އެމްޑީޕީގެ ވެރިކަމެއްގައި ހާރިޖީ ގުޅުން ބަދަހި ކުރުމުގައި އެއްވެސް ގައުމަކާއި މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި އެސިޔާސަތުގެ ދަށުން އިސްރާއީލް ވެސް އިސްތިސްނާ ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

މުސްލިމުންގެ ފުރަތަމަ ހަރަމްފުޅަށް ވެރިވެ، ފަލަސްތީން ރައްޔިތުންގެ ހުރިހާ އިންސާނީ ޙައްޤަަކަށް އަރައިގަންނަމުން ގެންދާ އިސްރާއީލާއި މެދު ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ހާރިޖީ ގުޅުން ބަދަހި ކުރައްވާނެ ކަމަށް އިބޫ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޙާބުގައި އަލަށް ވޯޓް ލާ ޒުވާނުންނާއި ބައްދަލު ކޮށް އިއްޔެ ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އިސްރާއީލާއި ގުޅުން ބަދަހި ކޮށްފައި ވާތީ އިބޫ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އިސްރާއީލާއި ގުޅުން ބަދަހި ކުރައްވާނަންތޯ ޒުވާނަކު ސުވާލު ކުރުމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ހާރިޖީ ސިޔާސަތު ލިޔެފައި އޮންނާނެ ކަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ހުރިހާ ގައުމަކާއި ވެސް ގުޅުން ބަދަހި ކުރުން ކަމަށެވެ. އެކަމުގައި އިސްރާއީލް އިސްތިސްނާ ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ އާއި އިސްރާއީލްގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ކުރިއެވެ. ރާއްޖޭގެ ހާރިޖީ ވަޒީރަކު ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް އިސްރާއީލަށް ވަޑައިގެންނެވީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެއީ އަހްމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އިސްރާއީލާއި ގުޅުން ބަދަހި ކުރަން ފެށުމުން ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ކުރިން ވެސް އޮންނާނީ އާންމު ކޮށްފައި ކަމަށާއި އެހެންކަމުން އިސްރާއީލާއި އެމްޑީޕީ ސަރުކާރުން ގުޅުން ބަދަހި ކުރާނެ ކަން ރައްޔިތުންނަށް އޮންނަން ޖެހޭނީ އެނގިފައި ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އިސްރާއީލާއި ރާއްޖެ އާއި ދެމެދު ވަނީ ވިޔަފާރީގެ ގުޅުން ވެސް ކަނޑާލާފައެވެ. އިސްރާއީލްގެ އެއްވެސް އުފެއްދުމެއް މިހާރު ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެ އިން ގެންދަނީ ފަލަސްތީންގެ މައްސަލައިގައި ވަރަށް ބޮޑަށް ވަކާލަތު ކުރަމުންނެވެ.

އިބޫ ވަނީ އޭނާ އަށް ވެރިކަން ލިބިއްޖެނަމަ ކޮމަންވެލްތު އާއި ވެސް އަލުން ގުޅެން ވައުދު ވެފައެވެ.

އެމްޑީޕީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ހާރިޖީ ސިޔާސަތުގައި ބުނެފައި އޮންނަ ގޮތުގައި ދިވެހިރާއްޖޭގެ ސަލާމަތްތެރިކަމާއި ތަރައްޤީގެ ދުވެލި ބިނާވެފައިވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖްތަމައު އާދެމެދު ފުޅާދާއިރާއެއްގައި ޤާއިމުކުރެވިފައިވާ އެކުވެރިކަމުގެ ސުލްހަވެރި ގުޅުންތަކާއި ބޭއްވެމުންދާ ގާތްކަމުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. އިބްރާހީމް

    މަގޭވޯޓު މޑޕއަށް ތިޔަގެއްލުނީ..

