އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައި ހުރި އެކައުންޓަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާ ކުރި މައްސަލައެއް މެލޭޝިއާ ފުލުހުން ބަލަމުން ގެންދާކަން ދޭކަވާ ލިޔުމެއް މީސް މީޑިއާގައި ދައުރުވަމުން އެބަގެންދެއެވެ.

ދައުރުވަމުންދާ ލިޔުމަކީ މެލޭޝިއާގެ ކޮމިޝަނަރ އޮފް ޕޮލިސް ސީވީ ދާތޯ ވިރާ ސައީދު އިސްމާއިލް ސޮއި ކުރައްވާ ރާއްޖޭގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ފޮނުއްވާފައިވާ ސިޓީ އެކެވެ.

އެސިޓީގައި ބުނެފައިވާ ގޮތުގައި 56234782 އެމެރިކާ ޑޮލަރު އިބޫގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އެފައިސާ ޖަމާ ކޮށްފައި ވަނީ މިމަހުގެ 01 ވަނަ ދުވަހު ކަމަށް ސިޓީގައި ވެއެވެ. ސިޓީގައި ބުނެފައިވާ ގޮތުގައި އަލީ ނިޔާޒްގެ އެކައުންޓަށް ވަނީ 5250000 އެމެރިކާ ޑޮލަރު ޖަމާ ކޮށްފައެވެ. އެފައިސާ ޖަމާކޮށްފައި ވަނީ އޮގަސްޓް 07 ވަނަ ދުވަހު އެވެ.

ދައުރުވަމުންދާ ލިޔުމަކީ ސައްހަ ލިޔުމެއްތޯ ބަލަން ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާނަށް ގުޅުމުން ވިދާޅުވީ ލިޔުމާއި ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރެވެން ނެތް ކަމަށެވެ.

ދައުރުވަމުންދާ ފޮޓޯ
ދައުރުވަމުންދާ ފޮޓޯ

އިބޫގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައިގެ ތަޙްޤީޤު މެލޭޝިއާ ފުލުހުން ކުރަމުން ގެންދާކަން ދޭހަވާ ލިޔުމެއް އާންމުވެފައި މިވަނީ ރާއްޖެ އިން ބޭރުގެ ޖާސޫސީ އިދާރާ އަކުން އިދިކޮޅު އެމްޑީޕީ އަށް 376 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް މީސް މީޑިއާގައި ރޭ ޚަބަރު ފެތުރިފައި ވަނިކޮށެވެ. އެފައިސާ ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނާއި ހަވާލު ކުރެވިފައި ކަމަށް ވެސް މީޑިއާ މީޑިއާ ގައި ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

އެމްޑީޕީގެ ކެމްޕޭނަށް އަވައްޓެރި ގައުމަކުންނާއި، ކްރިސްޓިން ދީން ފަތުރާ މިޝަނަރީތަކުން ޚަރަދު ކުރާ ކަމަށް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ.

ކެމްޕޭނަށް ބޭރުގެ ފަރާތްތަކުން ޚަރަދު ކުރާކަމަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީ އިން މީގެ ކުރިން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެތުހުމަތުތައް އެމްޑީޕީ އިން ދޮގެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ސދފސދ

    ކޮބާ ރޔ އެކައުންޓަށް ވަން ފައިސާ ؟
    ހެޔޮ މިލިޔަނުން ވަނަސް. މިފަހަރު އިބޫއަށް.
    ތިކުޅޭ ކުޅި ނޭގޭނީ 5އަހަރުގެ ކުދިން ނަށް.

    • ބޮޑުބެ

      މ.ޑ.ޕ ގައުމުގަ ކުޅުނު ކުޅިވެސް ރަނގަޅަށް އެނގޭ. އިންޑިއާއަށް ގައުމުގެ ދޮރާށި ވިއްކާލީ. އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލުތައް މަސްހުނިކުރުވީ. އިޒްރޭލުގެ ޔަހޫދީންނަށް ގައުމު ހުޅުވައިލީ. ރާ އާއްމު ކުރަން މަސައްކަތްކުރީ. މިޝަނަރީންނަށް ރާއްޖޭގަ އޮތް އިސްލާމްދީނާ ދެކޮޅަށް އައުމަށް ގޮވާލީ.. މިކަންކަންވެސް ބޭބެމެން ހަނދާން އެބަހުރި.

  2. ގދ ތިނަދޫ

    ކަލޯ ޔާމިނޫ، ގދ.ތިނަދޫ މީހުން ތިބީ ހައްޕު...ކިޔާގެން ... ކަލޯ ތިނަދޫއަށް ގެނައި ތަރައްގީ މަމެން ދައްކާނަން ވޯޓުން. ކަލޯ ބަލަން ހުންނަށްޗޭ. ލާދީނީ ބައިގަޑަށް ވޯޓް ދޭކަށް މަމެން ނެތިން....ހޮވާނީ ރައީސް ޔާމީން... އެއްމެން 1 އަށް....ވަރަށް ސަލާމް.....

