ސަރުކާރާއި ދެކޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށާއި، އެންމެ ބޮޑު ކާމިޔާބަކީ ރައީސް ޔާމީން އެކަނިވެރިވުން ކަމަށް އެމްޑީޕީ ގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވިއެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ހައްދަވަނީ ގޯސްކަން ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ.

"ރައީސް ޔާމީނަށް މިވެރިކަން ދިފާއުކޮށްދޭނެ ބަޔަކު މިހާރު ނެތް. ރައީސް ޔާމީނަށް ތާއީދެއް ނެތް. އަދި ތާއީދު ނެތް ކަމުގައިވާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުހުންނެވޭނެ" ހަސަން ވިދާޅުވިއެވެ.

ހުރިހާ ނުރަނގަޅު ގޯސްތަކެއް ރައީސް ޔާމީން ހައްދަވަމުން ގެންދަވާ ކަމަށާއި، މިއީ ސަރުކާރެކޭ ބުނަން އުނދަގޫ ހިސާބަށް ސަރުކާރުގެ އަމަލުތައް ގޮސްފައިވާ ކަމަށް ވިދާޅުވެ ހަސަން ވިދާޅުވީ ރައީސް ޔާމީންގެ އަމަލުތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ އަގު ވެއްޓި، ދައުލަތެއް ނެތް ކަމުގެ ސިފަ ޖެހިގެން ދިއުން ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މުޅި ދުނިޔެ އެގައުމަކާ މެދު ދެކޭ ގޮތް ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެއީ ރައީސް ޔާމީނަށް އެނގިވަޑައިނުގެން ކުރެއްވި ކަމެއް ނޫން" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އަމިއްލަފުޅަށް ބޭނުންފުޅުވާ ބައެއް ކަންކަން ހާސިލް ކުރެއްވުމަށްޓަކައި، ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު ހިފާ ހައްޔަރު ކުރުމަށް ޤާނޫނީ ހަމައެއް ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ނޮޓްއެެލޯން

  ލެކިއުޓް މާޖިދު ހައްޔަރު ކޮށްފިއޭ އެކަން އެހެން އެވަނީ އެމެން އޯޕަން މައިންޑަކުން ނުވިސްނާ އަމިއްލަ އެދުން ކުރިއަށް ނެރޭތީއޭ. ރާއްޖޭގެ ވިޔަފާރި ވެރިންނަށް ކޮން ކަމެއްތޭ ކޮންމެ ވެރިއަކު ވެރިކަމުގައި ހުރި ނަމަވެސް އެމެން ބަލަން ޖެހޭނީ ރާއްޖޭގެ ވިޔަފާރި އަށް ހުރަސް ނާޅާ އިންޑިއާގެ ވޯރާ ވިޔަފާރި ވެރިންނަށް ރާއްޖޭގެ ވިޔަފާރި ވިއްކާނުލާނެ މީހަކު ރާއްޖޭގެ ވެރިކަމަށް ގެނެސް އެ ފަދަ ވެރިއަކު ވެރިކަން ކުރޭތޯއޭ. އެގޮތުން ބަލާއިރު މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަކީ އެއީ މިރާއްޖޭގެ ދިވެހި ވިޔަފާރިވެރިންނަށް އެންމެ ފަހި ފުުރުސަތު މާލެ ސަރަހައްދުން ތަނަވަސް ކޮށް ދޭ ވެރިކަމޭ މަމެން މިތިބީ މަމެންގެ ރައީސް އާއި އެކު ސްޓޭންޑް ބައިގައޭ މަމެންގެ ވެރިކަމަކީ އެއީ ފިރިހެންވަންތަ ވެރިކަމެކޭ މަމެން ދުލެއް ނުދޭނަމޭ ކުޑަ ވެސް ތަންކޮޅެއް. ޔޫއާރ ނޮޓް އެލޯން އައި އޭމް ހިއަރ ވިދް ޔޫ ދޯ ޔޫއާރ ފާރ އަވޭ ދޯ ޔޫއާ ފާރ އަޕާރޓް ޔޫ އާރ އޯލްވޭޒް އިން މައި ހާރޓް. ޔޫއާރ ނޮޓް އެލޯން ނޮޓް އެލޯން ނޮޓް އެލޯން.

 2. އަމުރު

  ތި ހުރިހާ ސަކަރާތެއް ތިޖަހަނީ ހަމަ އިންތިހާބުގައި ބައިވެރި ނުވެ ވެރިކަންވެސް ފޭރިގެން ހޯދަންތަ؟

 3. ޖޖޖ

  ވެރިކަމުގެ ފޮނި މީހުކަން އޮތީ ފރނިފައި. މަރު އައިސް ބައްދަލުކުރަންދެކަށްވެސް ގެއްލުނު އެތި ހޯދުމަށް ކަލޭމެން މަރުފަލިޖަހާނެ.

 4. އީބޫ

  ހަސަނާ ރަތްޔިތުން ގުބޯނުހައްދާ. ކަލޭމެންގެ ހަގީގަތް މިހާރުއިގޭ.

