އަގުމެންޓިންގެ އަސްލާ ވަރަށް އެއްގޮތް ފޭކް ބޭސްތަކެެއް ކެމެރޫންގައި ދައުރު ވަމުންދާތީ، އެ ބެޗްގެ އެ ބޭސް ރާއްޖެ އެތެރެ ނުކުރަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

މި ބޭހަކީ ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއެވެ.

އިއްޔެ ހެލްތް މިނިސްޓްރީން ނެރުނު ފާމަސޫޓިކަލް އެލާޓްގައިވާ ގޮތުން އަގުމެންޓިން ޓެބްލެޓްގެ އަސްލާ އެއްގޮތް ފޭކް ބޭސްތަކެއް ކެމެރޫންގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ އިއުލާނުގައި ބަޔާންކުރާ ބެޗްގެ ބޭސް ރާއްޖެ އެތެރެ ނުކުރުމަށާއި އަދި ނުވިއްކަން އަންގާ ކަމަށް އެ އެލާޓްގައި ވެއެވެ.

ހެލްތް މިނިސްޓްރީން ނެރުނު އެ އެލާޓްގައި ވާގޮތުން ކެމެރޫންގައި ދައުރުވަމުންދާ ފޭކް ބޭހަކީ މެއި، 2016 ގައި ތައްޔާރުކޮށް، އަންނަ އަހަރުގެ މެއި މަހަށް މުއްދަތު ހަމަވާ ކަމަށް ލިޔެފައިވާ ބޭހެކެވެ.