ރޭ ހައްޔަރު ކުރި ޤާނޫނީ ވަކީލް މޫސާ ސިރާޖުގެ ގެއަށް ފުލުހުން ވަދެ، އެގެ ފާސް ކޮށްފިއެވެ.

ގ. ހުމަށިގޭ ނުވަ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓް ފާސްކުރުމަށް ކޯޓުން ނެރުނު އަމުރުގައި ވިދާޅުވެފައި ވަނީ އެތަން ފާސްކުރަނީ ރައީސް ޔާމީނާއި އެހެން ބަޔަކު ޖިނާއީ ކުށްތަކެއް ކުރި ކަމަށް ބެލެވިދާނެ އަމަލުތަކެއް ކުރި ކަމަށް އެ ފަރާތްތަކަށް ނިސްބަތްކޮށް އަދީބާ ހަވާލާދީ ރިޕޯޓްކުރަމުން ދިޔުމާއި ދައުލަތުގެ އާންމު އިދާރާތައް ހިމެނޭ ގޮތަށް ދޮގު ޚަބަރު ފެތުރުމާއި ހަޑި ހުތުރު ބަހުން ލިޔުން ތައްޔާރުކުރާ މައްސަލާގައި ހެކި ހޯދުމަށް ކަމަށެވެ.

އެޕާޓްމަންޓު ފާސްކުރުމަށް ފަހު ހާޑް ޑިސްކް ޑްރައިވް އަކާއި ޕެން ޑްރައިވް އަކާއި ފަސް ސޮފުހާގެ ލިޔުމެއް ފުލުހުން ވަނީ ގެންގޮސްފައެވެ.

ސިރާޖުގެ ހާޒިރުގައި ތަން ފާސްކުރުމަށް ފަހު ސިރާޖު ވެސް މިހާރު ވަނީ އަލުން ފުލުސް އޮފީހަށް ގެންގޮސްފަ އެވެ.

ސިރާޖު ރޭ ހައްޔަރު ކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ހަވާލާދީ ދޮގު ބަޔާންތައް ނެރެމުންދާ މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙައްވަ

    ދެންކުރާނެ ތިހުރިހާކަމެއްވެސް. ތިވަރުން ނޫޅެ ވޯޓު ނުލާންވީނުން. ކޯޓުތަކަށް އަތްބާނައިގެން މިހާރުގެ ރައީސްގެ ފަހުނޭވަޔާހަމައަށް ރައީސްކަމުގަ ހުންނާނޭ ހުކުމް ކުރަންވީނުން.?✌️

    • ސަލީމާ

      ހަޖަމްނުވީދޯ

  2. ގަމާރުމޯލްޑިވިއަންމ

    ބޯޑެތި ތަމްބް ޑްރައިވް ފެންނާނެ