ރާއްޖޭގައި މާދަމާ ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބު ފަސްކޮށްފާނެ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.
ޑޯރިސް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއަދު ހިނގައިގެން ދިޔަ ކަންތައްތަކަށް ބަލާއިރު މާދަމާ ކަންތައް ވެގެން ހިނގައިދާނެ ގޮތަކާއި މެދު ވަރަށް ގިނަ މީހުން ކަންބޮޑުވެފައިވާ ކަމަށެވެ.
"މާދަމާގެ ވޯޓް ލަސް ކޮށްފިނަމަ އެކަން ވެގެން ދާނީ ރާއްޖެއަށާއި ޑިމޮކްރަސީ އަށް ވަރަށް ހިތާމަވެރި ދުވަހަކަށް." ޑޯރިސް ވިދާޅުވިއެވެ.
ޑޯރިސް ވިދާޅުވީ އޭނާ އުއްމީދު ކުރައްވަނީ މާދަމާގެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވެގެން ދާނެ ކަމަށެވެ.
In view of events in #Maldives today it's easy to understand why so many people are concerned about what might happen on Election Day.
It would be a sad day for Maldivians and #democracy if tomorrow's vote were to be delayed. I share the hope it will go ahead, be free and fair.
— James Dauris (@JamesDauris) September 22, 2018
ރިޔާސީ އިންތިޚާބު ފަަސްކޮށްފާނެ ކަމަށް އިނގިރޭސި ސަފީރު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ އޮފީހުން ރިޝްވަތުގެ ފައިސާ ބަހަމުންދާ ކަމަށް ތުހުމަތު ކޮށް ފުލުހުން އެއޮފީސް ފާސްކުރަމުން ގެންދާތީ ކަމަށް ބެލެވެއެވެ.
ރިޔާސީ އިންތިޚާބު ފަަސްކޮށްފާނެ ކަމަށް އިނގިރޭސި ސަފީރު ވިދާޅުވި ނަމަވެސް އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތައް އޮތީ މާދަމާގެ ރިޔާސީ އިންތިޚާބަށް ފުރިހަމައަށް ތައްޔާރު ވެފައެވެ. ވޯޓް ފޮށިތަކާއި، ވޯޓް ކަރުދާސް ފޮނުވަން ޖެހޭ ތަންތަނަށް ފޮނުވާ މިހާރު ވަނީ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައެވެ.
ހޭފުޅުނެތުނީތޯ
ހަހަހަހާ ހާހާހިހިހީ--މިއުޅޭ އިނގިރޭސިކާަރުން ދޯ
ކަލޭތަ އެ ފައިސާ ފޮނުވީ! އުޅޭ ގޮތުން ދެން ހަމަ އަހާލީ!
އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ޤައުމު ގެ ކަންތައްތައް ހަމަޔަކަށް އަޅުވަބަލަ. ޑޯރިސް އާ ކޮންބެހޭ ކަމެއް. ކަލޭމެންތީ މުޅިދުނިޔެ ހާލާކު ކުރާބަޔަކީ
ކިހާ ބޮޑު ކަމެއް. ކަލެއާ ކޮން ބެހޭ ކަމެއް.
ފަސްކުރާ ކަހަލަ ކަމެއް ވެއްޖެއްޔާ "ފަސް ކޮށްފާނެ" ކަން އެންމެނަށްވެސް އެނގޭ. ކަލޭ ދެން މާ މޮޅު މީހަކަށް ވީތަ ތިހެން ބުނީމަ؟
އެމްޑީޕީގެއެކްޓިވިސްޓްފިސާރިކަންތައްއެބަހުރިދޯ
ދެން ކަލެއަށް ކީއް. ފެލިފެލި އޮވޭ އަލިފާން ދަރުގަނޑާ.
އިނގިރޭސި ސަފީރު އިދިކޮޅެއް ކެންޕޭނުނުކުރޭ. ތީ ރަނގަޅަށްވިއްޔާ ނަޝީދު ސަފީރުބޮލަށް ޖެހި ޗިޕެއް.
ކޮން ބަލާއެއް ސަފީރު...ކަލެއަށް ކޮން ކަމެއް
ގަންޖާ ވެރިން މި ޤައުމަށް ގެންނަން ހާދަ ވަރެއް ތިޔަ އަރުވަނީ
މިރާއްޖެއަށް ގަންޖާވރރިންވެސް އަދި ގުންޑާ ވެރިންވެސް ބޭނުމެއްނުވޭ
ކޮމަންވެލްތުގެ އިސްތިޢުމާރުގެ ދަށަށް އަލުން ގެނެވޭނީ އިބޫ ހޮވުނީމަ. އެހެންވެ ކަށްގަނޑަށް ބާރުކުރަނީ ކަންނޭނގެ.
