ސުޕްރީމް ކޯޓުގެ ކުރީގެ ދެފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު ދޫކޮށްލުމާއި މެދު މިރޭ ގޮތެއް ނުނިންމާ، މިރޭ އެބޭފުޅުންގެ ބަންދާމެދު އަދި ވަކި ގޮތެއް ކަނޑަނާޅަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެއީ އެބޭފުޅުންނަކީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްތަކެއްގައި ތިއްބެވި ބޭފުޅުންތަކަކަށް ވާތީއެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ދޫކޮށްލުމާއި މެދު ގޮތެއް ނުނިންމަން ކްރިމިނަލް ކޯޓުން މިރޭ ނިންމީ އެބޭފުޅުން ކޯޓަށް ހާޒިރު ވެސް ކުރުމަށް ފަހު އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރު ކުރީ އާދަޔާއި ހިލާފު އަމުރެއް ސުޕްރީމް ކޯޓުން ނެރެ ކުށްވެރިންތަކެއް ވަގުތުން ދޫކޮށްލި މައްސަލައެއްގައެވެ. ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ވެފައިވާ ގޮތުގައި އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރުމަށް އެތައް މިލިއަން ރުފިޔާއެއްގެ ރިޝްވަތުގެ ފައިސާގައި ހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮރަކަލި

    ތިއީ ސުޕްރީމް ކޯޓުން ބަލާ ނިމިފައިވާ މައްސަލަ އެކެވެ. ޥީމާ ތި މައްސސލާގައި އެއްވެސް ބަހެއް ކްރިމިނަލް ކޯޓަކުން ނުބުނެވޭ ނެއެވެ.

    • އިބްރާ

      ކޮރަކަލި، އިބޫ ސަރުކާރުގެ ކަލޭވަންނަން ރަނގަޅުވާނެ ކްރިމިނަލްކޯޓަށް، ކުއްވެރިންނަށް ހުކުމްޖަހަން.

  2. ބޯގޯސް

    ތި 2 ފަނޑިޔާރުން މިނިވަން ކުރުމަކީ އިންސާފު ނަގާލުމެެވެ. އިންސާފު ދެމެހެއްޓުމެއް ނޫނެވެ. ތިއީ ޤައުމަށް ޣައްދާރުވެގެން ޖަލަށް ލެވުނު ބައެކެވެ. ޖަލުގައި ތިބި ހުރިހާ ކުށްވެރިން ދޫނުކުރަނީސް ތި މީހުން މިނިވަން ކުރުމަކީ ތަފާތު ކުރުމެކެވެ. އިންސާފު ހޯދައިދިނުމަކީ މީހުން މަގުމައްޗަށް ނެރެ އަޑުގަދަ ކުރުވުމެއް ނޫނެވެ. އަޑުގަދަ މީހާގެ ރުށް ގިނަވާނޭ އުސޫލުން މައްސަލަތައް ބަލާ އުޅުނު ޒަމާން އެއީ މާޒީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ޖަޒީރާ ޑްރާމާގެ ކެހިވެރި މަޅީގައި އަހަރެމެން މިތިބީ ބަނދެވިފައެވެ.

  3. އައްޑޫމީހާ

    ޖަޒީރާ ރާއްޖޭގައި މި ގެންގުޅެނީ ހާދަ ނާތަހުޒީބު ގޮތްގަނޑެކޭ.

  4. ހޭއަރާ

    ވޯޓްލައިގެން ވެރިކަން ބަދަލުވާއިރަށް، ކޯޓްތަކުންކުރި ޙުކުމްތަކާއި، އަމުރުތަށްވެސް ބަދަލުވަނީތަ؟ ތިޔަ ޙުކުމްތައް ކުރެވިފައި ތިހުރީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ޝަރުޢީ ކޯޓްތަކަކުން ނޫންތަ؟ މިފަހަރު ޖަލު ހުސްކުރާތި. ތިޔަތާގައި ތިބި ހުރިހާ ދިވެހިން ނެރޭތި. ހުރިހާ ދިވެހިންނަށްވެސް ޤާނޫން ހަމަހަމަ.

