ޤާނޫނީ ހަމަތަކުގެ މަތިން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ބޭރަށް ހިންގަމުންދާ ކަމަށް އޭނާގެ ޤާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.

މަހުފޫޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިދިޔަ ހަފްތާއިން ފެށިގެން ނަދީމް ދަނީ ބޭރަށްހިންގަމުން ކަމަށާއި ނަމަވެސް ސާފުފެން އޭނާ އަށް ނުލިބޭ ކަމަށެވެ. ސާފު ފެން ފޯރުކޮށްދިނުމަށް އެދުމުންވެސް މިއަދާއި ހަމައަށް ވެސް ސާފުފެން ނުލިބިފައިވާ ކަމަށް މަހުފޫޒް ވިދާޅުވެފައި ވެއެވެ.

އިތުރަށް މަހުފޫޒް ވިދާޅުވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކުރި ފަހުން ނަދީމްގެ މައްޗަށް ކުރާ ތުހުމަތާއި ގުޅޭ އެއްވެސް ސުވާލެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށާއި މިކަމުގައި ޒިންމާވާ ހުރިހާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް ނަދީމްގެ އަނބިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ ނަދީމަށް އަވަހަށް ފަރުވާއެއް ބޭނުންވާ ކަމަށާއި ސާފު ފެން ފޯރުކޮށްދިނުމަށް އެދި ޓްވީޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޒަބީ

    ނަދީމަށްދެނީ ނުސާފުފެން އެހެންމީހުނަށް އެހެންމީހުނަށްދެނީ ސާފުފެން އެހެންޥީމާތާ އެމީހުން ބޭރަށްނުހިންގަނީ.

  2. ޖޮއްބެ

    ޖަލަކީ 5 ތަރީގެ ޚިދުމަތް ދޭ ތަނެއް ނޫނެވެ.

  3. ހުސެން

    ބަލަގަ ތިތާއޮތްއިރު މަވެސް ބުއީހަމަތިފެން. އޭރު ނަދީމުގެ ބަފާބެޔައްނުވިސްނޭތަ މަވެސްމީ އިންސާނެއްކަން. ތިމާމީހާއާ ދަރިންނާ ދަބިދަރިން ތިފެންބޯންޖެހުނީމަތަ އެއްޗެއްވިސްނުނީ. ޓެކްސްލާރިން ތިމީހުންލިބެންޖޭ މިންވަރައްވުރެ އިތުރައްވެސް ތިކުއްވެރިންނައް އެބަހަރަދުކުރޭ. ތިވަރުންވިއްޔާވީ އިތުރައް ހަރަދެއްނުކުރެވޭނެ.

  4. ގޮނޑިކޮއްކޮ

    ތިކަހަލަ ބައްޔަށް ކިޔަނީ ޖަލުބައްޔެވެ. ރިސާޗްތަކުން ދައްކާފައިވާ ގޮތުގައި ތިބަލި ފަސޭހަކުރެވެނީ ދޮންކުއްޖަކު ލައްވާ ގޮނޑިދުއްވައިގެންނެވެ. މިފަރުވާ ރާއްޖެއިން ލިބެންނުހުންނާތީވެ މިހާރުވެސް ބައެއް މީހުން ހުއްބުލްވަޠަން ދޫކޮށް އިނގިރޭސިވިލާތަށް ހިޖުރަކޮށްފިއެވެ.

  5. އަޙްމަދް

    މައުމޫނުގެ ދިގު30 އަހަރުވެރިކަމުގައި ރައްޔިތުން ބޭރަށް ހިނގީ....ސަލާން ޖަހަން ގޮސްތިބެނީ މައުމޫނާއި މައުމޫނެގެ އާއިލާ އުޅުއްވާ ގަނޑުވަރުގަ ފާރުބުޑުގައި!
    ކުޑަދުވަސް ކޮޅަކު ކަލޭމެނގެ މީހަކު ބޭރަށް ހި ންގާހެން ހީވެލާއިރަށް ވަރަށް އސަރުކޮއްފިދޯ. އެދުވަހު ރައްޔިތުންގެ އިހްސާސްތައް ކޮބާ؟؟؟؟

  6. މީރާ

    އެބޯން ބޭނުންވާ ޒާތުގެ ފެނެއް ޖަލުން ލިބެން ނުހުންނާނެ ކަން މިބުނާ މނފގ މަހުފޫޒުއަށް އެނގި ހުރެމެ ނުއެނގުނު ހިނދެވެ. މިކަހަލައި ވަކާލާތުން؟

  7. Anonymous

    ކަނބުލޮގެ ބައްޕާފުޅު ވެރިކަމުގެ ހުންނެވި ދުވަސްވަރު ޖސލުގަތިބި މީހުންނަށްދިނީ ޒަމްޒަމް ފެނާއި މިނަރަލް ވޯޓާ ތަ؟؟ މިހާރުގެ ގައިދީންނަށް ޒަމްޒަމް ފެން ދޭންޖެހެނީ؟؟

  8. އަހަންމާ

    ޖަލައްދާއިރު އެގޭނެ ގަނޑުވަރުގަ ނޫންކަން މިއުޅެވެނީ

  9. ހުސޭނުބެ

    ކުށްވެރިވެގެން ޖަލަށްލީމަ ސިޔާސީ މީހުންނޭ މިކިޔާ ބައިގަޑަށް މިވާގޮތެއް ނޭގޭ!! ބޭރަށް ހިންގާނެ!! ލޯ އަނދިރި ވާނެ!! މައިބަދަ ގުޑާނެ!! ހޫނުވާނެ!! ފަންކާއެއްނެތޭ ބުނާނެ!! ނިދަންޖެހެނީ އައްޓެއްގައި ކުނަލެއް އަޅައިގެންނޭ ބުނާނެ!! ސަހާދަށް މިއޮތީ ވާކަމެއް!! މުޅިންވެސް ޖައްސާ ސްޓަންޓް!! އެކަހަލަ ސްޓަންޓް ޖައްސައިގެން ދެ މީހަކު މިހާރުވެސް ވަނީ ބޭރަށްގޮސް ފިލާފަ!! އެއީ ރައިސް ނަޝީދާ ގާސިމް އިބްރާހިމް!! ދެން އެފުރުސަތެއް ނުދެވޭނެ!! މިހާރު މިރާއްޖޭން ލިބޭނެ ހުރިހާ ފަރުވާއެއް!! އެހެރީ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް ހުޅުވާފަ ހުޅުމާލޭގަ!! ޓްރީޓޮފް ހޮސްޕިޓަލް!!

  10. ހުސޭނުބޭ

    މި މީހުނަށް ޖަލުގައި ތިބުމުގެ ސަބަބުން އެބޯލާ ނުޖެހޭތަ؟ އޭޑްސް ނުޖެހޭތަ؟