މުލީއާގެ އިން ނެރުނު އެއްޗެހީގެ ތެރޭގައި ޤާނޫނާއި ހިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވެއްޖެއެވެ.

މުއާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓްގެ ނަތީޖާ އާއި އެއްގޮތައް ވެރިކަން ހަވާލު ކުރެއްވުމުގެ މިމަރުހަލާގައި މުލީއާގެ އިން ގެންދާ ބައެއް ތަކެއްޗަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންފުޅު ކުރައްވާ ތަކެތި ކަމަށާއި އޭގެތެރޭގައި ޤާނޫނާއި ހިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށެވެ.

މުލީއާގެ އިން ނެރުނު ތަކެއްޗާއި ބެހޭ ގޮތުން ފަތުރަކީ ދޮގު ޚަބަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މުލީއާގެ ތެރެއިން ދެ ޕިކަޕެއްގައި އެއްޗެހި ތަކެއް ނެރެގެން، ލިލީމަގުގައި ހުންނަ މުލީއާގޭގެ ގަރާޖަށް ވެއްދުމުން އެސަރަހައްދަށް ބަޔަކު އެއްވެ މިރޭ ވަނީ އަޑުއުފުލާފައެވެ. އެއްވެފައިވާ މީހުން ޑިމާންޑު ކޮށްފައި ވަނީ ގަރާޖުތެރެއަށް ވެއްދި ސާމާނުތައް މީޑިއާ އަށް ދެއްކުމަށެވެ.

އެސްއޯ ފުލުހުން ރަޔަޓް ގިއަރުގައި ގަރާޖު ކައިރިއަށް އައިސް އެއްވި މީހުންތައް ވަނީ އެސަރަހައްދުން ފަހަތައް ޖައްސާފައެވެ. މިހާރު އެސަރަހައްދުގައި އެއްވެސް މީހަކު ނެތް ކަމަށް އެސަރަހައްދުގައި ތިބި "ވަގުތު" ގެ ނޫސްވެރިން ބުނެއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލުން ގަރާޖު ކައިރިއަށް ދިއުމުން އާންމު މީޑިއާތަކަށް ޕިކަޕްގައި ގެންދިޔަ ސާމާނުތައް ދައްކާނެ ކަމަށެވެ. ނަމަވެސް ފުލުހުން އެހެން ވިދާޅުވިތާ މިހާރު ގަޑިއެއްހާއިރު ވެފައި ވާއިރު އަދި އެތަކެތި މީޑީއާ އަށް ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އައްޑޫމީހާ

    ކުދިންނޭވެ. ދަހިވެތިނުވޭ. ޢެއީ ރާފުޅި ތަކެއްނޫނެވެ.

  2. ނޮހޮރޮއްޕާން

    މުލިއާގޭން ނެރޭހާ ކުންޏެއްވެސް ބަލަންޖެހޭތަ؟ ޢެއްކަލަ ކަންތައް ދެންމި ޖެހުނިއްޔޭ! ނިދުމާ ނުކުޅަދާނަ ވަރުވާނެ! ކޮންމެސް އެއްޗެކޭ ކިޔައިގެން ގައުމުގެ މަސްލަހަތު ނަގަލެވޭތޯ އަބަދުވެސް އުޅޭނީ....، ކުންޏޭ ކިޔައިގެންވެސް އެތަނަށް އެއްވެގެން މިދެން ކޮންކަމެއްތަ! ލިބުނު އުފަލައިގެން ގޭގަތިބީމަވީނު!

  3. ބަކުރު

    ތި އާލާތުންނާ ހެދި ކިހާބޮޑު އުނދަގުލެއްނު.

    ނަޝީދު މުލިއާގެ މިސްކިތް ތެރެއަށް ރާ ފުޅި

    ފޮރުވަން ލާފަ ހުއްޓަސް ޔާމީން ރާފުޅިއެއް

    ނާޅާނެ.އިބޫ ވެރިކަމަށް ތި އެރީ މީހުަން

    ގޮވައިގެން މުޒާހަރާ ކުރަންތަ؟

  4. ޚިޔަނި

    ޟިއީ ދެންކިހަ ބޮޑުވެއްޖެ ކަމެއް ތިޔަ ބޭފުޅުންނައް ވެރިކަން ލިބުނީމަ މައިތިރި ނުވެގެން ތިއުޅެނީ ކިހިނެއް ވެގެން މީހުން ބޮލުގަ އިލްޒާމް އަޅުވަނީ

  5. ހޫން

    މުލިއާގެ ގަރާޖުކައިރިޔަށް ތިޔަ އެއްވީ، ވެރިކަން ބަދަލުވާއިރު މުލިއާގެއިން ނެރެނީ ކޮންއެއްޗެއްކަން ނޭނގޭވަރުގެ ބައެއްތަ؟ ކުރީފަހަރަކުވެސް ހާދަވަރަކަށް ހުއްޓޯލަ ކުއެންޗްސް.

