ފުލުހުން އިބޫގެ ކެމްޕޭން އޮފިސް ހިސޯރުކޮށްގެން ތިބީ ކޯޓު އަމުރެއް ނެތި ކަމަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން އެޖެންޓް ހިސާން ހުސެން ވިދާޅުވެއްޖެއެވެ.

މިކަމާއި ބެހޭ ގޮތުން ފުލުހުން ވިދާޅުވީ ޤާނޫނާއި ހިލާފު ކަންތައްތަކެއް ހުއްޓުވުމަށް ފުލުހުން ސޯލްޓް ކެފޭއަށް ވަދެ އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން އެޖެންޓް ހިސާން ހުސެން މިކަމާއި ބެހޭ ގޮތުން މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި ވިދާޅުވީ މިއަދު ހަވީރު 16:00 އިން ފެށިގެން އިބޫގެ ކެމްޕޭން އޮފީސް ހިސޯރުކޮށްގެން ފުލުހުން ފޯރިމަރަމުން ދަނީ ކޯޓުއަމުރެއްގެ ދަށުން ނޫން ކަމަށެވެ. އަދި ފުލުހުން ކެމްޕޭން އޮފީހުގެ ތެރެއަށް ނުވަދެ ތިބީ ކޯޓު އަމުރެއް ލިބެން ދެން ކަމަށެވެ.

"އަޅުގަނޑުމެން އިބޫގެ ކެމްޕޭން އޮފިސް ހުންނަ ފަސް ވަނަ ފަންގިފިލާއަށް ވަތް އިރު ފުލުހުން ތިބި. އަޅުގަނޑުމެން ދެންނެވިން ކީއްވެގެންތޯއޭ މިތަން ހިސޯރުކޮށްގެން ތި ތިއްބެވީ. ވިދާޅުވީ މިތާނގައި ގާނޫނާއި ހިލާފު ކަމެއް ކުރަމުން އަންނަ ކަމުގެ ތުހުމަތުގައޭ. ދެން އަޅުގަނޑުމެން ދެންނެވީ ކޯޓު އަމުރެެއް އެބައޮތްތޯއޭ. ވިދާޅުވީ ކޯޓު އަމުރެއް ނެތޭ، ނަމަވެސް ވަރަށް އުންމީދު އެބައޮތޭ ކޯޓު އަމުރެއް ލިބޭނެ ކަމުގެ" ހިސާން ވިދާޅުވިއެވެ.

ސޯލްޓް ކެފޭގައި ހުންނަ އިބޫގެ ކެމްޕޭން އޮފިސް ހިސޯރު ކުރުމާއި ބެހޭ ގޮތުން ފުލުހުން ވިދާޅުވީ ޤާނޫނާއި ހިލާފު ކަންތައްތަކެއް ހުއްޓުވުމަށް ފުލުހުން ސޯލްޓް ކެފޭ އަށް ވަދެ އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަންޖެ

    މިގައުމުގައި އެބައުޅޭ ރީދޫޅަޝްކަރު ފެނިފަ ހަޖަމް ނުވެގެން އުޅޭ ބައެއް

    • ހުސޭނުބޭ

      އަހަ! އެހެން ވާނެނު! 3 އަހަރުވެސް ކުރީ ވައްކަންވިއްޔާ! އަނެއްކާވެސް ތި ބުނާ ބަޔަކު ވައްކަންކުރަން އެ ތިބީ ފޫގަޅާގެން!

  2. މިރުސްލޯ

    ކެމްޕެއިން އޮފީހުން މީހުންގެ އައިޑީ ކާޑުތަ ގަންނަނީ.

  3. ބަސްތާ

    މުޅިއޮޑިގަ ހަސަނުގެ ދެފައި. މީހާދަވަރުގަދަމީހެކޭދޯ. މައުމޫންގެވަކީލާ އަކީވެސްމީނާ. އެމްޑީޕީގެ ބަނޑޭރިއަކީވެސްމީނަ .ބނބުކެޔޮ ގަހަކުން ވަނދުބަނބުކޭލެއްވެޓޭއިރުއޭގެތެރޭގަވެސްމީނަ

  4. ސްކޯރޕިއަން

    އެބަހަމުންދާ ފައިސާއަކީ އެބުނާ މެލޭޝިއާގައިވާ އިބަޫގެ ބެންކް އެކައުންޓަކަށް ފާދިރީންގެ ޖަމާއަތުން ޖަމާކޮށްފައިވާ ފައިސާ. މިކަހަލަ ހުރިހާކަމެއް އެމްޑީޕީއިން ކުރާނެ. ދެން މާދަމާ ނިކުންނާނީ ޙައްޤު ހޯދަން. މިކަހަލަ ޖަރީމާތައް ނުހިންގާ އެއްވެސް ކަމެއް ކުރާކަށް ނޭގޭ. އެމްޑީޕީގެ ލޯޔަރުންވެސް މިތިބެނީ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ވަކާލާތުކުރަން އެތައް ބައިވަރެއްދީގެން. އެހެންނޫންނަމަ އިރަށް އިޝާރާތް ކޮށްލާފަ ހަނދޭ ނުގޮވާނެ.