ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވެސް އަދި ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅެއްވެސް ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން މިގޮތަށް ބުނެފައި ވަނީ، މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އާއި ޕީޕީއެމްގެ އިސްވެރިން ރާއްޖެ ދޫކޮށް ފިލާނެތޯ، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު އަރުވަމުންނެވެ.

ޕީޕީއެމްއިން މިއަދު މިގޮތަށް ބުނެފައި މިވަނީ، އިއްޔެ ބޭއްވި ރިޔަސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް ނާކާމިޔާބުވެ ވަޑައިގަންނަވާފައި ވަނިކޮށެވެ. މި އިންތިޚާބުގައި އިދިކޮޅު އިއްތިހާދަށް ކުރި ލިބުމާއި ގުޅިގެން މިއަދު ރައީސް ޔާމީން ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވަނީ، އެފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހި ރައްޔިތުންގެ ނިންމުން ޤަބޫލުފުޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ޕާޓީގެ އެއްވެސް ބޭފުޅަކު ފިލައިގެން ނުދާނެ ކަމަށެވެ. އަދި ފިލައިގެން ދާނަމަ ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމެނި އެ ނިންމުން، ނުނިންމަވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ނިންމެވީ 2018 ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ގެންދަވަން. އެހެންވީމަ އަޅުގަނޑުމެން އެންމެން ތިބެނީ އިރާދަކުރެއްްވިއްޔާ މި ރާއްޖޭގައި". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މި ރާއްޖޭގައި ތިބެގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އެ ޕާޓީ އޮވެގެން ކުރަން ޖެހޭ ހުރިހާ މަސައްކަތަކެއް ކުރާނެ ކަަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރު ވިދާޅުވީ، ޕީޕީއެމްގެ ބޭފުޅުން ފިއްލަވާނެކަމަށް ދައްކަމުންދާ ވާހަކަތަކަކީ، އިދިކޮޅު އެކްޓިވިސްޓުން ދައްކަވާ ވާހަކަތަކެއް ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް އަދުރޭ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލުކުރައްވާފައިވާކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބަކީ އެއްވެސް ކަހަލަ އޮޅުވާލުމެއް، ވައްކަމެއް އަދި އިންސާފްވެރި ދެފުށް ފެންނަ އިންތިހާބެއް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި މިފަދަ އިންތިހާބެއް ބޭއްވިގެން ދިޔުމަކީ ވަރަށް އުފާ ކުރާކަމެއް ކަަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މިއަދު ދިވެހި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން އަބަދުވެސް އިސްކަން ދެއްވަނީ ގައުމީ މަސްލަތަހަށްކަން. ރައްޔިތުންގެ ނިންމެވުމަކީ ރައްޔިތުންގެ ބަހަކީ އެއީ ރައީސް ޔާމީން ބޮލާލާ ޖަހާނެ އެއްޗެއް ނޫންކަން ރައްޔިތުންނަށް ސާބިތުކޮށްދިނީ.". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ވަރަށް ގިނަ ގުނަ ތަރައްގީގެ މަޝްރޫއުތަކާއި، ކުރިއެރުންތައް ހޯއްދަވާދެއްވިއިރު، ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ވަަރަށް ގިނަ ގުނަ މަސައްކަތަކެއްކޮށްދެއްވި ކަމަށެވެ. އަދި ރައީސް ދެވަނަ ދައުރަކަށް ނުކުމެ ވަޑައިގަތީ މި ކަންތައްތައްކޮށްދެއްވުމަށް ފަހު ކަމަށެވެ.

"އެހެން ނަމަވެސް ކަންދިމާވިގޮތުން އަޅުގަނޑުމެންނަށް މި ޖެހުނީ އިންތިހާބުގައި ބަލި ގަބޫލުކުރަން. އެކަން އަޅުގަނޑުމެން މިތިބީކޮށްގެން". އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ސްޕޯކް ޕާސަން، އަލީ އާރިފް ވިދާޅުވީ، ދިވެހި ހައްގުގައި މަސައްކަތް ކުރެއްވުމަށް ސާބިތުކަމާއެކު ޕީޕީއެމް އޮންނާނެ ކަަމަށެވެ. އަދި މިހާރުވެސް އެ ޕާޓިން ނަމޫނާ ދައްކަމުންދާއިރު، ކުރިއަށްއޮތްތަނުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުންވެސް އެ ޕާޓީން ނަމޫނާ ދައްކާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، އީސް ޔާމީންއަށް ކުރަމުންދިޔަ ތުހުމަތުތައް ވެގެން ދިޔައީ ދޮގު ތުހުމަތުތަކަކަށް ކަން ދިވެހި ހުރިހާ ރައްޔިތުންނަށް އިނގޭނެ ކަަމަށާއި، އެކަން އެނގިގެން ދިޔައީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ކަމަށެވެ. އަދި ރައީސް ޔާމީންއަކީ ވަގެއް ނަމަ އިއްޔެވެސް އެމަނިކުފާނު ވައްކަން ކުރައްވާނެކަމަށް އާރިފް ވިދާޅުވިއެވެ.

