ގޮނޑި ކޮއްކޮ ސަރުކާރެއް ހިންގަން ބޭނުން ނުވާ ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކެމްޕޭން ނިންމާލުވުމުގެ ގޮތުން މިއަދު ހަވީރު ޕީޕީއެމް އިން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގައި ގޮނޑި ކޮއްކޮ ސަރުކާރެއް ހިންގަން ބޭނުން ނޫން ކަމަށެވެ. އަދި އެފަދަ ސަރުކާރަކަށް ނޫނެކޭ ބުނުމަށް ރައީސް އަބްދުﷲ ޔާމިންނަށް ވޯޓު ދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

“ނަމްބަރު އެކެއްގައި ރަނގަޅު ފާހަގަޖައްސަވާ. އަޅުގަނޑުމެން ބޭނުމެއް ނޫން ދިވެހި ރާއްޖޭގައި ގޮނޑިކޮއްކޮ ސަރުކާރެއް ހިންގާކަށް. ތިޔަބޭފުޅުން ބޭނުންތޯ އިސްލާމްދީނުގެ އަދާވާތްތެރިކޮށް ގުޅުން ބޮޑު ސަރުކާރެއް މިތަނުގައި ބާއްވަން. އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ނަމްބަރު އެކެއް އެއީ އެއްވަނަ ރައީސް" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ މާދަމާ ހެނދުނު ހެނދުނާ ތެދުވެގެން ގޮސް ނަމްބަރު އެކަކަށް ވޯޓު ދިނުމަށް ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ވަރަށް ތަނަވެސް އަގުލަބިއްޔަތަކުން ރައީސް އަބްދުﷲ ޔާމީން މި އިންތިހާބު ކާމިޔާބު ކުރައްވާނެ". ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު