ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބަންދުތަކުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަަމަށްވާ އިލްހާމް އަހްމަދާއި، އަބްދުﷲ ސިނާނާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ހުރިހާ ބޭފުޅުން ވެސް ބަންދުން ދޫކޮށްލީ އެބޭފުޅުން ބަންދުން ދޫކޮށްލުމާއި މެދު އިއުތިރާޒެއް ނެތް ކަމަށް ފުލުހުން ސިޓީއަކުން ކްރިމިނަލް ކޯޓަށް އަންގަވާފައި ވާތީއެވެ.

ކޯޓުން ނިކުމެ ވަޑައިގެން އިލްހާމް ވިދާޅުވީ އޭނާ އާއި އޭނާގެ އާއިލާ އަށް މިއުފާވެރިކަން ލިބުނީ ރައްޔިތުންނާއި ހަތަރު ލީޑަރުން ކުރި މަސައްކަތުން ކަމަށެވެ. "ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ. ދޫނިދޫ ގޮޅީގައި ހޫނު ގަދަކަމުން ފާހާނާތެރެއަށް ފެން އަޅައިގެން ތިބީ. ޔާމީނާއި ޑީލް ހެދެން އޮތް. ޔާމީން ކުރި ކުށަކަށް އަބަދު ދޭން ޖެހޭނެ." އިލްހާމް ވިދާޅުވިއެވެ.

އިލްހާމް މިރޭ ކްރިމިނަލް ކޯޓުގެ ބޭރުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
އިލްހާމް މިރޭ ކްރިމިނަލް ކޯޓުގެ ބޭރުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ނަދީމް ވިދާޅުވީ މިރެއަކީ އުފާވެރި ރެއެއް ކަމަށާއި ނަމަވެސް އުފާވެރިކަމަށް ވަނީ ކޮންމެވެސް ވަރަކަށް ހިޔަނި އެޅިފައި ކަމަށެވެ. "އެއީ ރައީސް މައުމޫނާއި ފާރިސް އަނބުރާ ޖަލަށް ގެންދިއުމުން. އުއްމީދު ކުރަނީ މިއަނިޔާވެރިކަން އެއްކޮށް ނިމުން. އިބޫ އާއި ފައިސަލަށް މަރުޙަބާ ދަންނަވަން. އަދި އެކަމުގައި ހަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން." ނަދީމް ވިދާޅުވިއެވެ.

ނަދީމް މިރޭ ކްރިމިނަލް ކޯޓުގެ ބޭރުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ނަދީމް މިރޭ ކްރިމިނަލް ކޯޓުގެ ބޭރުގައި – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ނަދީމް، އިލްހާމް، ސިނާން އަދި އަރީފް ދޫކޮށްލަން ކޯޓުން ނިންމި ނަމަވެސް ރައީސް މައުމޫނާއި ފާރިސް މައުމޫން އަދި ދެފަނޑިޔާރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރި ހަސަން ސައީދު ދޫކޮށްނުލަން ވަނީ ނިންމާފައެވެ. އެއީ އެބޭފުޅުން ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިންގްފިޝަރ

    މިނިވަންވުމަކީ އަދި މިނިވަންކަންމަތީ ދެމިތިބުމަކީ އުފާވެރިކަމެއް އަދި ހިތްހަމަޖެހުމެއް. އެހެނަސް ގައުމަކަށް ހިތްހަމަޖެހިލެވޭނީ ރައްޔިތުންނަށް ހިތްހަމަޖެހިލެވިގެން. ފަރުދީ މިނިވަންކަން ލިބިގެން. ނަދީމްވެސް ބާރުވެރި ދުވަސްކޮޅުގައި ހިންގާފައިވާ އަމިއްލަ އެދުމުން ފޯވެފައިވާ ކަންކަމަކީ އެހެން ބައެއްގެ މިނިވަންކަން ގެއްލިފައިވާ ކަންކަން. ސިނާންގެ ބާރުވެރި ދުވަސްވަރު ރައްޔިތަކު ކަމަކަށް އެދުމުން ބޮޑު އަދަދުން ފައިސާ ނަގަމުން ދިޔައީ އެހެން ރައްޔިތެއްގެ މިނިވަންކަން ނަގާލަމުން. ބާރެއްލިބުނީމާ މަޖްލިސް މެމްބަެއްވިޔަސް ޅީދަރިއެއްވިޔަސް މަސައްކަތްކޮށްފައިވަނީ އަމިއްލަ ޖީބު ބޮޑުކޮށް އަމިއްލަ ފައިދާއަށްވުމަކީ ހިތާމަހުރިކަމެއް. އިލްހާމްއަކީ މަޖްލިސް މެމްބަރެއް. ޖަލު ހޫނުކަން އެނގޭ. ދެން ޖަލުގައި ތިބިމީހުނަށް ހޫނު ނުވާނެތޯ. މަޖްލިސް މެމްބަރެއްގެ ހައިސިއްޔަތުން އެކަން ނުކުރއްވީ ކީއްވެތޯ؟ އަޅުގަނޑު ބޭނުންވަނީ ޤައުމީ ލޯބި ލިބިގެން ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރާ ރައްޔިތުމީހާދެކެ ލޯބިވާ މެމްބަރުން މަޖްލިހަށް އިންތިޚާބު ކުރުމަށް. ރައްޔިތުން މިކަމާ ވިސްނާލާ.

    • ކަނަމާކަނަ

      ވަރަށް ރަގަލު ވާހަކައެއް. މަ ތިކަމާ އެއްބަސް

    • ބުހުތާން

      ދެން ޔާމީން ކުރީ ކީއް...ގުރުއާން ތަ ކިޔެވީ

  2. ހަމީދު

    މިނިވަން ކަމާއެކު ކޯޓު ތަކުގެ މަސައްކަތް ހިނގަން ފަށައިފި. އަލްޙަމްދުލިﷲ

  3. މުހައްމާ

    ސިނާނުގެ ވިސްނުމަށް ހަމަ މަރްހަބާ ކިޔަން. މީހަކު ގޯހެއް ހެދުމުން ތިމާ އެކަމުގެ ބަދަލު ހިފުމަކީ ރަނގަޅު މީހުންގެ ސިފައެއް!