ބަންދާ މެދު ގޮތެއް ނިންމުމަށް ޖަލަށްލާފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

މި ދެ ބޭފުޅުން ކޯޓަށް ހާޒިރުކުރާއިރު ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި މައްސަލައިގައި މި ދެ ބޭފުޅުންގެ މައްޗަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އަބްދުﷲ ސައީދު އާއި އަލީ ހަމީދު އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބަންދާ މެދުވެސް ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެނައުމަށް ވަނީ ނިންމާފައެވެ.

އަރީފް އާއި އިލްހާމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މި ދެ ބޭފުޅުން ހައްޔަރުކުރީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. ކޯޓުން މީގެކުރިން ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން މި ދެ ބޭފުޅުން ވެސް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

މި ހަތަރު ބޭފުޅުންގެ އިތުރުން ވެސް ޖަލަށްލާފައިވާ ސިޔާސީ އެކި ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެނައުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮައްޔާ

    ތިދެމީހުން ވެސް ދެން ހުދު ކާފޫރު ކޮޅަކަށްވާނެ. ދެން އަންނަ ވެރިކަމުގައި އަނެއްކާވެސް ފަނޑިޔާރުކަން ލިބުމަކީ ދުރުކަމެއްނޫން. މިހާރު އެއްކަލަ ބުނި އޮރިޔާން ފިލްމެއްވެސް ނޯންނާނެ. މިއީ މިރާއްޖޭގެ ސިޔާސީ ސިސްޓަމް ބިނާވެފައި އޮތްގޮތް.

    • ނިޔާޒް

      ދެން ހޭރޭ އާލާއިވަރު. ބޭނުން މީހަކު ފަނޑިޔާރައް ލާނީ.

  2. Kamaal

    ބޮޑެތި މުޖުރިމުން މިނިވަން ކުރާއިރު ޖަލުތަކުގައި ތިބި އެހެންމީހުންގެ ހައްގުތައަ ކޮބައިތޯ؟

  3. ާއަލިބެ

    ތިޔަ އީ ދޫކޮށްލަން ވާނެ ބައެއް ނޫނެވެ.

  4. 3ނިރު

    ޢިބޫގެ ސަރުކާރުގަ އެމީހުން ވާނީ ހުދު ކަފަ ކޮޅަ ކަށްނު އެމީހުންގެ ބަހަށްވިއްޔަ ފަނޑިޔާ ރުން އެ އަމުރެއް ނެރުނީ

  5. ެެއެއްކަލަ މީހާ

    އެމްޑީޕީ އަށް ތާާޢީދު ކުރަން ފެށުމާ އެކީ އެމީހަކު ކޮށްފަ ހުރި ކަމަށް އެމް ޑީ ޕީ އިން ދަޢުވާ ކުރާ ހުރިހާ ކުށެއް އެއީ ނުކުރާ ކުށެއް ކަމަށް ވާނެ ކަމަށް އެމީހުންގެ މެނިފެސްޓޯގަ ލިޔެލާފަ ބަާއްވަން މަ ވަރަށް ތާޢީދު ކުރަން އޭރުން ކޮންމެ މީހަކު ވެސް ކުށް ކުރުމުގެ ހިއްވަރު މިހާރަށް ވުރެ ބޮޑަށް ލިބިގެން ދާނެ ައަދި އެމްޑީޕީ އަށް ތާޢީދު ކުރާ މީހުން މިހާރަށް ވުރެ އިތުރުވެ ބިރަކާ ނުލައި ކުށް ކުރުން ޢާއްމު ވެދާނެ

  6. ނިޔާސާ

    އަދި ވެސް ބުނަން ވީތަ ކޯޓު ތައް މިނިވަނޭ.

  7. ބޭސް

    މިހާރުއްސުރެން މިއަޅަން ފެށީ ނުބައި ފިޔަވަޅުތައް!! މިއީ ބަލައިގަނެވޭ ވަރުގެ ކަމެއްނޫން!!! ކުށްކޮށްފައި ޝަރީއަތައް ސާބިތުވެ ޙުކުމްކޮށްފައި ތިބި ބަޔަކު ހުދު ކާފޫރުކޮޅަކަށް ހަދާ ދޫކުރަމުން މިދަނީ!! މީގެ ހިތިރަހަލާނެ!!!

  8. ސުލައިމާން

    ޢަދުލުވެރިކަން ބޮޑުވެ މިހިރަ ކޮޅުންލަނީ! ދާދި އިހަކަށްދުވަހު ޙުކުމްކޮށްފަތިބި ދެ ޚާއިނުން މިއީ! ބިލިޔަންރުފިޔާ ބެހުމުގެއިތުރުން އައްޑޫމީހުނަށް މި ވަޢުދުވެގެންކަންނޭގެ އައްޑޫ ގަނެލީ!

  9. ބަކުުުޖު

    އިންނާލިއްލާހި ވައިންނާއިލަހި ރާޖިއޫން.

  10. އަހުމަދު

    މި މީހުން ދޫކޮށްލަަންޏާ ޖަލުގަ ދެން ތިބި ނިކަނެތި ރައްޔިތުންވެސް ދަުކޮށްލަންޖެހޭނެ، މީ އިންސާފެއް ނޫން،
    ކުށްކުރީމަ މޮޅެތި މީހުން ދޫކޮށްލާފަ، ނިކަމެތިން ޖަލަށްލުމުގެ ސިޔާސަތު އަނެއްކާވެސް ފެއްޓުނީ،
    މިކަހަ ބަޔަކަށް ވެރިކަން ހަވާލުވީމާ ކޯޓްތައްވެސް އިންސާފު ނުވާނެކަން މީގޭން އެނގެނީ.