އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، މިހާރު ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ނަމޫނާ ދައްކާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު، އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމުގައި ނަމޫނާ ދެއްކިގޮތަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެވެސް ނަމޫނާ ދައްކާނެކަމަށެވެ.

"ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި، ޚާއްސަކޮށް ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ޕާލެމެންޓްރީ ގްރޫޕުން މަސައްކަތްކުރާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން. އަޅުގަނޑުމެންނާއި ހަމައަށް އަންނަ ބަޖެޓަކަށް ވޯޓު ނުދީއެއް އަޅުގަނޑުމެން ހަމަ ގައިމުވެސް ނުތިބޭނެ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ސަރުކާރުން ކުރައްވަމުންގެންދަވާ އިހްލާސްތެރި ރަނގަޅު ކޮންމެ މަސައްކަތަކަށް އެ ސަރުކާރަކަށް ފަސް އަހަރުގެ މުއްދަތެއް ލިބެން ޖެހޭނެކަމުގައި އާއި، އިދިކޮޅު ވެރިކަމެއް އައި ކަމުގައި ވީނަމަވެސް، ސަރުކާރުން ކުރާ އެފަދަ ފައިދާކުރަނިވި މަސައްކަތްތަކުގައި ޕީޕީއެމުން ދެވެން އޮތް އެއްބާރުލުމެއް ދެމުން ގެންދާނެ ކަމަށެވެ.

ޕީޕީއެމުން ބުނީ، އިއްޔެ ބޭއްވިގެންދިޔަފަދަ މިނިވަން، އިންސާފުވެރި އިންތިޚާބެއް ޕީޕީއެމްގެ ވެރިކަމެއްގައި ބޭއްވިގެން ދިއުމުން އުފާކުރާކަމަށެވެ. އިންތިޚާބުގެ ނަތީޖާއަށްފަހު އެ ޕާޓީގެ ކެންޑިޑޭޓު ބަލި ޤަބޫލުކުރައްވައިފި ކަމަށާއި، އިދިކޮޅު ފަރާތްތަކުން ރައީސް އަބްދުﷲ ޔާމީނާއި ޕިޕީއެމާއި ގުޅޭގޮތުން ދައްކަމުން ދިޔައީ ހަޤީޤަތެއްނެތް ވާހަކަތަކެއްކަން މިއަދު ހާމަވެގެންގޮސްފި ކަމަށް އެ ޕާޓީން ބުންޏެވެ. އަދި ރައްޔިތުންގެ ނިންމުމަކީ ރައީސް ޔާމީން އެކަމަކާއި ދެކޮޅު ހައްދަވާނެ ކަމެއް ނޫންކަން މިއަދު އެނގިގެން ގޮސްފިކަމަށް ޕީޕީއެމުން މިއަދު ވަނީ ބުނެފައެވެ.

ޕީޕީއެމްއިން މިއަދު މިގޮތަށް ބުނެފައި މިވަނީ، އިއްޔެ ބޭއްވި ރިޔަސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެ ވަޑައިގަންނަވާފައި ވަނިކޮށެވެ. މި އިންތިޚާބުގައި އިދިކޮޅު އިއްތިހާދަށް ކުރި ލިބުމާއި ގުޅިގެން މިއަދު ރައީސް ޔާމީން ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވަނީ، އެފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ނިންމުން ޤަބޫލުފުޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަލީ

    ސާބަހޭ.

  2. ޒިއާން

    ވަރަށް ބަރާބަރު. ޕީޕީއެމް އަށް ތާއީދު ދެންވެސް އިރާދުކުރެއްވިއްޔާ

  3. ރުމާލު 2

    މިހިސާބައް ދިޔައީމާ އިންސާނުން ނަށް ގޮތް ހުސްވާނެ، ފިސާރި ރަގަޅަސް ރައްޔިތުން ނުކުމެ ވޯޓުން އިނދަ ޖައްސުވާލައިފި. އަނިޔާ ވެރިންގެ ނިމުން ވަރަށްހިތި ވާނެ. އަދި އެހިތިރަހަ ފެނިގެން ދިޔައީ އެހެން މީހުންނަށް ވެސް އިބުރަތެއްގެ ގޮތުގައި.
    ތިބުނާ ކަދުރޭ އެއް ، ކެޔޮގަނޑުތަކެއް. ސައިނީ އެއް މުއިއްޒު އެއް އަދި އަގަފުޅާ ސައީދު އެއް މަނިކުފާނު ފަހަތަކު ދެން ނުތިބޭނެ. ގިނިކަންޏާ ގެއަށް ވަޑައިގަންނަވާ. އަނބީކަބަލުންނާއެކީ ޑިގު ގަނޑު ޖައްސަވަން.

