެރިކަމާދެކޮޅަށް ޤާސިމާއެކު އިލްޔާސް ނުކުތް! ޔާމީންގެ ވެރިކަމާދެކޮޅަށް ޤާސިމާއެކު އިލްޔާސް އެހުރީ ނުކުމެ! އެކަމަކު އިން ޝާ އަﷲ މިފަހަރުވެސް ހޮވާނީ ޔާމީން!

    • Anonymous

      ޢިލް

    • ނުވާނެ

      ނުހޮވޭނެ

  13. ދިވެހިރަތްލޭ

    ހައްދަވާ ގެންގުޅުއްވާ މަތިވެރިރަސްކަލާކޮ، އަޅަމެންނައް އިނބަކަލާންގެ ނޫރުންއަލކަންދެއްވާ ހިތްތައްއެކުވެރިކުރައްވާންދޭވެ. ކާފިރުތަކުން ގެފިތުނައިން މިގައުމާއިރައްޔިތުން ރައްކައުތެރިކޮށްދެއްވާފާންދޭވެ. މިގައުމުގެ ޚާއިނުން ނާއިގައްދާރުން ނިކަމެތިކުރައްވާބަލިކުރައްވާ އަދާވާތްތެރިންގެ ކިބައިން މިގައުމުސަލާމަތްކުރައްވާންދޭވެ. މިގައުމުގެހެޔޮއެދޭ އިޚްލާސްތެރީންނައްނަސްރާ ނަސީބާކާމިޔާބީމިންވަރުކުރައްވާ ގަދަކަންދެއްވާންދޭވެ....... ރައީސްޔާމީން ދެވަނަދައުރަކަށް... އިންޝާﷲ

  14. ސަން

    ސަހީމު އިލްޔާސު ދިން ވަރަށް އަދައިގެ އެއްޗަކަށް ހަދައިފި. އެނާ ބޭނު ންތަނެއް ގަވެރިކަމަށް އަމާޒު ކޮށް ވަރަށް ގިނަ ޔަގިން ނުވާވާހަކަދައްކައިފި.އަހަރުމެން ދަނނަ ގޮތުން އިސްލަމް ދިނުގާ މިހަކުގެ މައްޗަށް އިލްޒަމެއްއަޅު ވަންވާނިް ވާނި ހެއްކާގަރިނާއާއެކު.ސިޔާސީ މިީހުން ގެ ފިކުރައެއްގޮތަށް ހަދީހާ ގުރުވަންބޭނުން ކުރުމުން އެގުރުއާނާ ހަދީހުގެ ބުރަދަން އެބަގެއްލޭ. ވަކިބަޔަކު ވެރިކަމަށް ގެެންނަން އަޔަތް ކިޔައިފަ ކުރުއާން ބެނުް ކުރަހާ ހިސާބަކަށް މިރާއްޖެ އެވެސް އިރެއްގަ ނުދޭ. މިހުން ގެ ރުހިން ހޯދަން ބެނުންނަމަ ރުހުން ލިބޭކަންކަން ކުރަން ވީ.

  15. ޮޮޕޕ

    | ފަޟީލަތުއްޝައިޚް އިލްޔާސް ޖަމާލް | 10 ގަޑިއިރު ކުރިން | 0 ކޮމެންޓް
    ވެރިއަކަށް ބައިޢަތު ހިފަންވާނީ ތިމާއަށް ލިބޭނެ މާއްދީ ފައިދާއަކަށް ބަލައިގެނެއް ނޫނެވެ.
    ފައިސާގެ ދަހިވެތިކަމުގައި ނުވަތަ ދުނިޔަވީ އެދުމެއްގައި އެކަން ކުރާ މީހާއަށް ވަޢީދުގެ ބަސް އައިސްފައިވެއެވެ. ޞައްޙަ ޙަދީޘުން ޘާބިތުވެ އައިސްފައިވެއެވެ: ((ثَلَاثٌ لَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ ، وَلَا يَنْظُرُ إِلَيْهِمْ ، وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ )) [رواه البخاري] މާނައީ: "ﷲ ތަޢާލާ އެމީހުންނަށް ޤިޔާމަތްދުވަހުން ރަޙްމަތުގެ ބެއްލެވުމަކުން ނުބައްލަވާނެ، އަދި އެމީހެއްގެ ނަފްސު ޠާހިރުނުކުރައްވާނެ، އަދި އެމީހުންނަށް ވޭންދެނިވި ޢަޛާބު ލިބިގެންވާ ތިން ބާވަތެއްގެ މީހުން ވެއެވެ."

