އާދީއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަރުހަބާ ކިޔައިފި އެވެ.
އީޔޫގެ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އިން ނެރުނު ބަޔާނެއްގައި، އިބޫގެ ކާމިޔާބީ ފާހަގަކޮށް ބުނެފައިވަނީ، ރާއްޖޭގެ ކަންކަން އީޔޫއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައީސް ކަމަށް އަލަށް އިންތިހާބުވި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ގާތުން މަސައްކަތްކޮށް ގުޅުން ހަރުދަނާ ކުރުމަށް އީޔޫއިން އުންމީދުކުރާ ކަމަށެވެ.
އަދި އާދީއްތަ ދުވަހުގެ ވޯޓުލުން އަމާން، ސުލްހަވެރިކަމާއެކު ގޮސްފައިވާކަން ފާހަގަކޮށް އީޔޫއިން ބުނީ އިންތިހާބުގެ ދުވަހު ރާއްޖެއިން ފެނުނީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށެވެ. އެކަމުން ރަމްޒުކޮށްދެނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަށް ދެމެހެއްޓުމަށް ދިވެހިން އިސްކަންދޭ މިންވަރުކަން އީޔޫގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އީޔޫ އިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުައްވާފައިވާތީ ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ވެސް މަރުހަބާ ދަންނަވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ގޮސްފައިވާ ގޮތަށް އީޔޫ އިން ތައުރީފުކޮށްފައިވާއިރު، އިންތިހާބު އޮބްޒާވްކުރަން
އީޔޫއިން ބައިވެރިއެއް ނުވެ އެވެ. ނަމަވެސް އީޔޫގެ މަންދޫބުން ހިމެނޭ ޔޫރަޕްގެ ޕޮލިޓިކަލް މޫވްމަންޓަކުން ވަނީ އާދީއްތަ ދުވަހުގެ ވޯޓުލުން އޮބްޒާވްކުރުމަށް ހަރަކާތްތެރިވެފަ އެވެ. މީގެ އިތުރުން ބޭރުގެ ބައެއް ޖަމިއްޔާތަކުގެ އޮބްސާވަރުން ވެސް ވަނީ އިންތިހާބު މޮނީޓަރ ކުރުމުގައި ހަރަކާތްތެރިވިއެވެ.
ކަންތަކާ ޖެހެނީ!! ބަލަން ތިބޭނަށް!
ހަހަހާ މި ބުރާންތި ތައް ކޯޗެެއް މި ކިޔަނީ. މާ ކުރިން އިންސާފް ވެރި ނުވާނެޔޭ ކިޔާފަ ނައިބައެއް
ޔާމީނު ބަލިވީމާ ޑިމޮކްރަސީ އައީ. ޔާމީނު ގަދަވިނަމަ އެއީ އަދި ޑިމޮކްރަސީއެއްނޫން! އެއްޖިންސުން ގުޅުންހިންގުން ހުއްދަކޮށްފިނަމަ އީޔޫގެ ބަރަކާތާއި ރުހުން ލިބުނީ! ޑިމޮކްރަސީ އާފަލެއްހެން ދޮންވެ ފައްކާވީ! ތިއީ ތި ވާގޮތަކީ!
އަދި ކިރިޔާތަ ތިތިބަ ޔަހޫދީންނަށް އެނގުނީ މީކަން ޑިމަޮކްރަސީ ދަސްކުރަންވީ ޤައުމުކަން. ދެން ކީކޭ ކިޔައިގެން އަނގައެރުވީ. މިވެސް ވެރިމީހާގެ ކުޅަދާނަކަންކަމެއް ތިޔަ ބައިގަނޑު ޖެއްސުންކުރިއަިރަކު ނޭނގުނުދޯ
މިއޮތްހާދުވަހު ރާއްޖޭގަ ޑިމޮކްރަސީ ނެތިގެން އިންސާފުވެރި އިންތިހާބެއްގަ ވޯޓުލާންދިޔައިރު އޮތީ ދެޗޮއިސް:
1. ވޯޓު ދީފަ އީޔޫގެ ފިއްތުން ކުރިމަތިލާ
2. މަޖާކުރެވޭނެ، އިންޑިޔާ އީޔޫ ބޭނުންވާގޮތައް ގައުމުހިންގޭނީ، އަމިއްލަބާރެއް ނޯންނާނެ
ޑިމޮކްރަސީ އަކީ ހަމަދުލުން ބުނީމައޮންނަޗެކޭދޯ، ޑިމޮކްރަސީއެއައި ރޭވެ އަލިވިތަނުންވީޔަ. ސާބަހޭ އީޔޫ
ވަކި ބަޔަކު ހޮވުނީމަ ޑިމޮކްރަސީ ރީތިވީ؟؟ ސަރުކާރު ހިންގާ ޕާރޓީ ހޮވުންނަމަ މަކަރު ހެދީ!! ސަޅި ތީތި
ޑިމޮކްރަސީއަށް ވާސިލް ކޮށްދިނީވެސް އެއްކަލަ ޔާމީނުގެ އާރާއި ބާރުގައިކަން އީޔޫއަށް ނޭނގޭދޯ؟
މިމީހުންނަށް ރަނގަޅުވާނެ އިސްލާމްދީނާ ޚިލާފު ކަމެއް އާލާ ކުރަންޏާ. ތިކިޔާ ވެސްޓާރން ގެ ޑިމޮކްރަސީއަކީ އިސްލާމްދީނާ ޚިލާފު އެއްޗެއް. އެކަން އެނގޭނީ އެކަންކަމާ އަދި ދީނާ މެދު ވިސްނާ ފިކުރުކުރާ ބަޔަކަށް.
އައްޗި. ކަލޭމެންނަށްވެސް އެންމެ ފަހުން ޖެހުނީ ތިހެން ބުނަން ދޯ؟ ޔާމީންގެ ތެދުވެރިކަން ފެނިއްޖެނު.
ކަލޮމެެންނޭ 2އަހަރު ވެރިކަން ނުކުރެވޭނެކަން މިހާރުވެސް ފެންނަމުން އެބަދޭ!!!!!!!
ޕޮލިޓިކަލް ސައެންސް ގައި އޮންނަ އެއްޗެއް ނޫން އެއީ ޑިމޮކްރަސީ އަކީ އެއީ ގްރީކް މީހުން އެމީހުންގެ ގައުމު ގަވަރން ކުރަން ވެގެން އެމީހުން ޑިސްކަވަރ ކުރި ނަމަކަށް ކިޔާ ނަމެއް ޕޮލިޓިކަލް ސައެންްސް ގައި އޮންނާނީ ގައުމު ތައް ގަވަރން ކުރުމަށް ޓަކައި އެހެން ނަން ތައް ކިޔާ ޑިފިނިޝަންސް ތަކޭ އުފެދިފައި އޭގެ ތެރެއިން އެއް ޑިފިޝަނެއް ގެ ނަމަކީ އެއީ އޮތޯރިޓޭރިޓޭރިއަން ޓައިޕް ގަވަރމެންޓް އެ ޓައިޕް ގެ ގަވަރމެންޓް އެކޭ ރާއްޖެ ފަދަ ވައިލްޑް ސޮސައިޓީ އެއް އޮތް ގައުމަކަށް ކުރިއަށް އޮތް 15 އަހަރަށް ބޭނުންވަނީ އޯއް ދިސް ޓައިޕް އިޒް އޯލް ޓޫ ވެލް...