ދިވެހި ފުލުހުންގެ ޔުނީފޯމުތައް ގޭންގުތަކާއި ޙަވާލުކޮށްފައިވާކަމަށް، ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވީ، އަވައްޓަރި ސްރީލަންކާގައި ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެ އާއި ދިވެހި ސަރުކާރާއި މުވައްސަސާތައް ބަދުނާމުވާ ގޮތަށް ރައީސް ނަޝީދު ދެއްކެވި އެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ ޔުނީފޯމު ގޭންގުތަކަށް ދީފައިވުމުން، އަސްލު ފުލުހުންނާއި އެނޫން މީހުން ވަކިކުރާން ނޭނގޭކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވޭ، ރާއްޖޭގައި ބައެއް ގޭންގުތަކަށް ފުލުހުންގެ ޔުނީފޯމު ދީފައިވާކަން، އެހެންވެގެން އަޅުގަނޑުގެ އެންމެ ފަހުގެ އެދުމަކަށްވީ ކިހިނެތްތޯއޭ ތިބޭފުޅުން އަސްލު ފުލުހުންނާ ފުލުހުންގެ ޔުނީފޯމުގައި އުޅޭ ގޭންގު މީހުން ވަކިކުރާނީ،"

ޖަލު ޙުކުމެއް އިއްވުމުން އިތުރުފުޅު ހައްދަވައިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ މިހާރު ފިއްލަވައިގެން ބެރުގައި ދިރިއުޅުއްވާ ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ދިވެހިންނާއި ދިވެހި މުވައްސަސާތަކުގެ އަގު ވައްޓާލުމަށް އަސާސެއްނެތް ހަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާފައެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިވަންކަން ނަގާލުމަށް، ސިފައިންނާއި ކުރިމަތިލުމަށާއި ދިވެހި ސަލާމަތީ ބާރުތަކުގެ ލޭ އޮހޮރުވާލުމަށްފަހު ޤައުމަށް އަތްގަދަކުރުމަށް ބޭރުގެ ސިފައިންނަށް ނަޝީދު ދާދިފަހުން ވަނީ ގޮވާލައްވާފައެވެ. މިކަމާއި ގުޅުގެން އެތައް ބައެއްގެ ފާޑުކިއުން އެމަނިކުފާނަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ލައިލާ

    ކަލޯ މައިބަދަ ވަގު ހުރެ މަޑުން

  2. އަބޫޖަހުލު

    ދޮގު ހެދުމުގައި މިމީހާ އުޅެނީ މަށަށްވުރެވެސް ކުރީގައެވެ. ޖާހިލު ނުބައި ޖައްބާރު ހިބަރު.

  3. އަސޭލާ

    ?ޖަލު ޙުކުމެއް އިއްވުމުން އިތުރު ފުޅު ހައްދަވައިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ މިހާރު ފިއްލަވައިގެން ބެރުގައި ދިރިއުޅުއްވާ ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ދިވެހިންނާއި ދިވެހި މުވައްސަސާތަކުގެ އަގު ވައްޓާލުމަށް އަސާސެއްނެތް ހަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާފައެވެ.

  4. ކަމަނަ މުހައްމަދު

    ޢާބިދާ ވެސް ގެންދިޔަ ޔުނިފޯމެއް.

    • ހުސޭނުބޭ

      އަދި ޢަބްދުއްސައްތާރުވެސް............

  5. ޓރ

    ހާދަ ދޮގުހަދާ ބައެކޭ ދޯ!

  6. Anonymous

    އިލްޔާސޫ ވިދާޅުވާނެ އެހެއްދެވީ ތެދުފުޅެކޭ!! މީ ފެންވަރަކީ!! އަޅެ ޖަވާބުދީބަލަ މިއަށް!!؟؟؟

  7. ޕޫޕް

    މީނަ ދޯ ޕޮލިސް ބޮޑަކީ؟ ޖަލުގަ ހުރޭ މޮޔަ ނުގޮވާ

  8. އެމްޑީޕީ

    ކަލޯ ނަޝީދާއެވެ. ކަލޯ ކޮސްނުގޮވައި ހުންނާށެވެ.

  9. އަލިފްދާލު

    ކަލޯ މި ސޮރު ގެ އިންޓެލިޖެންސް ޔުނިޓް ހާދަ ވަރުގަދައޭ. މަ ހިތަށް އަރާ ކޯޗެއް ބާއޭ ބޮނީ ފިލާހުރެގެން

  10. ޙައްވަ

    ތިކަންނުކުރާނެއެކޭ މިހާރުނެތް ބުނެވޭކަށް. ނޭވާހޮޅިއަށް އެޅިފައެތިބެނީ.

