މާފަންނުގައި ސަރުކާރުން ތަރައްޤީކޮށްފައިވާ "ރަސްފަންނު" ގައި ތަރައްޤީ ކުރަމުން އަންނަ ޕެވިލިއަން ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެޕްރިލް މަހުގެ ތެރޭގައި ޕެވިލިއަން ހުޅުވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިވާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިވާޅުވީ، ޕެވިލިއަން ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެޕްރިލް މަހުގެ ތެރޭގައި އެތަނުގެ ހުރިހާ މަސައްކަތެއް ނިންމައި ހުޅުވޭނެ ކަމުގެ ޔަޤީންކަން އެތަން ނިންމުމުގެ މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓަރ ދެއްވާފައިވާ ކަމަށެވެ.

އެމް.ޑަބުލިޔު.އެސް.ސީ އިން ރަސްފަންނުގައި ތަރައްޤީ ކުރަމުންދާ ޕެވިލިއަން ހިންގުމަށް ބްރަދާސް ކޭޓަރިންއާ އެކު ފުރަތަމަ ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ މެންހަޓަން ފިޝް މާކެޓް ވެސް ހިމެނޭ ގޮތައް ދެ ކުންފުންޏަކުން ބިޑް ހުށަހެޅިއެވެ.

މާލޭގައި މިހާރު ހުރި އެންމެ ހިތްގައިމު މާހައުލުގައި ދެބުރިއަށް ތަރައްޤީ ކުރަމުންދާ ރަސްފަންނުގެ ޕެވިލިއަންގެ ތިރީ ބައި ތަރައްޤީ ކުރަމުންދަނީ ރަސްފަންނަށް މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި، އާންމުން އިށީންނާނެ ޖާގަ އަދި ފަސް ފާހާނާ އާއި ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއްވެސް ހިމެނޭ ގޮތަށެވެ. މި ޕެވިލިއަންގައި ރެސްޓޯރަންޓް އަދި ކެފޭތައް ހުންނާނީ މަތީ ދެ ބުރީގައެވެ.

ރަސްފަންނު ޕެވިލިއަން މިހާރު ފެންނަ ގޮތް – ފޮޓޯ: ހައުސިންގ މިނިސްޓަރ

ރަސްފަންނަކީ މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މެދުގައި ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި އަދި މޫދަށް އެރުމާއި ކަސްރަތު ކުރުމަށްވެސް މަޤްބޫލު މަންޒިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެހެންތޭ

    ޕެވިލިއަން އަންނަ މަހު ހުޅުވޭނެ އެއީ އުފާ ކުރަން ޖެހޭނެ ކަމެއް ކަލެކްޓިވިލީ އުސޫލުން ވިސްނާނަމަ. އެކަމަކު ފަރްދީ އުސޫލުން ވިސްްނާ ނަމަ މާލޭގެ %0.05 ވެސް މިކަމާއި އުފާ ނުވާނެއޭ އެމެންގެ މޫނު މަތިން މި ޚަބަރު އަޑު އިވުމުން ވާވް ފެކްޓަރ ގެނެސް ނުދޭނެއޭ އެއީ މުޖައްރިބު ކަމެކޭ. މާލެ ސަރަަހައްދުގައި ހުރި ހަގީގީ މައްސަލަ ތައް އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ނޭގުން އެއީ ވަރަށް ބޮޑު މައްސަލަ އެކޭ މާލެ ސަރަހައްދުގައި މިހާރު ކުރަމުން ދާ އިންޑަސްޓްރިއަލް މަސައްކަތް ތަކާއި ވިޔަފާރި ތައް ގާތް ގަނޑަކަށް ހުއްޓުމަކަށް އަންނަނީއޭ. މިކަން ކަން އުވިގެން ނުދިއުމަށް ޓަކައި ސަރުކާރުން އެބަޖެހެއެއް ނޫންތޭ މާލެ ސަރަހަައްދުން ގުޅި ފަޅު އެއް ކޮށް ހިއްކާ ގުޅިފަޅުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ކޮންމެ އަމިއްލަ ކުންފުންނަކަށް 5000 އަކަފޫޓް ގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭން 100 އަހަރު ދުވަހުގެ މުއްދަތަށް. މީނޫންތޭ ހަގީގީ ހެޕީ ނިއުސްއަކީ ރައްޔިތުން ބޭނުންވާ. ކޮބާތޭ މިކަން ކަން ހައުސިންގް މިނިސްޓަރަށް ވެސް އިކޮނޮމިކް މިނިސްޓަރަށް ވެސް ނޭގެނީ ހަމަ ތަމެން ޑަމްބް ވީމަތޭ އޭ މަމެން ބުނަން ނެތީމު ދޯ.

