އާދީއްތަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަށް މެޖޯރިޓީ ނުލިބުނު ހަމައެކަނި ދެއަތޮޅު ކަމަށްވާ މ.އަތޮޅާއި ފ.އަތޮޅު ވިއްކާލަން އިދިކޮޅު ސަޕޯޓަރުން ގޮވާލަމުން އެބަގެންދެއެވެ.

އިބޫ އަށް އިންތިޚާބު ކާމިޔާބު ކާމިޔާބު ކުރެވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ބޭއްވި އެއްވުމެއްގައި މ.އަތޮޅާއި ފ.އަތޮޅު ވިއްކާލުމަށް ގޮވާލާ ލިޔުމެއް ލިޔެފައިވާ ޓީޝާޓެއް ލައިގެން ގިނަ ބަޔަކު ވަނީ އެއްވުމުގައި ބައިވެރިވެފައެވެ.

އެއްވުމުގައި ބައިވެރިވި އެމްޑީޕީގެ ސަޕޯޓަރަކު "ވަގުތު" އަށް ބުނީ މ.އަތޮޅާއި ފ.އަތޮޅު ވިއްކާލާ މުޅި ރާއްޖެ އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" އަށް ބަދަލު ކޮށްލަން ބޭނުންވާ ކަމަށެވެ. ތިއީ ސަމާސާ އަކަށް ދައްކާ ވާހަކައެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ "މިއީ ސަމާސާއެއް ނޫން. މިއީ ކަންތައް ކުރަން ޖެހޭ ގޮތް. އަދި އަޅުގަނޑުމެން ކަންތައް ކުރާނެ ވެސް ގޮތް" ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީ އަރަބިއްޔާ އިން ފ.އަތޮޅުގައި ވަރަށް ބޮޑު މަޝްރޫޢުއެއް ހިންގަން ނިންމިއެވެ. "މުޅި ރާއްޖެ ބަދަލު ކޮށްލާނެ" މަޝްރޫޢުއެއްގެ ގޮތުގައި އެމަޝްރޫޢު ކުރިއަށް ގެންދަން ބޭރު މީހުންނަށް ބިން މިލްކް ކުރެވޭ ގޮތައް އެމްޑީޕީގެ ވެސް ތާއީދާއި އެކު ޤާނޫނު އަސާސީ އަށް އިސްލާހު ގެނައެވެ.

ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އުޅެނީ ގައުމު ވިއްކާލަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލަން ފެށުމުން ރައީސް ޔާމީން ނިންމެވީ މަޝްރޫޢު އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

މ.އަތޮޅާއި ފ.އަތޮޅު ވިއްކާލަން އިދިކޮޅު ސަޕޯޓަރުން ގޮވާލަމުން ދާއިރު އެމްޑީޕީ އިން 2008 ވަނަ އަހަރު ވެރިކަމަށް އައިސް ރާއްޖޭގެ ހަރުމުދާ ވިއްކި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައެވެ. ނަމަވެސް އޭގެތެރެއިން ގިނަ ބޭފުޅުން މިހާރު ތިއްބެވީ އެމްޑީޕީ ގައެވެ. އެހެންކަމުން ފ.އަތޮޅާއި މ.އަތޮޅު ވިއްކާލަން އެމްޑީޕީގެ ސަރުކާރުން ނިންމި ނަމަވެސް ސިޔާސީ މާބޮޑު ޕްރެޝަރެއް ސަރުކާރަށް ކުރިމަތިވާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

143 ކޮމެންޓް

  1. ނއީމަ

    ރަނގަޅު ނިންމުމެއް! އެއަތޮޅުތަކުގެ މީހުންވެސް ރެފިއުޖީންގޮތުގައި ޑީޕޯޓްކޮށްލަންފެނޭ

    • އިބޫ

      ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން. ތީ ވަކި އަތޮޅަކަށް ނިސްބަތްވާތީ ތަފާތުކުރުން.

    • ނިލަންދޫ ދަރި

      @ ނައީމް ބަލަ އަހަރުމެން ނަށްވެސް ބޭނުން މީހަކަށް ވޯޓު ލުމުގެ ހައްޤު އޮވެއޭ...އަހަރުމެން މީ ތިޔަ ބައިގަނޑުހެން ލާރިއަށް ވިކޭނެ ބައެއް ނޫނޭ. މ އަތޮޅާ ފ އަތޮޅުގަ ތިބޭ ދޯ 96000 ރައްޔިތިން ހެހެހެ

    • ޒަމް

      ނައީމް ސީދާ މާލެ އިން ރ.ޔާމީނަށް ވޯޓް ލާން ދިއީން....

  2. ކ

    ކަލޭމެންން ބައިޢަތު ނުހިފާ ކޮންމެ ބަޔަކު ނެތިކޮށްލަން ވީނު.

  3. ވިސްނާ

    ބޮޑު މަންޒަރު. ހަސަދައިން ހިތް ފަޅައިގެން ތި އެންމެން މަރުވާނެ. މި މުސީބާތުން އަޅަމެން ސަލަމަތް ކުރައްވާދޭވެ.

    • ާަފާތިމާ ދޮންތި

      އާމީން

      • ޢަލީ

        އާމީން

        • ހޫމް

          އާމީން

    • ޑިމޮކްރަޓިސްޓް

      އާމީން..

    • ދުނިޔެ

      އަސްލު ވަރަށް ބޮޑު އުފަލެއް ތީއީ މިހާރު މި ޖަޒީރާ އުޅުމައްވުރެ މިދެ އަތޮޅު ބަޔަކަށް ދިނަސް އަޅުގަނޑު މެނަށްމާރަގަޅު އޭރަށް އަޅުގަނޑުމެން މާއުފަލުގަ އުޅެނީ

  4. ކާފަ

    މިފަހަރު މީމާ ފާފު ވިއްކާލާފަ ދެން އަންނަ އިންތިހާބެއްގައި ތިބޭފުޅުން ނިސްބަތްވާ އަތޮޅު ވިއްކާލީމާ ދެން ވަރަށް މަޖާވާނެ...

  5. މަރީ

    ޤައުވިއްކާލަ ލާނެ ފައްޅިއަޅާ މުޅިގައުވިއްކާލާ

  6. އިންސާފް

    ހާދަ އިންސާފްވެރި ސަރުކާރެކޭ ދޯ. އެހާ އަވަހަށް އަދި މިއުޅެނީ ހުވާވެސް ނުކޮށް. ކީކޭ ދެން ބުނާނީ. މަ ހަމަ ކޮސް ވެއްޖެ

  7. މަ

    އަހަރެމެން މިތިބީ ބަލަން. ބޭނުންހާ ވައްތަރަށް

    ވެރިކަން ނުކުރެވޭނެކަން ކުރިންވެސް އޮންނާނީ

    މޑޕ އަށް ދައްކާފަ. ހަނދާން ކުރާތި

    • ޔާންޓޭ

      މީ ކުރިއެއް ނޫން.

      • ކަލޯ

        އަދިވެސް ވައްޓާލާނަން. ގޯސްނަމަ

      • ކަދުރު

        ކަލޯމެން ހީި ނުކުރާތި ބޭނުން ވައްތަރެއް ޖެއްސިދާނޭ. ވައްޓާލަމް ޖެލިއްޖިއްޔާ ވައްޓާވެސްލާނަން.

