އިދިކޮޅު ސިޔާސީ ޕާޓީތަކުން ލ. އަތޮޅުގައި މިއަދު ކުރިއަށްގެންދިޔަ އެއްވުމެއްގެ ތެރެއިން އެއަތޮޅު ކައުންސިލްގެ ރައީސް އާއި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މިއަދު އެ އަތޮޅުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ކުރުމަށް މަސައްކަތްކުރިއިރު، ލިންކް ރޯޑުން ސައިކަލުބުރެއް ވެސް ކުރިއަށްގެންދަން އުޅުނެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަނީ ލިންކްރޯޑުގެ ވަކި ހިސާބަކުން ބަންދުކޮށްފައެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އަމުރަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ބައެއް ފަރާތްތައް މީގެ ކުރިންވެސް ހައްޔަރުކޮށްފައި ވެއެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ގައުމުގައި މިހާރު އޮތް ހަމަޖެހުން ނަގާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުން ހިންގުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ދުރާލައި ޕްލެއިން ތަކެއްކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ ރެއާއި މިއަދު މާލޭގައި ބޮޑެތި ޖަމަނުޖެހުންތަކެއް ރާވައި ނުރައްކާތެރި ކަންތައްތަކެއް ކުރުމަށް ބަޔަކު ރާވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙުމައިރާ

    ޝައިޠާނުންނާ ތަބާވާ ޝައިޠާނުން ގިނަވާނެ! މިއީ ދުނިޔަ ފެށުނިއްސުރެ ކަން ހިނަގަމުން އަންނަ ގޮތް!

  2. ދީދީ ަަ

    ކިހިނެއް ވާނެބާމުޅިރާއްޖެ ޖަލަކައް ހަދާލަން، ހިލާލީގެނޫނީޔާމް، ލޮލް

  3. ދަވޭ

    އަލިފުދާލުގެ އިންސާނީ ހައްގު ތަކާއި ބެހޭ އޮފީހުގެ ބޮޑޭ މިހާރު އުޅޭ ގޮތުން މަމެންނަށް އިނގެއޭ އެމެން އެއުޅެނީ އެމެންގެ ކޮރަޕްޓް ލޯޑުން ތަކެއް ރާއްޖެ އަށް ފޮނުވައިގެން އދ. ގެ ކޫ އެއް ރާއްޖެ އަށް ގެނެސް ގެން ރާއްޖޭގެ ވެރިކަން އަލިފުދާލު މެދުވެރިކޮށް ބަގާވާތެއް ގެނެސްގެން ވައްޓާލާނެ ކަމަށް ހީކޮށް އޭ އެހެންވެގެން ނޭ އެމެން މާލެ އެ އަންނަނީ އެމެން މާލެ އައުމުން އެމެން ގެ ވަށައިގެން ޖެހޭނެއޭ މަމެން ޕިންކީންގެ ގާރޑުން ބައިތިއްބަން އަދި ފަޅު ތެރޭގައި އަޅާފައި އޮތް އައްޑޫ ބޯޓެއްގައި އެމެން ނިންދެވީމާ ހުންނާނީ ރަނގަޅަށޭ މަމެން ބުނަން ނެތީމުދޯ. މިރާއްޖެ އަށް އަލިފުދާލު މެދުވެރިކޮށް ބަގާވާތެއް ގެންނަން ވެގެންނޭ އެމެން އެއުޅެނީ އެކަން އެއްގޮތަކަށް ވެސް ވިޔަދީގެން ނުވާނެއޭ.

  4. ޑަޔަނާ

    އަލިފުދާލަކީ އެއީ ޑާރޓީ ޑަޔަނާ ޑާރޓީ ޑަޔަނާ އަކީ އެއީ ފައިސާ އަށް އަބުރު ވިއްކާލާ މީހުންނަށް މަމެން ކިޔާ ކަމެކޭ އަލިފުދާލަކީ އެއީ ޑާރޓީީ ޑަޔަނާ ޑާރޓީ ޑަޔަނާ އާއް ޑާރޓީ ޑަޔާނާ ގޯ އަވޭ އޯއް ޑާރޓީ ޑަޔަނާ ފެއްސެން އުޅޭ މިގައުމުގެ ކަންކަމާއި ނުބެހި އޯއް ޑާރޓީ ޑަޔަނާ ފެއްސެން އުޅޭ ފެއްސެން އުޅޭ ފެއްސެން އުޅޭ.

  5. ލައިފްލެސް

    ލ.އަތޮޅުގަވެސް ބޯގަޅިން އުޅޭދޯ މިހާރުވެސް.

  6. ޞިލާހު

    ޑެއުޅި އެއްނުވާ ކޮންމެމީހަކު މިކަހަލަ ގޮވުންތަކަށް އިޖާބަދޭނެ

  7. ލާމު

    ތި މުޒާހަރާ ކުރިވަގުތު އެތަނުން ދަތުރުކުރި އާމުންނަށް މުޒާހަރާކުރި ފަރާތްތަކުން ނުދެވޭނެކަމަށްބުނެ ގަޔަށް އަތްލާހެދުމަކީ މުޒާހަރާގެ މިނިވަންކަންތޯ. ކައުންސިލް ރައީސް ވެސް އާއްމު މީހެއްގެ ގަޔަށް އަތްލާ ނުދެވޭނެކަމަށް ބުނެ ހަމަނުޖެހުން ހިންގާފަ އޮތީ. ދެން ހައްޔަރުކުރީމަ އެހެން މީހުން ގޯސްކުރަން އުޅޭނެކަމެއްނެތް.