މިއަދު ހަވީރު 6:00 އިން ފެށިގެން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 6:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06:00 އާ ދެމެދު، ކެމްޕޭން އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެއް ކަމަށެވެ.

އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް އެއްވެސް ވަޞީލަތެއްގެ އެހީގައި ނުހިންގުމަަށް އިލެކްޝަނުން ވަނީ އެދިފައެވެ.

އެހެންކަމުން މިއަދުން ހަވީރު 6:00 އިން މާދަމާ ހެނދުނު 6:00 ގެ ނިޔަލަށް ތާއިދު ކުރާ ކެންޑިޑޭޓަކަށް ތާއިދު ކުރުމުގެ ގޮތުން ލަވަ ޖަހާ، ޕޯސްޓަރާއި، ބެނާ ފަދަ ތަކެތި ހަރު ކުރުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދ

    މިނޫހަށް ކޮމެންޓް ކުރަން ހުރީމައެކަނިތަ

  2. ރިސާޗް

    މާދަމާ ނޫން އަނެއް ދުވަސް.. ރަނގަޅުކޮށްލައްވާ..

  3. ބުއްަްޅަަަބޭ

    އިންޑިޔާ އެމްބަސީން،(އެކިމީސްމީހުނަށް ގުޅާ) ވަރަށް މަސައްކަތް އެބަކުރޭ، ވޯޓް ގުނަނީ އިލެކްޓްރޯނިކް ކޮށްތޯ ބަލަން! ބޭނުމަކީ ހެކްކުރުން!