    • ބަޔަސްޑ ވަގުތު

      ޢެއީ ދޮގެއް

      • ޢަބްދުﷲ

        ދެން ބުނޭ ނަޝީދުގެ ޒަމާނުގަ ޑިފެންސް މިނިސްޓަރު އުރުދުނަށް ކަމަށް ބުނެ ސިއްރު ދަތުރެއް އިޒްރޭލަށް ކުރުމާ، އިޒްރޭލުގެ އެމްބެސަޑަރ ނަޝީދަށް ޒިޔާރަތްކުރުމާ، އިޒްރޭލާ ގުޅުން ބަދަހި ކުރިކުރުމަކީވެސް ހަމަ ދޮގޭ. ކަލޭމެން ހަމަ ނިދާފަތަ ތިހުރީ. ޔާމީނު ދެކެ ރުޅި އަޔަސް ބޮޑުވަރުތީ.

        • Anonymous

          ކީއްވެ ސައުދީ ްްް ގުޅުން ާާާާާާbAށ ވަނީq

  2. ޖޯން

    އެހެންތަ ، އޯކޭ މަގޭ ވޯޓް ކުށެއްނެތި ސަހީދުކޮއްލި ހުރިހާ މުސްލިމުންގެ ހައްގުގާ ޔާމީނަޢް ދޭން ނިންމައިފިން!!!

  3. ؟؟؟؟

    މިއީ އިބޫ އަށް ވޯޓުނުދޭްޖެހޭ ސަބަބު. ޔަހޫދީންކަން މި މީހުންގެ ބަޔަކީ މުސްލިމުން ވިސްނަންޖެހޭ.

    3
    1
  4. ޑޮންޑޮން

    އެހެން މުސްލިމް ޤައުމުތައްވެސް ހުރޭ އިސްރާއީލާއި ޚާރިޖީގުޅުން ބަލައްޓާ.

    • ބޮޑުބެ

      ޒިނޭ ކުރާ މުސްލިމުންވެސް އުޅޭ. މީހުން މަރާ މުސްލިމުންވެސް އުޅޭ. ދެން ހަމަ އެހެންމީހުން ކުރެޔޭ ކިޔާފަ ކުރަންވީތަ؟

    • ދދދދދދ

      އެއީ ކޮން ގައުމެއް؟ ތިމޭރުމުން ރެކެވޭކަށް ނޯންނާނެ. އެއީ ކޮން ގައުމެއްކަން އެނގެން ޖެހޭނެ ތިހެންޏާ.

  5. ަސދ

    ފަލަސްތީން މީހުން އިޒްރޭލު ދައުލަތެއްގޮތަށް ބަލާއިރު ކީއްވެތަ އަހަރުމެން ކުރީމާ މައްސަލަޔަކަށްވަނީ.
    ތަފާތުކުރުން ހުއްޓުވުމަށް މަގޭ ވޯޓް އިބޫއަށް

  6. ށޮދުގަދި

    ތީ ތެދެއްނަމަ އިބޫ ތިހެން ބުނި ރިކޯޑިން އަޅެ ދައްކަބަ

    • ރެކޯޑު

      ރިކޯޑިން ދެއްކީމަ ގަބޫލުކުރާނަންތަ ކުރިމަތީ ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރީމަވެސް ބުނަނީ އެއީ އެހެންބުނިއެއްޗެނޫނޭ ދެންޖެހެނީ ތަރުޖަމާކުރަން ރިކޯޑިން ދެއްކީމަ ބުނާނީ އެއީ އެޑިޓުކޮއްފައޭ.. ގަބޫލު ކުރާނެ އެއްގޮތެވެސްނެތް

    • ބޮލުރޮއްޖާ

      އެ ކީއްކުރަން؟ ހަދާފަ އިން އެއްޗެކޭ ކަލޭ ބުނޭތޯތަ؟

    • ޢަބްދުﷲ

      ނަޝީދު ފާޅުގަ ކުރިކަންކަމާ ކީއެއްޗެހި ފެންނަން އޮތްއިރު އޭނައަށް ސަޕޯޓުކުރިމީހުންނަށް ވަކި އެއްޗެއް ފެނިގެން އިސްލާހުވާނެތަ؟ ހިދާޔަތަކީ ﷲ ދެއްވާ އެއްޗެއް.. ބޮޑާނުވެ އެކަލާނގެ ހަޒުރަތަށް ހިދާޔަތް ދެއްކެވުމަށް އެދުނީމާ އިން-ޝާ-ﷲ ހިދާޔަތް ދެއްވާނެ.