  2. ދަނޑިދަމާ

    ކޮން ޕެވިލަން އޭ ކިޔަންތޭ ހައުސިންގް މިނިސްޓަރު މިރޯންގް ސިޗުއޭޝަން ގައި ބޮޑު އެއް ޕެވިލަން އޮންނާނީ އިނގޭތޭ. ހަމަ މިހާރު ތަމެން ބަނޑު ދަށުލައިގެން ނިކަމެތި ރައްޔިތުންނަށް މާލެ ސަރަހަައްދުން ނުދީ ހުރި 15 ހާސް ފޯރމްސް ތަކުން ފްލެޓްސް ތަކަށް އެދިފައިވާ ހުރިހާ ފޯރމްސް ތައް ގޮސް ރައީސް އޮފީހާއި ހަވާލު ކުރޭ ހަމަ މިހާރު ކުރޭ ކުރޭ އަދި ރައީސް އޮފީހުން މިރެއިން މިރެއަށް ޖެހޭނެ އިއުލާން ކުރެވެން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ދޭން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ނިންމަވައިފިކަމަށް. އަދި ވަރަށް އަވަހަށް އެ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަމަށް ރައީސް އޮފީހުން. ތިޔާ ހައުސިންގް މިނިސްޓަރަަށް މަމެން އިތުބާރެއް ނުކުރަން އެއްގޮތަކަށް ވެސް އޭނާ އިންސާފުގެ މަގުން އެކަން ކޮށްފާނެ ކަަމަށް. އެއްގޮތަކަށް ވެސް އިތުބާރު ނުކުރަމެވެ. މިނިސްޓަރު ޕެވިލަން ލައިގެން ދަނޑި ދަމާ ބަލަ ދެން. ދަމާ ދަމާ ދަމާ.

  3. ވިސްނާތި

    ހޯރަފުށީގައި ފެނުގެ ނިޒާމުގެ ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާކަމެކޭ. މި އަހަރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖެހޭނެއޭ ގޭމް ޗޭންޖް ކުރަން ސަރުކާރުން ރާއްޖެތެރެއަށް ވުރެން ބޮޑަށް މާލެ އާއި އަދި މާލެ ސަރަހައްދާއި އޭ އަޅާލާންވީ ސަރުކާރުން މާލެ ސަރަހައްދުގައޭ ޕީޕީއެމްގެ އެމްޕީން އަދިވެސް އެންމެ ގިނަވާނީ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ މާލެ ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ ވިޔަފާރި ވެރިންނާއި އަދި މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންގެ ހިތް ތަކުން ވިންވާން. އެގޮތުން ވަރަށް މުހިއްމު ކަމެކޭ އެއީ މާލެ ސަރަހައްދުގައި އޮތް ގުޅި ފަޅު ހިއްކާ އެތަނުން މާލެ ސަރަހައްދުގައި ހުރި ހުރިހާ އަމިއްލަ ކުންފުނި ތަކަށް ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް އެއްވެސް ބަދަލެއް ނާންނާނެ އުސޫލުން އެކަން ކޮށްދިނުމަކީ. ހޯރަފުށި އާބާދީ 2 ހާސް ދޯ. މާލެ ސަރަަހައްދު 2 ލައްކަ ދޯ.