އިއްޔެ ޒުވާނުންނާއި އެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ބޭއްވި ބައްދަލުވުމުގައި އޭނާގެ ވެރިކަމެއްގައި އެއް ޖިންސުން ކައިވެނި ކުރަން ހުއްދަ ދޭންނަންތޯ ސުވާލު ކުރުމުން އެސުވާލަށް ޖަވާބެއް ނުދެއްވި ކަމަށް ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން ބުނެފިއެވެ.

ބައްދަލުވުމުގައި ބައިވެރިވި ޒުވާނަކު ނަން ހާމަނުކުރަން އެދި "ވަގުތު" އަށް ބުނީ އެމްޑީޕީ އަށް ވެރިކަން ލިބިއްޖެނަމަ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތުދީ، އެއް ޖިންސުން ކައިވެނި ކުރުން ވެސް ހުއްދަ ކުރާނެ ކަމަށް ބައެއް މީހުން ބުނާތީ އެކަމާއި ބެހޭ ގޮތުން ޒުވާނަކު އިބޫ އާއި ސުވާލު ކުރި ކަމަށެވެ.

"ޖަވާބުގައި އިބޫ ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް. ސުވާލުގެ ދެވަނަ ބަޔަކަށް ޖަވާބެއް ނުދެއްވާ. އެއް ޖިންސުން ކައިވެނި ކުރުން ހުއްދަ ކުރާނަންތޯ ކުރި ސުވާލު އިގްނޯ ކޮށްލީ." މައުލޫމާތު ދިން ޒުވާނާ ބުންޏެވެ.

އަލަށް ވޯޓް ލާ ޒުވާނުންނާއި ބައްދަލު ކޮށް އިބޫ ދެއްކި ވާހަކަފުޅާއި ގުޅިގެން ޒުވާނުން ކުރި ގިނަ ސުވާލު ތަކަށް އިބޫ ޖަވާބު ނުދޭ ކަމަށް ޒުވާނުން ބުނެއެވެ. ނަމަވެސް އިބޫގެ ފޭސްބުކް ޕޭޖްގައި އެކަން ދޮގުކޮށް ބުނެފައި ވަނީ އޭނާގެ ސިއްހީ ހާލަތާއި ބެހޭ ގޮތުން ކުރި ސުވާލުތައް ފިޔަވައި އެހެން ސުވާލުތަކަށް ޖަވާބު ދީފައި ވާނެ ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން އިބޫގެ ވާހަކަތައް ދޮގު ކުރެއެވެ. ބައްދަލުވުމުގައި ބައިވެރިވި ޒުވާނުން ބުނާ ގޮތުގައި އެއްވެސް މީހަކު އިބޫގެ ސިއްހީ ހާލަތާއި ބެހޭ ސުވާލެއް ނުވެސް ކުރެއެވެ.

"އެއްވެސް މީހަކު އިބޫގެ ސިއްހީ ހާލަތާއި ބެހޭ ސުވާލެއް ނުކުރޭ. އިބޫ ގިނަ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ވެބްސައިޓް ބަލާށޭ. ވޯޓް ދޭށޭ. ވޯޓް ދިނީމީ ރަނގަޅު ވާނެ އޭ. އެއްވެސް ތަފްސީލެއް ނުދޭ." މައުލޫމާތު ދިން އިތުރު ޒުވާނަކު ބުންޏެވެ.

އެއްޖިންސުން ކައިވެނި ކުރަން ހުއްދަ ދޭނަންތޯ އެހުމުން އިބޫ ޖަވާބެއް ނުދެއްވިއިރު އެމްޑީޕީގެ ސިޔާސަތުތަކަށް އެންމެ ވަރުގަދަ އަށް ތާއީދު ކުރާ ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ގެންދަނީ ރާއްޖޭގައި އެއް ޖިންސުން ކައިވެނި ކުރުން ހުއްދަ ކުރަން ބާރު އަޅަމުންނެވެ. ނަމަވެސް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިސްލާމްދީނާއި ހިލާފު އެއްވެސް ކަމަކަށް އެމަނިކުފާނުގެ ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. މެސީ

    ކޮން ޖަވާބެއް ދެވޭނީ. އެއުޅެނީ ލިޔެފަ ހުންނަ އެއްޗެހި ވެސް ކިޔަން ނޭނގިގެން.

  2. ވަގުތު

    ނުޖެހޭދޭކަށް

  3. އެންޓި ކެންޕޭން

    އެންޓިކެންޕޭން ޖެއްސިޔަސް ހަމަ ހޮވާނީ އުބޫ

    1
    1
  4. ލލ

    އެކަންތައް ކުރަންވިއްޔާ ތިމީހުން އެ ވެރިކަމަށް ބަގުޑި ބައްދަނި

    1
    1
  5. ކުޑޫ

    ޥޯޓާށް އެއް ދުވަހަށް ވީމަ ބޮލަށް ދިޔަ އަރައިގެން މޮޔަ ނުގޮވަބަލަ. ތީ ހިނގާފަ އޮތް ކަމެއް ނަމަ މިހާރު ތި ވީޑިއޯ އަހަރެމެނަށް ފެންނާނެ

    • ޙުރަސް

      ތިހުރިހާ ނުބައި ކަމެއްކުރުމަށް އެބޫ އެއަންނަން ބޭނުންވަނީ

  6. ގަމާރު

    އެބުނީ ގާނުން އޮތީ އިސްލާމްދީނޭ! ދީނުގެ ހަރާމްކަމަކަށް ޖާގަދޭނެތޯ އެހީމަ ދެން ދޭންޖެހޭ ޖަވާބެއް ނޯއްނާނެ! ތިވެސް ހަބަރެއް ދޯ!