"މީގެ އެނގިގެން މި ދިޔައީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި މިހާތަނަށް އެޅުވި ތުހުމަތުތަކަކީ ހަމަ ރޯމަރު ބުހުތާން ދޮގުކަން. އެއީ އަޅުގަނޑު އެންމެ އުފާވާ ކަމަކީ". އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ޕީޕީއެމްގެ ފަރާތުން މުޅި ޓީމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  2. ސަމް

    ޕީޕީއެމް އާކު އަދި ވެސް ހަމަ އަޅުގަނޑު. މަޖުލީސް ޕީޕީއެމް އަށް އިރާދު ކުރެއްވިއްޔާ

    • ޢަބްދުﷲ

      އަހަރުމެންވެސް އުއްމީދުކުރަން ރައީސް ޔާމީނު ހުރިގޮތުގަ ދީނާއި ގައުމުގެ ދިފާޢުގަ ހުންނާނެކަމަށް. އޮޕޮޒިޝަނަށްވީމަ ވަކި އިންޑިއާ ނުވަތަ އެމެރިކާގެ އަތުގައި ނުހިފާނެކަމަށް އުއްމީދުކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

    • އާންމެއް

      ރައީސަށް ޝުކުރިއްޔާ ދީނާ ގައުމުގެ ދިފާޢުގައި ގެންގުޅުއްވި ފޮރިން ޕޮލިސީއަށް. ތީ ގަޓު ހުރި ރައީސެއްކަން ތާރީޚު ހެކިދޭނެ. ތިގޮތުގާ ހުންނަވާނެކަމަށް ވަންޏާ އަޅުގަނޑުމެން ދީނަށާ ގައުމަށް ލޯބިކުރާ ސިޔާސީ ނުވާ ދިވެހިންވެސް ތިބޭނީ ހަމަ ރައީސް ޔާމީނާއެކު. އަހަރުމެންނަށްވެސް ދަސްވެއްޖެ ބޭރުގެ އަތްގަދަކުރުމަށް ނޯ އެކޭ ބުނަން.

  3. ދިސްވޭއޭ

    އުފެދޭނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ ސަރުކާރެއް ކަމަށް ތަމެން އެމްޑީޕީން ބުނި ނަމަވެސް ދެން އޮންނާނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމާއި ހަމަ ނުޖެހުން ހިންގުމާއި މިބާވަތުގެ ކަންކަމޭ މީއެއް ނޫންތޭ އެމްޑީޕީގެ ވެރިކަމުގައި ކުރިން ވެސް ކަން ހިނގަމުން ދިޔަގޮތަކީ ދެން މާލެ އަށް ވާނެ ގޮތަކީ މާލޭގެ އިގްތިސާދު ފުނޑިގެންދާން ފަށާނެއޭ އެހާތަނުން ރާއްޖޭގައި ފައިސާ ފޮއްޗެއް އޮވެފައި ދުރުވިސްނޭ މީހަކު ހުރިނަމަ ރާއްޖެ ދޫކޮށް ހިނގައިދާނެއޭ އެފަދަމީހެއް

  4. ރައްޔިތު

    އިންތިހާބަކުން ބަލިވުމަކީ ކޮންމެ ހެން ގައުމު ދޫކޮށް ދާންޖެހޭ ކަމެއް ނޫން.

  5. އަލްޖިބްރާ

    އެހެންވެއްޖިއްޔާ ކަލޭމެނަށް އޮތްތަނަކީ ޖަލު !

    • ކަރަންފޫ

      ތީތަ ތިބުނާ އިންސާފޭ އަނިޔާއޭ ކިޔާފަ ކަލޭމެންގެ ބައިގަނޑު ރައްޔިތުން ވާވެއްދި ސަބަބަކީ. ސިޔާސީ ބައެއްގެ ހައްގުގަ ގައުމު ވިއްކާލި ޣައްދާރުން. އަޅެ ބަލަމާ.. 1 އަހަރުވެސް ތި ކޯލިޝަނެއް އޮވޭތޯ.. ކެކެކެކެކެ

