ރެއާއި މިއަދު މާލޭގައި އިދިކޮޅު ފަރާތްތަކުން ހިންގަން މަސައްކަތް ކުރި ހަމަނުޖެހުން ފުލުހުންގެ ހުށިޔާރު ކަމާއިއެކު ހުއްޓުވައިފިއެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ގައުމުގައި މިހާރު އޮތް ހަމަޖެހުން ނަގާލައި ވެރިކަން ކުރާރަށް މާލޭގައި ބޮޑެތި ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ދުރާލައި ޕްލެއިން ތަކެއްކޮށްފައެވެ. ރާއްޖޭގެ އެތަކެއް ރައްޔިތުން ދިރިއުޅެމުންދާ ފުރަމާލޭގައި ހުޅުޖަހައި މީހުންގެ ގެދޮރަށް ގެއްލުންދީ ހަމަޖެހުން ނަގާލުމަށް ރޭވިރޭވުން ފަޅާއަރުވައި އެކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ރެއާއި މިއަދު މާލޭގައި ބޮޑެތި ޖަމަނުޖެހުންތަކެއް ރާވައި ނުރައްކާތެރި ކަންތައްތަކެއް ކުރުމަށް ބަޔަކު ރާވަމުންދާ ކަމަށެވެ. އަދި މިކަންކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މިކަން ކުރުމަށްޓަކައި ބައެއް ފަރާތްތަކަށް ފައިސާ ހުށަހަޅައި ހިއްވަރު ދިނުމުގެ ކަންކަން ކޮށްފައިވާކަމަށްވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

މާލެއާއި ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށް ފުލުހުން ކުރައްވާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ މިފަދަ ކަންކަން ކުރުމުގައި ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވާކަމެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ކަމުގައި ވީނަމަވެސް އަދި ކޮންމެ ބަޔަކަކު ވެރިކަމަށް އައިނަމަވެސް ގައުމުގައި ހަމަޖެހުން ނެތްނަމަ ރައްކާތެރިކަމެއްވެސް ނޯންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. މަރިއްތަ

  ވެރިކަމައިގެން ހޭބަލިވުމުގެ އިތުރަށް ރިޝްވަތަށް ޚަރަދު ކުރި ފައިސާތައްވެސް ގެއްލުނީމަ މިހާރު އެތިބީ ބުއްދިފިލާގޮސް. މިހާރު އަމިއްލަގައިގަ ރޯކުރެވުނަށް އެބައިމީހުނަށް ނޭނގޭނެ.

 2. ބަޑި ނަވާޒު

  ހެކި ނެތި ވާހަކަ ނުދާއްކާ

  • ޚާލިދު ވަޙީދު

   ހެކި ހުރީމަ އެކަން މީޑިއާގަ ހާމަކުރީ.

 3. ބޮބީ

  ކަލޭމެން ކޮން ވާހަކައެއް ދައްކާކަށް އިދިކޮޅު މީހުން ނޫޅޭ މޮޔަވެގެންނެއް. ބަޔަކު ހައްޔަރު ކޮށްލަން ވީމަ ކޮންމެސް ބަހަނާއެއް ދައްކަން ވާނެތާ ދޯ

 4. މުހައްމަދު

  ތިޔަ އިސްކޮށް އުޅޭ ބަޔެއްގެ ނަންވެސް ފޮޓޯވެސް އާންމު ކޮށްދީބަލަ.......

 5. ޙދ

  މީހަކު މަރަން އުޅޭ މައުލޫމާތެއް ދުވަހަކު ނުލިބެ

 6. ޭއުމަރު

  އަމިއްލަ ޖީބު ބޮޑުކުރަންވެގެން މިސްކިތްހުޅުޖެހިމީހުންހެން ތިބާމެން އުޅޭފާޑު

 7. ޗިއްލޫ

  މިގައުމުގަ ހިގާ ހުރިހާނުބައި ކަމެއްކޮށް އަދި ކުރުވާ ބަޔަކީ ސިޔާވެގެން އުޅޭއާލާތްގަނޑު!!!