  8. ޞަލާޙް

    މެޖޯރިޓީ ނުދިން ރަށްތައްވެސް ވިއްކާލަންވީނު؟ މެޖޯރިޓީ ނުދިން އަތޮޅުތަކާ ރަށްތަކުގެ މީހުން އެ ހާމަކުރީ އެ ރައްޔިތުން ބޭރުގެ އަޅުވެތިކުރުމަކަށް ތަންދޭން ބޭނުމެއްނޫންކަމާ އަލުންވެސް ދިވެހި ޤަވްމު ހަނާވަން ބޭނުން ނުންކަމެވެ.

  9. ދާނި

    ނާތަހްޒީބު ޢަމަލެއް! އެކަމަކު މިޔަށްވެސް ބަޔަކު އަތްޖަހާނެތާ!

  10. އަން

    އިންސާފެއް ހަމައެއް ލަމައެއް ގަބޫލު ނުކުރާބައެއް.

  11. އހ

    އަހަރެމެންނަށް ވަރިހަމަ އަގެއްކިޔާފަ ރޔާމީން ޗައިނާއަށް ވިއްކާލިޔަސް..

  12. ބޫއި

    ޔާމީނު އަށް ވޯޓުލީ މީހުނާއެކު ވިއްކާލާ!

  13. ކިނބޫ

    ޔާމިން ގަނޭ ތި 2 އަތޮޅު. ގަނެފަ ސިންގަޕޫރަކާ ޖަޕާނެއް ފަދަ ތަނަކަށް ހަދައިދީ.

    • ވާވު

      ރ ޔާމީނަށް ތިކަންތައް ވެސް ކުރެވިދާނެ ޝުކުރިއްޔާ

    • ލޮލް

      މޮޔަ!!

  14. ާއަމިއްލަ އެދުމުން ފޯވެފަ

    ޢިންތިހާބް ކާމިޔާބް ވީމަ ޝުކުރުވެރިވެބަލަ މޮޔަނުގޮވާ

  15. ސައުދީ

    ސާބަސް ހަމަ... މީމު، ފާފު، މި ދެ އަކުރު ވިއްކާލާ ވާހަކަ އެއްނު އެއޮތީ ލިޔެފަ އޭގަ. އެ ދެ އަތޮޅު ވާހަކައެއް ނުނެއްނު އެބުނަނީ.

  16. ނަމެއްނުޖެހިޔަސް އޯކޭއެއްނު

    އަވަހަށް ވިއްކާލާފައި ފައިސާކޮޅު ބަހާލާ

  17. ދެގޮތެއް ނުވާ

    އެމްޑީޕީ އަކީ އެއްވެސް އިރަކު ގައުމަށް އިޚްލާސްތެރި ބައެއް ނޫން އެހެން ވީމަ އެމީހުން ރައްޔިތުންނާ ދޭތެރޭ އިޚްލާސްތެރި ވެވޭނީ ކިހިނެތް ވެރިކަމާއި ހަވާލުވެވުނީމަ އަދި އެމީހުން ގެ ނުބައި ކަން ފެންނާނީ އަދި މި ފެންނަނީ ކޮޅުމަތި އިންސާފޭ ޙައްޤޭ ކިޔައިގެން އެމީހުން ދއްކި ދޮގު ވާހަކަ ތަކަށް ހެއްލުނު ގައުމު ދެކެ ލޯބިވާ ދަރިން ލޮލުން ކަރުނަ ހިލޭނެ ދުވަސް އޮތީ ވަރަށް ގާތުގަ

    • ޤައުމުގެ ދަރިއެއް

      އަސްތާ ނާހަމަ ތެދެއް؟؟؟؟ މަވާލަދުން ބޯަހަލާކު. ކިހާވަރަކުން ދާނެބާ؟

  18. ރައްޔިތުން

    ރާއްޖޭގެ އެއްވެސް ރަށެއް ވިއްކާލުމަކީކުށެއް އަދި އެފަދައިން އިއުލާންކޮށް ހެދުމަކީ ކުށެއް އެފަދަ މީހުންނަށްނަޞީޙަތްދީ އެކަން ނުކުރުމަށާއި އަދި އިބޫއަށް މެޖޯރިޓީ ނުދެވިގެން އެކަމާއި މާޔޫސް ނުވުމަށް މެޖޯރިޓީ ދެވުނު ރަށްރަށުގެ ފަރާތުން ގޮވާލަން

  19. ނާނަ

    މީ ދޯ އެންމެ އިންސާފުވެރި ސަރުކާރު. ދެރައީ މިއަށްވެސް އަތް ޖަހާނެ ބަޔަކު ތިބީމަ

  20. ގަމާރު

    އަވަސްކޮށް ވިއްކާލަދެއްވާ. މަށަކީ ފ. އަތޮޅު މަގޫދޫ މީހެއް. ބޭނުނެއްނޫން ތިޔަ އަނިޔާވެރިކަމުގެ ދަށުގަ ތިބޭކަށް. އަވަސްގޮތަކުން މިލޯބިވާ ފަސްގަނޑު ދޫކޮށްދާންވެސް މާބޮޑަށް ހިތަށްފަސޭހަ. މި ރީނދޫ އާލާތުންގެ ބަލާވެރިކަމާހުރެ ބޮޑު މުސީބާތެއް. މިހާރު ގަޔަށްބޮލަށްވެސް އަރަނީ.

  21. ރަށުމީހާ

    ހޫން ހޫން، ވިއްކާލާ ވިއްކާލާ، ދެ އަތޮޅު ވިއްކާލާ، އެހެން ތަންތަން ވެސް ވިއްކާ ހުސްކުރޭ، ދުވަސްކޮޅަކުން އުޅެން ފަށާނެ ބޯޑރ ކްރޮސް ނުކުރެވިގެން ރާއްޖޭގެ ދެކުނުގެ ރަށްރަށު މީހުން ރަށަށް ނުދެވިގެން. މޮޔަވާން ވީނު އެންމެން. ދުނިޔެ ހިތަށް ނާރާ ބައެއްމީ ސަހާދެއް. ހިޔާލު ފާޅުކުރުން މައްސަލައެއް ނޫން އެކަމަކު އެމް.ޑީ.ޕީ ކުދިންތީ ދެން ފުކެއް ބޮޑުވަރު ތޯއްޗެ. ދެން ވެސް ބުނާނެ މަގޭ ރާއްޖެ އޭ، މަގޭ ދީނޭ، އަނިޔާއިން ސަލާމަތް ކުރާށޭ މި އުޅެނީ. އަމިއްލައަށް އަނިޔާ ލިބިގަންނާކަށްނު ތި އުޅެނީ. ކަލޭމެން އެންމެނަށް ހެޔޮވިސްނުން ދެއްވާށި.

  22. ދުވަސް

    ބޭނުމީ މިތަނުން ފެއްސިގެންދާން އަމުދަކުން ނޫޅެން މިތާއުޅޭކަށް.