  6. ހުސެން

    މޑޕ އާއި ކޯލިސަނުން ވަރައްބޭނުންވާނެ ހާއްސަކޮއް ރ.ޔާމިން ރާެއްޖެދޫކޮއް ދޭތޯބަލަން. އެކަމައް ފާޑުފާޑުގެ ޑީލްވެސް ސަރުކާރުން ރ.ޔާމިނައް އަރުވާނެ. އެކަން އެގޮތައްވެއްޖެޔާ ކޯލިސަނުން ރ.ޔާމިންނައް ކުރިހުރިހާ ތުހުމަތެއްގެ ހަގީގަތް ރައްޔިތުންނައް ފޮރުވޭނެ. އެކަމަކު އަހަރެންޔަގީން ކުރަން ރ.ޔާމިން އެފަދަޑީލަކައް އެބަސްނުވެ ކޮންމެ ނޮހޮރޮއްޕާނެއް ކުރިޔަސް އެހުރިހާކަމަކާކުރިމަތިލާ އަދި ކޯޓައްގެންދިޔަޔަސް އެކަންތަކާ ކެރިގެން ކުރިމަތިލާނެކަން.

  7. ލައިސާޓު

    ދާނެތަނެއް ނެއްބަޔަކު ތިބެން ޖެހޭނީ

  8. ޢަލީ

    ކީއްވެ ބަލި ގަބޫލުކުރަން އެހާ ލަސްވީ؟ އެހެން ޗޮއިސްއެއް ނެތީ ދޯ؟

  9. ވގ

    ރާއްޖެދޫކޮއްފަ ދަނީކޮންތާކައް އެންމެފަހުން ދޮންކޭލައްލިބުނުލަނޑުލިބޭނީ ތިގުރޫޕް ބަލައެއްނުގަނޭ އުޅެވުނުގޮތަކުން ކުރެވުނުކަމަކުން

  10. ސަލީމް

    ނުއުފަންނަ 3 ދަރިން ގޮވައިގެން އެކުދިން ގޮވައިގެން އުޅެވޭނެ ހިތްވަރު ނެތްކަމަށް ގަބޫލުކުރަށް. ދުރު ނޫން މާޒީގައި އެކަމުންވެސް ދިވެހިން ވަނީ ފިލާވަޅުނަގާފައި. ޕާލަމެންޓް އިންތިހާބް އަރާ ހަމަކުރާ ހިސާބުން ކޯލިޝަން ގެ 4 ބައިވެރިން ސަރުކާރުގެ 4 ފަރާރުގައި ބައްދައިގަތީމާ ދެން ފެނިގެންދާނީ އަސްލު މަންޒަރު..

  11. ނުވާނެއޭ

    މިހާރު އެގިގެން މިދަނީ އިބޫގެ އެއްވެސް ބާރެއް ނެތް ކަން އެމްޑީޕީގެ އިސް ސަފުގައި ތިބި އައްޑޫ ބަޔަކު ހަސަދަ ވެރިކަން ކުރިއަށް ނެރެގެން ގައުމު ފުނޑާލާއިރު އިބޫ އަށް ނެތް އެކަން ކޮންޓްރޯލް ކުރުމުގެ ބާރެއް.

  12. ތިޔައީ އެއްނަންބަރު

    އަހަރެން ފަހުރުވަމޭ ތިޔަ ރައީސައްޓަކާ ޔާމީން ޔާމީން.. ދެންއެއްމެ އަވަހަކަށް އޮންނަ އިންތިހާބަކުން.. ތިޔައީ ޖިހާދީ ރައީސެ.. ތިޔައީ ހާއްސައެހީއަށް ބޭނުންވާ ހާއްސައެހީއެ.. ތިއެހީތެރިކަން ދުވަހަކު ފަޑުވުމެއްނެތި ހިތްތަކުގަ ލޯބި އާލާވާނެ.. މެޑަމް ފާތުންގެ އޯގާތެރިކަން އަބަދު ހަދާންވާނެ.. ފިލަންދުވާނީ މައިބަދައިގަ ބަލިމީހުން. އަހަރެމެންގެ ރައީސަކީ ފިސާރި ގަޓްހުރި ފިސާރި ރައީސެ..

  13. މަރީ

    ކޮންތާކަށް ދެވޭނީ؟ ޗައިނާ ނޫން ގައުމަކަށް ނާރުވާނެ. ހުރިހާ ތަނަކަށް ވޯންޓެޑް.

    • Anonymous

      ހަމަތެދެއް؟ ކޮންކަމަކާ ފިލަން ދުވަންވީ؟ ނިކަން ވަގަށް ގޮވީމެއްނު، ތިއޮތީ ބާރު ލިބިފަ ނިކަން އެ ތުހުމަތު ސާބިތުކޮށްދީބަލަ.

