ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް ޤައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެތައް ހާސް ރައްޔިތުންނެއް އެމަނިކުފާނުގެ ޚިދުމަތް ބަލައިގެންފި ކަމަށާއި "މިފިޔަވަޅު މަތީގައި މިހިރީ އެރައްޔިތުން ދެއްވި ތާއީދުގެ ސަބަބުން" ކަމަށެވެ.

"އެތައް ހާސް ރައްޔިތުންނެއް ގައުމުގެ ޙައްޤުގައި ގައުމަށް ރަނގަޅީ ކޮން ގޮތެއްތޯ ވިސްނަވާފައި ވޯޓް ދެއްވައިފި. އެތައް ހަދިޔާތަކެއްގެ ހުށަހެޅުންތައް ލިބެމުން ދަނިކޮށް ވެސް އަޅުގަނޑަށް ވޯޓް ދެއްވައިފި. އިއްޔެ ދިވެހި ރައްޔިތުން އެމީހުންގެ ގޮތް ބުނެދީފި. އެނަތީޖާ އަޅުގަނޑު ގަބޫލު ކޮށްފިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަހަތްޕުޅުގައި އިހްލާސްތެރިކަމާއި އެކު މަސައްކަތް ކުރެއްވި ވަރަށް ވަރުގަދަ ޓީމެއް އޮތް ކަމަށެވެ.

"ސިޔާސީ ގޮތުން އެންމެ ބޮޑަށް އެހީތެރިވީ އަޅުގަނޑުގެ އަންހެނުން. އޭނާ އާއި އޭނާގެ ޓީމަށް ޝުކުރު ދަންނަވަން. ޕީޕީއެމް އޮފީހުގައި ދެނައިބު ރައީސުންގެ ބެއްލެވުމުގެ ދަށުން ވަރަށް ވަރުގަދަ ޚިދުމަތްތަކެއް ކުރެވުނު. އެޓީމްގެ ތެރޭގައި މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުން ހިމެނޭ. ވަޒީރުންގެ ޓީމާއި މެދު އަޅުގަނޑު ފަހުރުވެރިވަން. ރައީސް އޮފީހުގެ ޓީމަށް ޝުކުރު ދަންނަވަން. މިހުރިހާ ބޭފުޅުންގެ މަސައްކަތުން ރައްޔިތުންނަށް ޚިދުމަތް ކުރެވުނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ އިތުރުން އެމަނިކުފާނަށް ތާއިދު ކުރެއްވި ހުރިހާ ރައްޔިތުންގެ މަސައްކަތް ބަލައިގަނެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން ވަނީ އިންތިޚާބުގައި ވޯޓް ލާފައެވެ. ނަމަވެސް މިއީ މިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ ދަށް އަދަދެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިިބިފައިވާ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ވޯޓް ލިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233877 މީހުންނެވެ. ބާތިލް ވޯޓްގެ އަދަދަކި 3129 އެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހޭނީ އިންތިޚާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރުވާނެ ފަދަ އެއްވެސް ޝަކުވާއެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޢަލީ

    މަރުހަބާ، ވަރަށް ކެތްތެރި އޯގާތެރި ރައީސެއް. ﷲ އިރާދަ ކުރެއްވިއްޔާ އިތުރު ކާމިޔާބު މިންވަރު ކުރައްވާނެ

    • ނުރަބޯ

      ގައުމަށާ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރްޞަތު އަދިވެސް މަނިކުފާނަށް ލިބިގެންދިޔުމަށް އުއްމީދުކުރަން.

  2. ާލިމި

    Aharen nai maafu kuray

  3. ހސ

    ނަސީބުތާ...ގަބޫލު ނުކޮށްކޮންތާކަށް ދާނީ

  4. Anonymous

    ސާބަހޭ ރައީސް ތިވަރުގެ ރައީސް އެއް އަދި ނުދެކެން.