  16. ޤައުމު

    ރީނދޫ ހުން ޖެހުނީމަ ކިޔޭ ނުކިޔޭ އެއްޗެއް ނޭންގޭނެ.

  17. އަހްމަދު

    އެމްޑީޕީން 2008 ގެ ކެމްޕޭން ނިންމި ޖަލްސާގައި އެންމެ ފަހުން ވާހަކަ އެއްކީ އިލްޔާސްގެ އަސަރުގަދަ ދުޢާއަކުން. ވެރިކަމަށް އައީ ނަޝީދު. 2013 ޔާމީންގެ ކެމްޕޭން ނިންމި ޖަލްސާގައި އެންމެ ފަހުން ވާހަކަ އެއްކީ އިލްޔާސްގެ އަސަރުގަދަ ދުޢާއަކުން. ވެރިކަން ލިބުނީ ޔާމީނަށް. 2018 އިދިކޮޅު ކެމްޕޭން ނިންމި ޖަލްސާގައި އެންމެ ފަހުން ވާހަކަ އެއްކީ އިލްޔާސްގެ އެހާމަ އަސަރުގަދަ ދުޢާއަކުން. ތާރީޙު އިޔާދު ވުމަކީ ގާތްކަމެއް އެކަމަށް ﷲ އިރާދަ ކުރައްވާފިއްޔާ. އިންޝާﷲ.

  18. ޒަމާނީޒުވާބު

    ތިތާ ނެތޭ ހަމަ ހައްގު ގޮތުގައި ހައްގަށް ނަސްރު ދޭ ހަމަ އެކަކު ވެސް، އަދި ޑޝަހީމުގެ ކަންތައް މާ މަތީގައި ހުރި ޝަހީމު މާ ފިނޑި ...

  19. ޒާ

    ކުރިން ޝަހީމް އަށް ވަރަށް އިހްތިރާމް ކުރަން.އެކަމު މިހާރު ވަރަށް ފޫހިވެއްޖެ ޝަހީމް ދެކެ.ދައްކާ ވާހަކަ ތަކުން.

    • ގަމާރުމޯލްޑިވިއަންމ

      ށަހީމު އަކީ މީހަކަށް ބެލި މީހަކު ހިނގާނީ އެކޮޅު ކޯޅުން

  20. ޕޮފުބާ

    އިލްޔާސް އަކީ މަގު އޮޅިފަހުރި މުނާފިގެއް ވަރަށް ސާފްކޮން މިބުނީ

  21. ސޭކު

    ޔާﷲ މިދެމީހުންވެސް ފަލީހަތްކުރައްވާ މީހުންގެ ކުފުރުގެ ހެދުން ފާޅުކޮއްދެއްވާންދޭވެ. އާމީން

  22. ޙަސަން މުހައްމަދު

    ހެއްދެވި ފަރާތް މޮޅަށް ދެނެވޮޑިގެން ވަނީ ތިތަނުން ކާކުކަން ހެޔޮމަގުގަ ހުރީ. އެކަކު އަނެކަކަށް އިނގިލި ދިއްކުރުމެއް ނެތް. އެއްމެ ކުރީގައި މުޝްރިކުންވެސް ޤުރުއާނުގެ މާނަ އެބަޔަކަށް ހީވާ ގޮތަކަށް ކޮށް އުޅުނު

  23. ހާއްޓޭ

    ޝަހީމު ކޮންމެ އެއްޗެއް ކިޔަސް އިލްޔާސް ވާހަކަ ދައްކަނީ ޤުރްއާނީއި ހދީޘް ގެ އަލީގައި. އަނިޔާވެރިންގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާށި.