  7. ދިވެހިރަތްލޭ

    މިހިރީ އެމްޑީޕީގެ ހަގީގަތްފެންނަން . ހިތާމައަކީ މިގައމުގެ އެމްޑީޕީ އަށް ނިސްބަތްވާ ހަމަވަރަށް ރަންގަޅު މީހުންވެސް މިބައިމީހުންމިފަދަކަންކަން ހިންގާ އިރުވެސް ދިމާލައް ފެންނަން ހުތަސް އެކަންކަމައް އާބަސްބުނެ އެބއަމީހuންގެ އަވާގައިޖެހިގެން އުޅޭތީ.މާތަﷲ އަޅަމެންންގެ ލޮބުވެތި ރައްޔިތުންނައް ހެޔްވިސްނުންދެއްވާށި.އާމީން

  8. ލުޤުމާން

    ދިވެހި މުސްލިމު ރައްޔިތުން ވިސްނަވާ! މިވަގުތުންފެށިގެން މަގޭވޯޓް ޔާމީނަށް ބަދަލުވީ!

  9. ހުސެން

    ތި ގޯސްވީ!!!!

  10. ޙަފްޞާ / މާލެ

    ކޮބައި ޑޮކްޓަރ ޢިޔާޒް؟ ކޮބައި ސޭކު އިލްޔާސް؟ ކޮބައި ދެން ތިބިހައި ލާދީނީ ހިތްވަރީން؟ ފެނޭތަ؟

  11. އޭނާ

    22 ސެޕްޓެމްބަރ 2018 ގެ 16:40 ވަންދެން އަޅުގަނޑު އިބޫ އަށް ކުރި ތާއީދު އަނބުރާ ގެން ގޮސްފިން.

  12. ފަހުގެނިންމުން

    އިބޫ.އިބޫ.އިބޫ ދެން ވޯޓެއް ނުލެވޭނެ. މިހާރު ފުދިއްޖެ. ވަރައްސަލާމް

  13. އިބޫ

    މަ ދޭނީ ޔާމީނަށް މި ވީ ގޮތުން. އަމިއްލަ މީހާ އަށް ވޯޓް ނުދީ.

  14. ބޭބެ

    މަށަށް ހީވަނީ ވެރިކަމުގެ ވަކި ހިސާބަކުން ފައިސަލްގެ އިތުބާރުނެތް ކަމަށް ފާސްކޮށް ފައިސަލް ބޭރުކޮށް، އަންނި ނައިބަކަށް ގެނެސް، ތިމަންނާގެ ސިއްހީ ހާލަތޭ ކިޔާފަ އަންނިއަށް ވެރިކަން ހަވާލުކޮށްފަ އިބޫ އޮންނަވާނީ ގޭގައި ރަޖާ އަޅުއްވައިގެންހެން.

  15. ހަހަ

    ވަގުތުއިން ތި ފަތުރަނީ ދޮގު ހަބަރު ހަޖަމުކޮއްލާ

    • އާންމު އާދުމީ

      ނަޝީދުގެ ކުރު ދައުރުގައި އިންޑިއާއަށް ކަނޑައަޅާފައިވާ އިޒްރޭލު އެމްބެސަޑަރ ރާއްޖެއައިކަން އޮތީ ފަޅާއަރާފަ. ނަޝީދުގެ ޑިފެންސް މިނިސްޓާރު އުރުދުނަށް ކަމަށްބުނެ ސިއްރު ދަތުރެއް އިޒްރޭލަށް ކުރެއްވި ޚަބަރު އެއޮތީ ވިކިލީކްސްގައި ފަޅާއަރާފަ. އައި އޮފް ޒިއޯން ގެ ޑޮކްޓަރުން ރާއްޖެ ގެނައުމާ ދެން މިކަހަލަ ކިތަންމެ ކަމެއްގެ ވާހަކަ ބުންޏަސް ހިދާޔަތް ލިބޭނީ ﷲ ތަޢާލާ ހިދާޔަތް ދެއްކެވި ފަރާތަކަށްކަން އެނގޭ. މާތް ﷲ އަހަރުމެން އެންމެންނަށް ހިދާޔަތް ދެއްވާށި. އާމީން.

