ބްރޮޑްކާސްޓިން ކޮމިޝަން ބްރޯޑްކޮމް

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަ ބައެއް ބްރޮޑްކާސްޓަރުން ފަތުރަމުން އެބަގެންދާ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ބްރޮޑްކާސްޓިން ކޮމިޝަނުން މިރޭ ޢާންމުކޮށްފައިވާ ސަރކިއުލާއެއްގައި ވަނީ މިއަދުގެ ހަވީރު 18:00 ގެ ނިޔަލަށް ރިޔާސީ އިންތިޚާބުގެ ކެންޕެއިންކުރުމަށް ޤާނޫނީ ގޮތުން ލިބިފައިވާ މުއްދަތު ހަމަވެފައިވުމާއެކު ވެސް، މިރޭގެ ވަގުތުތަކުގައި ބައެއް ބްރޯޑްކާސްޓަރުން އިންތިޚާބާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ފަތުރަމުން ދާކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މި ކަމަކީ ޤާނޫނުތަކުން މަނާކޮށްފައިވާ ކަމެއްކަމުން މި ފަދަ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުމަށް އިލްތިމާސް ކުރާކަމަށް ބްރޯޑްކޮމް އިން ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގާކަމަށް ވެސް ބްރޯޑްކޮމް އިން ވިދާޅުވިއެވެ.

"އަދި ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ." ބްރޯޑްކޮމް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފިޔަވަޅު އަޅާނެ ވަރަކަށް އަޅަން އޮތީ މާދަން އެކަނި ލަލަލަ

  2. ދިޔަހެންބިރުދައްކާނެ އެކަމު ފިޔަވަޅުއަޅާކަށްނުކެރޭނެ ހުސްހޮޅިވާހަކަ

  3. ތިހެން ބުނާނެ ކޮންމެފަހަރަކުވެސް. ދެން ބަޔާނެއް ނެރެފަ ނުވަތަ ބޮޑުވެގެން ޖޫރިމަނާ ކޮށްލާފަ އެނިމުނީ. އަނެއްކާވެސް ހަމަ އެ ސައިކަލް. މީޑިޔާތައް ބަންދުކުރާތަނެއް ނާދޭ ކިތަންމެ ފިތުނަވެރިވިޔަސް.

  4. ވަރަށް ތެޅުމެއް ތެޅޭދޯ އެބަ. އެންމެ ބޮޑަށް އެންޓި ކެމްޕެއިންކޮށް ޙަބަރު ފަތުރަނީ ޓީ.ވީ.އެމް އިން

  5. އަދިވެސް ބިރު ދެއްކުމުގައި ، ތިގޮތަށް ކަންތައް ކުރީމައި އެންމެ ފަހުވަގުތުވެސް ލިބެން އިތް ވޯޓު ގެއްލޭނީ ، ވަކި މީހެއްގެ އަބުރުގައި ހިފައިގެން ބަޔަކު އަވަދި ކޮއްފި ، އެވަރު ނުވެގެން އިންތިހާބު ކަވަރ ކުރަން އަޅަނީ ،، ބްރޯޑު ކޮމް ބޭފުޅުންވެސް ކޮޅު ބަދަލު ކުރަންވީ ވަގުތު މީ ، އެހެންނޫނީ ތިހާވާ ހަޑީގެ ސަބަބުން މުޅި އުމުރު ޖަލުގައި އޮންނަން ޖެހިދާނެ..

  6. ސަހީބޫ ރަހީނު ކުރީމަ ސައިޒަށް ކެޑުނީ އުތަ؟

  7. ކޮން އެތިކްސް އެއް ތިތަނުގެ ހަމައެކަނި އެތިކަކީ ޔާމީނަށް ހުރިހާ ކަމެއްގައުވެސް ހރިހާގޮތަކުން އެޑްވާންޓޭޖް ހޯދައިދިނުން ﷲގެ އިރާދަފުޅުން މަދުގެ ވޯޓުން ތިބޭފުޅުންގެ ތިވަޒީ ނިމުމަކަށް އަންނާނެ

  8. ފުރަތަމަ ބުރޯޑްކޮމް މިނިވައްކަމާއެކު މަސައްކަތްކުރަންވީ.