ޖެއްސުން ކުރުމާއި ފުރައްސާރަކުން ބަލައިގަންނާނީ ހެޔޮ ހިތަކާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިއްމޭޓެއްގެ ގޮތިގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގެންނެވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ޗާންސެލަރގެ މަގާމުގައި ހުންނެވި ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެއްސުން ކުރުމާއު ފުރައްސާރަ ބަލައިގަންނާނީ ހެޔޮ ހިތަކާއި އެކުގައި ކަމަށާއި އެފަދަ ކަންކަމަކީ ސިޔާސީ ދާއިރާގައި އުޅުއްވާއިރު ނުވެ ނުދާނެ ކަންކަން ކަމަށެވެ. އަދި އެފަދަ އަމަލުތަށް ހިންގާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"ޖެއްސުން ކުރުމާއި ފުރައްސާރަ ބަލައިގަންނާނީ ހެޔޮ ހިތަކުންނެވެ. އެކަންކަމަކީ މިބާވަތުގެ ސިޔާސީ ކަންކަންކަމުގައި ކުރިމަތިނުވެ ނުދާނެ ކަންކަމެެވެ. އެ އަމަލު ހިންގާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރަމެވެ." ޝަހީމްގެ ޕޯސްޓްގައިވެއެވެ.

ކެމްޕޭންގައި ރައްޔިތުންނާއި ގާތުން ބައްދަލުވެ އެކި އުމުރުގެ މީހުންގެ އިހްސާސްތަށް ދެނެގަނެވުމަކީ ހަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ރައީސް ޔާމީންގެ ކެމްޕޭންގައި ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރުމުން އޭނާ އާއި މެދުގައި ރައްޔިތުން ބެހެއްޓެވި ގާތްކަމާއި އޯގާތެރިކަމަށް ހިތުގެ ފުން މިނުން ޝުކުރު އަދާކުރާ ކަމުގައި ވެސް ޝަހީމް ވިދާޅުވިއެވެ.

އޭނާގެ އަމާޒަކަށްވެފައި އޮތީ ދިވެހިރާއްޖޭގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުގެ ތެރެއިން ވެރިންނާއި މުވައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމަށް ރައްޔިތުންގެ ވޮޓުން އިންތިހާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިފަދައިން ރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދެމެހެއްޓުމަށް މަސައްްކަތްކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޝްރޭ

    ރަނގަޅު... މިހާރު މި އޮތް ރީނދޫ ބައި ގަނޑަކީ ޖެއްސުން ކުރުމާއި ފުރައްސާރައިގެ ރޮނގުން މަތީ ތަޢުލީމް ޙާސިލް ކޮށްފައިވާ ބައެއް... ރައްޔިތުން ބަލަން ތިބޭ

    • ވިދުނާ

      ރައްޔިތުންގެ ޕިންކީ ޔާނު ކުރި ޖެއްސުން ވަކި ކުޑަ... ޚަމުގެ ދެކޮޅުބަލާ، ތެދުބަހުން ވާހަކަ ދެއްކުމަށް ނަސޭހަތްތެރިވަން..

      • ހޯހޯ

        ރީނދޫ ކުލައިގެ މީހުން އެކަނި ގެނައި ވެރިކަމަކަށް މިހާރު ވެއްޖެ އަދި މިއުޅެނީ ހުވާ ނުކޮށް
        ޔާމީން ވަރުގެ އަޚްލާޤު ރަނގަޅުވެރިއެއް ތިޔަ ޕާޓީއަކުން ނުނުރެވޭނެ، ކިތަންމެ ރަނގަޅު

        މީހަކު ރީނދޫކުލަ ޖެހުނަސް ޖަނަވާރުންގެ ފެންވަރަށް ވެއްޓޭނެ ހަޔާތް ކުޑަކަން އިންތިހާ

    • ނޫނޭ

      ހަމަ ރީނދޫ ބައިގަނޑު ހުރިހާ ގޮތަކުންްވެސް ދުއްތުރާ ބޮޑުވާނެ.އެމީހުންގެ ކަންތައްތަކުން އަޅަމެން ސަލާމަތް ކުރަޢްވާންދޭވެ

