ބާރު ދުވެލީގައި ސަރުކާރުން ދިވެހިރާއްޖެ ތަރައްޤީ ކުރަމުންދާއިރު، ޤައުމުގެ ތަރައްޤީއަށް ކުރަމުންދާ ބިޔަ މަޝްރޫއުތައް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ، އިންތިޚާބެއްގައި އިދިކޮޅު ފަރާތަތަކަށް ކާމިޔާބު ނުލިބޭނެތީކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން ފައްޓަވައިދެއްވި "ހިޔާ" މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ދިވެހި ރައްޔިތުންނަށް ލިބެމުންދާ މިފަދަ ކުރިއެރުންތައް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން އުޅެނީ އަމިއްލަ އެދުން ބޮޑުވެ އިންތިޚާބެއްގައި ކާމިޔާބު ނުވާނެތީ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވިއިރު، ސަރުކާރުން ހިނގާ ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ" ގެ ދަށުން ސަރުކާރު ކުންފުނިތަކުން އެތައް ހާސް ފްލެޓް އެޅުމުގެ މަޝްތޫއުތައް ރާއްޖެއިން ބޭރުގެ ޤާބިލު ކުންފުނިތަކާއި ހަވާލުކުރެވި، ބާރު ސްޕީޑްގައި އެ މަޝްރޫއުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ.

"ހިޔާ" މަޝްރޫއު ދަށުން އަޅަމުންދާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

ތަރައްޤީގެ މަޝްރޫއުތައް ހުއްޓުވަނީ އިދިކޮޅު ފަރާތްތަކަށް އިންތިޚާބަކުން ކާމިޔާބު ނުވާނެތީކަމަށް މިނިސްޓަރ ވިދާޅުވިއިރު، ރިޔާސީ އިންތިޚާބަށް ހައެއްކަ މަސް ދުވަހަށްވެ، އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށާފައިވާނިކޮށް، އިދިކޮޅު ފަރާތްތަކުން އަންނަނީ މަގުމަތިން ސަރުކާރު ވައްޓާލުމަށް އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަންޑިޔާރުންނަށް ރިޝްވަތު ދީ ހަމަތަކުގެ ބޭރުން ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން އަމުރެއް ނެރެ މުޅި ޤައުމު ހަލަބޮލިކޮށް، މެދުކެނޑުމެއްނެތި މާލޭގެ ހަމަޖެހުން ނަގާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ލީޑަރުންގެ ތެރޭގައި އެންމެ އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އިދިކޮޅު ފަރާތްތަކުން މިހާރު ރިޔާސީ އިންތިޚާބާއި ދޭތެރޭ ނުވިސްނާ ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

ސަރުކާރު މަގުމަތިން ވައްޓާލަން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭއަށް ބޭރުގެ ފަރާތްތަކުން އެރުމަށްވެސް ގޮވާލާފައެވެ. ސިޔާސީ މަޝްރަހް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި ތަރައްޤީގެ ދުވެލި މަޑުޖައްސާލުމަށް ފިއްތުންތައް ކުރިމަތިކުރި ނަމަވެސް، ތަރައްޤީގެ މަޝްރޫއުތަކަށް އަސަރު ކުރިޔަނުދީ އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރިއަލިޓީ

    ސައިއްޓޭ ދެން ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއޭ ރާއްޖެއަށް ބޯކޮށް ޑޮލަރު ވަންނާނޭ ކިޔައިގެން ދެއްމި އައިހެވަން ކޮބާހޭ..އަތަށް ގޮވީމަ އެވާހަކަ ނުދައްކާ މިހާރު ލަދުން.. ދެން ކޮންވޯޓެއް.. މާލޭ މެގަ ޕުރޮޖެކްޓަކުން އަތޮޅިތެރޭ މީހުންގެ ވޯޓެއް ނުހޯދޭނެ

    • ާހ

      ޜިއަލިޓީ މެންގެ އުނދަގޫ ބޮޑު ކަމުން އައި ހެވެން ނުފެއްޓިގެން އުޅެނީ.. ދެން އައި ހެވަން ފެއްޓޭތޯ ތި ދުއްޕާން ހުއްޓާ ލަންވީނުން..

  2. ކޭންދޭބީ

    މާލޭގެ އަމަން ނަގާލުމަކީ އެމްޑީޕީ ބޭނުންވާ ކަމެއް އެއީ އެމެންގެ ވެރިކަމުގައި ވެސް އެގިގެން ދިޔަ ކަމެކޭ އެމެން އެއީ މިގައުމަށް ބޭނުންވާ ބަޔެއް ވެސް ނޫނޭ އެމެން ޖެހޭނީ ސައިޒުން ކަނޑާ ތިރި ކުރަންއޭ. އެގޮތުން އެމެންގެ ހުރިހާ ތަނބު ތައް ކޮލަޕްސް ކުރަންވީ އެމެންގެ ނޯމަލް އޮޕަރޭޝަން ތެރޭން މިއަހަރު ނިމެން ދެން ދެން އެމެންގެ ބޮޑޭ ގެ ސެކްރެޓޭރިއެޓް ގެ ވެސް ހުރިހާ ތަނބު ތައް ކޮލަޕްސް ކޮށްލަންވީއޭ އެއިރުން ނޭ ދެން އެމެން މަޑު މަޑުން ނެތިގެން ދާނީ. ތިޔާ ގޮތަށް ލަންކާ ގައި ވެސް މީގެ 60 އަހަރު ކުރިން އުފެދުނޭ ހަމަ ތިޔާ ވައްތަރުގެ ޕާރޓީ އެއް އެކަމަކު އެ ޕާރޓީ ވެސް ހަމަ ލަންކާގެ ސަރުކާރުން ކޮލަޕްސް ކޮށްލީއޭ ސިސްޓަމެޓިކް ގޮތެއް ގައި ހަމަ އެގޮތަށް މިގައުމަށް ލައްވާލާފައިވާ އެލްޓީޓީ އަކީ އެއީ އެމްޑީޕީ ކަން މިއަދު މިދަނީ އެނގި ފާޅުވަމުން ނޫންތޭ އެމެން ޖެހޭނެއޭ ސައިޒުން ކަނޑާ ތިރި ކުރަން ސަރުކާރުން. އައި އޭމް ޖަސްޓް ކިއުރިއަސް ބައި ޔުއަރ ޕޮޓެންޝަލް. އައި އޭމް ވޮންޑަރިން ކޭން ދޭ ވިން ފްރޮމް އަސް ކޭން ދޭ ބީ..

