މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި ވޯޓު ލުން ފެށުމަށް ހަމަޖެހިފައިވާ ގަޑި ޖެހުމުގެ 24 ގަޑިއިރު ކުރިން ބައެއް ރަށްރަށުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކިއު ހަދަން ފަށައިފިއެވެ.

ހދ.މަކުނުދޫ އާއި ދ.ކުޑަހުވަދޫގައި އިދިކޮޅު ކޯލިޝަން ސަޕޯޓަރުން މިހާރު ވަނީ ކިއު ހަދާފައެވެ.

އިއްޔެ ހަވީރު ވެސް ބައެއް ރަށްރަށުގައި ކިއު ހެދި ކަމަށް ވެއެވެ. ނަމަވެސް ފަހުން ވަނީ ކިއުތައް ރޫޅާލާފައެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި ވޯޓް ލާން ފަށާނީ ހެނދުނު 08:00 ގައެވެ. ވޯޓް ލުން ކުރިއަށް ދާނީ ހަވީރު 16:00 އާއި ހަމައަށެވެ. ނަމަވެސް ގަޑި ޖެހޭ އިރު ކިއުގައި ތިބޭ މީހުންނަށް ވޯޓް ލުމުގެ ފުރުސަތު ދޭނެއެވެ. ވޯޓު ގުނަން ފަށާނީ ވޯޓް ލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.

އިންޑިއާ އަދި ސްރީލަންކާގައި ވޯޓުލާން ފަށާނީ އެގައުމުތަކުގެ ގަޑިން ހެނދުނު 08:30 ގައި ކަަމަށެވެ. ވޯޓް ލުން ނިމޭނީ ހަވީރު 16:30 ގައެވެ.

އިނގިރޭސިވިލާތުގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން ހެނދުނު 09:30 ގައެވެ. ވޯޓު ފޮށި ބަންދު ކުރާނީ އެގަމުގެ ގަޑިން 17:30 ގައެވެ. މޭލޭޝިއާގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން 11:00 ގައެވެ. އަދި ވޯޓު ފޮށި ބަންދުކުރާނީ 19:00 ގައެވެ.

ވޯޓް ލުން ފަށަން 24 ގަޑިއިރަށް ނުވަނީސް ބައެއް ރަށްރަށުގައި ވޯޓް ލުމަށް ކިއު ހަދާފައި ވާއިރު މީގެ ކުރިން ބައެއް އިންތިޙާބުތަކުގައި މިގޮތައް އެތައް ގަޑިއިރެއް ކުރިން ބައެއް ރަށްރަށުގައި ކިއު ހަދާފައި ވެއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާނީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަސަނު

    މީޑިޔާގެ ސަމާލުކަންހޯދުންފިޔަވާ އިތުރު ކޮންކަމެއް. ޢާޓްދެއްކުން ފޮޓޯނެގީމަ ދެންދާނީގެއަށް

  2. އަސޭލާ ހާމުދުރު

    ހާމުދުރުން އެންގިގޮތަށް ފުރަތަމަ ވޯޓުކަރުދާސްކޮޅު ވޯޓުފޮއްޓަށް ވައްޓާލަންދޯ ފުރަތަމަ ވޯޓުކަރުދާސް ވައްޓާލެވޭ ޕާޓީއެ މޮޅުވާގޮތަށްތަ އޮންނަނީ ބަލަ ވެރިކަމަކީﷲދެއްވާއެޗެކޭ އެކަމަކު ރޓީވީން ފިލްމުހަދާފަ ދައްކާނެ އަސޭލާއާ ހާމުދުރުންނާ ރައީސު ޔާމީނު ގެންގުޅޭކަމަށް އެކަމަކު ތިތިބީ ހާމުދުރުން ގެންގުޅޭމީހުން ހާމުދުރުން ބުނިތަނެއްގަ ތެޔޮއުގުޅާއިގެން..

  3. ސައިނީ

    އަމިއްލަޔައް ގޮޑި ޖަހާފަ ފޮޓޯނަގާފަ ނިދަން ގެޔައް ވަރަށް ސަޅި

  4. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️ 2❌

  5. #1
  6. ބޭބެ

    އާނ ނަމާދެއްވެސް ކުރާނެކަމެއްނެތް ކުރިޔަށްއޮތް 24ގަޑިއިރު. އިބޫ ހޮވުނީމަ ކަލޭމެނަށް ސުވަރުގެވެސް ލިބޭނީ. ތިޔަތާތިބެ ގަޟާހާޖާކޮށްގެން ސާފުނުވެ ތަޔައްމަމުކޮށްލަނީތަ؟

    • މަ

      ގުޑް ޕޮއިންޓް ބޭބޭ...

  7. Kamaal

    އާބާދީ މިލިއަނުން ތިބި ރައްރަށުގަ ކިޔޫހަދަންޖެހޭނެ، 20 ގޮނޑި 2 މީހުން ކިޔޫގަ ތިބީ.

  8. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

  9. ޭަދދސ

    ނާތަހުޒީބު