    • ޔެލޯ

      ޖެއްސުން ކުރުމާއި އުދަގުކުރުމަކީ އަޅުަގަނޑުމެން ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުންގެ އަނބިކަލުން ވަރަށް ކުޅަދާނަކޮށް ކުރައްވާ ކަމެއް ދިވެހި ރައްޔިތުން ހިތާ ރުހުމުން އެކަން ބޮޑުތަނުން ދައްކައިފި... ދެން ކިޔާނި އެއްޗެއްނެތް

  2. މަކުނުދޫ

    ސާބަހޭ ޝަހީމް. އަދި ކުރިޔަށްއޮތީ. ހިތްވަރުދޫނުކުރާތީ. މިތިބީ ޝަހީމާއެކު. ނަމަނަމަ އިސްލާމްދީނުގެ އަދުއްވުންގެ ފަހަތަށް އަރާ ވަޑައިނުގަންނަވާތީ.

  3. އެވްރީ

    ޖެއްސުން ކުރުމާއި ފުރައްސާރަކުރުން ބަލައިގަންނާނީ ހެޔޮ ހިތަކާއި އެކު ކަމަށް ޝަހީމް ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ އަދި މަމެން ޕިންކީން ނުޖެހެއޭ ހެޑް ޑައުން އާރމަރ ލޭޑައުން ކުރަން 53 ދުވަސް އަދި އަތުގައި އެބައޮތޭ ގާނޫނީ ގޮތުން މި ދުވަސް ތަކުގައި މަމެެން ޕިންކީން ކުރާ މަސައްކަތް އެއީ ވާނީ ގާނޫނީ މަސައްކަތް ތަކަށޭ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރާށޭ މިލިބުނު 53 ދުވަސް އެއީ ރަން 53 ދުވަސް އޭ މރ. ޕްރެޒިޑެންޓް ޑޯންޓް ލޭ ޔުއަރ އާރމަރ ޑައުން އެވްރީ މޫވް ޔޫ މޭކް އެވްރީ ސްޓެޕް ޔޫ ޓޭކް ވީ ވިލް ބީ ވިދް ޔޫ...

    • ކައިލްސް

      އަރަތެއްތަ މިއީ

  4. ޙަފްޞާ / މާލެ

    ޙަޤީޤަތުގައި އިންތިޚާބުނ ބޮޑު ކާމިޔާބީ ލިބުނީ ޔާމީންއަށެވެ. އެކަނި ގިނިކަންޏާ ނުކުމެ 96 ހާހަށްވުރެ ގިނަ ވޯޓްހޯދިއިއެވެ. އެއީ ޖުމްލަ ވޯޓުގެ 42 ޕަސެންޓެވެ. 5 މީހުން އެކުވެގެން މީހުންނަށް އެތަކެއް މިލިޔަނުން ރުފިޔާ ބަހައިގެންވެސް ލިބިފައިވަނީ 134616 ވޯޓެވެ. މީގެތެރެއިން އެމްޑީޕީއަށް 23 ޕަސެންޓެވެ. މައުމޫނަށް 12 ޕަސެންޓެވެ. އަދާލަތަށް 6 ޕަސެންޓެވެ. ޖޭޕީއަށް 9 ޕަސެންޓެވެ. އެމްޑީއޭއަށް 8 ޕަސެންޓެވެ. މި ޕަސެންޓްގެ ނިސްބަތުން މަޤާމުތައް ބަހައިގެން ހިމޭނުން އޮވެވޭނީ 3 މަސްދުވަހުއެވެ. އޭގެފަހުން އޮންނާނީ 5 މީހުން 5 މީހުންނާ މަރާމާރީ އެވެ. ކުޅިބަލަން ތިބޭނަމެވެ. ޔާމީންގެ އެންމެ ބޮޑު ތަރައްޤިގެ ތަޞައްވުރެއް ދެއްކި މާލެ ، އައްޑޫ ، ތިނަދޫ އިން ދޯކާ ނުދިންނަމަ ޔާމީން 65 ޕަސެންޓްވޯޓުން ކާމިޔަބުކުރީހެވެ.

