ހައުސިން މިނިސްޓްރީން އެއްވެސް ބަޔަކާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ގޮސްފައި ނުވާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއިޒު މިގޮތަށް ވިދާޅުވީ، ހައުސިން މިނިސްޓްރިން ކުންފުންޏަކާއެކު ހެދި އެއްބަސްވުމެއް އުވާލަން ނިންމުމާ ގުޅިގެން އެ ކުންފުންޏަށް 185 ދިނުމަށް ސެޓަލްމަންޓް އެގްރީމަންޓެއް ހެދި ކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެނެވެ. އެ މައްސަލައަށް އިޝާރާތް ކުރައްވާ މިނިސްޓަރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއްވެސް ބަޔަކާއެކު ސެޓްލްމަންޓް އެގްރީމަންޓެއް ހަދާފައި ނުވާނެ ކަމަށެވެ.

ކަމުގެ ހަޤީޤަތް ނުބަލާ ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތާ މެދު ކަންބޮޑުވާ ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ އަން ޕްރޮފެޝަނަލް ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެކަން މޯލްޑިވްސް މީޑިއާ ކައުންސިލްއިން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރިއްތަ

    ތި 185 މިލިއަން ދިން ކަމަށް ރިޕޯޓް ކުރި ކުންފުންޏަކީ މަކަރުވެރި ބައެއް . އެތަނަށް ދެއްކި ފައިސާކޮޅު އަނބުރާނުދީގެން އުޅޭތާ އެތަށް ދުވަހެއް

  2. ވަސީލަތް

    ބޮޑު މީހާގެ ނިވަލުގަ ހިނގާ ކުންފުންޏެއް ތީ...

    މާ ބޮޑަށް އަގަނުފަޅާ... އެހެންނޫނީ ޖަލަށް...

    ވަރަށް ސަލާމް