  24. ގައްލޭ

    ޝަހީމު އައް ހަޖަމް ނުވިީ

  25. ހާތިމާ

    ޝަހީމު ތިޔަ ވިދާޅުވީ ބާޒާރުމަތީގައިއުޅޭ އެންމެ ޖާހިލު މީހުން ދައްކާ ކަހަލަ ވާހަކަ . މިވެނި ބޭފުޅެއްގެ މަރާއި ގުޅިގެން 9 މީހުން މަރުވި ވާހަކަ އޮތީ ކޮން އާޔަތެއްގައިތޯ؟"
    މަގާމުގެ ދަހިވެތިކަމުގައި މީހާތިޔަހުރީ މޮޔަވެފައި .

    • ގަމާރުމޯލްޑިވިއަންމ

      ސީރިޔަސް ކޮށް.މަވެސް ހަމަ ކޮސް އަންތަރީސް ވެއްޖެ.ބަޔަކު ފަޅީހަށް ކުރަށްވާނީ މިފަދަ ނިކަމެތި ގޮތަކަށް.ސަހީމް އަކަށް ނޭގޭ އެއްވެސް ގޮތަކަށް އިލްމީ ގޮތަކުން ޖަވާބުދޭކަށް.އެއްމެ ބާޒާރީ ބަހުރުވަިން ވާހަކަ ދަށްކަނީ

  26. މޮޅު

    ޝަހީމް ތިއޮތީ ނައިބް ރައީސަކަށް ވެ ނިމިފަ ދެންކުރާނެ އެއްވެސް މަސެއްކަތެއް ނެތް ސަޅާާމް

  27. ރާޒީ

    އިލްޔާސްގެ ބޭނުން ހިއްޕަވައިގެން އެމް.ޑީ.ޕީ އިން މިޤައުމުގައި ފިތުނަ އުފައްދައިފި މިކަމާއި ހުޅަނގާއި، ރައީސް ނަޝީދު ވަރަށް އުފާވާނެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

  28. ފާތުން

    ޝަހީމް ތިބޭފުޅާ މޮޔަވެއްޖެ ދެއްތޯ ޝޭހު ދެކެ ހާދަނަފްރަތެއް ތިވަވީ ފަހުން ހިތާމަކުރާނެކަން ޔަގީން ތިހާވަރަށް އަމިއްޅަ އެދުން ބޮޑުކުރާކަށް ނުވާނެ ވެރިކަމަކީ ﷲ ގެ ކުޅަދުން ވަންތަ ވެރިކަމާއި އެކު ﷲދެއްވި ފަރާތަކަށް ނޫނީ ނުޅިބޭނެކަންވެސް ނޭގެނީތޯ ހަމަހޭނެތިފައެއްނޫން ތިހުންނެވީ ހޭއަރާބާ

  29. ރުޒާނާ ޗޮއްޕަޓު

    ކަންނެލި އޮޑި ޝޭޚަކީ އަބަދުވެސް ފިތުނަ އާއި ފަސާދައަށް ގޮވާލާ ވަރަށް ނުބައި ނުލަފާ ބޮޑާ ކިބުރުވެރި މީހެއް. ގުންފައި ޖަހާލާފަ މަގޭ ނަމަކަށް އިލްޔާސެއް ނުކިޔާނޭ ކިތާފަ އެމްޑީޕީ މީހުންނާ ދިމާއަށް އެހެރަ ދިޔަ ގޮތްވެސް ހީވަނީ ބިންގަނޑު ފަޅާލަން އުޅޭ މީހެއްހެން. އަބަދުވެސް މަ ވަރަށް ފޫހި ކަރުވާ ބެއެއް ތީ.

  30. ދދދދދދ

    ޝަހީމާ އެއް ހަމައިގަ ހިނގޭނެ މީހެއް ނޫނެއްނު ތީ. މައިތރިވެ ހުންނަން ވީނު. ސ.ފޭދޫ މުސްކިތު މިންވަރަށް އަރަން ވީނު އަނެއްކާވެސް. ކުރީ ފަހަރު ކާފަރެކޭ ކިޔާފަ ހުކުރު ދޫކޮށް މިސްކިތުން ފޭބި ބެއްޔާމެން މިހާރު ދުވާނެ މަލާއިކަތެކަެ ކިޔާފަ. އެ ބޭމެނަށް ޖެހިފަ ތިބި ހާލު އަހަރުންނަށް ނުޖެއްސެވިކަން ނަސީބު.

  31. ޙައްވަ

    ﷲ އަށް ބިރުވެތި ނުވާ ޝޭކުން.