    • އިންސާފު

      ކަނުވި ލޯތަކަށް ނުފެނުނަސް، އަނިވެރިކަމާއި، ކޮރަޕްޝަނާއި ފަސާދަ ބޮޑުވެ އަދި އަދުލު އިންސާފު ނެތިދިޔުމާއި، ބާރުތައް މުށުތެރެއަށްލާ ތިމާނޫން މީހަކު ނެތިގެން ބޮޑަކަމާއިއެކު އުޅުމުގެ ހިތި ފެނުނީއެވެ.. ދުނިޔެ ހިނގާމަގު ދަސްކުރާށެވެ..

      • ޢަލީ

        ތީ ބަޔަކުމީހުން އިންތިޚާބު ކާމިޔާބުކުރަން ޖެއްސި ސްޓަންޓް، އެހެންވެއްޖެއްޔާ ސާބިތުކުރަންވީނު، ތިއިން އެއްވެސް ކަމެއް ފެންނާކަން ނޯންނާނެ. އެމެރިކާމީހުންވެސް އިރާގު ހަލާކޮށްލަން ދެއްކީ ނިއުކުލއަޔ ކެމިކަލް ހަތިޔާރުހުރުކަމަށް އެހެންކިޔާ މުޅިދުނިޔެ ބިރުގަންނަވާލާފަ ސައްދާމުގެ ބޯކަނޑާލާފަ ކޯންޗެއް ފެނުނީ، ހެޔޮނުވާނެ، ރަނގަޅަށް ހިނގަހިނގާ ތަރައްޤީގެ މަސައްކަތް ހެސްކިޔާފަ ކުރިއަށް ދަނިކޮށް އެ ތަރައްޤީ ހުއްޓުވާކަށް ދެން މިދުވަސްތަކެއް ނާންނާނެ.

    • ފަތަހަ

      އެހެން ވީމަ 2013 ގެ ރިޔާސީ އިންތިހާބުގަ ކާމިޔާބު ލިބުނީ ނަޝީދު އަށްތާ!!!!

  5. އަތޮޅޭ

    ފެއިލްވީ ޝަހީމްގެ ނަސީބު، ހޮވުނުނަމަ އޮންނާނީ ކުޑަގޮޅީގަކަމަށް ދިރާސާތަކުންދައްކަނީ ، އެއީ ރޔ އަކީ އެގޮތަށް އަގުވަޒަންކުރާ ގަޓު ރައީސް، ބަލި ޤަބޫލުކޮށް ދެއްވި ހިތޯބުގައިވެސް ޝަހީމުގެ ވާހަކަވެސް ނައި، އެހެންވީމާ ވިސްނެނީ ޝަހީމަކީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ވަގުތީގޮތުން ޖެއްސި ސްޓަންޓެއްކަމަށް. ޝުކުރިއްޔާ

  6. ޔަގީނޭ

    ރައީސް ޔާމީން ބަލިވީ ގާނޫނީ އިމުގެ ތެރޭން ރައީސް މައުމޫނު ހައްޔަރުކޮށްގެނެއް ނޫން އަދި ކެނެރީގެ ނަޝީދު އަށް އޭނާ ކުރި ކުށަކަށް ހުކުމް ކުރަން ޝަރުއީ މަރުހަލާ މެދުވެރިކޮށް މަސައްކަތް ކުރުމުން ނޫން މީގައި ކާމިޔާބު ނުވީ ފުރަތަމަ މާލެ ސަރަހައްދުގައި ހުޅުމާލެ 2 ހިއްކާ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު 15 ހާސް މީހުންނަށް ފްލެޓްސް ތައް ނޭޅުނު އިރު ކޮންމެ މީހަކަށް 1000 އަކަފޫޓްގެ ބިމެއް ނަމަވެސް ހުޅުމާލޭން ކުޑަ ކުއްޔެއް ދައްކާ ގޮތަށް ނުދީގެންނޭ. މީ ސީދާ ހައުސިންގް މިނިސްޓަރު މުއިއްޒު މެން ގެންގުޅުނު ރައްޔިތުންނަށް ކަމެއް ކޮށް ނުދޭ ތިއަރީ އަށް ރައީސް ޔާމީން އަޑު އެއްސެވުމުން ވީގޮތޭ އެކަން އަދި ވެސް އަންފޯލްޑް ކުރެވިދާނެ ހުޅުމާލެ 2 ގައި މިހާރު ހުސްކޮށް ހުރި ހުރިހާ ބިން ތަކުން މާލެ ސަރަހައްދުން މިހާރު ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ބިން ތައް ދޭން ސަރުކާރުން ނިންމާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މިބިން ތައް ހަވާލު ކުރަންވީ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނާއި. އެއިރުން ރައީސް ޔާމީން ވެރިކަމުން ފައިބާއިރު ރައީސް ޔާމީން އަށް ވޯޓް ނުދިން މީހުން އެމަނިކުފާނަށް މަޖްލީސް އިންތިޚާބުގައި ވޯޓް ދޭނެ ކަން ޔަގީންވެ ކަށަވަރޭ..