  23. ސަމާސާ

    އޭރުވެސް ބުނިންދޯ މިތަން ސައޫދީންނަށް ދޭށޭ

  24. މުހައްމަދު

    އެ ދެ އަތޮޅު ވިއްކާލާނީ ޕީޕީއެމަށް. ދެން ސަރުކާރެއް ހަދައިގެން އުޅޭ.. ވަގުތު ކުދިންވެސް އެކޮޅަށް ކަނޑާލާ

  25. ޚހހނނ

    ޢެ ދެރަށުގަ ޕޕ އެމް ވެރިކަން ގާއިމްކުރަންވީ.. ކަލޭމެން ރުހޭނެތަ... ކަލޭމެން ތިބުނަނީ މިނިވަން އިނތިހާބޭ. ޙިޔާލު ފާޅުކުރުމޭ.. ވަކި މީހަކަށް ވޯޓުލީމާ އެބަޔަކޔ ނެތި ފަނާ ކުރަންވީތަ. ބާކީ ކޮށްލަންވީތަ.. އެމީހުން އެކަޏްޏެއް ނޫން ވިއްކާކަންވީ.. ރޔ ވޯޓު ދިން އެންމެން ވިއްކާލަންވީ ނުން.. ރުޅި އަރުވަން ނޫޅެއްޗޭ 7 ފެބްރުއަރީ މަތިން ހަނދާން ކުރޭ ބައިގަނޑު

    • Anonymous

      ތިހުރީ ޕާޓީ ވިސްނުން އިންތިހާގަ. ތިމާގެ މައިން ބަފައިންނާ ދަރިއާ ގުނަވަންތައް ވިއްކާލީ ނަރަކައަށް ވެއްޓެންކަމަށްފެނޭ

  26. ޙަފްޞާ / މާލެ

    ތިޔެއް އިގުނީހީ ދެވަނަ ދައުރަކަށް ޔާމީން ހޮވިނަމަ! 2023 އަށް ދާއިރު މި ސަރަޙައްދުގައިވެސް މިރާޢްޖެއަށްވުރެތަހްޒީބު ޤަވްމެއް ނުއޮތީސް! އެންމެ 5 އަހަރުން ރާއްޖއަށް އައިސްފައިވާ ކުރިއެރުންތަކަކީ ބުނެލާ ވަހަކައެއްނޫނެވެ. ލޯ ސަލާމަތުންހުރި ހަމަވިސްނަ ކޮންމެ މީހަކަށް އެހުރީ ގާތުން ފެންނާށެވެ.

    • ސަރީފާ

      ރީދޫކުލަ ޖެހިފަ ތިބޭމީހުންނަކީ ނުފެންނަ ނުއިވޭ ބަޔެކޭ އެހެންނޫނަސް ގައުމު ކުރިއަރުވަން ގައުމަށް ހެޔޮ އެދިގެން އުޅޭ ބަޔަކު ނޫޅޭ އަމިއްލަ އަންބޮނޑި ބޮޑުކުރަން އުޅެނީ އެހެންވީ މަތާ އެއަރޕޯޓް ވިއްކާލާފަ ރާއްޖެއަށް ލިބޭހާ ޑޮލަރ އިންޑިއާއަށް ގެންދާތަން ބަލަން ތިބީ ލިބުނު ކުޑަކަމިޝަން އަކާ އެކު

    • ބޭބެ

      ދޯ ހަފްސާ. އެދުވަސް ބަލަން މަމެންނަށް ކެތްނުވީ.

  27. ކައުންސެލަރު

    މިޔޯ ޑިމޮކްރަސީއަކީ!؟ މިބައިގަނޑަކުވީ ހަތްފެނުކައްކާ ރާހުތަށްލާން

  28. ނިހާސް

    މާ ހިތް މައްޗަށް އަރާން ނުތެޅޭ ބަލަ މަވެސް ވޯޓްލީމޭ އިބޫއަށް ނިމުނީ އެކަހަލައެއްޗެއް ހިތް ތައް އަރުވާލިއަސް 48 ގަޑިއިރު ތެރޭ ސަރުކާރުވައްޓާލާނަން މިކަހަލަ ނާތަހުޒީބު ސަޕޯރޓަރުންގެ ކިބާން އިއްތިހާދު ގެ ލީޑަރުން ނުވިސްނާކަމަށް ވަންޏާ މަގޭ ސަޕޯރޓް އަނެއް ކޮޅަށްޖެހޭނެ ވެރިކަން ހަވާލުކުރީ ވޯޓްނުލާރަށްތައް ވިއްކާކަށްނޫން ޔާމީން ސަރުކާރުތެރޭތިބިބަޔަކު ކޮރަޕްޓްވީމަ މިއަދު ޔާމީންގެ ސަޕޯޓަރުން ގެކުށެއްނެތް އެމީހުނާ ނުތޮޅޭތި އެކަންކަން ހުއްޓި ރަގަޅުވޭތޯ ދިން ފުރުސަތެއް މީ އިއްތިހާދަށް މާމޭފުއްޕާފަނުކުމެ ބޭނުންހާ އެއްޗެއް ހަދަން ދިން ފުރުސަތެއްނޫން

  29. ގޮހޮޑާ

    ބަލަ އެމްޑީީން ބުނާގޮތައް ވެރިކަން ކުރި މީހެއްތަ ތީ
    ރައްޔިތުން އޭނަ ނުހޮވީވެސް އެހެންވެގެންތާ

  30. ކ.ހުވަދޫ

    މި ރީންދޫ ބައިގަނޑު މީ ހާދަ ހަސީލަތް ނުބައި ބަޔެކޭ، އެދެއަތޮޅުގައިއުަޅެނީ ދިވެހިންނެއްނޫންތަ......

  31. ހުސޭނުބޭ

    5 އަހަރުގެ ވެރިކަމެއް ކޮށްފައި ރައީސަކު ފައިބާއިރު 2013 ވަނަ އަހަރު މެޖޯރިޓީ ނުދިން ރަށްރަށާއި އަތޮޅުތައް ވިއްކާލާ ނުލަފާކަން ދައްކާކަށް ނުއުޅުއްވާ! އެވެސް ދިވެއްސެއް ތަފާތުކުރުމެއްނެތި ކަންތައްތައް ކޮށްދެއްވި. މެޖޯރިޓީ ނުދޭ ރަށްތަކުގެ ބަނދަރުތައްވެސް ހައްދަވާދެއްވި. އެ ރައީސަކު އަނިޔާވެރިއޭ ބުނި މީހުންގެ ހަޤީޤީ ކުލަ ތިހެރަ ފެންނަނީ.

  32. ބޯހަލާކު

    ބަލަ ތީވެސް ގޮތެއް؟ ޑިމޮކްރެޓިކް އޭ ކިޔަނީ ތިޔަށްތަ؟ އެމީހަކު ބޭނުން މީހަކަށް ވޯޓުލުމުގެ ހައްޤު އޮވެޔޭވެސް ހަަމަ ބުނަނީ ކަލޭމެން! އެކަމު ތި ނޫން ބަޔަކަށް ވޯޓު ލައިފިއްޔާ ބިރު ދައްކަނީވެސް ހަމަ ކަލޭމެން. ދެންވެސް ކިޔާނެ އިންސާފޭ! ޖަޒީރާއޭ! އަންނިއޭ! ކަލޭމެން ވެރިކަމަށް އަރާގޮތަށް މިތަން ކިންގްޑޮމް އަކަށް ހަދަން ވީނު. އޭރުން ނުޖެހޭނެނު ތިހެން ކިޔާ ހަޅޭލަވާކަށް. މިއޮތީވާ ބަޔަކަށް ވެރިކަމަށް އާދެވިފަ! ދެން މި ގައުމުގަ އޮތް އަމާންކަން މި ދިޔައީ ހުވާ!