  11. ނުރަބޯ

    ލާދީނީ ޓެރަރިސްޓުންނަށް އަބަދުވެސް ތިޔަހެން ހީވާނެ.

  12. އަޒުވާން

    އިންތިހާބު ކާމިޔާބު ނުވާނެކަން އިނގޭތީ އެ ސޮރު މޮޔަގޮވަނީ. ރާއްޖެ ބަދުނާމުކުރުން ހުއްޓާލުމަށް ކެރަފާ ނަޝީދުއަށް ގޮވާލަން.

  13. ލައިލާ

    ކިބޫ ވެސް ނެގި ދޯ ބުރޯ

  14. ނިއުމާގެ އަމާ

    ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖެހި މީހާއަށް ހީވާނެ ތިހެން

  15. ޒާހިދާ

    ކީރިތި ޤުރުއާނުގައިވާހެން ފާސިގަކު ޚަބަރަކައިގެން އަތުވެއްޖެނަމަ ތެދު ދޮގު ބަލަންޖެހޭން. މިސޮރަކީ އޭގެ މީހެއް

  16. ކެކެކެ

    ކަލޭ ކުރި ހުރިހާ ކަމެއް ފައްޗަކަށް ކިޔަމުން ކިޔަމުން ގެންދޭ

    • Anonymous

      މިބޭފުޅާ ކުރެއްވި ކަންތަކުގެ ލިސްޓެއް އިލްޔާސް އާއެކު 64 ޝައިޚުން ސޮއިކުރައްވާފަ 2013 ގަ ނެރެފަ އޮތް ލިޔުމެއް އަޅުގަނޑުގެ އަތުގަ ވެސް އެބައޮތް
      " ނަޝީދާމެދު ދީނީ ޢިލްމް ވެރިން ދެކޭގޮތް"

  17. ޙަކުރު

    ތިބޭފުޅާ ފިލާއޮވެ މިތާކަންކަން ބެލޭނެ ތހަމަ އެތްގޮތަވެސް ނޯންނަެނެ

  18. ވޭކަޕް

    މީ މި ގައުމުގެ ހަލާކު މަގެގައުމާ މަގެދީނާ ނުކުޅެއްޗެ ލާދީނީ ގައްދާމާރީ ރަނގަޅަށް މީނަ އެބަޖެހޭ ފެނަކުޖަހަން 100 އަހަރަށް އަދަގޮޑިޖަހަން ކޮންމެވެސް ދުވަހަކުން އަންނާނެ ކޮންމެ ބަޔަކު ވެރިކަުގަ.އޮތަސް ހިފާހައްޔަރު ކުރާނެކަން ދަންނާތި

  19. ހަބޭސް

    ދެންއަވަހަށް ކުލީސިފައިންނަށް ގޮވާ

  20. ދައްބުރި

    ހާދަ މޮޔަ ގޮލައެކޭ މިގައުމު މީހުން ދެނެހުރި ކަމެއް ނޫން ތިޔަކީ??

  21. މާދިހު

    ޢެއްޗެއް ބައްލަވައިގެން ތޯ ތިހުންނެވީ

  22. ސާބަސް

    ކަލެއަށް ބޮޑަށް އެނގޭނީ.... މިތަނާ ނުބެހި އޮވެބަލަ ރާނީގެ ވިލާތުގަ....

  23. ކޮތަރި

    މިހިބަރުރާބޮއިގެންހުރެހުވަފެންބަލާފައަރާމީޑިޔާތަކަށްދޮގުހަބަރުފަތުރަނީމީނަމަރުވެސްނުވާއެއްޗެއްބާއެޭހިތައްއަރާ

  24. ޢަލީ އަހުމަދު

    މީގައްދާރެއް ...... ހިފާ ހައްޔަރު ކުރޭ

  25. ހޮޅިބެ

    ޝޭޚް އިލްޔާސް! މި ނަޝީދަކީވެސް ރަސޫލާ ދުޢާދެއްވާފައިވާ މީހެއްތަ؟ އިލްޔާސް އަތުގައި އޮވޭނޫންތަ ދުޢާދެއްވި މީހުންގެ ލިސްޓް. ލިސްޓް ބަލާލަބަލަ މި ކަލޭގެ ނަންއޮތްތޯ.

  26. ައަސްތާ

    ޔާމީން 2018

  27. ވިސްނާ

    ބޮޮޑު ދޮގު. މަ ދެން ނުހެއްލޭނެ.

  28. ޢަނާ

    ތިކަން ކޮއްފާނެ