  5. މިންނާ

    ކުށް ސާބިތުނުވާ މީހުން އަދަބުން ބަރީއަވުމަކީ އިންސާފުކަމަށް ވިޔަސް ތިމަތިމާމެން އަމިއްލަ އަތުން މަޅީގަ ޖައްސާ ކުށް ކުރުވާފަ ދެން ކުށުގެ އަދަބުން ބަރީއަކުރުމަށް މަސައްކަތް ކުރުމަކީ އިންސާފު ހޯދައިދިނުމެއް ނޫނެވެ. ޚާއްޞަކޮށް ތިމާގެ އަމިއްލަ އެދުމެއް ހާސިލްކުރުމަށް އަނެކާއަށް މަންފާއެއް ހޯދައިދިނުމަށް މަސައްކަތަކުރުމަކީ ކޮރަޕްޝަން ހިންގުން ނޫން އެހެން ކޮންކަމެއް ހެއްޔެވެ.

  6. ާވ.އަވަސް

    އިންސާފާއި އޯގާތެރިކަމަކީ، ވީހާވެސް ގިނައިން ކުށްވެރިން ދޫކުރުން. މިކަމުގައި ކޯޓްތަކުގެ އެއްބާރުލުން ބޭނުން. ޑިމޮކްރަސީގައި، ކުއްވެރިންނެެއް ނުތިބޭނެ. ތިބޭނީ އިސްލާޙަށް މަސައްކަތްކުރާމީހުންނާއި، އިންސާފު ހޯދައިދޭން މަސައްކަތްކުރާމީހުން.

  7. އިބްރާހިމް

    ކޯލިޝަން ސަރުކާރެއްގައި ކަންތަށްތަށް ވާނެގޮތުގެ ނަމޫނާއެއް މިރޭފެނިގެން މިދަނީއެވެ. ހަޖަމްކުރާށެވެ. ހަލަބޮލިވެއްޓަކަށް އެދުނީވެސް ދިވެހިރައްޔިތުންނެވެ.

  8. ދޮންދީނި

    ދެންޔާމީނު ޖަލުގެ ކުޑަގޮޅީގައި އޮންނަތަން ފެންނާނެ ދުވަސް ވަރަށްކައިރި.

  9. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އިންތިޚާބީ ރައީސްގެ ޤާނޫނީ ދައުރު ފެށޭނީ، ހުވާކުރެއްވުމުންނެވެ. އެހެންނަމަވެސް، އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތްތައް މިހިނދުން މިހިނދަށް ކުރިއަށްދާނެއެވެ. މިގޮތުން، ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރުމަށްޓަކައި އިންތިޚާބީ ރައީސަށް އަދި އެމަނިކުފާނުގެ ނާއިބަށް އޮފީހަކާއި ބޭނުންވާ މުވައްޒަފުން ލިބޭނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

  10. Anonymous

    މިނިވަން

    މިހާރު ނުކުރިޔަސް ސަރުކާރު ބަދަލުވީމަ ހުރިހާސިޔާސީ ކުއްވެރިން މިނިވަންކުރާނަން

    ދެން ލަލަލަލަ

  11. ހަފްސާ

    މިތިބަ މީހުން ތިބިގޮތެއްދޯ. ހީވަނީ ފަޅައިގެންދާން ތައްޔާރުވެފައިތިބި ބޮތް ތަކެއްހެން. ރިބާކެވިފައި ހުރިވަރުން ތިޔަހަރަގެން ފެންނަނީ.

  12. ރައްޔިތުން

    ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް މުޠާލިޔާކޮށް ގޮތެއް ނިންމުމަށް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީމާ ސްޕްރީމް ކޯޓުން އެއަށް ގޮތެއްނިންމާނެ. ގަބޫލުކުރަނީ އެހުކުމް ބާޠިލުކޮށް އެމީހުންދޫކުރާނެ ކަމުގައި އެއީ އެކަމުގައި ކަންކުރަންވީ މަގު