  33. ފަލަކު

    ތީތި ކަޑަ ދޯ، ހިޔާލު ތަފާތުވުމަކީ މަސްްއަލައެއް، ނޫނީ އަދިވެސް މިވަރުންވެސް ހަޖަމް ނުވަނީތަ؟

  34. ނަސީދު

    ކޮން ތަފާތެން މިފެންނަނީ ހަމައެއް ކަމެއް އަނިޔާއޭ އިންސާފޭ ހަންގަނޑޭނުކިޔާ ދެން

  35. ބުއްޅަބޭޭ

    ފާފް އަތޮޅު އިންޑިޔާއިން ތަރައްގީ ކުރާށޭކިޔައިގެން ޑީލް ހަދާފަ އޮތީ، އެގެ ބޭނުމަކީ ތަރައްގީ ކުރުމެއްނޫން، އިންޑިޔާގެ އާބާދީ އެއް އެތާ ޕަލާންޓްކުރުން، އެކަން ފެށިގަންނާނެ 'ގާނޫނީ އިމުގެ ތެރެއިން"

  36. ހުސެން

    މެޖޯރިޓީ ލިބިގެން ތިއުޅެނީ ކޯލިސަނައް. ކޮންމެ ވެރިޔަކައް ބައިބަހާބަލަ، އޭރުން މެޖޯރިޓީ އޮތީ ކޮންވެރިއެއްގެ އަތުގަތޯފެންނާނެ. މޑޕ ގެ ސައިޒު އެންގޭނެ

  37. ކޮނބޫ

    ވިއްކާލާ ވިއްކާލާ މ، ފ އަތޮޅު ކީއްކުރަން މުޅި ރާއްޖެވެސް ވިއްކާލާ.. ހަރާންކޯރު އެމްޑީޕީ.. ލަދެއް ނުގަނެޔޭ

  38. ކ.ހުވަދޫ

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި ރީންދޫބައިގަނޑުގެ ވެރިކަން ކުރުމުއްދަތެއްގެ ތެރޭގައި ނިމިގެންދާނެގޮތް މެދުވެރިކޮށްދެއްވާށި! އާމީން.....

    • ކޮނޯޙާ

      އާމީން

    • ބަޚުލޫލު

      އާމީން.

  39. ލަކޫ

    އެައަތޮޅުގައި ތިބި އެމްޑީޕީ ޕީޕީއެމް ޖުމުހޫރީ އަދާލަތު ޕާރޓީ މެމްބަރުން ނަށް ކިހިނެއްތޯ ހަދަާނީ !

    • Anonymous

      ހުޅުމާލެ އިން ގޯތިދޭނީ! ހިތަށްއެރި އެއްޗެއް ހަދާނީ! ބެހޭކަމެއްނޫން! ރައްޔިތުން ގެނައީ.
      މީ އެމްޑީޕީ ގެ ވެރިކަން! ސާފުވެއްޖެކަމަށް ހީކުރަނީ!!

  40. boo

    އޯ މައި ގޯޑް އިޓްސް އޭން އެޑިޓް. އެމް.ޑީ.ޕީ އޯ ކޯލިޝަންގެ މީހުންނަކީ ތިހާ ގަމާރު ބައެއް ނޫން. ޕީޕީއެމް މީހުންނަށް ނަތީޖާ ހަޖަމް ނުވިކަން ދޭހަވަނީ. އަހަރެން އަތުގަވެސް އެބައޮތް ތީގެ ޓީޝާޓެއް އެގަޑީ ތިތާ ހުރި މީހެއް މަަށަކީ މަށައް ނުފެނުނު އެއްޗެއް ތި ކެމެރާއަށް އަރަން ވީ ގޮތެއް ނުވިސްނުނު.

  41. ފާފު

    ރަނގަޅީވެސް ތިގޮތް. ތިޔަ ޔަހޫދީންގެ އަތްދަށުގައިނުވެ ސައޫދީއަށް ވިއްކާލާ. މަރުޙަބާ

  42. މާޅުވެލި

    މީހުންނާ ވެސް އެއްކޮށް ވިއްކާލާ! ގަންނާނެން ބާ!

  43. ފާފު

    މިހާރު މި 02 އަތޮޅި ވިއްކާލާކަށް އެހާ ފަސޭހައެއްނުވާނެ. މެޖޯރިޓީ ނުދިނީ ހަމައެކަމި މި 02 އަތޮޅޭ ކިޔާއިރު ހީވަނީ ޕީޕީއެމްއަށް ވޯޓު ދިނީ ހަމައެކަނި މި02 އަތޮޅު މީހުން ހެންވިއްޔާ. އެހެންވެގެން މިބުނީ މިހާރު މި 02 އަތޮޅުގެ އާބާދީ މިއޮތީ އިންތިޚާބުގެ ފަހުން ބަދަލުފެވަ. 96000 އެހާ ފަސޭހައިން ވިއްކައެއް ނުލެވޭނެ. ދެން ލަލަލާ

  44. ސުރުމުތީ

    ޔާމިނު އެމީހުންގެ އަތޮޅު ވިއްކާލަން އުޅުމުން އެމީހުން އުފާވިކަން ވޯޓުން އެނގުނީ އެހެންވީމަ އެމީހުން ބޭނުންވަނީ މަދެކޭގޮތުގައި ވިކެން ..

  45. ަައަަފާފު

    ފ މ. އިސްލާމްދީނައް ލޯބި ކުރާ ބަޔަކު ދިރިއުޅޭ މުޖުތމައެއެއް

  46. ޙާޖީ ތުއްތު ދީދީ

    އިބޫއަށް ވޯޓު ނުދިން 95 ހާހަށްވުރެ ގިނަ ރައްޔިތުންވެސް މި ޤައުމުން ބޭރުކުރަންވީނޫން؟؟؟؟؟؟؟

  47. މީމު

    ސާބަހޭ ތިޔަހަރި އޯގާވެރިކަމަކަށް. އަނިޔާވެރިކަން ނިންމިއްޔޯ ހެހެހެހެހެހެހެ

  48. ސާމް

    ކޮބާ ފެނޭ. އަދި މިއުޅެނީ ހުވާ ނުކުރެވިގެން. އެބައިމީހުންގެ ހިތުގައި ވަނީ ހަސަދައިގެ އަލިފާން ރޯވެފައި. އަދި ހުވާ ކުރެވުނީމަ ކިހާ ފޯރިއެއް ހުންނާނެ. އަހަރެން ފަޚުރުވެރިވަމޭ ރައީސް ޔާމީނަށް

  49. އާވިމް

    ދެން ކުރޭ ވެރިކަން އީޔޫ ބުނާގޮތަށް. ﷲ އަށް ބިރުނުގަނޭ ހެހެހެހެ. ހުމާމު އަށް ދީ ޑިފެންސް މިނިސްޓަރުކަން.

  50. ޖުހާ

    އެކަމަކު ވިއްކާލަންވާނީ މީހުނާވެސް އެއްކޮށް .