  3. ފެކްސް

    މެލޭޝިއާ ލިޔުމުގައި ފެކްސްގެ ސްޕެލިންގައި މައްސަލައެއް އުޅޭހެން ހީވޭ

    • ލޮލް

      އެއީ މެލޭބަހުން ލިޔުނީމަ އިންނަގޮތް.

    • ޓީޗަރ

      އެމީހުން އެހެހން ލިޔެ އުލޭ. ޓެކްސީ ކިޔާއިރު ވެސް ހުންނަނީ ކޭ އަކުރު ބޭނުން ކޮށްފަ

    • ރަދުން

      ހެހެހެ. މެލޭބަހުން ކިޔާގޮތަށް. ރަންކޮޅާ ތާރީޚްވެސް ނަންބަރުވެސް ބަލާލައްޗޭ ސްޕެލިން އޮތްގޮތް. އެއީ މެލޭމީހުން ލިޔާގޮތް.

    • އިއްސޭ

      މެލޭ ބަހުން ފެކްސް ލިޔާނީ އެހެން.....

    • ގުއިރީނދޫ

      ކަލޯގެ ސިކުނޑީގަވެސް މައްސަލައެއް އުޅޭހެން ހީވަނީކީނޫން އެބައުޅޭ.?

  4. އަހަރެން

    ކަލޯ ފެނޭތަ މިހިރީ ކްރިސްޓިއަނުންނާ ގުޅިގެން ހިންގާ ޖަރީމާ ރާކަނި މަސްކެވިފަ ހުންނާނީ އެއްލަކިން އިންޝާﷲ ޔާމީން

  5. ހަމަ ހަމަ

    ތި ސިޓީ ހެދި މީހުންނައް ނޭގޭތަ އިބްރާހިމް މުހައްމަދު ސޯލިހު ކިޔާ ކިތަންމެ މީހެއް ރާއްޖޭގަ އުޅޭ ކަމެއް!! ރަސްމީލިޔުމެއްގަ ކާކުކަން އެގޭދަދަ ޕާސްޕޯރޓް ނަންބަރު ފަދަ އެއްޗެއް ނެތީމަ ހަމަ ހައިރާން ވެއްޖެ. ތިހެން އުޅުއްވިއަކަސް ވޯޓެއް ނޯހޭނެ އެނގޭތޯ..

    • Anonymous

      އެހެންވީމާ އިބްރާހިމް މޮހައްމަދު ސޯލިހުގެ ރަސްމީ އުފަންދުވަހުގެ ސެޓުފިކެޓު ވޯޓުކަރުދާހާއެއްކޮށް ނެތިއްޔާ ކިހިނެއް އެނގޭނީ ކޮން އިބޫއަކަށް ކަމެއް މި ވޯޓުލެވެނީ.. ދެން ރަނގަޅުވާނީ ނުލިއްޔާ

      • މުހައްމަދު ހަމްދޫން
  6. ވަގު ސީ

    ކޮންމެ ގޮތެވިޔަސް ވައްކަމެއް ނުކުރަން''''''''''

  7. އަންނަނީހިނި

    އަދިބެސް ވައްކަމޭ އަނެކައްޗެކޭ މިކިޔަނީ މުލިވަގުން ތިބީވެސް އެމް.ޑީ.ޕީ ފަޅީގަކަން މިއޮއް ފަޅާ އަރަނީ! އަސޭލާ ތާއީދާއެކު އިބޫވެސް ވައްކަމަށް!

  8. މަޒް

    ވަރިހަމަ ދުނިޔޭގައި ހުރި ހުރިހާ ފައިސާއެއް އިބޫގެ އެކަުންޓަށް ޖަމަާކުރިއަސް މަގޭ ވޯޓް ޔާމީނަށް ހަރާމް

  9. ޖޮއްބެ

    ގައުމުވިއްކައިގެން އަނބުރާދައްކާ ގޮތަށް. ކެންޕޭނަށް ޚަރަދުކުރަން ނެގި ލާރި މިފެންނަނީ. މިހެންވީމާ ބޮޑެތި ޢަދަދުތަކުން މެންބަރުންނަށާ ކައުންސިލަރުންނަށް ރިޝްވަތު ނުދެވޭނެގޮތެއްނެތްތާ. މީހުން އެ ބުނަނީ ހަމަތެދެއް އެމްޑީޕީ ސަންފާ އޮނަކަށްލައިގެން ހަތްހުތުލާ ރާހުތު ކެއްކިޔަސް ތެދެއްނުވާނެ. އަދި ހަތްފެނުން ދޮވެފަ އެއްފަހަރު ކަމަށް ތިންފަހަރު ވެލިލައިގެން ދޮވުނަސް އޭގެ ނަޖިސް ކަމެއްވެސް ނުކެނޑޭނެ.