    • ޔެލޯ

      ވަރަށް މޮޅު ތިޚިޔާލު ޝުކްރިއްޔާ

  7. ދަވޭ

    ރައީސް ޔާމީން ބަލިވީ ގާނޫނީ އިމުގެ ތެރޭން ރައީސް މައުމޫނު ހައްޔަރުކޮށްގެނެއް ނޫން އަދި ކެނެރީގެ ނަޝީދު އަށް އޭނާ ކުރި ކުށަކަށް ހުކުމް ކުރަން ޝަރުއީ މަރުހަލާ މެދުވެރިކޮށް މަސައްކަތް ކުރުމުން ނޫން މީގައި ކާމިޔާބު ނުވީ ފުރަތަމަ މާލެ ސަރަހައްދުގައި ހުޅުމާލެ 2 ހިއްކާ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު 15 ހާސް މީހުންނަށް ފްލެޓްސް ތައް ނޭޅުނު އިރު ކޮންމެ މީހަކަށް 1000 އަކަފޫޓްގެ ބިމެއް ނަމަވެސް ހުޅުމާލޭން ކުޑަ ކުއްޔެއް ދައްކާ ގޮތަށް ނުދީގެންނޭ. މީ ސީދާ ހައުސިންގް މިނިސްޓަރު މުއިއްޒު މެން ގެންގުޅުނު ރައްޔިތުންނަށް ކަމެއް ކޮށް ނުދޭ ތިއަރީ އަށް ރައީސް ޔާމީން އަޑު އެއްސެވުމުން ވީގޮތޭ އެކަން އަދި ވެސް އަންފޯލްޑް ކުރެވިދާނެ ހުޅުމާލެ 2 ގައި މިހާރު ހުސްކޮށް ހުރި ހުރިހާ ބިން ތަކުން މާލެ ސަރަހައްދުން މިހާރު ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ބިން ތައް ދޭން ސަރުކާރުން ނިންމާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މިބިން ތައް ހަވާލު ކުރަންވީ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނާއި. އެއިރުން ރައީސް ޔާމީން ވެރިކަމުން ފައިބާއިރު ރައީސް ޔާމީން އަށް ވޯޓް ނުދިން މީހުން އެމަނިކުފާނަށް މަޖްލީސް އިންތިޚާބުގައި ވޯޓް ދޭނެ ކަން ޔަގީންވެ ކަށަވަރޭ..

  8. އަބުރު

    ހޮވި ރައީސް ހުވާކުރުމައް ފަހު އެއްވެސް މީހެއްގެ އަބުރަކީ އޮންނަ އެއްޗެއް ނޫން.