    • ޖުހާ އައްޕަ

      ކަލޭ ވިއްކާލާނީ އިގިއްޖެ ދޯ.

  51. ދޮށީ ސޮރު

    އަހަރެމެން ޔާމީންގެ ސަޕޯޓަރުން މިތިބީ ކަލޭމެން ކީ ކޮށްމެ އަގަކަށް އެދެއަތޮޅު ގަންނަން ތައްޔާރަށް. އަދި މިދެއަތޮޅު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ބުރިޖަކުން ގުޅާލާ ތިޔަ ޔަހޫދީ ބައިގަނޑާ ވަކިން އިސްލާމީ ރިވެތި ދިރިއުޅުމެއް އުޅެން ތައްޔާރަށް.

  52. ޒާ

    ގަޔަށް ސީލާ. ލާހިކެއްނޫން ކުޅޭކަށް. ތިކަން ކުރަން ދޭ މިނިކާ ރާއްޖެއަށް ބަބުރު ކަރައަށް.

  53. ހަބޭސް

    ހަމައެހަނި އެދެއަތޮޅެއްނޫން ރަށުގައި އޮތް ބުމުގެ ނިސްބަތުން ކަލޯމެނަށް ވޯޓުނުލިބުނު % ބިމުން ވަކިކޮށް ވިއްލާންފެނޭ

  54. ފ އަތޮޅު މީހާ

    އެމް ޑީ ޕީ ގެ ވެރިކަމު ގެ ދަށުގަ ތިބުމައް ވުރެ މާ ހިއްހަމަޖެހުން ލިބޭނެ އޭރުން.

  55. ހަހާ- ހަބޭސް

    މަށެއްވެސް ވޯޓެއް ނުދެން ތިބައިގަނޑަކަށް މިރަށުން ކަލޯމެނަށް މިރަށުން ލިބުނީ 30% ވޯޓް ބާކީއޮތް އެހެންވިއްޔާ ބިމުގެ 70% ވިއްކާލާ

  56. ނަން

    މާތްކަލާކޯ! ރައީސް ޔާމީނަށް ވޯޓުދެއްވި 96132 ދިވެހި ރައްޔިތުންނާއިމެދު ވިސްނުންހުރީ ކޮންފަދައަކުންބާ؟

  57. ނައިންޓީ

    ޗީޑި، ތީތަ ޑިމޮކްރަސީއަކީ؟ ގައުމިއްޔަތެއްގެ ކަންފުޅެއްވެސް ނެތްކަން ތި ހާމަކުރަނީ. ކޮންމެ ބަޔަކު ކުރި ކަމަކަށް ވިޔަސް އެވާހަކަޔަށް އިބޫ ރައްދު ދޭންޖެހޭނެ. އިބޫ ބުނަމުން ދިޔައީ ވޯޓުދިން މީހެކޭ ނުދޭ މީހެކޭ ތަފާތެއް ނުކުރާނަމޭ. ކާމިޔާބެއް ލިބުނީމާ ހާޔާތްކެނޑިގެން އުޅެން އުޅޭނެކަމެއް ނެތް. އަމިއްލަޔަށް ގޯސްހަދަން ފަށައިފިނަމަ ނިމޭ ވަގުތު ޖެހޭނެ. މީ ދިވެހިރާއްޖެ. އިންޝާﷲ

  58. އަހްމަދު

    މޑޕ ގެ އެޕިސޯޑުތައް ބައްލަވަން ތިއްބަވާ.. އެމީހުން ހީކުރަނީ މަމެން ވޯޓުދިނީ އެ ޕާޓީއަށްކަމަށް. އެއްގޮތަކަށްވެސް އެހެނެއް ނޫން

  59. މަރީޔަންމާ

    ނުވަދިހަހަހާސް ރައްޔިތުން ވިއްކާލަބަލަ ބޮލަކައް ބިލިއަނެއްގެ މަގުން ކަލޭމެން ރީނދޫ ވަށަން ރީނދޫ ގަންނަން ލައްކަ ފައިސާލިބޭނެ ބޯންދީފަ ތޯއްޗެ މަގުމައްޗައް ނެރިފަ އެތިބީ

  60. ބޮލި މުލައް

    އުލު ބޭންދިޔަސް މ. އަތޮޅުގެ ފިކުރެއް ބަދަލެއް ނުކުރެވޭނެ. މަޖްލިސް ގޮނޑި ނުދޭނަން. ދެން ލަލަލާ

  61. ޙހހހ

    އަޅެ ވިއްކާލަ ބަލަ ވާގޮތް ބަލާލަން!☝️

  62. ސިރާޖު

    ބޭނުމީ އަވަހަށް މި މުސީބާތުން ސަލާމަތްވާން އަވަހަށް ވިއްކާލާ މި ދެއަތޮޅު ތިބީ ތިކަހަލަ ފަރަންޖީންނެއް ނޫނޭ

  63. ސަންގުމަރުމަރު

    ކަލޭމެންގެ ތިޤަބޫލުކުރާ އިސްލާމްދީނާ ޚިލާފު ޑިމޮކްރަސީއަށް ތަބާނުވާ އެންމެން މަރަންވީތަ؟ ތިއީ މުސްލިމުންގެ ފިކުރެއް ނޫން. ތިޔައީ ޔަހޫދީންގެ ފިކުރު.

  64. ހަޖަމް

    ހަޖަމު ކުރަން ދަސްކޮއްބަލަ. ވާޖިބެއްނޫނޭ ހުރިހާ ރަށަކުން މެޖޯރިޓީ ލިބޭން. ކިތައްމެ ފުމުނަކަސް އެއޮތީ ތަފާތު ދއްކާފާ. ވަރަަށް އަސަރު ކޮއްފިދޯ

  65. ސަމާސާވާހަކަނޫން

    ކެތްތެރިކަމާއެކް ތިބެމާ ކުޅިސަމާ ބަލަން ވާނިުވާގަ އުޅޭ އާލާތުން ދުނިޔެރަން ވެ ގެން އެއުޅެނީ 96000 ހަނދާން ނައްތާލައިގެ ނުވާނެ އެކަނި އެކަކަށް އެވަރު ފުދޭނެ

  66. ނިޔާޒާ

    ތިޔަ އުފައްދާ ރިޝްވަތުގެބާރުން ހޯދި ވެރިކަން މާތްﷲގެ އިރާދަފުޅާއެކު މަދުދުވަސްކޮޅެއްގެތެރޭގައި ނިމިގެން ހިގައިދާނެ! މިހެން މިބުނީ ހެކި ހުރެގެން!

  67. މުއްސަނދިބެ!

    އެއްކަލަ ގުރޫޕް ވެރިކަމަށް އަތުވެއްޖެ! ދެން އިވޭނީ މީނި ތަނެއް ވިއްކާލާ، މީނިތަނެއް ރޯކޮށްލާ، އޭނެތަނެއް ރޯކޮށްލާ، އޭނެތަނެއް ހުޅުޖަހާ، އެއްޖިންސުން ކާވަނިކޮށްދީ، ހުރިހައި ދީނެއް ހަމަހަމަ ކޮށްލާ ގޮވާ އަޑު!

