މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ ޒުވާނުންނާއި އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އިއްޔެ ބޭއްވި ބައްދަލުވުމުގައި ޒުވާނުން ކުރި ގިނަ ސުވާލުތަކަށް އިބޫ އަށް ޖަވާބު ނުދެވުނު ކަމަށް ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން ބުނެފިއެވެ.

އިއްޔެ ހަވީރު ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމުގައި އަލަށް ވޯޓުލާ ޒުވާނުންތަކެއް ވަނީ ބައިވެރިވެފައެވެ. އެބައްދަލުވުމުގައި އެމްޑީޕީގެ ސިޔާސަތުތަކާއި އިބޫގެ ވެރިކަމެއްގައި ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ވެސް ވަނީ އެޒުވާނުންނާ ހިއްސާ ކުރައްވާފައެވެ.

އިބޫގެ ވާހަކަތަކަށް ފަހު ޒުވާނުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލުމުން ޒުވާނުން ކުރި ސުވާލުތަކަށް ޖަވާބު ނުދެވިގެން އިބޫ ގިނައިން ވިދާޅުވީ އެމްޑީޕީގެ ވެބްސައިޓް ބެއްލެވުމަށެވެ. ސުވާލުތަކުގެ ޖަވާބު އެމްޑީޕީގެ ވެބްސައިޓްގައި ހުންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވި ބައެއް ޒުވާނުން ވަނީ އިބޫގެ ކިބައިގައި ވެރިކަން ކުރެއްވުމުގެ ގާބިލް ކަން ނެތް ކަމަށް ބުނެ މީސް މީޑިއާގައި ވެސް ވާހަކަ ދައްކާފައެވެ.

އިބޫގެ މެނިފެސްޓޯ އާއި ވައުދުތަކުގައި މާބޮޑު ތަފްސީލެއް ނެތް ކަަމަށް ބުނެ މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ހާއްސަކޮށް ޒުވާނުންނަށް އުފައްދާނެ ވަޒީފާ އަދަދާއި ސަރުކާރުން ދޭނެ ސްކޮލަޝިޕްތަކުގެ އަދަދު ހާމަ ނުކުރާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އަދި މާލެ ސަރަހައްދަށް އެންމެ ބޮޑުވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވި ނަމަވެސް އަޅުއްވާނެ ފްލެޓްގެ އަދަދާއި، ފްލެޓް އަޅުއްވާނެ ގޮތެއް ހާމަ ނުކުރައްވާކަން ފާހަގަ ކުރެވެއެވެ.

ދައުލަތުން ލޯނު ނެގުން ހުއްޓާލާނެ ކަމަށް އިބޫ ވިދާޅުވެފައި ވާއިރު އާމްދަނީ އިތުރު ކުރުމަށް ދެން ކުރައްވާނެ ކަންތައްތަކުގެ ތަފްސީލެއް އިބޫ ހާމައެއް ނުކުރައްވައެވެ. ހަމައެކަނި ވިދާޅުވެފައި ވަނީ މީހުންގެ އާމްދަނީ އިން އިންކަމް ޓެކްސް ނަންގަވާނެ ވާހަކަ އެވެ.

އިބޫ އާއި ވާދަ ކުރައްވާ ރައީސް ޔާމީން ވަނީ ހަ ލައްކަ ވަޒީފާ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އުފައްދަން ވައުދު ވެފައެވެ. އަދި 2023 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހާއި ހަމައަށް ކޮންމެ ޒުވާނަކަށް ފްލެޓެއް ނުވަތަ ގޯއްޗެއް ހޯއްދަވައި ދެއްވަން އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެވައުދު ފުއްދެވުމަށް ރައީސް ޔާމީން ވަނީ ހިޔާ އެކޮމްޕްލިޝްގެ ނަމުގައި ބޮޑު މަޝްރޫޢުއެއް އިއުލާން ކުރައްވާފައެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި އަލަށް 24000 އަށް ވުރެ ގިނަ ޒުވާނުން ވޯޓް ލާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މައި

    އިބޫ އާއި ވާދަ ކުރައްވާ ރައީސް ޔާމީން ވަނީ ހަ ލައްކަ ވަޒީފާ އުފައްދައި 2030 ވަނަ އަހަރާ ހަމައަށް ކޮންމެ ޒުވާނަކަށް ފްލެޓެއް ނުވަތަ ގޯއްޗެއް ހޯއްދަވައި ދެއްވަން އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެވައުދު ފުއްދެވުމަށް ރައީސް ޔާމީން ވަނީ ހިޔާ އެކޮމްޕްލިޝްގެ ނަމުގައި ބޮޑު މަޝްރޫޢުއެއް އިއުލާން ކުރައްވާފައެވެ.

  2. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

  3. ޙަޤީގަތް

    ކިޔަވައިގެން ހުރި، ތަޖުރިބާ ހުރި މީހަކާއި،
    އިލްމެނެތް، ތަޖުރިބާއެއް ނެތި ދުނިޔެއޮތީމަ އުޅޭ މީހަކާ އެއްވަރުނެގޮތެއް ހަމަ ނޯންނާނެ !!!!