  9. ދަވޭ

    އިބޫ ރައީސް އަކަށް ހޮވިގެން އިބޫގެ ވެރިކަން ދާނެ ގޮތުގެ ހަޑިމުޑުދާރު ޖާހިލު ކަމުގެ ނިޝާން ތައް ފެނުނީ ރޭގައި މާލޭ ތެރޭން. އެއީ ދެން ސީރިއާ އަދި ޔަމަން އަދި ލީބިޔާ ގައި ކަން ހިނގަމުން އަންނަ ގޮތް. މަމެން އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން އިބޫގެ ވެރިކަން އުޖާލާވާނެ ކަމަށް. ފުރަތަމަ ވެސް ދިމާ ކުރާނީ މާލެ ސަރަހައްދުގެ ވިޔަފާރިވެރިން ފުނޑާލާ އިންކަމް ޓެކްސް ނަގަން ދެން މިނިމަމް ވޭޖް ރާއްޖޭގައި އިންވެސްޓް ނުކުރާނެ ދެން ބަޔަކު މިހެންވާނަމަ. ރާއްޖޭގައި ދިވެހިން މަސައްކަތް ނުކުރަނީ އެއީ މިނިމަމް ވޭޖްގެ މައްސަލަ އާއި ހެދި އެއް ނޫނޭ އެއީ އެމެން ހަމަ ކަންނެތީއޭ އެކަން ސިޔާސީ މީހުން އަންޑަރސްޓޭންޑްވާންވީ އެމެން ހީވާގި ވާނެ އުސޫލުން އެންމެން މާލެ ސަރަހައްދަށް ބަދަލު ކޮށް ލައިފް ސްޓައިލް ޓަފް ކުރަންވީ އެއީ ކުރަންވީ ކަމަކީ.

  10. ދިސްވޭއޭ

    އިބޫގެ ވެރިކަމުގައި ރާއްޖޭގެ އިންފްލޭޝަން ވަރަށް ބޮޑު ތަން މަތިވެގެން ދާނެ ސަބަބަކީ މިނިމަމް ވޭޖް ކަނޑައެޅުމުން އޭގެ ނާޖާއިޒު ފައިދާ ވިޔަފާރި ވެރިން ނަގައިގެން ތަކެތީގެ އަގު ބޮޑު ކުރާނެ ދެން އަނެއް ކޮޅުން އިންކަމް ޓެކްސް ނަގަން ބިލް މަޖްލީހަށް ވައްދާއިރު މާލެ ބާޒާރުގައި ތަކެތީގެ އަގު ބޮޑު ވާނެ ރާއްޖޭގައި ދިރިއުޅުމަށް ދަތިވާ ވަރަށް ތަކެތީގެ އަގު ބޮޑުވާނެއެވެ. މިހާރުވެސް ޖީއެސްޓީ އޮތުމުން ތަކެތީގެ އަގު ބޮޑުވި ވަރު އެއީ ވިޔަފާރިވެރިންނަށް އިނގޭނެ އެކަމުގެ ހަގީގަތް.

  11. ސަންގުމަރުމަރު

    މަނިކުފާނު އެއްގޮތަކަށްވެސް ކަންބޮޑުވެވަޑައި ނުގަންނަވާތި. އެމްޑީޕީން އެހިންގި ޖަރީމާތަކުގެ ހިތި ރަހަ އެމީހުންގެ ކަރުގައި ވަރަށް އަވަހަށް ލާން ފަށާނެ. އިންޝާﷲ

  12. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ވާދަވެރި އިންތިޚާބެއްގައި ވާދަކުރުމުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކަށް އެޑްރެސްނުކޮށް އެފަދަކަންތައްތައް ހިތުންފުހެލާށެވެ.

  13. ޔަގީނޭ

    ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކޮށް މިހާރު އެއޮތީ އެޗެޕްޓަރ ކްލޯސް ވެފައެވެ. ދެން ފަށަންވީ އާ ޗެޕްޓަރ އަކުންނެވެ. އެގޮތުން ބަލާއިރު އަދިވެސް ވެރިކަމުގައި މިތިބީ އެއީ ޕީޕީއެމް އިން ކަމަށްވާތީވެ ޕީޕީއެމް އިން އެބަޖެހޭ ކަންތައް ތަކެއް ރައްޔިތުންނަށް ކޮށް ދޭން ސްޕެޝަލީ މާލެ ސަރަހައްދުގައި ތިބި ރައްޔިތުންނަށް. އެގޮތުން ވަރަށް މުހިއްމު ކަމެއް މިއޮތް 53 ދުވަހުގެ ތެރޭގައި ވެސް މާލެ ސަރަހައްދުގައި ތިބި މީހުންގެ މެޖޯރިޓީންގެ ހިތް ތަކުން ސަރުކާރު ވިން ވުމަށް ޓަކައި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ މީހުންނަށް ތިލަފުށިން ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 20 ހާސް ބިން މިގޮތަށް އެމްޓީސީސީ މެދުވެރިކޮށް ހިއްކާ އެފަދަ ބިން ތައް ކުއްޔަށް ދޭނެ ކަމަށް އިއުލާން ކޮށް އަދި އެފަދަ ލިޔުން ތައް ހަވާލު ކުރަން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަަކަށް. އެކަން އެގޮތަށް ކޮށްފިނަމަ މަމެން ޕިންކީން ނަށް 2019 ގައި ރަނގަޅު އަދަދެއްގެ ވޯޓްސް ތަކެއް ލިބޭނެ ކަން އެއީ ކަށަވަރުވެ ޔަގީންވާ ކަމެކޭ.