 8. އަންބްރޭކެބްލް

  ލެކިއުޓް މާޖިދު ހައްޔަރު ކޮށްފިނަމަ އެހައްޔަރު ކުރާނީ އެއީ އޭނާ ހައްޔަރު ކުރަން ޖެހޭ ފަދަ ކަމެއް ކުރުމުންނޭ އެކަން އެ އިނގެނީ ނޫންތޭ ޕޮލިހުންގެ ނޫސް ކޮންފަރެންސް އިން ވެސް. މަމެން ޕިންކީންގެ ވެރިކަަމަކީ އެއީ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ސަރުކާރެކޭ މަމެންގެ ސަރުކާރު ނުވެއްޓޭނެއޭ އެމެން ކިތަންމެ ބޭނުން ވިނަމަ ވެސް ސަބަބަކީ މަމެންގެ ސަރުކާރަކީ އެއީ ހަލާލު ވޯޓް ހޯދައިގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށްވާތީއޭ އެމެން ރަންރީނދުލޭ މެންގެ ވެރިކަން ވެއްޓުނީ އެއީ އެމެން ދަނަހަލާލު ވޯޓް ހޯދައިގެން ވެރިކަމަށް ފާވުމުންނޭ. މަމެން މީ އަންބްރޭކެބުލް އޭ. ނައު އައި އޭމް ޖަސްޓް ވޮންޑަރިންގް ވައި ޔޫ ތިންކް ދެޓް ޔޫ ކޭން ޓޮޕްލް އަވަރ ސަރުކާރު ޔޫ ކާންޓް ގެޓް ޓު މީ ވިދް އެނީތިންގް. ވީ ވޮންޓް ލެޓް ޔޫ ޑޫ އިޓް ޔޫ ވިލް ނެވަރ ބްރޭކް މީ ބިކޮޒް ވީއާރ އަންބްރޭކެބްލް. އާއު އަންބްރޭކެބްލް އަންބްރޭކެބްލް އަންބްރޭކެބްލް ޑާންސް ޑާންސް ޑާންސް..

 9. Anonymous

  މިއީހަމަ މިސަރުކާރުން ކުޅުވާ ޑްރާމާތައް

 10. ޙުމައިރާ

  ދިވެހި އެންމެހާ ރައްޔިތުންނޭވެ! ދިވެހިރާއްޖޭގެ އަމަނަށް ގެއްލުންދީ ޝައިޠާނީ ޢަމަލުައް ހިންގުމުގައި ރެޔާދުވާލު މަސައްކަތްކުރަމުންއަންނަ އެމްޑީޕީ އޭ ކިޔާ ބައިގަނޑާ އިބުރެމެން ދުރުވެގަންނާށެވެ! މާތްﷲގެ ކޯފާޔާ ޢަޒާބަށް ބިރުވެތިވާށެވެ! މުސްލިމު ވެރިޔަކު އިސްލާމްދީނާ ފާޅުގައި ދެކޮޅުނުހަދާހަހިދަކު އެވެރިޔާގެ ޢައިބުތައްކިޔާ ދެކޮޅަށް ނުކުތުމަކީ ބޮޑުވެގެންވާ ޙަރާމްކަމެކެވެ. މިކަން ކުރާމީހުނަށް އާޚިރުގަ ހުރީ ގެއްލުމަ ޙަލާކާ ފަޟީޙަތެވެ. މި މަންޒަރުތައް މެދުނުކެނޑި އެދަނީ ފެންނަމުންނެވެ. ވިސްނާ ފިކުރު ކުރާށެވެ!

 11. ނަރީމަ

  ސާބަހޭ ފުލުހުން.

 12. މަސޮރު

  ކޮބާ ހެކި؟ ހުރިހާ އެންމެންވެސް ހައްޔަރު ކުރީ ޤައިރު ޤާނޫނީ ކުއްލި ހާލަތުގެ ދަށުން... މި ކޮމެންޓް ނުޖަހާނެ ކަލޭމެން... އެއީ ނޫސް ބަންދު ކޮށްފާނެ ކަމުގެ ބިރަށް

 13. އަލްޖިބްރާ

  ތިޔައީ މުޅިން ހަދަހަދައިގެން ދައްކާ ބުހުތާންވާހަކަ ؟ ކަލޭމެނަކީ މިހާރު ވަކިމީހެއްގެ އޯޑަރަށް ދޮގުޚަބަރު ފެތުރުމަގަވެސް އެއްވަނަ ! އެމް.ޑީ.ޕީގެ މީހެއްވެޖެނަމަ ކޮންމެފަދަ ބޮޑު ދޮގު ތުހުމަތެއް އެމީހާގެ ބޮލުގައި އަޅުވާފަނަމަވެސް ހައްޔަރުކުރަން އެންގީމާ ހިފާހައްޔަރު ކުރަނީ !ބަޔަކު ނުވަތަ މީހަކު ކުރަން އުޅުނު އެއްވެސް ކަމެއް ކަލޭމެނަކަށް ބުނެއެއް ނުދެވޭ ! މުޅިން ތުހުމަތު ! ކަލޭމެން ހޯދި ބުރުގާއާއި ކަޅުފޮށްޓާއި ރާއްޖޭންބޭރުން ހޯދި ފައިސާތަކަށް ވީކިހިނެއްތަ ؟ ވަގަށްތެޔޮވިއްކި ބޯޓަށް ވީކިނެއްތަ ؟ ތިޔައީ ހަމަ ބިރުދައްކަން ކުޅޭ ކުޅިގަޑެއް ! ހަދާން ކުރާތިި ! ސައްހަވޯޓެއް ލައިގެން ބަލިވާދުވަހު ތިއެންމެން ހިފާ ހައްޔަރު ކުރާނެ !