  3. ސްޓެޕްސް

    މާލޭގައި ހުޅު ޖަހަން ދަނީ ބަޔަކު ރާވަމުން، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައި ނަމަ މަމެންނަށް އިނގެއޭ ތިޔާއީ ކޮން ޕާރޓީ އަކުން ކުރާ ކަމެއް ކަން އެކަމަކު ޑިފަމޭޝަން ގާނޫނު އޮތް ގޮތުން މަމެން އެކަން ސިއްރު ކުރާ ހުށިކަމޭ ކުދިންނޭ. ދެން އެހެންވީއިރުން ޕިންކީން އަޅަނީ ކޮން ފިޔަވަޅެއް ތޭ އެމެންގެ ޒޮންބީން ތަކަށް މާލެ އަށް ނޭރޭނެ ގޮތް ހެދުމަށް ޓަކައި. ތިޔާއީ ބޮޑު ސިއްރެކޭ އެކަން ތިހާ ފަސޭހަ އިން ބުނެނުދެވޭނެއޭ. ސަމް ހިންޓްސް އާރ ދެއަރ. ފަސްޓް އެމްޑީޕީ ގެ ހުރިހާ ޕްރިންސިޕްލް އޮޕަރޭޝަން އަށް ޑިސްރަޕްޓް ވާނެ އުސޫލުން ހުރިހާ ކަންކަން ކޮށް އެސްޓޭޖް ނިމުން ދެން އެމެންގެ ހުރިހާ ޕިލަރސް ތައް ރިމޫވް ކުރުން ފަންކްޝަންސް ތަކުން ދެން އެއަށް ފަހު އެމެން ބޭނުން ކުރާ ހުރިހާ މެޝިނަރީސް އަދި ޓޫލްސް ތައް އެމެން އަތުން އަތުލުން އޭގެ ތެރޭގައި ކަރަންޓް ކަނޑާލުން ދާއިމަށް ފެން ކަނޑާލުން ދާއިމަށް ފާޚާނާ ކަނޑާލުން ދާއިމަށް ފޯން ކަނޑާލުން ދާއިމަށް ޑޭޓާ ކަނޑާލުން ދާއިމަށް އަދި އެމެންނަށް ދިރާގުން ވެސް އުރޫދޫ އިން ވެސް

  4. ޔަގީނޭ

    ކޮން މާޖިދެއްތޭ އެއްވެސް މާޖިދެއް ނޯންނާނެއޭ ބޮޑު އެއް މާޖިދު އޮންނާނީ ކޮންމެ މީހަކީ ވެސް ފުލުހުންނަށް ތުހުމަތު ކުރެވޭ ކަންކަމުގައި ހައްޔަރު ކުރަން ޖެހޭނެ މީހުންނޭ މިރާއްޖޭގެ ސިޔާސީ މައިދާން ހަމަ އަކަށް އަޅުވަން ސަރުކާރުން އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލަންވީއޭ މިއަހަރުގެ ނިޔަލަށް އެއިރުން ހުންނާނީ ރިޔާސީ އިންތިޚާބު ވެސް ނިމިފައި ނޫންތޭ. އެކަމަކު މިމަހު އެބަޖެހެއޭ މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ލިބޭނެ މަގުން އެކަން ކަން ކުރަން. އެއިރުން ރާއްޖޭގެ ރައްޔިތުންގެ ހިތް ތަކުން ސަރުކާރު ވިން ވާނީ. އެ 15 ހާސް މީހުންގެ ތެރޭން އެކަކު ވެސް ބާކީ ނުކޮށް އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަން ސަރުކާރުން އިއުލާން ކޮށް އެ އެންމެންނާއި ފްލެޓްސް ތައް 2019 ވަނަ އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަންވީއޭ އެއިރުން ޔަގީނުން ވެސް ދެން މާލެ ސަރަހައްދަކުން ކެނެރީގެ ނަޝީދަށް 1000 ވޯޓް ވެސް ނުލިބޭނެ ކަން އެއީ މަމެންނަށް ކަށަވަރުވެ ޔަގީން ވާ ކަމެކޭ.

  5. Anonymous

    ކަލޭމެން ގެންނަ ތަރައްގީ ބޭނުމެއްނުވޭ އެކަކުވެސް

  6. އަލްޖިބްރާ

    ތިކުރަނީ ތަރައްޤީކަމެއް އެގިފައެއްނެތް ! އެގޭކަމަކީ ދިވެހިން އަޅުވެތިކުރަން ބަޔަކު ފޫގަޅާފައި ތިބިކަން ! އެކަމަށް ފޫގަޅާފައިތިބި މީހުން ބިކަވީމަ ބިންގަޑަށް ތުންހަރައިގެން ތިބޭނެ ! އެތަންވެސް ފެންނާނެ !