ޤައުމު ހަމަމަގުން ކައްސާލައި، ދިމުޤްރާޠީ ހަމަތައް ނެތިގެން ދިއުމުގެ އަސްލަކީ ރައްޔިތުންގެ މަޖިލީސް ފާލުން ނެއްޓިގެން ދިޔުން ކަމުގައި ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ފަހަރަށް ހުށަހެޅުނުތާ އިއްޔެއަށް އެއް އަހަރު ފުރުމާއި ގުޅުވައިގެން ނެރުއްވި ބަޔާނެއްގައި ފާރިސް ވިދާޅުވީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށް 26 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހުށަހެޅުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސޮއިކުރި ފުރަތަމަ އަހުދުނާމާ ކަމަށެވެ.

އިސްލާޙީ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައިވެރިންނާއެކު ފެށުނު މަސައްކަތުގެ ބިންގަލެއްކަމުގައި ނިންމީ ރައްޔިތުންގެ މަޖިލިސް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށް ފާރިސްގެ ބަޔާނުގައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިފާޢު ކުރެއްވުމުގެ ނަމުގައި ސަރުކާރުން ޤާނޫނާ ޚިލާފަށް ހިންގި ޢަމަލުތަކުގެ ތެރޭގައި އަޅުގަނޑާއެކު އެތައް މެންބަރުންނެއް ހައްޔަރުވެ، ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާކަމަށް ކަނޑައެޅި މެންބަރުންގެ މާލީ މަސްލަޙަތުތަކަށް ނުފޫޒު ފޯރުވައި، އެތައް މެންބަރުންނަކަށް އެތައް އަނިޔާއެއް މިހާތަނަށް މިސަރުކާރުން ދީފައި" ފާރިސްގެ ބަޔާނުގައި ވެއެވެ.

އިސްލާޙީ މަސައްކަތްތަކާއެކު އެތައް ކަމެއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަވެގެން ގޮސްފައިވާކަމަށް ފާހަގަ ކުރައްވައި ކޯޓުތަކަށް ސަރުކާރުން ފޯރުވަމުން ގެންދިޔަ ނުފޫޒާއި، މިނިވަން މުއައްސަސާތައް ބަނދެވިފައިވާ މިންވަރާއި، އަދި ޢާންމު ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތްކަން ސަރުކާރުގެ ކޮންމެ ދުވަހެއްގެ ޢަމަލުން ދިޔައީ ހާމަވަމުން ކަމަށްވެސް ފާރިސްގެ ބަޔާނުގައި ވެއެވެ.

ސިޔާސީ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކާމިޔާބީއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދުވަހު އެޅުއްވި ހިތްވަރުގަދަ ފިޔަވަޅު ދިވެހިރައްޔިތުން ބަލައިގަނެ، އެ މެންބަރުންނާއެކު ސާބިތުކަމާއެކު ތެދުވުމުގެ ސަބަބުން ލިބިފައިވާ ކާމިޔާބީއެއްކަމަށްވެސް ފާރިސްގެ ބަޔާނުގައި ވެއެވެ.

"އިސްލާހީ މަސައްކަތުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ ރައްޔިތުން ވަމުންދާ މަތިވެރި ޤުރުބާނީ ފާހަގަކޮށް، ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ އިޚްލާސްތެރި ޝުކުރު އަރިސްކުރަމެވެ. މާތް الله ގެ އިރާދަފުޅުން، އަޅުގަނޑުމެން މިއަދު މިތިބީ ނަސްރު ލިބުމާ ދާދި ކައިރީގައިކަން އަޅުގަނޑު ހުރިހާ ފަރާތްތަކަށް ކަށަވަރުކޮށް އަރުވަމެވެ" އެބަޔާނުގައި އިތުރަށް ވެއެވެ.

ޤާނޫނު އަސާސީގެ ހަމަތަކާއި، ދިވެހި ފަރުދުންގެ ޙައްޤުތަކަށް އިޙްތިރާމުކުރުމަށާއި، އަދި ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ހިތްވަރު ދެއްކުމަށް ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށާއި، ދައުލަތުގެ އެންމެހައި މުވައްޒަފުންނަށް އާދޭހާއެކު އިލްތިމާސްކުރަށްވާ ކަމަށް ފާރިސްގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހެއިލޯ

