އިއްޔެ ރާއްޖޭގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބަކީ ގާނޫނީ ހަމަތަކުގެ މަތިން ބޭއްވޭ އިންތިހާބެއް ކަން ކަށަވަރުކުރުމަށް ރާއްޖޭގެ 15 ސަހަރައްދެއްގައި ވޯޓުލުމުގެ ކަންކަންކަން ކުރިއަށް ދިޔަ އިރު އެ ކޮމިޝަނުގެ އޮބްޒާވަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި އިންތިހާބު އޮބްޒާވް ކުރުމުގައި ފާހަގަވެފައިވާ ކަންތައްތަކުގެ ތެރޭގައި، އިންތިހާބުގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް ބުރޫއަރައި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށް އެޗް.އާރް،ސީ.އެމް އިން ބުނެއެެވެ.

އަދި މި އަހަރަކީ ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނުކުތް އަހަރެއް ކަމަށާއި ނަމަވެސް ވޯޓުލުމުގެ ކަންކަން ދިޔަ ގޮތް ލަސްވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އިންތިހާބުގެ އިދާރީ ކަންކަން ހަރުދަނާކުރަން ޖެހޭ ކަމަށްވެސް އެޗް.އާރް.ސީ.އެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަ އިރު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި އެކުގައި ނުކުމެ ގައުމީ ރޫހެއްގައި މަސައްކަތް ކުރި މަންޒަރު ކަމަށް އެޗް،އާރް.ސީ.އެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އިސްވެ ދެންނެވުނު ކަންތަކަށް ރިއާޔަތްކޮށް އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް އެ ކޮމިޝަނުން ގަބޫލުކުރާ ކަމުގައިވެސް އެޗް.އާރް.ސީ.އެމްގެ ބަޔާނުގައި ބުނެފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލާމް

    މިފަަހަރު ރައީސް ޔާމިން އިންތިހާބް ކާމިޔާބް ކުރިނަމަވެސް ތިހެން ބުނާނަަންތަ .. ވަކިބަޔަކު ކާމިޔާބް ކުރީމަ އިންސާފް ވެފަ އަނެއް ބަޔަކު ކާމިޔާބް ކުރީމަ އިންސާފް ވެރި ނުވުން ބަލައެއް ނުގަނެވޭ...

  2. މާހިރު

    ޢެޗްއާރުސީއެމް އެބައުޅޭތަ ...މިއޮށްހާ ދުވަހު ކޮންތާކު ތިއުޅެނީ ލޯބީ...

  3. ހުސޭނު

    އިއްޔެގެ އިންތިހާބް އިންސާފްވެރި ވިއްޔާ ދެން މިރާއްޖޭގަ މުޅިންވެސް ހިންގާނީ އިންސާފު ވެރުކަންތައް. ރ.ޔާމިން އިންތިހާބު ކާމިޔާބު ކޮއްފިނަމަ ރާއްޖެއައް ދަތިކުރުމުގެ ފިޔަވަޅު މިއަދުންމިއަދައް އެޅީސް. ދިވެހިން ބިރޫގަންނަވަގއިގެން ކާމިޔާބު ތިހޯދާދިނީ އެމީހުން ބޭނުންވާ ކަންތައް ރާއްޖޭގަ ހިންގަން. އިއްޔެ ރ.ޔާމިންއާ ދެކޮޅައް ވޯޓުވިއްކާލި މީހުންނާ އަދި ހިތުންރުހުމުން ރ.ޔާމިންއާ ދެކޮޅައް ވޯޓުދިންމީހުން މިއަދުތިކުރާ އުފާ މާދަމާ ގައުމައްޓައްކާ އަޅާނެ ކަރުނައެއް ނުހުންނާނެ. ދިރިތިބި ބަޔަކައް މިކަންފެންނާ.