އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ޞާލިހަށް އޮސްޓްރޭލިއާއިން މަރުހަބާ ކިޔައިފިއެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި އަމާންކަމާއެކު ގިނަ ބަޔަކު ނުކުމެ ވޯޓްލުމުން ދައްކުވައިދެނީ ދިވެހިންގެ މެދުގައި ޑިމޮކްރާސީގެ ރޫހް އޮތް މިންވަރު ކަމަށެވެ.
އޮސްޓްރޭލިއާއިން ބުނީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔާ ކަމަށާއި އަދި ރައީސް ޔާމީން އިންތިހާބުގެ ނަތީޖާ ބަލައިގަތުން ގަބޫލު ކުރާ ކަމަށެވެ.
" ވެރިކަން ބަދަލުކުރުމުގެ ކަންތައްތައް ހަމަނުޖެހުމަކަށް ނުގޮސް ރީތި ގޮތުގައި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް " އޮސްޓްރޭލިއާއިން ބުނެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ވަނީ ރާއްޖޭގައި ރިޔާސީ އިންތިހާބުގައި ވޯޓްލާން ގިނަ ބަޔަކު ނުކުތުމާއި ގުޅިގެން އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އެގައުމުން އެދެނީ ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ރައްޔިތުން ނިކުމެ އެގައުމެއްގެ ވެރިއަކު އިހްތިޔާރު ކުރުމަށް ކަމަށް ބުނެފައެވެ.
މީގެ އިތުރަށް އޮސްޓްރޭލިއާ އޮތީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް މި ބަޔާނުގައިވެއެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އާންމު ކޮއްފައިވާއިރު އިދިކޮޅު ހުރިހާ ސިޔާސީ ބޭފުޅުންގެ ތާއީދާއި އެކު އެމްޑީޕީ އިން ނިކުންނެވި އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އިންތިޚާބު ކާމިޔާބުކޮއްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން ވަނީ އިންތިޚާބުގައި ވޯޓް ލާފައެވެ. ނަމަވެސް މިއީ މިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ ދަށް އަދަދެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިިބިފައިވާ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ވޯޓް ލިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233877 މީހުންނެވެ. ބާތިލް ވޯޓްގެ އަދަދަކި 3129 އެވެ.
ހޭބަލިވީތަ؟ ކޮން ހަމަނުޖެހުމެއްތަ އޮތީ؟
މިއުޅެނީ މިވެރިކަމުގެ ދައުރު ދައުރު ނިމިގެންތަ މައިތިރި އަރައިގެން ތިބެބަލަ ކީއްވެ ތިއުޅެނީ ހިފިނުހުރިގެން ކިތަންމެވަރެއް އެރުވިއަސް ންވެމްބަރ 17ގެ ކުރިން ހުވައެއް ނުކުރެވޭނެ ގައުމުގެ ރައިސްގެ ހައިސިއްޔަތެއް ނޮވެމްބަރ17 ގެ ކުރިއަކުން އިބޫއަކަށް ނުލިބޭނެ މިހާރު ހުންނާނީ އިންތިގާލީ ރައީސަކަށް
އޮސްޓްރޭލިއާ މިކިޔަނީ ކީކޭތަ؟؟ ވެރިކަން ލިބުނުމީހާއާއި ވެރިކަން ހަވާލުނުކޮށް ހިފަހަހައްޓައިގެން ހަމަނުޖެހުން އުފައްދަ އުފައްދާ ބަޔަކު އެބަތިބިތަ؟؟؟ކަންފަތްބީރު ފެނުމުގެ މައްސަލައުޅޭ ހެއިބުރާންތިންތާ؟؟؟
ޢެ.ޑީ. ޕީ ހަމަނުޖެހުން އުފައްދާފާނެ ކަމަށް ބެލެވޭތީ އެހެން އެބުނީ
ކަލޭމެން ނުބުންޏަސް އަހަރުމެން ތިިކަން ކުރިޔަށް ގެންދާނަން. އަހަރެމެން ކަންކަން މިކުރަނީ ކަލޭމެން ބުނާތީއެއްނޫން. މިކާފަރުން ހާދަވަރެކޭ މިއަރުވަނީ ދޯ. ކަލޭމެން ކިތަންމެ ވަރެއްއެރުވިޔަސް ކަލޭމެން ބުނާގޮތަކަށް އިބޫއަށް ލާހިކެއްނޫން ހަދާކަށް، ނިކަން ހަދާބަލަ. އިބޫ އެހެން ހިތަށް އަރުވައިފިޔަސް އެމްއެމްއޭ ކަންމަތި ފުރާލާއި އަހަރުމެންގެ ރޫހާނީ ލީޑަރ ސޭކް އިލްޔާސް ރޮއިފައި ތުނބުންފުމެލީ އިބޫ ވެއްޓުނީޔޯ.