  6. ޑޫނި

    ނަސީދު ވެރިކަމުން ފޭބި އިރު މުލީއާގެ ނަމާދު ކުރާތަނުން ރާފުޅި ފެނުނަސް އިރާދަކުރެއްވިޔާ ޔާމީން އުޅުނު ތަނުން ރާފުޅިއެއް ނުފެން ނަނެ އަދި މިއުޅެނީ ވެރިކަމާ ހަވާލު ނުވެވިގެން މިހާރު މުޒާހަރާ ކުރަން ފެށީ މި ދެން ކިހާބޮޑުވެއްޖެ ކަމެއްތަ

  7. ދދދދ

    ދެން ކޮންމެހެން 2012 ފެބްރުވަރީގަ މުލިއާގެއިން ނެރުނު ރާ ފޮށިތަކާ ތިއާ އެއްވަރު ކުރަން އުޅޭނެ ކަމެއް ނެތް.

  8. ނުރަބޯ

    ހަމަ ޔަގީނުންވެސް އަންނި އިސްތިއުފާދިނީމަ އެތަނުގަ ހުރި އެއްޗެހި ހުސްކުރިއިރު ނެރުންހެން ރާފުޅިތަކެއް ނުހުންނާނެ ނެރޭކަށް.

  9. 2018 ކާފަބޭ

    ރާފޮށިތަކެއްނެރޭނެހެނެއްހިޔެއްނުވޭ

  10. Anonymous

    އެއްވެސް ބަޔަކަށް ދައްކާކަށްނުޖެހޭ، މިއާލާތުން ހީކުރިކަހަލަ މީނަމެންގެ ރޫހާނީ ލީޑަރުގެ ވެރިކަން ވެއްޓުނުދުވަހު، ނެރިފަދަ ރާފުޅި ކޭސްތަކާއި އެގަނޑުވަރުގެ ބައެއް ތަރިކަތަށްވެސް ބޭރުކޮށްގެން ގެންދަން އުޅުނީކަމަށް ، ރައީސު ޔާމީނަކީ އެއަށްވުރެ މާތް ބޭފުޅެއް

  11. ޑައިލޯގް

    ބަލަ އަންނި ވެއްޓުނު ދުވަހު މުލިއާގެއިން ފެނުނު ރާފުޅި ފެނޭތޯތަ ތިރީދޫކުދިން އުޅުނީ ބަލަ އެދުވަހު ޕިންކު ކުދިންނެއް ނޫނޭ ރާފުޅިތައް މުލިއާގެއިން ނެރުނީ ކަމާބެހޭ މީހުނޭ

  12. ޞިޔާން

    ވެރިކަން ހޯދަންވެސް ފިތުންވެރިކުރުން ، ވެރިކަމަށް އައިސްވެސް ފިތުނަވެރިކުރުން ، ވެރިކަމުން ފައިބާވެސް ފިތުނަވެރިކުރުން! އިމްތިޙާނާކުރިމަތިލާ ފާސްވޭތޯ ބެލުން މާ ރަގަޅުވާނެ! ތިޔަ ލިބުނު ވެރިކަމުން ދިވެހިން ޢިބްރަތްލިބިގަންނާނެ!

  13. އަލްޖިބްރާ

    ސަރުކާރުގެ ތަންތަނުގައި އަމިއްލަ ތަކެތި ބެހެއްޓޭނެ ޤާނޫނެއް ނޯންނާނެ !

  14. ހީވާގޮތް

    ޕީޕީއެމް ޕިންކީ މެން 96000 ކުދިންނެއް މުލިއާގެއިން ރާ ނެރޭކަށް ނޫޅޭނެ. ޕިންކީ ކުދިން މަގުމަތީ ތިވައްތަރަށް ތެޅޭކަށްވެސް ނޫޅޭނެ. މި ރީދޫ މީހުން ބަލވިނަމަ ތަންތާ ހުޅު ޖަހާ ކަންތަކެއް ހުންނާނެ. މޮޅުވީމަވެސް މުޒާހަރާ. މޮޅުވީމަވެސް އިންތިޚާބު އިންސާފުވެރިއެއް ނޫނޭ.. ގަމާރުވިޔަސް ބޮޑުވަރު ލާދީނީ އެމްޑީޕީ

  15. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ގޯހެއްވިއްޔާވާނީ ގޯހަކަށެވެ. ނުބައި ހީކުރުންތަކާއި ޝައްކާއި ވަހުމުތަކަކީ، މުލުންލުހެ އެއްލާލެވޭނެ އެއްޗެއްނޫނެވެ. ފާޅުވެގެންވާ ކަންތައްތަކުގައި ހިފައި ވަންހަނާވެގެންވާ ގޮތްތައް ދޫކޮށްލުން އޮވެއެވެ. މިއީ މައްސަލަ އުފައްދަންޖެހޭ ވަގުތެއްނޫނެވެ. މިވަގުތު މައްސަލައަކަށްފަހު މައްސަލައެއް ނެރެންވެއްޖެނަމަ އެކަންކަމުގެ ނޭދެވޭ އަސަރު އެންމެންނަށް ފޯރާނެއެވެ.