    • ކޮބާހޭ

      އަޅެ ބުނެބަލާށޭ އަހަރުމެން އާންމު ރައްޔިތުންނަށް ކުރި އަނިޔާއެއް؟ ކުށްވެރިންނާއި ދީނަށާ ގައުމަށް ޣައްދާރުވި މީހުންނަށާ އެމީހުންގެ ވާގިވެރިންނަށް ޖަލު ހުކުމަކުން ހުކުން އައިމަ އެހުރީ ޖަލުގަ. ދެން އެމީހުންގެ ހައްގުގަ ކަލޭމެން ތިގަތްގަނޑު އަދި ވިސްނޭނެ ދުވަހެއް ރައްޔިތުންނަށް އަންނާނެ.

  4. ބަކުރު

    ގޮތްހުސްވެ. ހަތަރު އުދަރެސް ފެނުޖެހުނީ

  5. އައިޝް

    ވ ބަރާބަރު އިދިކޮޅުގަ ތިބެގެން އެމްޑީޕީ ހާވާކަހަލަ ހަޑި ނަހާވާތި

    • ބޮޑުބެ

      ތެދެއް ތިބުނީ. އުއްމީދުކުރަން ޕ.ޕ.މ ވެސް ރައީސް ޔާމީނު އެދެއްކެވި ލާމަސީލު ގޮތުގެ މަތީގައި ދީނާއި ޤައުމުގެ ދިފާޢުގައި އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ހުންނާނެކަމަށް. އޮޕޮޒިޝަނަށްވީމަ ވަކި އެބާރުތަކުގެ އަތުގައި ނުހިފާނެކަމަށް އުއްމީދުކުރަން. ސާބިތުވެތިބިއްޔާ އަދި ކާމިޔާބުވާނެ ދުވަހެއް އަންނާނެ އިން ޝާ ﷲ.

  6. އަލްޖިބްރާ

    ކަލޭމެނަށް ދެއްކޭނެ ނަމޫނާ ތިވަނީ ދައްކާ ނިމިފަ ! ދެން ނަމޫނާ ދައްކަން ތިބެންޖެހޭނީ ޖަލުގަ !

    • އިބްރާ

      ކޮންމެވެސް މަށަކަށްނުވާނޭ ކިޔާފަ އިސްތިއުފާ ނުދޭތި. ރާޅުގަނޑަށް ތިއެރުނީ އުދައަންނައިރު ބޮޑެތި ރާޅުވެސް ނަގާނެކަން ދެނެހުރެތ؟

    • ދެން ލަލަލާކިޔާ

      ކެކެކެކެ…. ތީ ދޯ އިންސާފޭ އަނިޔާއޭ ކިޔާފަ ދެންކުރާނެ ކަމަކީ. މިހާރުވެސް ހިތުގަ އޮތް އެއްޗެއް އެފާޅުވަނީ. ލަހެއް ފަހެއް ނުވެ އަދި އަސްލު އެޖެންޑާވެސް ފާޅުވާނެ. އެނގޭތަ 96132 މީހުން އެބުނީ ސާބިތުކަމާއެކީ ރައީސް ޔާމީނާއެކީގައޭ.

  7. ސިކުނޑި

    ޕާޓީ އޭގެ ހައްގުވެރިންނާއި ހަވާލު ކުރެވޭނެ! ދަރުބާރު ފެކްޝަން ބާކީވާނެ!!

  8. މަ މި ކޮމެންޓުކުރަން އުޅޭތާ 3 އަހަރު

    ބަލަގަ އެއީ މައުމޫނުގެ ޕާޓީއެކޭ

  9. އޭނަ

    މައުމޫނުގެ ކިބައިން މާފަށްއެދޭ ޔާމީން.

  10. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ނަމޫނާ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމުގައި ޤާނޫނުގައިވާ ގޮތުގެމަތިން ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް ހުންނާނެއެވެ. އެހެންނަމަވެސް، އެއީ، ޒިންމާދާރުކުރުވުމުގެ ނަމުގައި މަގުމައްޗަށް ނުކުތުމުން އެކަނި ކުރެވޭނެ ކަންކަމެއްނޫނެވެ.