  16. އިއްބެ...

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

    1
    1
  17. އިބޫ

    އިބްރާހިމް މުޙައްމަދު ޞާލިހް މަނިކުފާނަށް އެނގިލައްވާތޯ ތިޔަ ވިދާޅުވެވުނު ބަހެއް ނުވަތަ ތިޔަ ހާރިޒީ ސިޔާސަތެއް އަހަރެމެން މުސްލިމުން ކޮންމެ ކަމެއްގަވެސް މިޖެހެނީ ޔަހޫދީންނާ ހިލާފްވާން ހަމަ ޔަގީނުންވެސް މިދުނިޔެ މަތީގަ ނޯންނާނެ އިޒްރޭލް ނޫން އިތުރު ގއުމެއް ޔަހޫދީން ދިރިއުޅޭ ވީއިރު އެބައި މީހުން ކިހިނެއްތޯ އަހަރެމެން އެއްވެސް ތަފާތު ކުރުމެއް ނެތި އެހެން ގައުމު ތަކެކޭ އެއްގޮތަށް ގުޅުން ބާއްވާނީ
    ޔާﷲ މިނުބައި ލާދީނީ ފިކުރު ގެންގުޅޭ ބައިގަނޑުގެ ކިބައިން މުސްލިމް އުންމަތް ސަލާމަތް ކުރައްވާންދޭވެ. އަދި މުޅި ރާއްޖެ އެބައި މީހުންގެ ކިބައިން ސަލާމަތް ކޮށްދެއްވާށި އާމީން ޔާރައްބަލްޢާލަމީން

  18. ަސީލާ

    ޖަލު ފެނޭތަ...

  19. ނާޒިފު އަބޫބަކުރު

    ސައޫދީ އަރަބިއްޔާއިންވެސް އިސްރާއީލާ ގުޅުންއޮވޭ. ހުދު ފަލަސްތީނުންވެސް ވިޔަފާރިކޮށް އިގްތިސާދީގުޅުން އިސްރާއީލާ އޮވޭ. ކޮންމެ އެއްޗެކޭ ކިޔަސް މަގޭ ވޯޓު ބަދަލެއް ނުވާނެ!

    • މުސްލިމް

      ސައޫދީ އަރަބިއްޔާގެ އިސްލާމީ ކަމެއް ކޮޕީ ކުރުމަށް ކީއްވެތަ އެހެންވިއްޔާ ދެކޮޅު ހަދަނީ. ހަމަ ކަލޭމެންނެއް ނޫންތަ ބުރުގާ އެޅުމާވެސް ދެކޮޅީ. ހަމަ ކަލޭމެންނެއް ނޫންތަ ޤިސާސް ހިފުމާ ވައްކަން ކޮށް ސާބިތުވާ މީހާއާ ޒިނޭކޮށް އެކަން ސާބިތުވާމީހާ އަށް އަދަބު ދިނުމާ ދެކޮޅޫ. ކަލޭމެން ހީކުރަނީތަ އަބަދުމެ ތިގޮތަށް ދެބޯގެރި ދުއްވައިގެން އަހަރުމެން ދިވެހި މުސްލިމުން މޮޔަހެދިފަ ނުވަތަ ނިދާފަ ބޭތިއްބޭނޭ. ނޯ މޯރ!!

