އެއްވެސް މީހަކާއި މެދު ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭނަން ކަމުގައި ރޭ ޖަލުން މިނިވަންވި މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވެ ނޫސްވެރިންނަށް ދިން އިންޓަވިޔުއެއްގައި ޝިނާން ވިދާޅުވީ އެއްވެސް މީހަކާއި މެދުގައި ނަފްރަތެއް ނެތް ކަމަށާއި އަދި އެއްވެސް މީހަކާއި މެދު ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާ ކަމަށެވެ.

"ﷲ އަށް ހަމްދުކުރަން. އަޅުގަނޑުމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ މިއީ. ވަރަށް އެހެން ކަހަލަ އިހްސާސެއް. ކުރިން ކުރި މަސައްކަތަކީ އިސްލާހުގެ މަސައްކަތް. އެއްވެސް މީހަކާއި މެދު އަޅުގަނޑުގެ ހިތުގައި ނެތް ނަފްރަތުކަމެއް. އަދި އެއްވެސް މީހަކަށް ބަދަލު ހިފުމުގެ ރޫހެއްވެސް ނެތް." ޝިނާން ވިދާޅުވިއެވެ.

ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ)ގެ ވެރިކަމަކީ އަދުލުގެ އައު ޒަމާނަކަށް ވާނެ ކަމަށާއި އިބޫގެ ގައިގައި ފެންވަރު އެބަހުރި ކަމަށް ޝިނާން ވިދާޅުވިއެވެ.

ޝިނާން ހައްޔަރުކުރީ މަޖިލީހުގެ މެމްބަރެއް ގޮތުގައި ހުރެ ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި މައްސަލައިގައެވެ.

ޝިނާން ރޭ މިނިވަންވެފައިވާއިރު އޭނާާއާއި އެކު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ދަނގެތީ ދާއިރާގެ ކުރީގެ މެންބަރ އިލްހާމް އަހުމަދު ވެސް ވަނީ ދޫކޮށްލާފައެވެ. އަދި މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރެވުނު ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އާއި އިތުރު ބައެއް ބޭފުޅުން ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ގެއްލުމަކުން އަރައިގަތުމަށްޓަކައި ގެއްލުމެއް ނުދެވޭނެއެވެ. އަނިޔާއަކުން ދިފާއުވުމަށްޓަކައި އަނިޔާއެއް ނުދެވޭނެއެވެ. އެއްވެސް ނަޞްރެއް، ނަޞީބެއް، ކާމިޔާބީއެއް، ލިބިއްޖެނަމަ، އޮންނާނީ މާތްﷲ އަށް ޙަމްދު ޘަނާދެންނެވުމާއި، އެމީހެއްގެ ހިތްތިރި ކުރުމެވެ.

  2. އުތުރުން

    ކުރާކުށަށް އަދަބުލިބުމަކީ ބަދަލު ހިފަންޖެހޭ
    ކަމެއްކަމަށް ދުށުމަކީވެސް ކުށެކެވެ
    ރ ޔާމީންގެ ސަރުކާރުން ކުށް ނުކުރާ އެއްވެސް
    މީހަކު ހަެްޔަރެއްނުކުރެއެވެ އެހެން ކަމަށް ވިއަސް
    ކުށް ކުރާފަރާތްތައް މަދުފަހަރަކު ނޫނީ އެމީހުން
    ކުރާ ކުށްތަކަށް ނުވަތަ ވައްކަމަށް އިއުތިފާެއް
    ނުވެއެވެ.

  3. ޙަފްޞާ / މާލެ

    ބަދަލުހިފުމުގެރޫޙޭއްނެތީމާތާ ރައީސް ޔާމީނަށް ޣައްދަރުވެ ރިޝްވަތަށް ނަފުސުވިއްކާލީ؟ކޮބައި ލަދު؟ ދެން ތިޔަގެނާ ވެރިކަމުގައި ބަގުޑިބެއްދޭތޯ ބަލާ! މާ ގިނަދުވަސްތަކެއްނުވެ ތިޔައެތި ކުނިވާތަން ފެންނާނެ! އެހާހިސާބުން ރައީސް ޔާމީންގެ ގަޓް ސިނާންމެނަށް ދިއްލެންފަށާނީ!

  4. ބަރާބަރު

    ޝިނާން ހާދަހާ ވާ ރަގަޅޭ ތިހެން ވާން ޖެހޭނީ ބަދަލު ހިފަކާށް ނުވާނެ އަދި ހަމަ ރ ޔާމީނާއި ގުޅެންވެސް ޖެހިދާނެ

  5. ފާތުމަ

    މިގައުމަށް ބޭނުންވަނީ ތިކަހަލަ ދިވެހި ދަރީނ.ް

  6. ރައިފާ / ހުޅުމާލެ

    ސިނާންއަށް އެގޭތަ! ވޯޓަކަށް 1000 ރުފިޔާ ބަހައިގެންވެސް 58 ޕަސެންޓްގެތެރެއިން އެމްޑީޕީއަށް ލިބުނީ 23 ޕަސެންޓް ވޯޓުކަން؟ މައުމޫނަށްޓަކައި 12 ޕަސެންޓް ، ޤާސިމަށްޓަކައި 15 ޕަސެންޓް ، އަދާލަތަށްޓަކައި 5 ޕަސެންޓް ، އެމްޑީއޭއަށްޓަކައި 3 ޕަސެންޓް ލިބިގެން ތިޔަ ނަށަނީ! ޔާމީން އެކަނި މާއެކަނި 41 ޕަސެންޓް! ކޮންބައެއް މޮޅީ؟؟؟ ރުފިޔާދީފައި ގަނެލި ތިޔަ ވެރިކަން އިންޝާއަﷲ އެސާހިތަކު ވީދިގެން ދާތަން ފެންނާނެ! މަޖްލިސްިންތިޚާބުންވެސް އެ 42 ޕަސެންޓް ޔާމީން ނަންގަވާނެ! އެއީ 35 ގޮނޑި!

    • އަލީ ސަލީމް

      މޮޅު ވާހަކަ ނުދައްކާ!! ޔާމީނު ނުބަހާ ރުފިޔާއެއް އެއްގޮތަކަށްވެސް.