ދޯންޏަކަށް ކޭބަލް ރޯލްތަކެއް ބަރުކުރަން އުޅެނިކޮށް އެމްޕީއެލްގެ ކްރޭނެއް ފުރޮޅާލައިފިއެވެ.

އެމްޕީއެލް އިން ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ކޭބަލްތަކެއް ދޯންޏަކަށް ބަރުކުރަން އުޅެނިކޮށް ކްރޭނެއް އަރިއަޅާލާފައިވާ ކަމަށާއި މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މިހާދިސާ އާއި ބެހޭ މައުލޫމާތު ސާފުކުރަން ފުލުހުންނަށް ގުޅުމުން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަން

    ތިވާނީ ޔާމިނު ނުހޮވުނީމަ ކްރޭނު ރުޅި އައީ ކަމަށް