  32. ފައިސަލް

    ސާބަހޭ ދީނީ ޢިލްމްވެރިން. އެކަކު އަނެކަކާއި ތަޅާ، ދިވެހިންގެ ހިތްތަކުން ދީނީ ޢިލްމްވެރިންނަށް ލިބިފައިވާ އިޙްތިރާމް މުލުން ލުހެލާތި.

  33. ހުވަދު

    ޝަހީމާކީ މިހާރު ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ވާހަކައެއްވެސް ދައްކަފާނެމީހެއް.

  34. ތޫސީ

    އަސްލު މިހާރުވެސް ހަލާލު ނޫން ލާރި ކަމުން ދަނީ ތި ޝަހީމް. ސިކުޑި ހުރިއްޔާ އެގޭނެ ޗާންސެލަރެއްގެ ލާރި ހުއްދަ ނުވާނެކަން ތިމާ އެމަސައްކަޡް ނުކޮއް ކެންޕޭނު ކުރަން އުޅުނީމަކާ.

  35. މޯލްޑިވިޔަން

    މީހަކު ކޮސްވެ އަންތަރީސް ނުވާނެ ތަ؟ ހުވާ މަގޭ ވޯޓަށް ސަލާމް.ޔާމީން މި ފަދަ މީހަކު ނައިބަކަށް ނެގީތީ ވެ މީހަކު އަޅެ ކޯސް ނުވާނެ ތަ

  36. ރާފަޅާ

    މީސްތަކުންގެ މެދުގައި ޢިލްމުވެރިންގެ އިތުބާރާއި އަގު ވައްޓާލަނީވެސް ޢިލްމުވެރިން. ކޮންފަދަ ބޮޑު ފިތުނައެއް.

  37. ދެރަވީ

    ދެރަވީ ބާރުނެތީމާ ދުރުގާޙުރެގެން އަބުރާ ބެހިލާ! ސަހީމޫ!!ނުބައި ފަޅީގަ ހުރީމަ ކިޔާނެ އެއްޗެއް ނެތީމަ މީހުން ހެއްލޭނެ ކަމަށް އޮއްޓަރެއްނެތް ވާހަކަ ނުދައްކާ!މީހުނަށް ގަބޫލުވާ ކަހަލަ ހުއްޖަތެއް ދައްކާ!!!ސުކުރިއްޔާ

  38. މޭން

    މާތް ﷲ ގަންދީހުވާކޮށްފައި ނުބަން ފިރުއައުނާއި ޔާމީން އާއި ތަފާތެއް ނެތް. ފިރުއައުނަކީ އަމިއްލައަށް ކަލާގެކަމަށް ދައުވާކުރި މުޖުރިމެއް. ޔާމީން އަކީ ﷲ ބާވައިލެއްވި ޝަރިއަތް ބަދަލުކޮށް ކޮށްލި މުޖުރިމެއް. މި ދެމީހުންވެސް މި ކުރީ ބިޑު ޝިރުކު ތަފާތަކީ ޔާމީން މުރުތައްދުވެ ކާފިރުވިކަން

  39. ؟؟؟؟

    އިލްޔާސް އަތުންފައިން މަސައްކަތެއް ނުކޮށް ޢާމަދަނީ ހޯދާގޮތެއް ބުނެދީބަލަ.

  40. މާކަނާ

    ގުރުއާނާއި ހަދީސުގެ މާނަ ތިރީގައި މިވާގޮތަށް ނުކުރާށެވެ.

    ކަލޭ ލަނީ ކިތަކެއްގެ ޗައްޕަލަ ހެއްޔެވެ؟ ﷲ ތަޢާލާ ބާވައިލެއްވީ ޔޫސުފް ސޫރަތުގެ ހަރަރުވަނަ އާޔަތުގައި އެއޮތީ އަޙަދަޢަޝަރަ. ޢެގާރަ ނޫންތޯ؟ މިޢީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއްނޫން.

    ﷲ ތަޢާލާ މިކަންކަމުން އަޅަމެން ނަޖާ ކުރައްވާށި އާމީން.