 14. އެއްމެން

  ފުލުހުން މިގައުމުގައި ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ފައްފަށުން ޝުކުރުވެރިވަން. މިގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް ހިއްވަރުދީ ހަދަނީ ސިޔާސީ މީހުންގެ އަވައިގަ ޖެހިގެން އެމީހުންގެ ފަހަތުގައި އުޅޭމީހުން. މިކަމާ ހައިރާންވެ ދެރެވުމުގެ ބެނުމެއް ނެތް. ހަމަޖެހުން ނަގާލަން މަސައްކަތް ކޮށް އެކަމަށް ހިތވަރު ދޭ މީހުން ދެނެގަނެ އެމީހުން ސައިޒު ކުރުމަކީ ކުރަން ވެއްޖެ ކަމެއް.

 15. މަރްޔަމް

  ރ.ޓީވީން އިސްލާމީ ގައުމެއްގެ ވެރިންނާ ގުޅުވައިގެން، ފިރުއައުނާ ހާމާނާއި އިލާހުކަމަށް ދައުވާ ކުރި މީހަކާ އިސްލާމީ ގައުމުގެ ހާކިމާއާ އެއްވަރުކޮށްގެން އެފަތުރާ އެއްޗެހި މި ބްރޯޑް ކޮމްއިން ނުބަލަނީތަ؟ މިއަށްވުރެ ފިތުނަ ވެރި ޝައިތާނީ ކަމެއް ބަޔަކު ނުކުރާނެ. އެކަން ހުއްޓުވަންޖެހޭނެ. ގައުމުގެ މުސްލިމުންގެ ތެރޭ އެފަތުރަނީ، އިންސާނުން ހީވެސް ނުކުރާވަރުގެ ނުބައި ނުލަފާ ހިޔާލު. ﷲ އަށް ބިރުވެތި ވުމެއްނުވާ ލާދީނީ ޓީވީއަކުން އެކުރާ ކަންކަން ހަމަ މިހާރުން މިހާރަށް ހުއްޓުވާ. ގައުމު އެހަލާކުކުރަނީ.

  • ދިވެހިދަރިއެއް

   ވަރަށް ރަނގަޅު ވާހަކައެއް.

 16. ބާބޫ ނާޒް

  ވެރިކަމައިގެން ހޭބަލި ވެގެން ރިސްވަތަށް ދެވުނު ލާރިކޮޅު މިހާރު ތާކުން ތާކު ނުޖެހި ހުލިވީ ދެންބުނެވޭނީ ކަތިވަޅިގެއްލި މަރިޔަނބުވެސް ގެއްލުނިއްޔޭ ހުރިހިތާމައެއްގެ ބޮޑުކަމާއޭ!!!!!

 17. ޙަންފސސަހ

  ތިހެން ބުނާއިރު ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ގާނޫނަށް ސިފައިންތަބާވާން ޖެހޭނެތާ ކީއްވެ ނުވަނީ މިއަށްޖަވާބުދީބަލަ

 18. ޝާނާ

  ވެރިކަމާ ހެދި މޮޔަވެގެންގޮސް ފަޅު ރަށަކުން ވެރިކަން ހޯދާ

 19. ސީނު

  ބޮޑު އެއްވުމޯ ޗީޗީޗީ...

 20. ފްރީ މައުމޫން

  ހެހެ ހުޅުޖެހުމަށް ރޭވީ ސަރުކާރު ހިންގާ ޕާރޓީ ނޫންބާ ؟ ކޮބާ އިންޓެލިޖެންސް ކިތާބީ ހެކި؟ ހެކި ނައްތާލީދޯ އާން އެވާނީ ހެކީގައި ކަމަށް ހުޅުޖެހީ...ކީއްވެބާ ޒިނޭ ކޮއްފާނެތީ ހައްޔަރު ނުކުރީ..

 21. ހަންކެނޑި

  ޤާާސިމަށް ދެންވާނީ ދެ މީދާ ފެހި ބުޅަލަށް ވީވަރު

 22. ހަންކެނޑި

  ޥެރިކަމާ ހެދި އުޅުނަސް ތީ ބޮޑުވަރު