  68. ޙުސައިން މުލި

    ނުކެރޭނެ ވިއްކާލާކަށް
    ރަނގަޅީވެސް ވިއްކާލިއްޔާ

  69. ކިޔާމީހާ

    ީއިންޑިއާ ޕާކިސްތާނު ގޮތަށް ރާއްޖެވެސް ދެބައި ކޮށްލާ.ދެކުނު ސަރަހައްދު މޑޕ އަށް. ޢެފަޅި ބޭނުންނޫން މީހުން އުތުރަށް.ދުވަސްކޮޅަކަށް ހަޅޭއްލަވާފަ އޯކޭ ވެދާނެ.މަލިކުވެސް އެއޮތީތާ އިންޑިއާ ސަރުކާރަށް ބަލަދުއަރާފަ.

  70. އާދަމް

    ދިވެހީން ﷲގެ ޝަރީޢަތުގައި ކޮޅުފައިން ޖަހައި މޫނު އަނބުރާލިފަދައިން ﷲ ދިވެހީންގެ ހުވަފެންތަކާއި އުއްމީދުތައް އަބާއްޖަވެރި ކުރައްވަފާނެ. ވާހަކާގައި ދެއުޅިއެއްނުވާ މީހުންގެ ދިނބާކޮޅަށް ލީމަ ފަރަށް އަރާނީ.

  71. ސައްޕެ

    މިމީހުންގެ އަސްލު ސިފަ މިފެންނަނީ މަގެދީނާ މަގެ ޤައުމާ ނުކުޅެއްޗޭ އެނގިތިބެ ގައްދާރު ނުވައްޗޭ?

  72. ހިލާ ނުވިއްކޭނެ.

    ގޯސް. ކޮސް ނުގޮވާ

  73. Anonymous

    ތި ޖާހިލު މޑޕ މީހުން މޯދީއާ ގުޅިގެން ދިވެހިންގެ ތެރެެއިން މުސްލިމު އާއިލާތައް ރޭޕްކޮށް އަންދާލަންވެސް ފަހަކަށް ނުދާނެ. މުސްލިމް ދިވެހިން މިކުރީ މޮޅުކަމެއް. ޔާ ﷲ މިގައުމަށް ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން.

  74. ައަބުދުއްލޯ

    މިހާރު ހުރިހާކަމެއްވެސް އޯކޭވާނެ ،

  75. ޝަރފު

    ތިއީ ބިރުވެރިކަމާ ހާސްކަން ނެތް ރާއްޖެއެއް ގާއިމު ކުރުމަށް ކުރާ ކަންކަން. ރައްޔިތުންނޭ ހޭއަރާކަށް ނުވޭތޯ. ތަފާތުކުރުން ނެތް ޒާތީ މިނިވަންކަން ކަށަވަރު ކޮށްދޭ މާޙައުލެއް ގާއިމުކުރުމަކީ މިއީ ކަމަށް ދެކިގެން އަޅުގަނޑުމެން ތިބެންވީތޯ.

  76. ވަގު

    އަވަސްވީގޮތަކައް ވިއްކާލާ

  77. ޢަލީ

    އަދި ވަކިވަކ ރަށްރަށްވެސް އެބަހުރި އެރަށްތައްވެސް ވިއްކާލަން ވާނެ، އަހަރެމެން އެރަށްތައް ގަނެގެން ވަކި ދައުލަތެއް ގާއިމުކުރާނެ ރަނގަޅެއްނުދޯ/ އެރަށްތައް އެއްތަނަކަށް ގެނައުމަށްޓަކައި ލާޖައްސާނީ އެހެންނު. ތިދަނީ ކުރިން ވެރިކަން ލިބުނުމީހާ ބުނިހެން އަހަރެމެންގެ ޕާޓީމީހަކު އަތުވެއްޖެނަމަ ފިރުމާލާފަ ކަންތައް ކޮށްދީފަ އެހެން ޕާޓީއެއްގެ މީހަކު އަތުވެއްޖެނަމަ ނުލަފާކަން ދައްކާލަމޭ ބުނިހެން.ދޯ. އެކަމަކު މިއީ ޑިމޮކްރަސީގެ ވެރިންނޯ

  78. މ.މީހާ

    ޢެމްޑީޕިީން ދެއަތޮޅުގެ މެޖޯރިޓީ ނުލިބުނީމަ އެދެ އަތޮޅު ވިއްކާލުން އެއީ އިންސާފް.އެރަތްޔިތުންނަކީވެސް ހަމަ ދިވެހިންނޭ. ޢެމީހުނަށް ގާނޫނުން ލިބިދޭ ވިޖިބެއް އަދާކުރީދޯ. އިންސާފު ވެރި ވެރިކަން ކުރަން ދިވެހިންގެ ވޯޓުން ތިމަންނަމެންނަށް ރަނގަޅީ ރައީސް ޔާމީންއޭ ބުނާހާ ބަޔަކަށް ފުރައްސާރަކޮށް، ލަދުގަންނަވާ ރަށުން އަދި ޤައުމުން ފައްސާލުމަކީ އިންސާފު. ޝަރީއަތުން ކުއްސާބިތުވެ ޖަލަަށްލުން އެއީ އަނިޔާ. މިހާރު އިންސާފާ އަނިޔާ އޮޅިއްޖެ.

  79. ހެހެ

    ތަފާތު ކުރުމެއް ނެތް ރައްޔިތުންގެ ވެރިކަމޯ.

  80. ސަހަރޯރޭ

    ސާބަހޭ ދިވެހިންނޭ ތަނެއް ދޮރެއް ނުބަލާ ކޮމެންޓް ކުރެވޭތޯ ބަލާތި. ބަލަގަ އެތިބީ ފުލައި ވުޑް ފިލައިން ހަދާފަހުރި ޓީޝާޓު ލައިގެންތަ ބަނޑިއެއް އަރާ ނުލާ ބުރަކަށި މަތީ ލިޔުން ކޮޅު އެއޮތީ!! ޕިސް ޕިސް ހަމަ ސާބަސް..

    • ޢަލީ

      ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ.

  81. އަހްމަދު

    މީ ޑިމޮކްރަސީ އޭ ކިޔާމީހުން ؟

  82. އައްލެއިކަލޯ

    ދެއަތޮޅު ވިއްކާލަނީ ރައްޔިތުންނާއިއެކުތޯ؟

  83. ބުރުހާނުއްދީން

    މައްކާގެ މުޝްރިކުން މުސްލިމުންނަށް ހެދިގޮތަށް ފ އާއި ދ ހަދަން ތިއުޅެނީ. ސާބަހޭ. އަހަރެމެންނަށް މިހާރު ކަމުދަނީ ޖާހިލިއްޔަ ޒަމާނުގެ އާދަތައް.

  84. ކެރޭ އަބްދުﷲ

    މިއީ ޑިމުކޮރަސީއޯ. ރައީސް ޔާމީނައް ވޯޓް ދިން އެންމެން ވިކާލަން ވީނު. މަވެސް މީ ރައީސް ޔާމީނައް ވޯޓް ދިން ފަރާތެއް މަވެސް ވިކާލަބަލަ. ތިކޯލިސަންގެ ވެރިކަން ﷲގެ އިރާދަ ފުޅުން ނިމަވާފާދޭވެ. އާމީން.