 5. ހަސަނު ބަފާ

  ހަސަނާ ކަލޭ ދަގަ ދޫކޮށްލާފަ މާލޭ މަގުތައް ކުނިކަހަން އުޅެން. ކަލޭ ދައްކާވާހަކައިން އެނގެނީ ކަލޭގެ ފެންވަރަކީ، މަގުކުނިކަހާ މީހެއްގެ ފެންވަރުކަން.

 6. ޛަހީން

  އެމީހަކު ބޭނުންވާ ގޮތަކަށް އެމީހަކަށް އިހުސާސްވާނީވެސް، މީގެ 40 އަހަރު ފަހުން ކަލޭ ބަލި އެނދުގަ އޮވެގެންވެސް ކިޔައިފާނެ، ރައީސް ޔާމީން ސަރުކާރު އަންނަނީ ބަލިވަމުންނޭ. ހަގީގަތަކީ، ކުރިއަށްވުރެވެސް މިސަރުކާރުގެ ބާރު މިހާރުވަނީ ގަދަިވެފަ. ކަލޭމެނަށް ސަޕޯޓް ކުރާ މީހުން ދަނީ ދުވަހުން ދުވަހަށް މަދުވަމުން. ރައްޔިތުންނަށް އެނގޭ ކަލޭމެންތީ ފާޅުގައި، ދިވެހިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ގޮވާލާ މީހުންކަން. ދިވެހިން ދަނޭ، ދަތިކުރުމުގެ ފިޔަވަޅަކީ، ގައުމުގެ ހުރިހާ ރައްޔިތުންނަށް އަޅާ ފިޔަވަޅެއްކަން. ވަކި ޕާޓީއަކަށް ސަޕޯޓު ކުރުމުން މިފިޔަވަޅުގެ ދަށުން ލިބޭ ގެއްލުމުންނާއި ހަލާކުން ސަލާމަތް ނުވާނެކަންވެސް ދިވެހިން ދަނޭ.

 7. ފައިޒް

  މިޤައުމު ހަލާކުކޮށް ފަސާދަކުރީ ލާދީނީ ފިކުރުގެ އަންނިއަށް ވެރިކަން ހޯދަދޭންވެގެން ކަލޭމެން ތެޅެން ހަދާގެން ކަލޭ އަތުން ޔޫތު މިނިސްޓަރުކަން ގެއްލިގެން... އެއީ ވީގޮތަކީ ބުރާންޗާ..

 8. Anonymous

  ސަރުކާރާއި ދެކޮޅަށް އެއްވެސްބަޔަކު މަސައްކަތްކުރަން ޖެހެނީ އެސަރުކާރަކީ ގައުމަށާއި ރައްޔަތުންނަށް އަނިޔާވެރި ޢައްދާރުވާ ސަރުކާރެއަނަމަ، ޖުމުހޫރީވެރިކަން މިގައުމުގަ ހިގާންފެށިފަހުންވެސް މިހާރުގެ ސަރުކާރަށްވުރެ ރައްޔިތުންނަށް ފައިދާ ކުރަނިވި ކުރުމުއްދަތެއްގެ ތެރެއިން ގިނަ އުމުރާނީ ތަރައްގީތަށް ހިންގިފައިވާ ސަރުކާރެއް ނެތްކަން ފާޅުގާ މިފެންނަނީ، ވީމަ ސާފުކޮށް އިގޭކަމަކީ ކަލޯމެން އަމިއްލަ އެދުންތައް ހާސިލުކުރުމަށް އިދިކޮޅަށް ތިކުރާމަސައްކަތުގެ ނަތީޖާއަކީ ރައްޔިތުންނަށް އަނިޔާދިނުމޭ، ރައްޔިތުންނަށް ލިބެމުންދާ ތަރައްގީއާއި ފައިދާތަކުން މަހުރޫމުކުރުން، ރައީސުޔާމީނަށްދެވޭ އަނިޔާއެއްނޫން

 9. ޑިމޮކްރަޓިސްޓް

  ވަރަށް ކާމިޔާބު ބުރޯ**** ކޮންމެ ރެޔަކު ހައެއްކަ ކެނައިން ނެރެގެން ޕޭމަންޓްމަތީ 2 ގަޑިއިރު ކޮޅަށް ތިބީމަ އެއީ ވަރަށް ކާމިޔާބު**** ލަދުން ބޯހަލާކު***** ވެއްޓެނީ**** ވެއްޓެނީ**** ދުވަހަކުވެސް ވެއްޓެނީއެއްނޫން*****

 10. ރީތި މޫސަ

  ކާމިޔާބަކީ އިިގިރޭސިވިލާތުގެ މމިސްޓަރކު ބުނީ ނަޝީދަށް ވެރިކަން ހޯދާދިނީމާ އެއްޖިންސުން ގުންހިންގުމާ އެއްގިންސުން ކާވެނިކުރުމުގެ މަގުފަހިވާނެކަށް!!!!!!!!!!