  20. ދދދދދދ

    ދެނެވެސް ކަލެއަށްތަ ވޯޓު ދޭންވީ. މީ ބޮޑު މަރުމޯލެއް ނޫންތަ؟

  21. ހުސޭނުބޭ

    އަޅެ ޔަހޫދީން އިބޫއަށް ފަންޑުކޮށްދެނީ. ތި ވާހަކަ ޝައިޚް އިލްޔާސް ކައިރީގައި ބުނައްޗޭ! އޭރުން އިލްޔާސް ބާރަށް އަތްޖަހާނެ!

  22. ސައިނީ

    ކަލޯގަޔާ އިންޑިޔާ މީހުން އަދި އިޒްރޭލް މީހުން ނާއިއެކީ ގުޅިގެން ކިހިނެއް ދެން ވޯޓެއް ދޭނީ މީ މިގައުމުގެ އަދި މުސްލިމުންގެ ދުސްމަނުން މަ ސަލާމް

  23. އަލްޖިބްރާ

    އިޒްރޭލާއި އެކު ގުޅުންބަދަހި ކުރަން އުޅެގެން އިބޫއަށްވެސް ޖެހޭނީ އަންނިއަށް ޖެހުނު ދަތުރު ! އިޒްރޭލާއި ދުރައްދޭ ! ﷲމޮޅަށް ދެނެވޮޑިގެން ވޭ !

  24. ޥިސްނާ

    ބަދަހިކުރޭ އޭރުން ބޭރުދުނިޔޭގަ މިރާއްޖެ އަގުވެއްޓޭނީ... ކިޔަވައިގެން ހުރިމީހެއްނޫން ހަމަޔަށް ޖުމްލައެއް ކިޔާނުލެވޭ ގަނޑުކޮޅު ބަލައިގެންވެސް

  25. އަލީ

    ޤިޔާމަތްދުވަހު މި ސިޔާސަތު ދިފާއު ކުރަން ކެރޭނެތަ؟

  26. ބެއްޔަ

    ސައުދީ ވެސް އިޒްރޭލާ ގުޅުން ގާއިމު ކޮށްގެން އުޅެނީ. ރަސްމީކޮށް ނޫންނަމަވެސް. ދެން އަހަރުމެން ކުޑަ ކުޑަ ގައުމަކުން ގުޅުން ގާއިމު ނުކުރިޔަސް އިޒުރޭލަށް ގެއްލޭނެ އެއްޗެއް ނޯންނާނެ..

  27. އަހްމަދު

    ތިޔަކަންމާކުރިންވެސް އެނގޭ އެމީހުންނަކީ (ޔަހޫދީންނަކީ)ތިޔަބައިމީހުންގެ ކެންޕޭންބައިވެރިންކަންވެސްއެނގޭ އެމީހުންޚަރަދުކުރަނީ ކެންޕޭންގެބޮޑުބައި

  28. ޏބބވ

    ޢެންމެފަހުން އިސްރާއިލަކީ ތިމަންމެން އެކުވެރިއެކޭ ތިބުނީ އަމިއްލަ އަނގައިން. ކޮބާ އިލްޔާސް. ޔަހޫދީން މުސްލިމުންނަކަށް ދުވަހަކުވެސް ހެވެއް ނޭދޭނެޔޭ ބަޔާންކުރާ ގުރުއާނުގެ އާޔަތް މިހާރު ދޮގުވީތޯ......

  29. ޢިބުަރާޙިމް ކަރުބުރި

    ދޮގު ވާހަކަ ތިފަތުރަނީ.. ކަޑައެޅިގެން ބޮޑު ދޮގެން.

  30. ޙކގުކޖބ

    ތިވީގޮތުން ލާހިކެއްނޫން އިބުލަކަށް ވޯޓެއްދޭކަށް

  31. ފެހި ހިބަރު

    އެޑޯލްފް ހިޓްލަރ ވެސް ނައްތާލަން އުޅުނީ ތިޔަ އިޒްރޭލް ބައިގަނޑު. ނައު ދޭ ސްލޯޓާރ އަވާ މުސްލިމް ބްރަދާސް އެންޑް ސިސްޓާރސް އިވެން ދޭ ވޯންޓް ސަޕެއާރ ޗިލްޑްރެންސް...