  4. ސައުނީ

    މީދޯ އަބަދުވެސް ދައްކަމުން އަންނަ ވާހަކަ މިކަން ވާނީ ޔާމީން އަށޭ ތަރައްގީ އަދި އިތުރު ފުރުސަތުތައް މިހާރު މިދާ ގޮތައް ގައުމު ގޮސްގެނޭ މުސްތަގްބަލް ކާމިޔާބު ވާނީ މިކަން ހުއްޓިއްޖިއްޔާ ދެން މިކަން ފަށާގަންނަން ވަރަށް އުދަގޫވާނޭ ޒުވާނުން ވިސްނާށޭ ޕަޕެޓަކަށް ނުވާށޭ އަދި ސަޕޯޓްވެސް ނުކުރާށޭ

  5. ނުޢައިމު ޔާސިރު

    ދެލައްކަ ސާޅިސްހާސް މީހުންގެ ތެރެއިން 87 އިންސައްތަ ވޯޓްލާނޭކަމަށް ފެނެއެވެ. އެއީ ދެލައްކަ އަށްހާސް އަށްސަތޭކަމީހުނެވެ. މީގެތެރެއިން އެއްލައްކަ ފަންސާސްހާސް މީހުން ބެލެވެނީ ތަރައްޤިގެކޮޅަށް ، ކެނޑިޑޭޓް ނަމްބަރު 1 އަށް ވޯޓްދޭނޭކަމަށެވެ. އެހެނީ ޔާމީންގެ ވެރިކަން ފެށުނުއިރު ރާއްޖެއޮތް ނިކަމެތި ޙާލަތާ މިހާރު އޮތް ޙާލަތާ އަޅާކިޔާ ރާއްޖެ މިހާރު މއޮތްހިސާބުން އަލުން 20 އަހަރު ފަހަތަށް ކޮއްޕާލާކަށް ބުއްދިހުރި މުފައްކިރުން ނޭދޭނެއެވެ.

  6. ޙަފްޞާ / މާލެ

    ތަޢުލީމީފެންވަރު ދަށްމީހުންގެ ޙަލަތު ތިޔަ ފެނުނީއެވެ. އަދި މިފަދަމީހުން މިފަދަ ބޮޑަތި މަޤާމުތައް އަދާކުރާނަމަ ޤަވްމު ފަހަތަށްދިޔުންނޫން ކަމެއް ނުވާނެއެވެ. އަލުން ނާޤާބިލްމީހުން މިފަދަ މަޤާމުތަކަށް ހޮވާނަމަ އެއީ ޤިޔާމަތުގެ ޢަލާމާތެއްކަމަށް ކީރިތި ރަސޫލާ ޙަދީސްކުރައްވާފައި ވެއެވެ.

  7. ނަގޫރޯޅި

    ޕަޕެޓުންނައް ޖަވާބުދެވޭނީ އެއޮޕަރޭޓް ކުރަންހުންނަމީހާގެ ހަރަކާތުން.

  8. ކޭ ބީ

    ލ އަތޮޅު ގަމުން ވެސް އެބައޮތް ގޯތިދީފަ ގެ އެޅޭނެ ގޮތެއް ނެތް. ހެއްދުނު ގޮތަކަށް ހައްދާލައިގެންވެސް ވޯޓު ބޭނުމީ

    • Anonymous

      ދެން ގެ އަޅައިދީފަ އުޅެން ލައްއެއްހާރުފިޔާދީފަ. ކޮންމެ އަންހެނަކަށް ރަން ފައްޓަރުބައެއްދީފަ. ބޮޑުވަރެއް ނޫ މީ. ކަމެްްކޮށްދިނަސް ހަޖަމެއްނުވޭ!!

  9. ގުލްސަން

    އިބޫއަކީ އެންމެ ކުޑަމިނުން އޯލެވެލް ގަނޑުވެސް ނަހަދާ ހުރި މީހެއް މިހާރު މިގައުމަކީ %99 ޒުވާނުންނަކީ އެނމެ ދަންފަނތިންވެސް އޯލެވެލް 3ޕާސް ނެއް ޒުވާނުންނެއް ނުހުންނާނެ ލީDަރެއްގައިގަ ފުރަތަމަ ހުންނަން ޖެހޭނެ ތައުލީމީފެންވަރު ތަޖުރިބާ ނުކިޔަވާހުރިމީހަކަށް ދެވޭ ވޯޓަކީ ގައުމުގެކުރިމަގަށައި ތަރައްގީޔަށް އެޅޭ އެންމެ ބޮޑް ހުރަސް ހޯ ހޯ އިއްޔެ އަޅުގަނޑު އެބައްދަލް ވުމުގަ އިން އިބޫގެ ނެއް އެއްވެސް ފެންވަރެއް ހޯ ހޯ ހޯހޯ ސަލާމް

  10. ސުވިޓް ޑްރީމް.

    ތަރައްޤީ ކުރެވޭނީ އެކަމުގެ ޢިލްމާއި ހިލްމު ލިބިފައި ވާ މީހުންނަށް އެންމެން 1 ކަށް ވޯޓް މިފަހަރު ޔަގީން މާލެ، ވިލިމަލެ، ތިލަފުށި ބުރިޖު ހުޅުމީދޫ ހިތަދޫ ބުރިޖު ބޭނުން ކުރިއަށްއޮއް ފަސްއަހުރުގަ ސައިކަލް ދުއްވަން إنشاءالله ރައީސް އަބްދުﷲ ޔާމިން ޑރ ޝަހީމް އެންމެން 1 ކަމަށް.