މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ވިއްކާ ނުލުމަށް ދިވެހި ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފިއެވެ. ރައީސް ޔާމީން މިގޮތަށް އިލްތިމާސް ކުރައްވާފައިވަނީ ޕީޕީއެމްއިން ކެންޕެއިން ޙަރަކާތްތައް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

ރައީސް ޔާމީން ވާހަކަފުޅު ދައްކަވަމުން ދިވެހި ރައްޔިތުންނާވަނީ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. މިގޮތުން، ﷲ ގެ ހަޒްރަތުގައި ޖަވާބު ދާރީވާން ޖެހޭ އަމާނާތެއް ކުޑަ ލާރިކޮޅަކަށް ވިއްކާލާނެ ތޯ ސުވާލު ކުރައްވަފައެވެ. އަދި އިސްލާމް ދީން މިޤައުމުގައި ދަމަހައްޓަން ބޭނުންނަމަ މިގޮތަށް މިކަން ނުކުރުމަށްވެސް ރައީސްވަނީ ގޮވާލައްވާފައެވެ.

"ކީތްތޯ ވާނީ ތެދުވެރި ވޯޓެއް ދިނިއްޔާ. ކީތްވެގެންތޯ އިދިކޮޅު ފަރާތްތަކުން ބޮޑު އަގު ދީފައި ވޯޓް ގަންނަން މަސައްކަތް ކުރަނީ. އެއީ އިދިކޮޅު ފަރާތްތަކަށް ތާޢީދު ނެތީމަ. މިވަރުގެ ވަރުގަދަ އަމާނާތެއް އަދި ﷲ ގެ ހަޒްރަތުގައި ޖަވާބުދާރީން ވާންޖެހޭ ވަރުގެ މީހެއް، އެވިއްކާލަނީ ފައިސާ ފޮއްޗަކަށް. މިއެއް ނޫން ދިވެހިން ކުރަންވީ ކަމަކީ. މިއެއް ނޫން އިސްލާމުން ކުރަންވީ ކަމަކީ. މިވަތަން އިސްލާމީ ވަތަނެއްގެ ގޮތުގައި ދަމަހައްޓަން އަޅުގަނޑު ބޭނުން" ރައީސް ވިދާޅުވިއެވެ.

އެއްވެތިބި ރައްޔިތުންނަށް އިޝާރާތްކޮށް ޔާމީން ވިދާޅުވީ، ޤައުމު ސަލާމަތް ކުރުމަށް އަބަދުވެސް ނިކުންނާނީ ދިވެހި ރައްޔިތުން ކަމަށެވެ.

"ޤައުމު ސަލާމަތް ކުރުމަށް އަބަދުވެސް ނިކުންނަނީ އާދައިގެ ރައްޔިތުން. ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ރާއްޖެ ސަލާމަތް ކުރަން ނިކުތީ ދިވެހި ދަރިން އޭރުވެސް މާލޭގެ ތަޚްތުގައި ރެދެލި ކުރައްވާ ރަސްކަލެއް އެބަ ހުންނަވައޭ. އެކަމަކު ނިކުތީ ބޮޑު ތިލަދުންމަތިން، އުތީމުން ހަމަ އާދައިގެ ދިވެހި ޒުވާން ފަހުލަވާނުންކޮޅެއް ނޫންތޯ. މިއީ ދިވެހި އާދައިގެ މީހެއްގެ ހިތްވަރު. ޤައުމަށްޓަކައި އޮންނަ ލޯބި." ރައީސް ވިދާޅުވިއެވެ.

ޕީޕީއެމްއިން ކެންޕެއިން ޙަރަކާތް ނިންމާލުމަށްޓަކައި މާލޭގައިވަނީ ބޮޑު ވެހިކަލް ބުރެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަމު ކުއްޖާ

    މިއަދުވެސް ޕީޕީއެމް 2 މީހުން ވޯޓުވިއްކާތޯ މަ ކައިރީގަ އާދޭސްކުރި.. ދެން ރައީސް މިހެން ވިދާޅުވީމަ ހަމަ ހިނި އަންނަނީ...

  2. ޟގުޔޖކ

    ވޯޓު ވިއްކަނީ ޕީޕީއެމް އިން . .........

  3. ތީނާ

    ޢިއްޔެ އެމްޑީޕީ ހަތަރު މީހަކު މަގޭ ވޯޓް ވިއްކާތޯ އާދޭސްކުރި.

  4. ާހގގތ

    މިސްކިތު ހުޅުޖެހި މީހާހެން ދޯ

  5. މަގެެެެެެ

    ހަހަހަހަހަހަހަ