  85. ޓެކުސީ

    ތިވައްތަރައް އުޅެންނާ ވެރިކަން ވައްޓާލާކަށް ގިނަދުވަހެއް ނުނަގާނެ އިންޝާ ﷲ.ޔަގީން

  86. ރާއްޖެ

    އެމްޑީޕީގެ ހަރާންކޯރު ސިފަ މިހާ އަވަށްވެސް
    ފާޅުވާންއެފެށީ

  87. އިންސޯ

    ކަލޭމެންނެކޭ ތިޔަ އަތޮޅުތައް ވިއްކާލަން އުޅުނު މީހުންނެކޭ ނެތް ތަފާތެއް.

  88. ާަިަެެއޫބްސާވަރ

    ތަންދޮޮރު ނުބަލާ ފާޑުފާޑު ނުކިޔުއްވާ ފާފާވެރިވާނީ ހަމަހިމޭން މާހައުލކަށް ވަޑައިގަނޭ މަ ހައްޕު

  89. ބިލެއްދޫ

    މަވެސްމީ ފާފު އަތޮޅުގެ ދަރިޔެއް މަށަށްވެސް އަވަސް ގޮތަކަށް ފާފު ވިއްކާލަންފެނޭ ފާފުގަ އެމްޑީޕީ ބައިގަޑު މަދެއްނުވާނެ

  90. ނަހޫ

    ފާފުގަ ގިނައީ އެމްޑީޕީ ބައިގަނޑު ފައިސާގެ ދަހިވެތި ކަމުގައި ވޯޓްލީ ޕީޕީ އަށް ދެން ވާނީ މިހެންނު

  91. Anonymous

    ކަލޭމެންގެ ބައިން ބަފައިންގެ ހަރުމުދާ ވިއްޔާ މ އަދި ފ އަތޮޅަކީ.

  92. ހިތާމަހުރި

    އަނިޔާވެރިކަން، ނާއިންސާފް، ހަމަހަމަކަން މިވެރިން މާނަ މިކުރިގޮތެއް ނުވިސްނުނު. މެޖޯރިޓީ ނުލިބުނީތީ މި އަތޮޅުތައް ވިއްކާލުން މިއީ އިންސާފުތޯ؟ މައިން ބަފައިންނާ އެއް އުމުރުގެ މީހުން ކުރިމަތީ ވައްވައް ޖަހައި ހަޑިހުތުރު ބަހުން އައުގުރާނަ ގޮވަމުން ގަޔަށް ބޮލަށް ކިރިޔާ އަރައިނުގަނެ ހަޅޭއް ފަޅޭއް ޖެހުން މީއަކީ އަނިޔާއެއް ނޫންބާ؟ އުފާ ފާޅުކުރުމުގެ ނަމުގަ އުމުރުން ދުވަސްވީ މީހަކަށް ތުއްތު ކުދިންނަށްވެސް ބެލުމެއްނެތި މިފަދައިން އަމަލުކުރުމުން މި ޖެހުނީ ކޮންތާކުތޯ؟ ޔާ ﷲ އަޅަމެން މި ޖާހިލް އަނިޔާތަކުން އަވސް މުއްދަތެއް ތެރޭ ސަލާމަތް ކުރައްވާ މިއީ އަމާން ތަނެއް ކަމުގައި ލައްވަވާންދޭވެ. އާމީން

  93. ސަޕޯޓަރުން

    ކާކުބާ ތިޔަ ދެ ސަޕޯޓަރުންނަށް ފަންޑުކުރީ. ތިޔަ ކަހަލަ ގައުމައް ގައްދާރުވާން ގޮވާލާމީހުންގެ މޫނު، ނަން އަދި އެޑްރެސްވެސް ހާމަ ކޮއްލިނަމަ

  94. ހާމަ

    އިއްތިހާދަށް މެޖޯރިޓީ ނުދިން ދެއަތޮޅު އެކަންޏެއްނޫން ވިއްކައިލާންވީ. ޔާމީނަށް ވޯޓުދިން 96000 މީހުންވެސް ގެދޮރުންނެރެ މަގުމަތިކޮށް އެމީހުން ރެފިޢުޖީންގެ ގޮތުގައި ހަދައި އެމީހުންގެ ގެދޮރުތައްވެސް ވިއްކާލައި އިއްތިހާދުގެ ބޮޑުން ގަންޖާބޯން ފައިސާހޯދަންވީ. އެއީ އަސްލު އެމް.ޑީ.ޕީ.ގެ ސޫރަ.

  95. ގަނެ ވިއްކާ

    މ.އަދި ފ.އެއްނޫން ވިއްކާލަންވީކި ލާދީނީ އެމް.ޑީ.ޕީ އާއި މުޅި ސިއްކަގެއާއިލާ އޭރުން މާތާހިރުވާނެ......؟؟

  96. ޜުޒާނާ ޗޮއްޕަޓު

    ޑަބިޔާގަނޑެއް ތަޅައިގަތްގަތީނުން ހުވާ ކުރުމުގެވެސް ކުރިން މިތަނުން ފައްސާލަން ވީތަ؟ ކުރިން ވާ ތިން އަހަރު ވިއެއްނު

  97. ޙިހިހި

    މީމު: މަނިކު ފާފު: ފާނު އިބޫ މަނިކުފާނު ވިއްކާލަމާ. ޗައިނާއަށް ކިޔަވަން ހިނިއަންނަނީ ހަމަ . ނުކިޔަވާވެރިމީހާގެ ރައްޔިތުމީހާ ?????

  98. ޅ

    ކަލޭމެން ހިތުހުރި ގޮތަކަށް އަހަރުން ދިރިތިބި ހިނދަކު ކަންތައް ލާހިކެއްނޫން ކުރާކަށެއް

  99. މޝ

    އެދެއަތޮޅުންވެސް ހަމަ އެމް.ޑީ.ޕީ އަށް ތާއީދުކުރާ ވޯޓްްލީމީހުން އެބަތިބިދޯ... އިންސާފަކީ ހަަމަ ތިއީބާ ވިސްނާލާ... ލަދުން ބޯހަލާކު

  100. ޢަހަރެން

    މޮޅު ކަމެއް ވަގުތު ކުދިން ތިޔަކޮއްލީ މީ ހަމަ ބައެއްގެ ރޭވުމެއް

  101. ޢަލީ

    ޙާދަ ހިތްމައްޗަށް އަރައިގެން ވޯޓުގެ މެޖޯރިޓީ ނުލިބޭ ދެއަތޮޅު ވިއްކާލަން މިއުޅެނީ... މީއިންސާފު ނެތިގެން ވެރިކަން ބަދަލު ކުރިމީހުންގެ ފެންވަރު...އިދިކޮޅުގަވެސް ތިބީ ހަމަ ދިވެހި ރައްޔިތުން...ނުވާނެ ތިކަަމެއް.....

  102. Anonymous

    އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ނަންމުގައިވެސް އޭރުން މީމު ފާފު ނުހިމަނާ ކިޔަން ޖެހޭނީ

    އިބްރާހީ ޙައްމަދު ޞާލިޙް

    ނަން ކިޔޭނީ މިހެން އޭރުން

  103. ޑޭ

    މީހަކު އަޅެ މޮޔަވެދާނެ މިތިބަ އެމްޑީޕީ
    ބައިގަޑަކާހެދި ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް އެހެންނުވާނީ ހަމަ ހެޔަކު ނޫން ތިބެނީކީ

  104. މަކަރޭ

    ވަގުން ވެސް ބޭނުން ވާ ގޮތް ތީ.

