މާފަންނު ސަހަރާގައި ޕާކިންގ ސިސްޓަމްތަކެއް ބެހެއްޓުމަށް ސަރުކާރުން ނިންމައިފިއެވެ.

މާފަންނު ސަހަރާގައި ޕާކިންގ ސިސްޓަމްތަކެއް ބެހެއްޓުމަށް ސަރުކާރުން ނިންމައިފައި މިވަނީ، މާލޭގެ ތޮއްޖެހިފައިވާ މަގުތަކަށް ލުޔެއް ހޯދައި، މާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އިންޑަސްޓްރިއަލް ވިލެޖާއި އެމް.ޕީ.އެލް ސަރަހައްދު ގުޅުވައިދޭ މުހިންމު މަގު، "އިއްޒުއްދީން" މަގަކީ ދެކޮޅަށް ދުއްވާ މަގަކަށް ބަދަލު ކުރުމުގެ ގޮތުން އެ މަގަކީ ޕާކް ނުކުރެވޭ މަގަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، މާފަންނު ސަހަރާގައި ތިނެއް ނުވަތަ ހަތަރު ޕާކިންގ ސިސްޓަމް ހަރުކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީން ނަގަންޖެހޭ ހުއްދަވެސް މިހާރު ލިބިފައިވާ ކަމަށެވެ.

މާފަންނު ސަހަރާގައި ޕާކިން ސިސްޓަމްތަކެއް ބަހައްޓަން ސަރުކާރުން ނިންމާފައިމިވަނީ، ސަހަރާގެ ހުޅަނގަށް އޮންނަ "އިއްޒުއްދީން މަގު" ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ. އެ މަގު ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ޕާކް ކުރާނެ އިތުރު ތަންތަންވެސް ތަރައްޤީ ކުރުމަށް ފަހުގައެވެ.

ޕާކު ކުރާނެ އެކަށީގެންވާ ޖާގަ ނެތުމަކީ މާލެއަށް ދިމާވެފައިވާ ހައްލުކުރަން އެންމެ ދަތި މައްސަލައަށްވާއިރު، މި މައްސަލައަށް ލުއިތަކެއް ހޯދުމުގެ ގޮތުން ސަރުކާރުން އަންނަނީ އެކި ސަރަހައްދުތަކުގައި ޕާކިން ސިސްޓަމްތައް ހަރުކުރުމުގެ މަޝްރޫއެއް ހިންގަމުންނެވެ. މީގެ އިތުރުން އެމް.ޕީ.އެލް އާއި އެކު އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން އިންޑަސްޓްރިއަލް ވިލެޖްގައި 18 ބުރީގެ ޕާކިން އިމާރާތެއްވެސް އެޅުމަށް ހަމަޖެހިފައިވެއެވެ. މި ބިލްޑިންގ ގައި އެއްފަހަރާ 300 ލޮރީ/ޕިކަޕް، 200 ކާރު އަދި 500 ސައިކަލް ޕާކް ކުރެވޭނެއެވެ.

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖާއި، މާލޭ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ނިމުމުން މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި ކާރޫބާރު ބޮޑުވުމުގެ މައްސަލައަށް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބޫ ހުޅުމާލެ

    ސުވާލަކީ އިންޑަސްޓްރިއަލް ވިލެޖްގައި ސައިކަލް ޕާކުކޮށްފައި ތޯ އަޅުގަނޑުމެން ގަލޮޅު ދަނޑަށް މެޗެއްބަލާލަން ދާންވީ ނޫނީ މާފަންނު ޓާފުދަނޑުގައި ކުޅެލަންދާންވީ؟ އެހެން ވެއްޖެނަމަ ކޮބައިތޯ ބޭނުމަކީ؟

  2. ޢ ނަންއަދިނުކިޔަން

    .މީވަރަށްރަގަޅުކަމެށް
    ޜަގަޅުގޮތުގާ ކުރެވިޖީއާ

  3. އެދުރުބެ

    މާފަނނު ސަހަރާގައި، ވެސްޓްޕާކް ސަރަހައްދު، ލޮނުޒިޔާރަތްކޮޅު ޕާކް ސަރަހައްދު، އައިޖިއެމްއެޗް ސަރަހައްދު، މިއީ ހައްތާވެސް ޕާކިންގް ހަދަންވީ ސަރަހައްދު .

  4. އަލީ މޫސާ

    ވަރަށް ސަލާމާއެކު ދަންނަވަން. އަދި މިހާތަނަށް ބެހެއްޓި ޕާކިންގ ސިސްޓަމްހުރީ މުއިއްޒުވެފަ. ބޭނުމެއް ނުކުރެވޭތާގައި އެބިންތަކުގައި ކުރިން ޕާކުކުރަމުންދިޔަ ސައިކަލާއި ކާރުތައް ޕާކުނުކުރެވިފަ. (1) ވެލާނާގެކައިރީ ހެދި ކާރުޕާކު ސިސްޓަމް ފަންކްޝަން ނުކުރޭ. އެ ސަރަޙައްދަކީ ކުރިން 10 ކާރު ބޭއްވޭ ތަނެއް. ބޮޑު ޚަރަދުކޮށްގެން ބެހެންޓި ޕާކިން ސިސްޓަމްގައިވެސް ބޭއްވެނީ 10 ކާރު. (2) ވެލާނާގެކައިރީ ކުރިން ސައިކަލުތައް ޕާކުކުރާ ބިން ބަންދުކޮށް، ސައިކަލް ޕާކިން ސިސްޓަމް ބަހައްޓާށެޭކިޔާފަ ގިނަދުވަސްތަކެއްވީއިރުވެސް އެކަންވެސްވަނި މުއިއްޒުވެފވަ. (3) މަޖީދީމަގު ހީނާމާގެ ސަރަހާއްދުވެސް ހުރީ މުއިއްޒު ވެފަ. (4) މުއިއްޒުވުން: މާނައަކީ ކުރަންފަށާކަމެއް ނުނިމި ދިގުލުން، ނުވަތަ ބޭނުން ނުހިފޭގޮތްވުން ނުވަތަ އެކަމުން އުދަގޫ އުފުލަންޖެހުން.

  5. ދޮންމަނިކުބޭބެ

    ބޭބެވެސް ވަޒީފާއަދާކުރަނީ ވެލާނާގެ އޮފީހެއްގަ. މިހާރު ސައިކަލު ޕާކުކޮށްލާނެތަނެއް ނތިގެން އުޅެންޖެހެނީ ކުރިން ސައިކަލު ޕާކުކުރާ ވަލާނާގެއާ ދަރުމަވަންތަ ސްކޫލާ ދެމެދުގައިވާ ބިމުގައި ސައިކަލު ޕާކިން ސިސްޓަމެއް ބަހައްޓާށޭކިޔާފަ އެބިން ބަންދުކުރީމަ. ދެންވާގޮތަކީ ކޮންމެވެސްތަނެއްގަ ސައިކަލު ޕާކުކޮށްފަތާ އޮފީހަށްދެވޭނީ. ދެންވާގޮތަކީ ސައިކުގަ 750 ރުފިޔާގެ ސްޓިކަރއެއްޖަހަނީ. މީތޯ މުއިއްޒުތިކުރައްވާ ޚިދުމަތަކީ؟