އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ކެމްޕޭން އޮފީސް އަދި މަޝްހޫރު ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ރިޝްވަތުގެ ފައިސާ ބެހުން ކުރިއަށް ދާތީ ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެއިމާރާތައް ވަދެއްޖެއެވެ.

ކޯޓު އަމުރުގައި މައްސަލައިގެ ތަފްސީލް ކަމަށް ބަޔާން ކޮށްފައި ވަނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މއ.ޗަބޭލީގެ އަހްމަދު ޝާހިދު އާއި އިތުރު ބަޔަކު ބައިވެރިވެގެން ސޯލްޓް ކެފޭ ހުންނަ ބިލްޑިންގްގައި ރިޝްވަތުގެ ފައިސާ ބަހަމުންދާކަމަށެވެ.

ސޯލްޓް ކެފޭ ހުންނަ މ،ޝައިންޓްރީ ބިލްޑިންގަށް ފުލުހުން ވަންނަން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އެބިލްޑިންގްގެ 1،2،3،4،5،6 އަދި 7 ވަނަ ފަންގިފިލާގައި މައްސަލައާގުޅޭ ފައިސާގެ މުއާމަލާތާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުންތަކާއި ރިޝްވަތުގެ ގޮތުގައި ދިނުމަށް ބަހައްޓާފައި ހުރި ފައިސާ އާއި އަދި މިނޫނަސް މިމައްސަލަ އާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުމާއި ތަކެތި ފާސް ކުރުމަށް ބޭނުންވާ ކަމަށެވެ.

މ،ޝައިންޓްރީ އަކީ އިބޫގެ ބަފައިބެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އިސްމާއިލްމަނިކު (ބޮޑުސިއްކަ) ގެ އިމާރާތެކެވެ.

މިރޭ 20:45 ގައި ނެރުނު އަމުރުގައި ވަނީ މ.ޝައިންޓްރީ ބިލްޑިންގް ބަލައި ފާސް ކުރަން 14 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.

މ،ޝައިންޓްރީ އަށް ފުލުހުން ފުރަތަމަ ވަނީ މިއަދު މެންދުރު އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަވޯޓާ

    ތިޔައީ ޕީޕީ އެމް މީހުން ފައިސާ ބަހާތީ އިބޫ ބޮލުގައި އަޅުވަން ކުރާކަމެއް، ތިތަން ޗެކުކުރާއިރު ހެކިންގެ ގޮތުގައި ވީހާ ގިނަބަޔަކު ތިބުން މުހިއްމު، ފަހަރުގައި ނާޒިމުގެ ގެއަށް ބަޑި ވެއްދި ކަހަލަ އެތިފަހަރެއް ރާވާފާނެ.

    • ގުޑް4ނަތިންގް

      ނާޒިމްގެ ގެއަށް ބަޑިވެއްދި ބުރޯ މިހާރު ހުރީ މ.ޑ.ޕ ކޮޅުގަ... ކެކެކެކެކެކކ

    • ރިސްވަތު

      ދިވެހި ރަޔިތުން
      މިައަދު މެންދުރު ރާްއްޖެ އައި މަލީ ޖަމާލު މިއަދު އޭނަގެ ލަގެޖެ ބަލާ ސުވަާލްކޮހެދި ލަފާކުރެވެނީ މާގިނައިން ފައިސާ އެތެރެ ކުރީ ކަމަށް އަދި އެ ކޮޓަރިން ނެރެ އޭނާ ދޫކޮށްފި މި ޔަގީން ހިގިކަމެ

  2. އަލްޖިބްރާ

    ދެން ރިޝްވަތުގެ މައްސަލާގައި އިބޫ ހިފާ ހައްޔަރު ކުރޭ ! އޭރުން ވޯޓް ލާކަށް ނުޖެހޭނެ !

  3. އިމާމް

    އެ ފަހެ އިބުލޭމެން ބަހާ ޒަކާތް.ސާބަސް އެ ހިފާބަލަ ރަންރީންދުލޭމެން..

