ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުން މަޖިލީހުގެ މެންބަރު ފާރިސް މައުމޫން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ މިރޭ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ނިންމީ އެބޭފުޅުނަކީ އެކޯޓުން ޙުކުމެއް އިއްވާފައިވާ ބަޔަކަށް ވާތީ އެބޭފުޅުންގެ އަޑުއެހުން ކުރިއަށް ނުގެންދިއުމަށެވެ.

ރައީސް މައުމޫނާއި ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނާއި ފާރިސް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރީ މިނިވަންކުރުމާއި މެދު ގޮތެއް ނިންމާކަށް ނޫން ކަމަށެވެ.

"މިއަދު ހާޒިރު މިކުރީ ޙުކުމް ކުރުމުގެ ކުރިން އަޅުގަނޑުމެން އެބޭފުޅުންގެ ބަންދާއި މެދު ގޮތެއް ނިންމަން އެދުނު މައްސަލައިގައި. އެކަމާއި މެދު ގޮތެއް ނުނިންމުމުން ހިތާމަ ކުރަން." މައުމޫން ހަމީދު ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ފާރިސް ކަފާލާތުގެ ދަށުން ދޫކޮށްލުން އެދިވެސް ވަކީލުން ވަނީ މީގެ ކުރިން ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެމައްސަލައިގައި އަދި ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބޫ

    މަށަކީ މޮޔައެއްތަ އަހަރެމެންގެ ޕާރޓީން ހައްޔަރު ކުރަން ބޭނުން މީހުން މަގޭ ވެރިކަމެއްގައިދޫކުރަން

  2. މަށަކީވަގެއް

    މަށަށް އިނގޭ ދޫކޮށްލާފިއްޔާ އެގޮޅިހުސްވާނެކަން އޭރުން އެގޮޅިޔަށް ވައްދާނީ މަކަން މަށަށް އިގޭ މަމީމޮޔައެއްތަ

  3. އާރިފާ

    ޢަހަރެންހީކުރީ ފެބްރުއަރީ 1ގައ ހިފިކޭތައަށްވުރެ ބޮޑުކޭތައެއް މިރޭހިފާފާނެ ކަމަށް

  4. ޢަލީ

    ހީވޭކަމެއްހެން އެއީ އެމްޑީޕީ ބޭނުންވާގޮތް. ރާކަނިމަސްކެވިއްޖެ.

    • މަ

      އެއްބަސް.... ފެން ކައްކާ ބޮލީގެ ޢިއްޒަތް ދޭނީ... އެދުމެއް ނެތި ވެދުމެހ ނުކުރާނޭ ބުނެއެއްނު... ހޮވުނީމަ ދެން ބޭނުން ކެނޑިދާނެ މައުމޫނު ބެ ގެ...

  5. ބަޚުލޫލު

    ރަނގަޅު. ބެއްޔާ ނޫން އެންމެން ދޫކޮށްލާ. އޭރުން ހުންނާނެ ބޮޑު ހަނދުކޭތަ ރަނގަޅަށް ހިފާފަ.

  6. ޙިކުމަތް

    ޢެމް.ޑީ.ޕީ އިން މައުމޫން ޖަލަށްލާން އުޅެނިލެވުނު. ޢެމީހުން ބޭނުންވި ގޮތަށް ކޮއްކޯފުޅުގެ ވެރިކަމުގަ ބޭބޭފުޅު ޖަލަށްލާނެ ފުރުސަތެއް ފަހިކޮށް އެކަންކުރީ. ޢެމީހުން މައުމޫން ދޫކޮށްށެއްނުލާނެ ޙުކުމުގެ 1 ދުވަހެއް އޮތަސް. ޥަކީލުން ބޭނުންވިގޮތް ތީ. ޚޮންހަޑިއެއް ހާވަންތަ މިއުޅެނީ. ބޯހަލާކު. ޢެމް.ޑީ.ޕީ މިކުޅެލީ ސިޔާސީ ވަރުގަދަ ޑްރާމާއެއް. ކޮބާތަ އެއްކަލަ ލޯޔަރު ވައްޑޭ މައުމޫން އަހަށް ސަލާމަތްކޮޑްބަލަ.މުޅިން ލާރިއަށް ވިކޭބައެއް ތީ. ވަރަށްވާހަކަ

  7. ޢަހަސު

    މައުމޫން އެންޑީޕީ އަކާށް ހެވެއް ނޭދޭނެ

    • ސަންގުމަރުމަރު

      އެމްޑީޕީން މައުމޫނަކަށްވެސް ހެވެއް ނޭދޭނެ. މިހާރުން މިހާރަށް މައުމޫން އާއި އާއިލާގެ ބޭފުޅުން މިނިވަން ކުރަން ގޮވާލަން. ނޫނީ ކަލޭމެންވެސް ތަހުތުން ބާލަން ޖެހިދާނެ.

  8. އަހަންމާ

    މޑޕ މައުމޫނަކަށް ހެވެއްނޭދޭނެ 3މަސްނުވަނީސް ދުވަސްދުއްވާލާނެ

  9. ކައިސް

    ކުދިންނޭ ކެއްކޮށްލާ ބަލަންތިބޭ އެއުޅެނީ ކޭތަހިފަންފަށަން، މިފަހަރު ހިފާނީ ދެކޭތަ އެއްފަހަރާ، ހަވާއެއްނޫން
    މިފަހަރަކު އަރުވާނީ

  10. އައްޑޫސިޓީ

    އިބޫއަށް ވޯޓު ދެއްވި ނިކަމެތި ރައްޔިތުންގެ ދަރިން، ބަފައިން އަދި ފިރިން ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން.... އެމީހުންނަށް ވެސް ހައްޤު ހޯދައި ދިނުމަށް އެދި ދަންނަވަން.

  11. ސަންގުމަރުމަރު

    ހުންނާނީ ރާކަނި މަސް ކެވިފަ. ދެން ތިބޭ އަނގަ މައްޗަށް ޖަހައިގެން މައުމޫން މިނިވަން ވާނެ ދުވަހަކަށް ބަލަބަލަ، އެމްޑީޕީ ޤައުމާއި ދީން ސުންނާފަތި ކޮށްލަންދެން. ބަލަ ކަލޭމެން ނުދެކެންތަ ވޯޓު ކަރުދާސްކޮޅު. އޭގަ އޮތީ ޕީޕީއެމް އާއި އިއްތިހާދެކޭ ނޫން. އޭގަ އޮތީ ޕީޕީއެމް އާ އެމްޑީޕީ.
    ކުޑަދުވަސްކޮޅެއްގެ ތެރޭގަ އދާލަތު އާއި ޖޭޕީ ވެސް ޖެހޭނީ ގެއަށްދާން.
    ދެން އަތްޖަހާ ބާރަށް.

  12. ސަންގުމަރުމަރު

    އެމްޑީޕީގެ މާސްޓަރ ޕްލާން. މައުމޫނާއި އާއިލާ އަދި ޔާމީން ފުނޑާލުން. އެއިރުން ޔަހޫދޫންގެ އެޖެންޑާ މިޤައުމުގައި ފަތުރަން ފުރުޞަތު ލިބޭނީ އެބަގައަށް.

  13. ސަންގުމަރުމަރު

    1 އަހަރު ތެރޭ ކޭތަ ހިފަން ފަށާނެ.