އެންމެ އިސްކަން ދެއްވާނީ ގައުމު އެއްބައިވަންތަކުރަން ކަމަށް މިއަދު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމާއި ގުޅިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްވި ކުރު ބަޔާނެއްގައެވެ.

ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އެންމެ އިސްކަން ދެއްވާނީ ތަފާތުތައް އެއްކިބާކޮށް ގައުމު އެއްބައިވަންތަ ކުރަން ކަމަށެވެ.

"މިއަދަކީ އިންސާފުގެ މަގަށް ފެށި ދަތުރުގެ ފުރަތަމަ ކާމިޔާބީ ހޯދުނު ދުވަސް. މިކަން އަޅުގަނޑުމެންނަށް މިހާސިލް ކުރެވުނީ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ސަބަބުން." އިބޫ ވިދާޅުވިއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޙ

    ފުރަތަމަވެސް އަޅުވެތިކޮށްލީ ނޫސްވެރިން ދެއްތޯ؟؟

  2. ކަލޯ

    އަޅުގަޑުމެން އެދެނީ މަނިކްފާންގެ ވެރިކަމުގައިވެސް އަމާންކަމާ ސުލްހަ! އެގޮތް ﷲ މިންވަރުކުރައްވާށި!

    • މީ

      އާމީން

  3. Anonymous

    އޭބަލަ އިބޫ.. ތެޅި ބާލަނޫ ހަމަ.. މީހަކު ލިޔެފަ ދިނީމަ އެއްޗެއް ކިޔަކަސް ކަލޭނުވޭ ހަމަ އެކައްޗަކަށްވެސް.. މި
    ރާއްޖޭގަ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދޭނަން..

  4. Anonymous

    ޢެއާރޕޯރޓް ވިއްކާ ނުލާތި.

  5. އެވެސް މުހިއްމު

    ތި ރަނގަޅު ވާހަކައެއް، އެކަމަކު ދީނީ އެއްބައިވަންތަ ކަން މާ މުހިއްމު. އެއް ޖިންސު ވަބާ އަށް ނޫނެކޭ ވިދާޅުވާ ނެ ކަމަށް އުއްމީދު ކުރަން.

  6. ޒީލް

    ހާޑިމްހަމް ގެނެސްގެންތޯ ގައުމުޢެއްބައިވަންތަކުރަނީ

    ތިބުނާއެއްބައިވަންތަކަން ކިހާދުވަހަކަށް ދެމިގެންދާނެބާ

  7. ކިޔާމީހާ

    ތިކަން؟ ހަލާކު ކުރިބަޔަކީ ތިމީހުން ވިއްޔަ.. ރަނގަޅު ވެސް ވޭތޯ ވަކަރަށް ޖަހާލަބަލަ.ފަނާކުރުން ފަސޭހަ.އިއާދަކުރުން އުނދަގޫ

  8. ބަންގާޅު އަނބިސޮރު

    ކޮންވާހަކައެއް. އިބޫޔާ ދިމާޔަށް ބޭނުން އެއްޗެއް ކިޔާކަށް ޕީޕީއެމް އަކަށް ފުރުޞާތެއް ނުދޭނަން. ޔާމީނަކަށް ނުކެރުނެއްނު އެއްވެސް އެއްޗެކޭ ބުނާކަށް. ޕްލޭން ބީ ވެސް ކާމިޔަބު ވިޔަކަ ދެނެއް ނުދޭނަން.

    • ދެން ލަލަލާކިޔާ

      ޕްލޭން ބީ އަކީ މައުމޫނާ ނަޝީދުގެ އެއްޗެއް. ކަލޭމެން ދެން ޔާމީނުދެކެ ރުޅި އަޔަސް ބޮޑުވަރުތީ. ހަމަ މ.ޑ.ޕ ގިރާފަދޭ ނަޖިސްތަށިވެސް ސުވާލުކޮށްނުލާ ބޯލަންޏާ ތިހެންވާނެ.

  9. ޑިމޮކޮރަސީ

    އިންޝާﷲ
    ޢިރާދަކުރެއްވިޔާ މާލޭމީހުން ސައިޒް ކުޑަ ކޮއް ކިބުރުވެރިކަމާބޮޑާކަން ނައްތާލާއަގު ހެޔޮ މާލެއަކކައް ހައްދަވައި5އަހަރު ތެރޭ ކުލީ ކޮޓަރި 2 ގުނަ އަގުހެޔޮ ކުރެވިގެން ދާމަންޒަރުފެނި އެގިގެން ދާނެ

    • ބެއްޔާ

      ހުވަފެނެއްގަ އިނގޭ.