  14. ދިވެހިރަތްލޭ

    މިގައުމުގެ ރައްޔިތުންގެތެރެއިންގިނަބަޔަކައް އެގިފައިނުވާ ހަގީގަތަކީމިމަހުގެ 23ވަނަ ދުވަހު ބޭއްވިދިޔަ ރިޔާސީ އިންތިހާބަކީ ފަހުގެ ތާރީޚެއްގަ ދުނިޔޭގެ އެއްވެސް ގައުމެއގަ ބޭއްވިފާ ނުވާފަދަ އަމާންއޮމާން މުޅިގައުމު ފަޚުރުވެރިވާފަދަ މިނިވަން އިންތިޚަބަކަށްވީކަން. ޢެއީ މިއަދުގެރައީސް ޔާމީން ގެޒައާމަތުގެ ހަރުދަނާކަން ކަމުގަމެނުވީނުވާނެކަންކަށަވަރު. ދުލަކުނުހިފެހެއްޓޭނެ. ހިތުހުރިއެއްޗެއްވެސް ކިއިދާނެ. ގަބޫޅުކުރަންބޭނުންނުވިނަމަވެސް ހަގީގަތް ބަދަލެއްނުވާނެ. ޢެންމެތިލައިން ފުނައް ވެސް އެމަނިކުފާނައް ކުރިމަތިކުރުވި ދުއްތުރާލާއި އިސްތަށިފުޅުގައި އެޅުވިހާ ބަދުނާމް ގެކުރިމަތީ ސާބިތުވެހުންނަވާ ގައުމައްކޮށްދެއްބުރަ މިންނަތް މަސައްކަތްޕުޅަކީ ދުވަހަކުވެސް މިގައުގެ ތާރީޚުން ފޮހެވިދާނެ ކަމެއްނޫންކަންޔަގީން. މާތަﷲ މަނިކުފާނާއި އާއިލާއަށް ދުޅަހެޔޮދުވަސްތަކެއްމިންވަރު ކުރައްވާށި. އާމީން

  15. މޮޅު ޑިމޮކްރަސީ

    ތިހެން ބުނީޔާ ތީ ގެއްލޭނެ މީހުން.. ދެން މި ގުރޫޕްވެސް ގޮސް ކޮންމެސް ގައުމެއްގެ ހިމާޔަތުގަ ތިބޭނެ އިންތިހާބެއް ޖެހެންދެން އެދުވަހުން އެމްޑީޕީ އާ އެކީ މިހާރު އޮތް ކޯލިޝަނުން ބޭރުވެފަ ތިބޭ އެންމެންވެގެން އިބޫ ވައްޓާލާނެ.. އޭރުން އަނެއްކާ އޭރުން އެމްޑީޕީ ސަރުކާރުގަ ތިބި ކޮރަޕްޓް އެންމެން ތިބޭނެ ތަންމަތިބޮނޑި ބަނދެގެން..

  16. ދިވެހިރަތްލޭ

    ޢަދިވެސް ބުނެލާހިތްއޮތީ ހަޖަމުނުކުރެވޭ ބަޔަކަށް ހަޖަމުނުކުރެވުނަސް މިއަދުގެ ރައީސް 'ރައީސް ޔާމީން އަށް ފަޚުރާއެކު ސެލިއުޓްކުރަން. ޢެންމެފަހުވަގުތުގަވެސް ފެނިގެދިޔައީ ރިވެތިއަޚްލާގީ ނަމޫނާމިސާލް. ޝުކުރިއްޔާ ރައީސްޔާމީން.

  17. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވެ، އުފުލަންޖެހޭ ޒިންމާތައް އުފުލަން އެއްބަސްވާނަމަ، ފިލައިގެން ނުދާނެއެވެ.

  18. ބޮޑުބެ

    ރައީސް ޔާމީނަށް ޝުކުރިއްޔާ ދިވެހި ޤައުމާ ދީން ދެކެ ލޯބިވާ ރައްޔިތެއްގެ ހައިސިއްޔަތުން. ބަޔަކު ކުށްވެރިންގެ ހައްގުގައި ގައުމު ވިއްކާލިއެއްކަމަކު އަހަރުމެން މިތިބީ ރައީސް ތިގޮތުގާ ތިބިހާ ހިނދަކު ރައީސާއެކު އިސްތިޢްމާރީ ބާރުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ތައްޔާރަށް. ބަދަލު ނުވާތި. ނޯ ކޮމްޕްރޮމިސް ޕްލީޒް.

  19. ހޮރު

    ކޮންހާ ހާސަރުތަކެއް ދަމާކަށް. ރާއްޖެ ދޫކޮށް ދެވޭނީ ޖަލުން ކޮއްތު ކައިގެން. ޕީ.ޕީ އެމްއޭ ކިޔާނެކަމެއްނެތް. އެޕާޓީގެ ވެރިން ވަރަށް އަވަހަށް އެ ޕާޓީއާ ޙަވާލުވާނެ. އިންޝާ ﷲ. ޕާޓީ ފޭރިގަނެގެން އަދިވެސް އަންބޮޑިތެރޭ ގެންގުޅެވޭނެކަމަށްތަ ހީކުރީ. ލަދުހަޔާތް ކޮބާ؟