ފުލުހުންގެ ޔުނީފޯމުތަށް ގޭންގުތަކަށް ދީފައިވާ ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކާ ލަންކާގައި ބައްދަލުކުރައްވާ ނަޝީދު ވަނީ، ދިވެހި ފުލުހުންގެ ޔުނީފޯމު ގޭންގުތަކަށް ދީފައިވާ ކަމަށް ތުހުމަތުކޮށް، އަސްލު ފުލުހުންނާއި އެނޫން މީހުން ވަކިކުރާން ނޭނގޭ ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ އެ ވާހަކަތަށް ކުށްވެރިކޮށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ސްޕޯކްސްޕާސަން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ އިދާރާގެ އަގުވެއްޓޭ ގޮތަށް ރައީސް ނަޝީދު ބައިނަލްއަގުވާމީ މީޑިއާތަކާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅަކީ ހަގީގަތެއް ނެތް، ދޮގު ވާހަކައެއް ކަމަށެވެ.

"...ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކޮލަންބޯގައި ތިބޭ ބައިނަލްއަގުވާމީ މީޑިއާތަކާ ބައްދަލުކޮށް ފުލުހުންގެ އިދާރާގެ އަގުވެއްޓޭ ގޮތަށް ދެއްކެވި ވާހަކަފުޅަކީ ހަގީގަތެއް ނެތް ވާހަކައެއް. އެހެންކަމުން ރާއްޖޭގެ ރައީސްކަން ކޮށްފައި ތިބޭ ބޭފުޅުން މިފަދަ ވާހަކަ ދެއްކުވަމީ ފުލުހުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. އަދި އެކަން ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ ޔުނީފޯމުގައި ފުލުހުން ނޫން އެހެން ބައެއް މަސައްކަތް ނުކުރާނެ ކަމަށާއި ފުލުހުން މަސައްކަތް ކުރަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން ރަގަނޅަށް ގެއްދިއުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަން ޝިފާން ފާހަގަކުރެއްވިއެވެ.

އަދި ވިދާޅުވީ، ފުލުހުންނާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށާއި ކުރީގެ ރައީސް ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅަކީ އެފަދަ ކަންކަން ކުރުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށެވެ.

އަމިއްލަފުޅަށް ރާއްޖޭން ބޭރަށް އަރުއްވާލެވިގެން ހުންނެވި ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ، ދިވެހި ސިފައިންނާއި ކުރިމަތިލައި ރާއްޖެއަށް އަތްގަދަކުރުމަށް ބޭރުގެ ސިފައިންނަށް ގޮވާލައިފައެވެ. އަދި އެކަމާ ގުޅިގެން ސަރުކާރާއި އެތައް ބައެއްގެ ފާޑުކިއުން އެމަނިކުފާނަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ﷲުލުހުން ވިސްނާ.މިކަލޭގެއާ މިކަލޭގެއަށް ވާގިވެތިވާ އިބޫއަށް ތާއީދު ކޮށްފިއްޔާ ވާނެގޮތް. މީނަގެ މުސީބާތުން މިގައުމު ސަލާމަތް ކުރައްވާށި. 23ސރޕްޓެންބަރުގެ ވޯޓުން ރައީސް ޔާމީން އަށް ކާމިޔޞު މިންވަރު ކުރަެްވށީ

  2. ާައަމިރު

    ޢެހެންނު ބުނާނީ ނަޝީދު ވެރިކަމުގައި ނެރުނީ

  3. ކަނަމަނަ

    މީނަގެންގުޅޭ ގޭންގްކުދިންނަށް ލަންކާގައި ހުރެގެން ދިވެހިފުލުހުންގެ ޔުނިފޯމު ފަހާފައި ފޮނުވީކަމަށް ވާނީ. މީދެން ދިވެހިރާއްޖެއަށް ޖެހިފަ އޮތް ކިހާބޮޑު މުސީބާތެއް. އަބަދު ރާއްޖެއާ ރައްޔިތުން ބަދުނާމުކުރުން ނޫންކަމެއް ނެތް.

  4. ؟؟؟؟

    ބޮޑަށް ހީވަނީ އަންނި ބުނެގެން އެގޮތަށް ގްރޫޕެއް ނެރެނީހެން

  5. އަހުން

    ފުލުހުންވެސް ކުއްވެރި އޭ ކިޔާނެ ކަމެއްނެއް، ނިކަން ހިފާ ހައްޔަރުކޮށް ގެނެސް ބަލަ ގޮޅިއަށް އަލުން. އޭ ސައިޒު އެނުބައި ކަލޭގެ. އަންޓޯ ހިމް

  6. ކްރޯޑް

    ހިނދުކޮޅުގަ ހުރެގެން ދެއްކުނު ވާހަކައަކަށްވާނީ ހޭވެރިކަން ވީމަ އެކަން ރަގަޅުކުރާނެ ކަމަށް ހީވަނީ