  10. ނައު

    ހާދަ ސްޕެލިން މައްސަލަ ބޮޑު ލިޔުމެކޭ

  11. ސޯދިގު

    ޥަގު ކިނބޫ ވަގު އިނާޒު 2 ވަގުން. ފާދިރީންނާ ފައްޅތަކުން ފައިސާ ނަގައިގެން ވެރިކަން ހޯދަން. ހަސަން ރަސްގެފާނު 2 ދަރިން ކަންޑު ފެއްތި ގޮތަށް ކަންޑު ފައްތާނެ ރައްޔިތުން ނިކުމެ. ބަލަން ތިބޭނަން.

  12. Anonymous

    ރައްޔިތުންގެ ފައިސާ އެއް ނޫން ތީކީ ..ދެން ކޮންކަމެއް .. ޕޮލިހުން ބޭކާރު މަސައްކަތް ނުކުރޭ

    • ހޭބަލި

      ޤައުމަށް އަރައިގަންނަން ގޮވާ ބައެއްގެ އެކައުންޓަށް ބޭރުގަހުރި މާސްޓަރުން ދޭ މުސާރަކޮޅު ބެލުމަކީ ޕޮލިހުންގެ ވާޖިބެއް. ކަމަކަށް ނުވާނީ ދިވެހި ރައްޔިތަކަށް ނުވަންޏާ.

  13. އެމްސީ

    އެއީރައްޓެއްސަކު ދިންހަދިޔާއެއް ކުޑަ ކަމެއް ކޮށްދޭ މަތިން

  14. ގާބިލް

    އެމްޑީޕީގެ ކެމްޕޭނަށް އަވައްޓެރި ގައުމަކުންނާއި، ކްރިސްޓިން ދީން ފަތުރާ މިޝަނަރީތަކުން ޚަރަދު ކުރާ ކަމަށް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ. ތީ ހަގީގަތަކީ އިލްޔާސް ތިލާރިގަނޑު ފެނިގެން އެތެޅެނީ އަތުނފައިން މސައްކަތެއް ނުކޮށް ލާރި ހޯދަނީ ކޮންތާކުން ގައުމު ފަސާދަ ކޮށްގެން

  15. ހުސޭނުބޭ

    އަހަރެމެންގެ ބޭންކް އެކައުންޓަށް ވަންނަ ފައިސާ ޙަލާލެއްނޫން.......... ދޯ އިބޫ.
    ތިއީ އިޒްރޭލުން ދީފައި ހުރި ފައިސާ.
    އެކަމަކު ނަންވާނީ ޔާމީނު

  16. ޑޮންޑޮން

    ލޮލް، ރިޓަޔާ ކޮށްފަވާ މީހެއްގެ ނަމުގަ ލިޔެފަ އޮތް ސިޓީއެއް...

  17. މަނީލޯންޑްރީ

    މިއަދު މަލީހު ވެސް ބައެއް ފައިސާ ރާއްޖެ ގެނެސްފި އަދި ކަސްޓަމްސް އިން ސުވަާވެސް ކުރި ވ.ސަލާމް

  18. ާއައްޑޭ

    ކާނަލް ނާޒިމްގެ ގެއިން ޕިސްތޯލެއްވެސް ފެނުނު.

  19. ނާބޭ

    މީ މަޖާ ކަމެއް.

  20. ?

    މަގޭ ގައުމު މަގޭ ގައުމު ރައްޔިތުންނޭ މިގައުމަށް ދެރަގޮތެއް ނުހަދާތި

  21. ޟޫރަ

    ތި ސޮއެކުރިމީހާ 2014 ގައި ރިޓައަރ ކޮއްފި ލޮލް

  22. ވރ

    އެމް އެޗު 370 އޯ އޮތީ.

  23. ޙައްޤު

    އިބްރާހީމް މުޙައްމަދު ޞާލިޚްގެ އައިޑީ.ނަންބަރު އަދި އެކައުންޓް ނަންބަރުވެސް އެފަރާތުން ހާމަ ކުރާނެ !!!!!

  24. ރައްޔިތުން

    ތިކަހަލަ ކިތަންމެ ވާހަކަތަކެއް ދައްކާނެ

  25. ޏަނަ

    އިބޫ އެއް ނުކުރާނެ ކުށެއް އެއީ މައުސޫމު މީހަކޯ