  14. ނެތީމޭ

    އިބޫ އަށް ކެނެރީގެ ނަޝީދު ގާނޫނުގެ ބޭރުން މިނިވަން ކޮށްގެން ވެރިކަން ކުރެވޭނެ ކަމަށް މަމެން ނުދެކެމެވެ. އެނޫން ގާނޫނު ތަކާއި އެއްގޮތަށް އޭނާ ހުކުމް ތަންފީޒު ކުރުމަށް ފަހު މިނިވަންވާންވީއެވެ. އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ. އިބޫ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދޭ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ވައުދެއް ނުވޭ އެކަމަކު ބޯހިޔާ ވަހިކަން މާލެ ސަރަހައްދުން ދޭނެ ކަމަށް ބުނި ނަމަވެސް އޭގެ ފުރިހަމަ ޕްލޭނެއް އެމްޑީޕީ އަކު ނެތެވެ. މީ ވަރަށް ދެރަ ކަމެކެވެ. އިބޫގެ ވެރިކަމުގައި އެބުނާ ޖަޒީރާ ކޮންސެޕްޓްގެ ދަށުން މާލެ ސަރަހައްދުގައި އަޅަން ހުރި ފްލެޓްސް ތައް ރާއްޖެތެރޭގައި އަޅާނެ ކަން އެއީ މަމެންނަށް ޔަގީން ކަމެކޭ ބުނަން މަމެން ނެތީމު ދޯ.

  15. އެދުރުބެ

    އެކަނި ގިނި ކަންޔާ ނުކުމެ ހޯދި ވޯޓް މާގިނަ! 5 ޕާޓީ އެކުވެގެން ނުކުމެގެން ހޯދި ވޯޓަށްވުރެ!

  16. Anonymous

    ތި އޮތީ އެހެންމީުންނަށް ތިމާމެއް ކުރި ޖެއްސުމާއި ފުރައްސާރަ އަމިއްލަމީހުންނަށް ޖެހިފައި.... ދެން އަތްޖަހާ.............. ހެޔޮ ނިޔަތާއި، ހެޔޮ ހިތާ އަދި ހެޔޮ އަމަލުކުރި މީހުނ

  17. ސޭހު

    ސާބަހޭ ދަރިފުޅާ ކެތްކޮށްލާ. އިބޫ އަކީ މޮޔައެއް

  18. ތިޖޫ

    ރީނދޫ ބާގަޑަކީ ޖެއްސުން ކުރުމަށް މާސްޓަ ހަދާފައި ހުރި ބައެއް. އެކަން އެމީހުން ކުރާނެ. ސާބަހޭ ރައީސް ޔާމީން

  19. މުހައްމަދު

    ޝަހީމަށް ނައިބުރައީސްކަން ލިބުނު ނަމަ ތިޔަށްވުރެ ބޮޑަށް ފުރައްސާރަކުރީސް... ޚާއްސަކޮށް އިލްމުވެރިންނަށް ޝަހީމާ ހެދި ނުއުޅެވޭވަރުކުރީސް. ޝަހީމަކީ މީހުންނާ ވަރަށް ޖައްސާލާ މީހެއް

    • Anonymous

      ފިންކް ޕާޓީ އަކީ ބަލި ގަބޫލު ނުކުރާބައެއް ބޮޑު ތަފާތަކުން ބަލިކުރީމަވެސް ދެން ލަލަލަ