  105. ފާތުން

    މީމް / ފާފް ބާއްވާފައި ކަލޭމެން ކުދިން ވިކި ހުސްވެބަލަ... އެއީ ކަލޭމެންގެ ހަރު މުދާގަނޑެއް ނޫން... އަވަހެއްނު ތެޅިގަތްލެއް... ލަދުން ބޯހަލާކު.... ތަންތަން ވިއްކާ ހުސްނުކުރިއަސް ވެރިކަން ކުރެވޭނެ... އެހެންނޫނަސް ވަކި ބަޔަކަށް ވޯޓް ލާކަށް މަޖުބޫރެއް ނުވާނެ، އެމީހަކަށް ފެންނަ ކެނޑިޑޭޓަކަށް ވޯޓްލުން އެއީ މައްސަލައެއް ނޫން . . .

  106. ޔާ

    ހާދަހާ ނުވިސްނޭ މީހުން އުޅޭދޯ! އެމްޑިޕީއަށް ސަޕޯޓްކުރާ ބަޔަކު އެހެންބުންޏަސް އެއީ އަދި އިބޫކުރަން ބުނި ކަމެއް ނޫންދޯ! އެހެންވީމަ އެހާއަވަޙަށް އިބޫގެ ސަރުކާރުން ނާއިންސާފުން ކަނތައްކުރާ ވާހަކަނުދައްކާ! އަދި ހުވާވެސް ކުރީއެކީ ނޫން.

  107. ފިލާވަޅު

    ބިރު ދައްކާގެން ވޯޓެއް ނުލިބޭނެ ކަން މީގެ ދެދުވަސްކުރިން އިގިގެން ދިޔަ. އެ ދެ އަތޮޅުގައިވެސް ވަރަށް ކުޑަ ތަފާތަކުން ޕޕމ އަށް މެޖޯރިޓީ ލިބުނީ ވީމާ އިއްތިހާދަށް ވޯޓު ދެއްވި ފަރާތްތައްވެސް ތާއީދު ގެއްލޭނީ ތިގޮތަށް ހެދީމާ. އިބޫ ވައުދުވި ވޯޓު ދެއްވި ފަރާތްތަކަށާއި ނުދެއްވާ ފަރާތްތަކަށް ތަފާތު ނުކުރައްވާނެކަމަށް.

  108. އެދުރުބެ

    ހީވޭބާ ދެން އެންމެ ފަހުން ގައުމު ވިއްކަލާނީ

  109. އެދުރުބެ

    އަދި މިއުޅެނީ ވެރިކަމުގެ ޙުވާނުކޮށް ރަށްރަށް ވިއްކާވާހަކަ އެ ދައްކަނީ! ހައިރާންވޭ

  110. ާހަހަަހަ

    ވިިިިިިިިއްކަން ވިިިި ހަމަ ޔަަަމިިނު ހަވަރައް

  111. މޯދީ

    ހީވޭ ކަމެއް ހެން އެ ފެންނަނީ އަސްލު ނުބައި ސިފަ.

  112. ރަށްފުށު

    މި ބައިގަންޑަށް ވޯޓު ނުދިން އެންމެން ވިއްކާލާ!!! އަދި އެޔާޕޯޓު ވެސް ވިއްކާލީމަ ތިބޭނެ އެންނު މި ބައިގަނޑަށް ވޯޓުދިން މީހުން ހީހީ ހަލާކު ވާން..

  113. ތަކުރުފާނު

    ދިވެހިންގެ ގަޅިކަންދޯ!

  114. ކ.ހުވަދޫ

    އެދެއަތޮޅުގައި އިއްތިހާދަށް ވޯޓް ދިންމީހުނަށް ކިހިނެއްތޯ ހަދަނީ ، އެހެންތަނަކަށް ބަދަލުކުރަން ބެލިޔަސް ތިބޭނެ އުފަން ރަށްދޫކޮށް ނުދާނެ ބަޔަކު...ކުޑަހުވަދުއަށް ވާނީ މީހުންވެސް ބަދަލުކުރެވުނީ 3 ފަހަރުމަތިން ދެން ކޮން މޮޔައެއްތަ މިރީންދޫ ބައިގަނޑު މިގޮވަނީ............

  115. ނާ

    ކޮންމެ މީހަކަށް ވޯޓްދިނަސް ބޭނުން ގޮތެއް ނުހެދޭނެ... ހައްތާވެސް ދިވެހި ރައްޔިތުން... އަހަރުމެންގެ ޙއަްޤު ތަކެއް މިޤައުމަށްވޭެ... މީކަލޭމެންގެ އެކަނި ޤައުމެއް ނޫން...

  116. ޥަކި

    ޙަޖަމު ކުރަަަަަަން ދަސްކުރެ މިފަހަރު ދެން

  117. ާ ހުވާދު

    ޢިންސާނުންގެ ތެރެއިން ވެސް ދިވެހިންނަކީ އެހެންމީހުން ރަހުމުކުރާނެ ބައެށްނޫން ތިމާަގެ އެދުން ތިމަާއަށް ވީމާ ނިމުނީ . ޥަރަށް ނުބާބައެއް..

  118. ނުރަބޯ

    ރީނދޫ ޑިމޮކްރަސީގެ އުސޫލު ވަރަށް ތަފާތުވާނެ އެތެރެފުށުން. ބޭރުފުށް ވަރަށް އެއްގޮތްވާނެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އަށް ވެރިކަން ކާމިޔާބުވި އިރު، އޭނާއާއި އިދިކޮޅު ވަރަށްގިނަ ބަޔަކު ތިއްބެވެ. އެހެންނަމަވެސް އިދިކޮޅުފަރާތްތަކަށް އަދަބުދެއްވުމުގެ ގޮތުން އޭނާ އެބައިމީހުންނަށް އެއްވެސް ނިކަމެތިކަމެއް ކުރެއްވިކަން އެނގޭކަށް ނެތެވެ....!!!

  119. ދިވެހި ބަސް

    “މ” އަދި “ފ” ވިއްކާލީމާ އެވިއްކާލެވުނީ ދިވެހި ބަސް! ދިވެހިން ފަހުރުވެރި ވާ ދިވެހި ބަސް! އެހެން ވީމާ ދީވެހިބަސް ދެކެ ލޯބިވާ ކޮންމެ ބޭފުޅަކުވެސް މިކަމާ ދެކޮޅަށް އަޑު އުފުއްލަވާ! - “ގައުމަށްޓަކާ އަޑު އުފުއްލަވާ!”، ސިޔާސީ ކަންކަން އެއްފަރާތް ކުރައްވާ! މިއީ ވަރަށް ސީރިޔަސް މައްސަލައެއް!

  120. ޗ

    ހުރިހާ މީހުންގެ ރައީސޯ. އެމްޑީޕީ އެކްޓުވިސްޓުންގެ ރައީސް. އަހަރެން ވެސް ލީ ރ.ޔާމީނަށް... މާލެ އިން އެންމެ ގިނަ ވޯޓް އެފޮށިން ރ.ޔާމީނަށް. ...ފ.މ އަތޮޅާ އެކު