  10. ދިވެހިދަރިއެއް

    އެއްބައެއް ނުކުރެވޭނެ ލާދީނީ މީހުން ގާތްކޮށްގެނެއް… ކުރީބައިގަ މިބުނެލީ.

  11. ޢަބްދުﷲ

    މާތް ﷲ އިބޫއަށާއި ފައިސަލަށް، އަދި ރައީސް ޔާމީނަށާއި ޝަހީމަށް، އަދި އަހަރުުމެން އެންމެ ދިވެހީންނަށާއި ދިވެހި ރާއްޖޭގަ އުޅޭ ބޭރު މީހުންނަށް ހިދާޔަތް ދައްކަވާށި. އާމީން. އަދި އެހިދާޔަތުގެ މަތީގައި ތިބެ ކާފަރުންގެ މައްޗަށް ނަސްރުދެއްވާނދޭވެ. އާމީން. އަދި ކާފަރުންނާއި މުނާފިޤުންގެ މަކަރުވެރި ރޭވުންތަކުން އަހަރުމެން ސަލާމަތް ކުރައްވާނދޭވެ. އާމީން.

  12. ޢަޖާއިބު

    ޤައުމު އެއްބައިވަންތަ ކުރާށޯ އިސްކަންދޭނީ އެކަމު މިކިޔަނީ މަގުމަތީގައި ތިބޭށެ. ބުނަންވީނު ރައްޔިތުން ބަސްހައިގެން މީހުންހުންނަ ފުރުއްޕާން ނުކޮށް ގެއަށް ވަންނާށޭ. ހޮވުނަސް މަގުމަތީ ނުހޮވުނަސް މަގުމަތީ.

  13. ކޮސް

    އޭ..ވެރިކަމަކީ ﷲދެއްވާ ނިއުމަތެއް އެނިއުމަތަށް ޝުކުރު

    ކުރަންނޭންގެންޏާ އެ ދެއްވިފަރާތުން އެ ނެންގެވުމަށްވެސް

    ކުޅަދުންވަންތައޭ

  14. ބަލާތި

    މިއިންތިޚާބުގެ ނަތީޖާ މަމެން ގަބޫލެއް ނުކުރާނަމޭ ސްޕްރީމް ކޯޓުގެ ހުކުމެއް ގެންނަން ޖެހޭނެ ސަބަބަކީ ވޯޓް ނުލާ މީހުންގެ ނަމުގައި ވޯޓް ލުމާއި އަދި ވޯޓް ލާމަރުކަޒު ތަކުގައި ތިބި މީހ7ންނަށް ރިޝްވަތު ދީގެން ނަތީޖާ ބަދަލު ކުރުން ހިމެނެއެވެ.

  15. ައަބުދުއްލޯ

    ރައްޔިތުން ނެއްނޫން ކަލޭމެންގެ މީހުން

  16. ާފާތުން

    ޢޭ މިހިރަ އިބޫ. ކަލޭތި ނުބަލާއެއޮޗިހިކިޔަން ފަށާނީ ކޮންއިރަކުތަ.?

  17. މަނިކު

    އޮތުން މޮޅު ކޮންމެ ވެރިކަމަކަށް މަތިން ދެއްވާނެއެއޭ ގަދަބާރެއް ބުނާއަޑެއް ނީވޭތަ،

  18. ދިވެހި

    ދިވެއްސަކަށްވީތީ މިއަދު ލަދުގަނޭ. ނިޔުމަތަށް ޝުކުރު ކުރުމުގެ އަސަރެއްވެސް ނެތް

  19. ހަބޭސް

    ޙާޑިން ހާމްގެ ކަންތައް ކިތައްވަނަޔަށް ޖުލުކުއްވެރިން ދޫކޮށްލުން ކިތައްވަނަޔަށް ރަށްރަށުގެ ބިންހިއްކުމާއި ވައުދު ފުއްދުން ކިތައްވަނަޔަށް މަރުވިމީހުނާއި ގެއްލުނު މީހުން ހޯދުން ކިތައްވަނަޔަށް ދެންވެސް................................................

  20. އިބޫ އަށް ވޯޓުލީ

    އަންނިހެން ލާދީނީ ފަތުންފަށާއިރަށް ރައްޔިތުން ނިކުމެ ބާލާނަނެ ކަން ހަނދާން ކުރާތި.