    • Anonymous

      ކަލޭތީ ހަމަ ނޭމްސޭކް. ހަމަ ގާނޫނުގަ އިސްލާމްދީން ކަމުގަ އޮތްއިރެއް ނޫންތަ ރާބޮވޭނެ ވާހަކަ ދެއްކީ އެންމެ ފަހުގެ މ.ޑ.ޕ ރައީސް. އަދިވެސް ކިޔާދެންވީތަ؟

    • އެކަމަކު ދެން

      ރާއްޖޭގަ ޤާނޫނު އަސާސީގަ އެހެން އޮތްއިރެއް ނޫންތަ ދޮންކުދިން އުޅޭގޮތަށް އުޅޭށޭ ބުނީ އޭރުގެ ރައީސް. ދެން އަބަދުމެ ހަމައިގާ ހުންނާކަށެއް ނުޖެހޭނޭ ބުނީ ކާކުތަ؟ އަދި ހަމަ އެ ޤާނޫނު އަސާސީ އޮތް ތާނގަ އޮތްއިރެއްނޫންތަ ޑެންމާކަށްގޮސް ދިވެހި ރާއްޖޭގަ އޮތް އިސްލާމިކް ނެރޭޓިވް އާ ދެކޮޅަށް ޖެސުއިޓްސް މިޝަނަރީއަށް އަންނަން ގޮވާލީ މ.ޑ.ޕ ނަޝީދު. މޮޔަހައްދަން ނޫޅޭ.

  7. Anonymous

    ޢިބޫ އަކީ މޮޔައެއް

  8. ބޭބެ

    ސުބުހާނަﷲ!! މިވަރު މީހުން ވެރިކަމަށް!!!

  9. Anonymous

    ގަބޫލު ނުކުރިއަސް މޑޕ އަކީ ލާދީނީ ފިކުރުގެ ޕަޕެޓެއްކަން އެންމެންދަނޭ

  10. މޮޔަވެދާނެ

    ދޮގު ހަބަރު ފަތުރަން މާ ގިނަ ދުވަހެއް ނެތް. މި ދަނީ އަނިޔާވެރިކަން ނިންމަން

    • ވިސްނޭ

      ތިޔަބުނާ އަނިޔާވެރިކަމަކީ ކޮންކަމެއްތޯ؟؟؟

    • ސަލީމު

      ޢިންޝާﷲ ތިކަމެއްނުވާނެ ކިނބޫޖެހޭނީ ބޮކްސާބަދެގެން ހިންނަވަރަށްދާން މާލެއިން ފައިބަން

  11. ދޮންކޮ

    ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް.މިބަސް ކޮޅުގެ މާނަ އެންގި ލައްވާތޯ ސުވާލު ކުރިމަތި ކުރެއްވި ޒުވާނާ އަށް

    • ސާބަސް

      ރާއްޖޭގަ ޤާނޫނު އަސާސީގަ އެހެން އޮތްއިރެއް ނޫންތަ ދޮންކުދިން އުޅޭގޮތަށް އުޅޭށޭ ބުނީ އޭރުގެ ރައީސް. ދެން އަބަދުމެ ހަމައިގާ ހުންނާކަށެއް ނުޖެހޭނޭ ބުނީ ކާކުތަ؟ އަދި ހަމަ އެ ޤާނޫނު އަސާސީ އޮތް ތާނގަ އޮތްއިރެއްނޫންތަ ޑެންމާކަށްގޮސް ދިވެހި ރާއްޖޭގަ އޮތް އިސްލާމިކް ނެރޭޓިވް އާ ދެކޮޅަށް ޖެސުއިޓްސް މިޝަނަރީއަށް އަންނަން ގޮވާލީ މ.ޑ.ޕ ނަޝީދު. މޮޔަހައްދަން ނޫޅޭ.

    • ދދދދދދ

      މާނަ ވަރަށް ސާފު. "މިހާރު އޮތް ގޮތުން" މިހާރަކު ނެތޭ ތިހެން ވާކަށް. ތިމަންމެން މިއަންނަނީ ކަންކަން ބަދަލު ކުރާށޭ. ތިކަންވެސް ބަދަލުވާނޭ.

  12. އިއްބެ...