  5. ވަގުކަލޭގެ

    ކޮބާތަ ރަނިންމޭޓް ޝަހީމްގެ ވާހަކަ..އޭނައަށް ޝުކުރުއަދާނުކުރީ ރަގަޅަށް މަސައްކަތް ނުކުރީމަދޯ

  6. ބޮޑޫމީހާ

    ޤަބޫޅު ނުކޮށް ކީއްކުޜާނީ. ގަޓެއް ނުހުންނާނެ

  7. ޏިޕޮލޮޖެފރެް

    ޛޖދޖގުރޮކގ6ެޖވުދޔގ3ބޗެ

  8. އިޝާން

    ސާބަހޭ ރައީސް. ދިގޮތުގަ ދެމިހުންނަވާތި.

  9. Anonymous

    Mr president
    You will always be our president

  10. ގައްދޫ

    Mr president.
    You will always be our president.

  11. ވގ

    ހާދަ ހިމަވެފަޔެދޯ

  12. ފާތުން

    ޖީއެމްއާރުން ނެގިލާރިކަޑަށް އަންބާނާ އެމްޑީޕީ މީހުން އެލާރިކަޑު އެޅިތަނެއްބުނެތީބަލާ އިޒްރާއީލް ގެނައި ލާރިކަޑު އެޅިތަނެއްބުނެދީބަލާ....

  13. ަަމުހައްމަދު

    ކޮބާ ގަޓުކަން ދައްކާނަމޭ ބުނީމެއްނު ، ލޮލް

  14. ސަޓޯ ތުރާކުނު

    ޝުކުރިއްޔާ ރައީސް ޔާމީން

  15. ހެޔޮގޮތުގައި

    ނުޖެހޭ ކޮބާ ކޮބާ ކިޔާ އެކަކު އަނެކަކަށް މަލާމައްކޮށް ފުރައްސާރަ ކުރާކަށް
    އިންްތިހާބު ނިމުމުން އާފެށުމަކުން ފަށަންވީ

  16. Anonymous

    ދިވެހިން ހިތާމަކޮށް ރޯންޖެހޭނެ 5 އަހަރާ ކުރިމަތިމިލަނީ ހިތާމަޔާއެކު. މިހާރު ކްރިސްޓިއަން މިޝަނަރީތަކަށް ދީންފަތުރަން ޝަހީދު ދައުވަތު ދީފި. އެކަންވެސް އެއީ ދިވެހިން ސަޕޯޓްދޭނެކަމެއްކަން ޔަގީން.

  17. އައްލެއިކަލޯ

    ކަމިޝަނަރ ވިދާޅުވި ވާހަކަ ވރަނގަޅަށް އައްލެއިކަލޯ ހަނދާން އެބަހުރި. "ދުވާލަކު ދެލައްކަ އަށްޑިހަ ދެހާސް އެޓޭކް އިލެކްޝަންސް އޮފީހުގެ ސަރވަރ އަށް...". އެއީ އިޔަހޫދީން ކަމަށްވާނަމަ، ފަރަންޖިން ނުވަތަ ހިންދީންކަމަށް ވާނަމަ ސާރވަރ ހެކްނުކޮށް ތިބޭނެތަ؟ ސާރވަރގައިހުރި ޑާޓާ ބަދަލުނޮށް ތިބޭނެތަ. އެޑާޓާ ބަދަލުނުކޮށް އޮޅުވާނުލާ ތިވޭނެތަ؟ 38 ހާހެއްހާ ވޯޓުލާމީހުން އެތަންމިތަނަށް ހިލުވާނުލާ ތިބޭނެތަ؟

  18. ސުހައިލު

    ވަރަށް ރަނގަޅު.
    ޝުކުރިއްޔާ ރައީސް ޔާމީން.
    އަދި އަޅުގަނޑުމެން ޕޕއމ އެނބުރި އަންނާނެ އިރާދަކުރެއްވިއްޔާމު،

  19. ސަރަގުުގު

    ކޮބާ އެއްކަލަ ރައީސް ނަސީދުގެ ބޯކަނޑަން ގޮވި އަންހެންފަހުލަވާނު އެކަމަނާ ހުރިތާކުން ނެރެގެން އިންސާފުގެ ކުރިމައްޗައް ގެންދިއުމައް ދިވެރިރައްޔަތުންނައްގޮވާލަން،،،،