  4. ޝައްކު

    ތިފައިސާ އިލެކްޝަނަށް ނުވަދެ ނުހުންނާނެ ކަށަވަރުކަމެމީ އިލެކްޝަން ކޮމިޝަނުގެ 5މެމްބަރުން ގަނެލުމަކީ އުދަގޫކަމެނޫން. މިހާރު އަޑުއިވެނީ އިލެކްޝަނުގެ ކޮމިޝަނުގެ ކޮއްމެމީހަކަށް 15މިލިޔަންޑޮލަރު ދިންކަމަށް ވީމާ ތިލާރި މިހާރުވާނީ އެ5މީހުންގެ ގާތްގުޅުމެވާ ހިސާބެއްގަ މިއީ 1ފެބްރުއަރީގަ ހުކުމްނެރުނުއިރު ކަންހިގިގޮތް މިހާރު އިދިކޮޅުން ކޮއްމެދުވަހަކު އިލެކްޝަނާމެދު ޝަކުވާކުރަނީ އެއީ އިދިކޮޅުމީހުންނާ އިލެކްޝަން ކޮމިޝަނުގެމީހުންނާ އެއްވެސް ގާތްކަމެނެތްކަން ދައްކަން... ވީމާ ނޫސްވެރިން ސަމާލުވެތިބުން މުހިއްމު މިއިންތިހާބު އިދިކޮޅުން ކާމިޔާބުކުރަން ކޮއްމެކަމެއްވެސް. ކޮއްފާނެ އެބުނަނީ އެއްލަކަ ހަތްދިހަ ހާސް ޔަގީންކޮއްފީމޭ މާރިޔާ ބުނާބަހަކީ މިއީކަމަށް. ލަފާވަނީ.

  5. ރެހެންދި

    ފުޅައްބުޑުން ދަންޏާ ހަސަނަށް ހީވާނެ ކެޔޮގަނޑު ކަނޑާހެން.

  6. ޝާހިދާ

    ކާށިދު އަށް އިބޫއައިދުވަހުވެސް 2ގޯނި ފައިސާ ގެނެސް މޑޕ މީހުނަށް ހަވާލު ކުރިކަމަށްވޭ

  7. އެޑަން

    ނޭވާހޮޅިއަށް އެޅުނީމަ ތިހުރިހާކަމެއް ޔަމިނުކުރާނެ

  8. ބަތޭ

    ފައިސާ ބަހާތީވެ ބަހަޔޭ އެ ކިޔަނީ... ނުބަހާނަމަ ނުބުނާނެ ބަހަޔެކޭ... ތިޔަ ޖަރީމާ ރާޖޭގެ ކުދިން ކޮފާނެ އެކަހަލަ ކިތަންމެ ކަމެއް

    ދެންނެތް ބުނާނެ އިތުރު އެއްޗެއް

  9. ީއިބޫ

    ރަށްރަށުގައިވެސް ފައިސާގެ ކުޅިގަނޑު އެމްޑީޕީން އެބަހިންގާ މާލޭގައިތިބި އެޖެންޓުން އަތަށް ފައިސާ ނުލިބޭތީ ބައެއް ރަށްރަށުގައި ވޯޓު ވިއްކަންތިބި މީހުންނަށް ފައިސާ ނުދެވިފަައި އެބަތިބި. ބައެއްމީހުން ފައިސާ ނުލިބިގެން މާޔޫސްވެފާ.

  10. ޢަފްލާ

    ﷲ ގެ އިރާދަ ފުޅާ މިންވަރު ފުޅުން މިފަހަރު ރައީސް ޔާމީން ކާމިޔާބް ކުރައްވާނެ އިންޝާﷲ

  11. ޢަލީ މުޙައްމަދު

    އެހެންވީމާދޯ ފާދިރީ ޖަމާއަތްތަކުން 56 މިލިޔަން ޑޮލަރު އިބޫ އެކައުންޓަށް ޖަމާކޮށްގެން އެ އުޅެނީ ވެސް ޕީޕިއެމުންތާ؟ އަޅެ ކަލޭމެން ޒާތީ ނުވެ މި ޤައުމުގެ މުސްތަގުބަލަށް ވިސްނާނީ ކޮން ދުވަހަކުންބާ؟

  12. ާަަަާލިލީ

    ކޮބާ ޕެންޑްރައިވް އެއްނުފެނޭއުތަ...?

  13. ޕޮފުބާ

    ކިނބޫ އެއީ މަލައިކަތެއް

  14. ޒެޑް

    ފައިސާ އެބަ ބަހާ ހަމަ އެމް.ޑީ.ޕީ އިން. ޢިއްޔެ ވެސް 15،000 ރ. މަދަންނަ ދެމީހަކު ނެގި ރާއްޖޭގެ ދެކުނުގެ ރަށަކުން. މިގޮތައް ކިތއްމީހުން ތިބޭނެ. ލާރި ބަހާފަ އެހެންމީހުންގެ ބޮލުގަ މިއަޅުވަނީ..