ދެން ކަލޭމެންނަކާ ކޮނބެހޭކަމެއް މިއީ ބޮޑުބަލާވެރިކަމެއްނު މިގައުމަށް ކުރިމަތި ވެފައިއޮންން
ތިޔައިނގިރޭސި ނުވަތަ އެމެރިކާ އެމްބެސެޑަރުންނާހުރެ މިހާރުބަލާއަކަށް ވެއްޖެކަންނޭނގެ. އަހަރުމެން ބެހެނީތަ، ކަލޭމެނާ
ޙާދަމޮލު ގަމާރުންތަކެކޭދޯ ނޭނގެ ކަމެެއްވެސް ނޯވޭ އިނގޭކަމެއް ވެސް ނެތް
މީނަޔައް ދޯ އިންގޭނީ.
ލަންކާގައި ރޭގައި ހޭލާ ހުރެގެން ނަޝީދުއާއެކު ހާދަ ވަގުތެއް މިކަލޭގެ ހޭދަމިކުރަނީ. އެހެން ތިބެގެން އެކިއެކި ބައިނަލްއަޤވާމީ މީޑިއާތަކުން ރިޕޯޓްތައް އެންޓި ކެމްޕެއިންގެ ގޮތުގައި ޔާމީނާ ދެކޮޅަށް އެބަ ގެނުވާ. 2 ކެނޑިޑޭޓުންނަށް ހަމަހަމަ ޚަބަރެއް ގެނެސްދޭތަން ނުފެނުމަކީ ހަމަހަމަ ކަމާއި ޑިމޮކްރަސީގެ ވާހަކަ ދައްކާމީހުންނާށް ވަރަށް ހުތުރު ކަމެއް. ޑިމޮކްރަސީ މިފެންނަކީ ދޮންމީހުން މޮޑޭ ފުއްގަނޑެއްގެ ގޮތުގައި.
ޑޯރިސް ކަލޭ ރަށަޢް ދޭބަލަ އެމެރިކާ ކެނެޑާ އިންޑިއާ އިނގިރޭސި ވިލާތް މިގައުމު ތަކުގެ ސަފީރުން ބޭނުމެއްނުވޭ މިގައުމަށް
އެހެންނުންވާނީ އެސޮރަށްވެސް ބައިއަޅާނެ
އެވެސް ޔަހޫދީބައިގަޑުގެ ބަލާވެރިކަމެއް އެހެވީމާ
އެސޮރުގެ ތަންތަނަށް ބާރުއަރާނެނުން އެހެންވެ
ތުރުތުރު އަޅަނީ އެސޮރު ?
މިއީ ހަމަސީދާ އިންތިޚާބަށް ނުފޫޒު ފޯރުވަން މިމީހުން ކުރާ މަސައްކަތް އެއީ ހަމަ ލާދީނީ ސަރުކާރެއް މިގައުމަށް ގެނެވޭތޯ އިނގެރޭސިން ޖަހާ ރޮކެޓް
ކަލޭމެން ކިތަށްމެވަރަކަށް ފެލިފެލި ތިއްބަސް ރައީސް ޔާމީން ހޮވާނަން
ސާބަހޭ ރައީސް ޔާމީން
ދިވެހިންގެ ބޮލަކަށް މިހާރަކު ނޭރެވޭނެ
މިކަލޭ ގެ ބޮލުގަ ރޮދި ފުރަން އެބަ ޖެހޭ ދެން އެންމެން ކިޔާނެ ބޮލުރޮދި އިނގިރޭސި ސަފީރު ހިނިއންނަނީި.
ކިހާބޮޑުބަލާވެރިކަމެއް މިރާއްޖޭގެކަންކަމާއަޅާގަނެގެން ހޭބަލިވެގެން ތެޅިއަރުވަނީ ކިހިނެއްވެގެން އަހަރުމެން ތިތާގެކަންކަމާ އަޅާގަނެގެން ހޭދެބައިވެގެނެއްނޫޅެން!
އޭ ސަފީރު ބޭބޭ! ދެލޯ މާބޮޑު ނުކޮށްބަލަ!
ފައްޅި އަޅާބިމާއި ހަވާލުވާން އައުމުގެ ދަޢުވަތު، އިބޫ ވަނީ ހާރޑިންގހަމް އާއި ނަޝީދުގެ އިމާމް ފާދިރީއަށް ފޮނުވައި ހަމަ ޖެހިފައެވެ. ދެއަތް ޖަހާބަލަ!!?