  41. Anonymous

    ފިރުއައުނާ އެންމެ ގާތްކުރާ ދިވެއްސަކީ ގުރުއާނާއި ސުންނަތުގެ ބަދަލުގައި ރާފުޅި އާއި ޑްރަގާއި ކްރިސްޓިއަންދީން ފަތުރަން އުޅޭ މީހާ. އެމީހާގެ ނަން ނުލިޔުނަސް ހުރިހާ ދިވެހީން ދަންނާނެ. އެއީ ވަގަށް ދެއްކި ވާހަކައެއް ނޫން.

  42. ޓިލަ

    ރައީސް ޔާމީން 1 އެންމެ ބޭފުޅުން ވޯޓް ދެއްވާ ޔާމީނަށް ޤައުމުގެ ހަމަޖެހުމަށް ރައީސް ޔާމީން

  43. ހުސޭނު

    އިލްޔާސް އައް 9 މިހުންގެ މަރޭ ކިޔައިގެން މީހަެއްގެ ބޮޅުގަ މިވަރުގެބޮޑެކަމެއް އަޅުވާފަ އެއީ ސޯސަލް މީޑިޔާ އިން ފެނުން އެއްޗެކޭ ބުނެމިއަދު ފަރުޖައްސާލެވިދާނެ. އެކަމު ހަގީގަތުގަވެސް ގުރްއާނާ އޭގެ މާނަ އެނގޭމީހަކު މިއަދު ވަކިބޭނުމަކައް ތިދައްކާވާހަކަޔައް ބިރުވެތިވާންވާނެ. އެދުވަހުން ސުވާލު ކުރީމަ ނުބުނެވޭނެ އަހަރެންދެއްކީ ސޯސަލް މީޑިޔާގަ އޮއްއެއްޗެކޭ. ތައުބާވޭ

  44. އަލީ

    ޝާހީމްގެ ނިންމުން ވަރަށް ރަގަޅު. ކުރިއަށް އޮތް ފަސްއަހަރު ޝަހީމް ނައިބްގަ ހުރެގެން ދީނީ ކަންކަމަށް އެތައް ފައިދާތަކެއް ކުރާނެ އިންޝާﷲ. ޝަޙީމުއަކީ ކެރޭ ފިސާރި ހިންގުންތެރި ދަރިއެއް. ޢިބޫއަކީ އަންނި އެއް ނޫނޭ ބުންޏެސް އެއީ ލާދީނީ އަންނިގެ މީހެއް. ޥެރިކަމަށް އާދެވޭތޯ ޖާނާއި މާލުން އާއެކޭ ބުނީމާ އިޔާޒްމެން މި ހެނީ . ޥެރިއަކަށް ހޮވާފާ ދޭން ބޭނުމެއް ނޫނޭ ކިޔާކަށް މީ މިއުޅޭ އިލްޔާސާ އިޔާޒްގެ ތަރިކަ މުދަލެއްތަ؟

  45. Anonymous

    ސާބަހޭ ސަހީމަށް

  46. ޏަމްޏަމް

    ޢިލިޔާސް ހައްޔަރު ކުރުމަށް ގޮވާލަން ތިޔައީ ފޭކު ގޮލައެއް.

  47. އ.ޖ.އ

    ކަލޭ މާ މޮޅު ވެގެން ނޫޅޭ. ދުނިޔޭގަ ރާ ހުރީމަ އޭގެ މާނައަކީ ރަލުގެ ވިޔަފާރި ހުއްދަ ވުމޭތޯ؟

  48. ޟަރީ

    އިރުކޮޅަކުން މިބޭ އަންނާނެ ރޮމުން އިދިކޮޅާ ގުޅެން.. ކާކަށް އިތުބާރު ކުރާނީ މިހާރު.. އަހަންނަށް ޝަހީމް ގައިގަ ވަރަށް ބޮޑާ ވައްތަރު ޖަހާ..

  49. ހިލް

    މިތާގަ ދެރަ އެކަކުވެސް ނެތް

    އެކަމަކު އިލްޔާސް މިފަހަރު ދޮގުހަދާފި ޔަޤީން

  50. Anonymous

    ބޭކަާރު ކޮމެންޓު ކުރާނީ ޝަައިތާނާ އަށް ހެއްލިފަ ތިބޭ މީހުން.......

  51. ޙބމ

    ޢަމިއްލަޔައް މަޮޅުކަމައް ހެދިގެން އު
    ޅުނަސްޞކިޔަވައިގެންތިބި ގަމާރުން ތަކެއް.