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

  13. ހަސަން

    އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ނުދޭނަމޭ ބުނީމަ އެއޮތީ ޖަވާބު ލިބިފަ. ވަރަށް ސާފު

  14. ޔާން

    2018 ޔާން ޝާމް

  15. ގަމާރު

    "ޖަވާބުގައި އިބޫ ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް"

    • އަނެއްކާވެސް

      ހަމަ އެގޮތަށް އޮތްއިރެއް ނޫންތަ ޑެންމާކަށްގޮސް ރާއްޖޭގަ އޮތް އިސްލާމްދީނާ ދެކޮޅަށް މިޝަނަރީންނަށް އަންނަން ގޮވާލީ.

  16. ާައަސްލަމް

    ދެންވެސް ލަދެއް! ނުގަންނާނެ ދެއުޅިއަށް ކެޑޭ ދެބޯ ބުރާންތި.

  17. ޝްރޭ

    މި ހުރިހާކަމަކުންނާ ކެމްޕެއިންގައި ފެންނަ ކުލަ ތަކުން އިނގޭ އެއްޗަކީ މީ ކޯލިޝަނެއް ނޫން ކން ހަމަ އެކަނި އެމް،ޑީ.ޕީގެ ކުލަ 99.9% ފެންނަން ހުރުމުން މަންޒަރު ވަރަށާް ސާފު.. ވެރިކަން ލިބޭތާ ހަފްތާއެއްގެ ތެރޭ ކޯލިޝަން ރޫޅި ހަމަ އެކަނި އެމް.ޑީ.ޕީގެ ހަރުމުދާ ގަނޑަކަށް ސަރުކާރު ބަދަލުވާނެ

    • މޮޔަބޯ

      މިހާރުވެސް ރޫޅިފަ އޮތް ކޯލިޝަނެއްތީ

  18. ރައްޔިތުން

    ރާއްޖޭގެ ދީނަކީ އިސްލާން ދީން

  19. ހުސޭނުބޭ

    ޔަޤީނުން ތި ސުވާލަށް ޝައިޚް އިލްޔާސަށް ދެވޭނެ ޖަވާބެއްވެސް ނޯންނާނެ!

  20. ޞޖjsސ

    ޥަގުތު ނޫސް ވެއްޖެކަންނޭގެ ހަޖަމް ކުރަން ދަސްކުރަން

    ޙަޖަމް ޕްލީޒް

  21. ޔާމީން ޙައްޤު 18

    "ގާނޫނު އަސާސީ މިހާރު އޮތް ގޮތުން " މާނައަކީ ބަދަލުކޮށްލުންވެސް ތިމަންނާ އަށް މާ ބޮޑު ކަމެއް ނޫނޭ..ނުނުބައި ނުލަފާ ލާދީނީ އއެްއެމްޑޕ

  22. ފާތިމާ

    މިހާރުވެސް ފައިސަލް ނަސީމް އާ އިބޫ އުޅެނި އިނދެގެން

  23. Anonymous

    ގަމާރު

    "ޖަވާބުގައި އިބޫ ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް"
    މީ އެ ސުވާލުގެ ޖަވާބެއް ނޫންތަ؟

  24. ކާބެ

    ގަމާރު

    "ޖަވާބުގައި އިބޫ ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް"
    މީ އެ ސުވާލުގެ ޖަވާބެއް ނޫންތަ؟

  25. ޢަލީ

    ޢެއްޖިންސުން ކައިވެނިކުރަން ބޭނުން މީހަކު އައިސް ބުނީމަ ތިޔަށް ޖަވާބު ދޭނަން ސާފުކޮށް.

  26. ފާތުން

    ޢެވަރަށް ދޯ ޖަވާބް ދެވޭނީ. ޢިސްލާމްދީނާ ހިލާފް ނުވާނެ.

  27. ބުރާންތި

    ގާނޫނުގައި ވާގޮތުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގައެެއް ނެތޭ ވިދާޅުވުމުން ޖަވާބު ފުރިހަމަ ވީ އިސްލާމް ދީނަކު ނެއް އެއްޖިންސުން ކައިވެނި ކުރާކަށް

  28. ގުބޯ

    މުސްލިމުން ކުރާކަހަލަ ސުވާލު ކޮއްބަލަ އެކަމް ސާބަސް ތިސުވާލު ކުރި ޒުވާނާ އަށް...

  29. ލަލާ

    ދެން ތި ވާހަކަދެއްކުމުގެ ބޭނުމެއް ނެތް. ރާއްޖޭގައި ރައީސް ޔާމީން ވަރުގެ ރައީސަކު އަދި މިވީހާ ތަނަކަށް ރައީސްކަމެއް ނުކުރޭ ... ހުރިހާ ގޮތަކުން ބެލިޔަސް ހީ އިޒް ދަ ބެސްޓް. ނަމޫނާ ރައީސެއް

  30. އަހަރެން

    ވަރަށް ސާފުކޮށް ކުރުކޮށް ތިޔަ ސުވާލުގެ ޖަވާބު ދީފަ ތިއޮތީ. ދެން ޖަވާބު ނުދެ އޭ ތިބުނަނީ ކީއްވެބާ؟