    މާޖިދު ވެސް ހައްޔަރު ކުރަން ޖެހުނީމާ ކުރާނެއޭ ރައީސް މައުމޫނު ވެސް ހައްޔަރު ކުރަންވީމަ ކުރާނަމޭ އަދި މަޖްލީހުގެ މެމްބަރަކު ހައްޔަރު ކުރަން ވީމާ ވެސް ކުރާނަމޭ އަދި ސިފައިން އަދި ފުލުހުންގެ މީހަކުވެސް ހައްޔަރު ކުރަން ވީމާ ކުރާނަމޭ މީ މަމެން ޕިންކީންގެ ވެރިކަމޭ މިވެރިކަން މަމެން މިކުރަނީ އެއީ މަކަރާއި ހީލަތުން އެމެން ރަންރީނދުލޭ މެން ގޮތަށް ވޯޓް ގައި އޮޅުވާލައިގެން ނޫނޭ. މަމެން ވެރިކަން މިކުރަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ހަލާލު ވޯޓް އިން ވޯޓް ލިބިގެންނޭ ގާސިމް އިބްރާހިމް މަމެންނާއި އެއްކޮޅަށް ނޭރި ނަމަވެސް މަމެން ހޮވޭނެއޭ އެއީ މަމެންނަށް ޔަގީން ކަމެކޭ. މިއޮތީ ކުއްލި ނުރައްކަލުގެ ހާލަތޭ މަމެން އެހާލަތު އުވާނުލާނަމޭ އދ. ވެސް ޖެހޭނީ މަހަށް ދާން އެއްކަމެއް ވެސް ނުކުރެވޭނެ އެމެންނަށް މަމެން ނާއި އެކު އޭ ޗައިނާ އާއި ރަޝިޔާ އަދި ސައުދީ އޮތީ. ގެރެވިޓީ ވިލް ބީ ޒީރޯ އިން ޔުއަރ ގްރައުންޑް އިޓްސް ދަ ރިސްކް ދެޓް ޔޫ އާރ ޓޭކިންގް މޭބީ އައި ކޭން ސޭ ހެއިލޯ ހެއިލޯ ހެއިލޯ ސޭ ޔޫ ހެއިލޯ...

  2. ރަނދަ

    މޮޔަފުޅު ވީތޯ ދެނެއް ރައްޔިތުންނެއް ގުނބޯނުހެއްދޭނެ. ތިޔަބޭފުޅާއާ އަހުރެމެން (ދާއިރާގެ ރައްޔިތުން) ހަވާލުކުރެއްވީ ވަރަށްބޮޑު އަމާނާތެއް. އެކަމެއް ތިޔަބޭފުޅާއަކަށް ނޭނގޭ. ގޮނޑި ލިބުމުން ހިތައްއެރި ގިތަކަށް ކަންކަން ކުރަންފެށީ. އެކަން ދާއިރާގެ އެންމެންނަށް އެނގޭ.. ދާއިރާގެ ލާބަޔާ މަންފާއަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރރއްވުމަށްފަހު އަމިއްލަ އެދުމަށް ކަން ކުރަންފެށީ. އަދި ބޮޑު ގޮނޑި ފެނުނީ.. ދަންނަވަން ބޭނުންވަނީ ތިޔަ ދުވަސްތައް މާޒީވެ ހިނގަށްޖެއޭ. މިހާރު ޤާބިލް ދަރިން ދާއިރާގައި އިބަތިއްބޭ. މާލޭ ބޭފުޅުން.ނަށް ގޮނޑި ދިން ޒަމާން މާޒީވެ ހިގައްޖެ. 3019 ގައި މި ދާއިރާއަށް ނެރެ ﷲ ގެ ވާގިފުޅުން ހިވާނީ ދާއިރާގެ އިޚުލާޞްތެރި ދަރިއެއް. މާތްﷲ މި މަތިވެރިކަން މިންވަރު ކުރައްވާށި. (އާމީން)

  3. ސުލޭމާނު

    މިމީހުންނަކީ، ސެލެބްރިޓީޒްތަ؟ މިމީހުންދައްކާހާ ވާހަކައެއް ނޫހުގަ ޖަހާތީ މަގޭ ކައިރިއަށް ރުޅި އަންނަނީ

  4. Anonymous

    މަޖިލީސް ފާލުން ނައްޓުވާލީ ފާރިޝް ކަލޯމެން ނޫންތަ، ބައްޕަ ވެރިކަން ކުރީމަ އަވަސްއަރުވައިގެން ތިމަންނަވެސްވީ ތަޚުތުގަ ވެޑުވެން ވިއްޔާ، ނާއިބުރައީސަކަށް އެހެންމީހުން އައްޔަންކުރި ހިސާބުން ހަސަދަގަނޑުފަޅާލާ ރައީސުޔާމީނު ވެރިކަމުން ވައްޓަން މަސައްކަތްކުރަންފެށީ، އެކަމަށް މަގުފަހިކުރަން މަޖިލީހުގެ ރައީސު ވައްޓާލަންބޭނުންވީ، ރައީސު ޔާމީނު ވައްޓާލަން ވޯޓްހަމަވާވާވަރަށް މެމްބަރުން ގަންނަންފެށީ، މެމްބަރުންނަށް ބޮޑުއަދަދުން ރިޝްވަތުގެ ދުނިޔެ ދައްކަންފެށީ، އެމެމްބަރުންވެސް ރިޝްވަތުކައިގެން ރައްޔިތުންނަށް ޢައްދާރުވީ، މިއީ ހަގީގަތަކީ، ރައްޔިޔުންގެ މަސްލަހަތަށްވުރެ އަމިއްލަ އެދުން ބޮޑުވީ ދެން ކޮންބަޔާނެއް ނެރޭކަށް