 11. ޙުމައިރާ

  ތެދެއް! މިމީހުން ބޭނުންވާ މީހުން ގޮޅިޔަށް ލެވިއްޖެ! މައުމޫނުގެ އަގު ވެއްޓާލެވިއްޖެ! ކަލޭމެން ކިޔާ ބާޣީންގެ ކިބައިން ބަދަލު ހިފިއްޖެ! ބުދުފައްޅިތަކުންނާ ފާދިރީންގެ އަތުން ޑޮލަރުލިބިއްޖެ! އިސްލަމްދީނާ ދެކޮޅަށް މަސައްކަތްކުރާ ކުރިޝްޓިޔަން ޖަމާޢަތްތަކުގެ ރުހުން ކަލޭމެނަށް ލިބިއްޖެ! ކާމިޔާބެް ލިބުނުނަމަ ލިބުނު ކާމިޔާބީއަކީ މިއީ! އިރާދަކުރެއްވިއްޔާ 2018 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ފުރަތަމަ ބުރުން ކާމިޔާބުކުރައްވާނެ!

 12. ޚާލިދު ވަޙީދު

  ތިބޭފުޅުންގެ ޢަމަލާއި ބަސް ސީދާތޯ އަމިއްލައަށް ވިސްނަވާލެއްވިންތޯ ހުޅުޖެހުމާއި އަމްނާ އަމާންކަން ނަގާލީމާވެސް ދެމިޔަކަނުން ސޮނި ކޮޅު ވައްޓަވައްޓާ ހުންނަންވީއޭ ތިވިދާޅުވަނީ. ކޮންމެ މީހަކަށް ﷲ ލައްވާ ރަޙްމަތް ހެޔޮގޮތުގަ ބޭނުން ނުހިފޭ.

 13. ބާބޫ ނާޒް

  އެމްޑީޕީ މީހުންނަކަށް އެއްވެސް ކާމިޔާބެއް ނުލިބޭނެކަން މުޅިދުނިޔެވެސް ދަނޭ.އަދި އެމްޑީޕީ މީހުންވެސް ގަބޫލު ކުރޭ ތިމަންނަމެން ނަށް މިކުރެވެނީ ބޭކާރު ކަމެއްކަން ދެންސަޕޯޓަރުންގެ ތާއީދު ހޯދުމަށް މި ލުއްޗާތަށް ކޮންމެފަދަ ވާހަކައެއްވެސް ދެއްކިދާނެ ..

 14. މާހިރު

  މީނާދޯ މިދޮޔަ އަހަރު ޖުލައި މަހު މިގޮތަށް ޓީވީއަށް ދިން އިންޓަވިއުއެއްގަ ބޫނީ ނަޝީދު ދެތިން މަސްތެރޭ ރާއްޖެ އަންނާނެޔޭވެސް. އެހެންވީމަ މީނާ ބަސްތެދުނަމަ މިދިޔަ ސެޕްޓެމްބަރުން ފެށިގެން ނަޝީދު އުޅެނީ ރާއްޖޭގަތާ؟ ވެދާނެ ކުޑަކުދިން އެބުނާ އިބިލީސް އަޅާ ނުފެންނަ ތާކިހާ އަޅައިގެން އުޅެނީކަމަށް ދޯ؟

 15. މަރުތެޔޮ

  ގުޅިގެން ތިއުޅޭ ޕާޓީތަކުން، ބާއްވާ ހަރަކާތް ބޮޑު ނިގުލަށް ދާދިއުމަކީ ތިބުނާ ކަމިޔާބި ކަމަށްވުން އެކަށީގެންވޭ، ރައީސް ޔާމީނަށް ތާއީދުކުރާ މީހުން އިތުރު ވުމަކީވެސް އިކާމިޔާބީގެ އެއްފަޅި، ބަލަ އަހަރުމެންވެސް މިތިބީ މިޤައުމުގަ ކަލޭމެން އެއްޗެއް ބުނީމަކާއެއްނޫން މިރާއްޖޭގެ މަސްރަހުގައި ވާކަންކަން އަހަރުމެންނަށް އެގެނީއަކީ ވަރަށް ސާފުކޮށް އަހަރުމެންނަށް މަންޒަރު ފެނޭ، ދިވެހިންގެ ބޮލަށް ޖިޕްޖަހާ ބައިގަނޑު

 16. ކިންގފިޝަރ

  ބުރާސްފަތި ދުވަހު އީޔޫއިން ފިޔަވަޅެއް ނާޅާނަމޯ އެހެން ދީންތަކަށް ފުރުސަތުދޭނމަ. އެއީތޯ ތިޔަބުނާ ކުރިއެރުމަކީ. މި ދީބަކަށް އެހެން ދީންތަކަކަށް ފުރުސަތެއް ނޯންނާނެ. ހަސަނު ބޮއެގެން ލަންކާގެ ހޮޓާތަކުގައި ވެއްޓި ހޮޑުލާ މަންޒަރަކީ އާމަންޒަރެއްނޫން. އެހެންވެ މި ވަތަނަށް ކޮން އިންސާނިއްޔަތުކަމެއް އޮންނާނީ.