މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޙާބު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓެއް ބަލަން "ވަގުތު" އިން ކުރިއަށް ގެންދާ ޚިޔާލު ހޯދުމުގެ ވޯޓުގައި، ކުޑަ ތަފާތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކާމިޔާބު ކުރައްވައިފިއެވެ.

ސެމް÷ެމްބަރު 20 ވަނަ ދުވަހުން ފެށިގެން މިއަދު ހަވީރު 17:00 އާއި ހަމައަށް މި ޕޯލް ކުރިއަށްދިޔައިރު، ރައީސް ޔާމީނަށް 5705 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އެއީ ވޯޓުގެ 51.52 އިންސައްތައެވެ. އަދި ވޯޓުން ބަލިވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަށް މި ޕޯލް އިން ލިބިވަޑައިގަތީ 5368 ވޯޓެވެ. އެއީ ޕޯލްގެ 48.48 އިންސައްތައެވެ.

މި ޕޮލް އަށް މަކަރު ހަދައި އެއް އައިޕީއަކުން ގިނަ ޢަދަދެއްގެ ވޯޓު ލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް ދެފަހަރަށް އެއް އައިޕީ އަކުންދޭ ވޯޓެއް ނަތީޖާގައި ނުގުނާގޮތަށް ޕޯލް ފަރުމާކުރެވިފައި ވާތީ އެފަދަ ވޯޓުން ނަތީޖާއަކަށް ބަދަލެއް ނާންނާނެއެވެ.

މާދަމާ އޮންނަ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީނާއި އިބޫ ވާދަ ކުރައްވާއިރު ރައީސް ޔާމީންގެ އިންތިޙާބީ ބައިވެރިއެއްގެ ގޮތުގައި ވާދަ ކުރައްވަނީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. އިބޫގެ އިންތިޙާބީ ބައިވެރިޔަކީ ފައިސަލް ނަސީމެވެ.

މި ދެ ކެންޑިޑޭޓުންނަށްވެސް ތާޢީދުކުރާ ފަރާތްތަކުން މިއަދު ރިޔާސީ ކެމްޕޭނު ނިންމާލާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މިއަދު ހަވީރު އޮތް އެ ފޯރިގަދަ ހަރަކާތްތަކުގައި ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޙައްވަ

    ??????ކުޑަ ☂️

  2. ޤައުމީ ރޫޙް

    ހާދަ ތަފާތު ކުޑައޭ !
    އަދި ތަފާތު ބޮޑުކޮށްލާ އޭރުންތާ!
    ކަމއެއް ކޮށްލެވުނުކަމަށް ވާނީ!

  3. ޖޯން

    ބޮޑު މަންޒަރު

  4. ހަބޭސް

    އިންޝާﷲ ތިދައްކަނީ ހަމަ އަސްލުނަތީޖާ

  5. ނުފެނޭ

    ތިޔަބުނާ ޕޯލެއް ނުފެނޭ

  6. ކަމަނަ

    ތިއޮތީ ތިކަން ނިމިފަ

  7. Anonymous

    ޓިޔަ ޕޯލްވޯޓު ކުރިއަށް ގެންދިޔަކަމެއް ނުވެސް އެނގުނު، މިގޮތަށް ކިތައްމީހުންނަށް ނެއެގިތިބޭނެބާއޭ ހިތަށްއަރަނީ، އެނގުނުނަމަ މަށާެިއި މަގޭ އާއިލާވެސް ޔާމީނަށް ވޯޓުދޭނަން އެހެންނަމަވެސް ޔާމީނަށް އެއްލަކިން ކާމިޔާބު ލިބުނީތީ ވަރަށް އުފާވެއްޖެ

  8. ތޯމަރާ

    ސާބަސް ރައީސްޔާމީން

  9. ބަލަގަ

    މޮޔަނުގޮވާ !

  10. ޒާހިރު

    ސަރުކާރުގެ ކޮންމެ އޮފީހަކަށާއި ކޮންމެ ކުންފުންޏަކަށް ދިރާގުން ދީފަ އިންނާނީ އެންމެ ޕަބަލިކް އައި.ޕީ.އެއް! އެތަންތަނުގައި ގައިމު އުޅޭނެ 2 މުވައްޒަފުންނައްވުރެ ގިނައިން. ލޯކަލަ އައި.ޕީތައް ހުދު ދިރާގައްވެސް ނޭނގޭނެ!

  11. ދޮންނޭ

    މި ގައުމުގަ އުޅޭ އޮރިންވެސް ތިއަށް، ރީނދޫ ބާގައަށް ވޯޓު ދިންކަން މަށަށް އެނގޭ.

  12. ހަހަ

    ދޭބަލަ މަހަށް

  13. ވ ދެރަ

    ޢަހަރެންވެސް ޕޕމ....އެކަމަކު ތިނަތީޖާ ސައްހަނަމަ އިބޫ ހޮވުން ގާތީ.....ބަލަން ތިބޭ....ރޮވެނީ.....ރޮވެނީ.....ވ ދެރަވެއްޖެ....އެކަަކު އަދި އުއްމީދު ކަނޑާނުލަން...

  14. ވޯޓް އޮޅުވާލީ

    މީގަ ވެސް އައިޕީ އޭ ކިޔާފަ އޮތީ ދިން ވޯޓް ބާތިލް ކޮށްފަ ތިހެން ހޮވޭނީ ދެންވެސް ލޮލް

  15. ިޯ ިިޯިިޯިިިޯިިޯިޯ

    ސިކުނޑިއާއި ކުޅެން ނޫޅޭ

  16. އަހްމަދު

    އަޅުގަނޑު ބުނާނީ ހަމަ ލޮލް އޭ!!
    ނޭވާ ހޮޅިއަށް އެޅެނީ

  17. ގަމު ކުއްޖާ

    މިހެން ހޮވުނަސް އިންތިޙާބަކުން ނުހޮވޭނެ.. މަށަކަށްވެސް ނޭނގޭ މިކަން ކުރިޔަށް ދިޔަކަމެއް .

  18. ގަމު ކުއްޖާ

    މަށައް ކުރިން އެނގުނު ނަމަ އިބޫ އަށް 27 ވޯޓު ޔަޤީން

  19. Anonymous

    ހަ ހަ

  20. ރަޝީދު

    އިންޝާ ﷲ! ބޮޑުތަނަކުން ރައީސް ޔާނީން ކާމިޔާބު ކުރައްވާނެ.

    • ލޮލް

      "ޔާނީން"

  21. ޜަޝީދު

    މަށައްވެސް ތިކަމެއް ނޭނގޭ އެނގުނުނަމަ މަގޭ އާއިލާއިން އެކަނިވެސް 50 ވޯޓް ޔާމީނަށް ހޯދަ ދޭނަން.

  22. މަރީ

    ބޮޑުތަނުން ރައީސް ޔާމީން ކާމިޔާބު ކުރާނެ އިންޝާﷲ ޔަގީން.

  23. ހ

    މީނަ މޮޅުވި ފުރަތަމަ ޕޯލް އަދި ކިރިޔާ މިފެނުނީ.