  5. ދިވެހި

    މިދެންކާކު ބޮޑު ކަރަޕްޓް މީހެއް ދައުލަތުގެ މާލީއަތު ދަވާލައިގެން އިގިރޭސް ވިލާތަށް ދެއްކި ފައިސާ ކޮބާ މިކަލޭގެ ލަދު ހަޔާތް ކޮބާ

  6. ބަޢާވާތާދެކޮޅު

    މާނަޔަކީ މަނިކުފާނު މަޖުލިސްމެމްބަރުންނަށްދިން ރިޝްވަތުގެ އަހުދުނާމާ... އެއްފަހަރުނަމަވެސް ﷲގަންދީ ހުވާކޮއްބަލަ ތިމަންނާ އެއްވެސް މެމްބަރަކަށް ނަހަމަ ފައިސާއެއް ރިޝްވަތުނުދޭކަމަށް... ހީލަތްތެރިމީހުންގެ ހީލަތަށްވުރެ ބާރުގަދަފަރާތެއް އެބަވޭ ހުރިހާކަމެ މޮޅަށްދެނެވޮޑިގެންވާ... ﷲއިރާދަކުރެއްވިއްޔާ ބޮޑުބައްޔަކުން ބަލިކުރައްވާށި ތިހުރިހާ ޙާއިނުން.... ލަހެއްނުވެ ﷲގެވާގިފުޅާ ލާއިގެން މިގައުމު މިހާަތައްވައްޓާލި ހުރީހާމީހުންނަ މިކަމުގެ ހިތިރަހަދައްކަވާށި... ހަނދުކޭތަބަލަން ޖަލުގަތިބޭ....

  7. ބުއްޅަބޭ

    މަޖިލިސް ފާލުން ނެއްޓީ ކަލެއާއި ކަލޭގެ މުސްކުޅި ބަފާގެ ވެރިކަމުގެ ބަލާވެރިކަމާއިހެދީ! ކަލޭގެ ބަފާ އަންނިގެ ފައިފުހޭން ނުދިޔަނަމަ މިހެނެއް ނުވީސް!

  8. ޤައުމު

    ޤައުމު ހަމަމަގުން ކައްސާލީ މިއުޅޭ ފާރިސްމައުމޫނު ވެރިކަން ބޭނުންވި ހިސާބުންނޭ ބުނުން ދޮގަކަށްނުވާނެ. ކީއްވެތަ އެހެންބުނަން ނުކެރުނީ. ތީގެދެބަފައިންގެ ސަބަބުން މިޤައުމު މިހާލަތަށްއައީ.

  9. ހުސެން

    ގައުމު ހަމަމަގުންގެއްލުނީތަ ނޫނީ ފާރިސްމެން ގޮތްހުވެ އަރާނެއިތުރުގޮޅިހުސްވީތަ. ސަރުކާރުން ކުރަންބޭނުން ހުރިހާކަމެއް ހުއްޓުމެއްނެތި ކުރަމުންދަނީ

  10. ޙުމައިރާ

    100 ޕަސެންޓް ތެދު! އެގޮތަށް އެހެން ވީ ވެރިކަމާހުރެ ފާރިޝް ބައްޕަ އުޅެ ކާމިޔާބު ނުވުމުން ރިޝްވަތު އަޅަން ފެށުމުން! އެކަން ކުރީ ފާރިޝް މެދުވެރިކޮށް! މިއީ ޙަޤީޤތަް! އޮޅުވާލަން ނޫލޭ! ޒިންމަ ނަގަންޖެހޭނީ ފާެިޝްގެ ބައްޕަ!

  11. މަލި

    ބައްޕާފުޅުގެ ވެރިކަން ވެސް ދިޔައީ ހަމަ ތިހެން އެކަން ގަބޫލެއް ނުކުރެވޭ ކުށެއް ނެތް ކިތައްމީހުން ޖަލަށް ލީ ކުށެއް ނެތް ކިތައްމީހުންގެ ގިނަ ދުވަސް ތަކެއް ވަންދެން ޖަލު ގޮޅީގަ ހޭދަކުރީ

  12. ޖޮއްބެ

    ކީކޭދެންބުނާނީ ޑިންތަލަބެއާހެދި.....؟؟؟