މިހާރު ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 37 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންއަންނަ ކަންތައްތަކަށް އަމާޒުކޮށް އިނގިރޭސިވިލާތުން އިސްކޮށްއޮވެ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކާ އަދި ހުޅަނގުގެ ޤައުމުތަކުގެ ބައިވެރިވުމާއެކު، ކައުންސިލްގައި އިއްޔެ ހުށަހެޅުނު ޖޮއިންޓް ސްޓޭޓްމަންޓަށް ދިވެހިރާއްޖެއިން ރައްދުދީފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން ކައުންސިލްގައި "ރައިޓް އޮފް ރިޕްލައި" ގެ ގޮތުގައި މިގުޅިފައިވާ ބަޔާނަށް ރައްދު ދެއްވުމުގެ ގޮތުން ބަޔާނެއްދެއްވީ ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ހާލާ ޙަމީދެވެ.

އެކަމަނާ ހުށަހެޅުއްވި ބަޔާނުގައި ޖޮއިންޓް ސްޓޭޓްމަންޓް ސިފަކުރެއްވީ ހަޤީޤަތާ ޚިލާފު އަދި ރާއްޖޭގެ އަދުގެ ހާލަތަށްހެޔޮ ބަދަލެއް ގެނައުމުގެ އިޚްލާޞްތެރި ވިސްނުމެއްނެތި، އިނގިރޭސި ވިލާތުން އިސްނަގައިގެން ހުށަހެޅި ބަޔާނެއްގެ ގޮތުގައެވެ. އަދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކޮރަޕްޝަންގެ ނުފޫޒު އިންތިހާއަށް އޮވެ، 1 ފެބްރުއަރީގެ އަމުރަކީ ފަނޑިޔާރުންގެ ބެންޗުގެ ފަރާތުން ފެނުނު ޤާނޫނު އަސާސީއާ ތައާރުޒުވުންތަކެއް ހިމެނޭ އަމުރެއްކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް އެކަމަނާގެ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓާމެދު ހުރި ކަންބޮޑުވުންތައް އެންމެ ފުރަތަމަ ފާހަކުރައްވާފައިވަނީ ސްޕެޝަލް ރެޕަޓަރ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖާސް އެންޑް ލޯޔާރސް ދިވެހިރާއްޖެއަށް 2013 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި ކަމާއި އަދި ސްޕެޝަލް ރެޕަޓަރގެ ރިޕޯޓުގެ ނިންމުމަށް އިނގިރޭސި ވިލާތުން އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް އޭރު ތާއީދު ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ފަރާތުން 2015 ވަނަ އަހަރު ނެރުނު ނޫސްބަޔާނުގައި ވެސް ދިވެހިރާއްޖޭގެ ޖުޑީޝަރީ ސިފަކޮށްފައިވަނީ ސިޔާސީ، އަދި ބޭރުގެ ނުފޫޒު ފޯރާފައިވާ މުއައްސަސާއެއްގެ ގޮތުގައިކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން ހައިކޮމިޝަނަރގެ އޮފީހާއި ކައުންސިލްގެ މެކޭނިޒަމްސްތަކަށް އެއްބާރުލުން ނުދޭކަމަށް ޖޮއިންޓް ސްޓޭޓްމަންޓްގައި ފާހަގަ ކޮށްފައިވަނީ ހަޤީގަތާއި ޚިލާފަށް ކަމަށާއި، މި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައިވެސް ހައިކޮމިޝަނަރ އޮފީހުގެ ވަފުދުތައް 6 ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތްކުރެއްވިކަމާއި، އަދި މީގެ 3 ހަފްތާ ކުރިން އެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ކުރި ޒިޔާރަތަށް ރާއްޖެއިން މަރްޙަބާ ކިޔާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އެއީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައިކަންވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ސްޕެޝަލް މެކޭނިޒަމްސްއަށް 9 ކޮމިއުނިކޭޝަނެއް މި ވޭތުވެދިޔަ ތިން އަހަރުތެރޭ ފޮނުއްވާފައި ވާނެކަމާއި، އަދި 7 ސްޕެޝަލް ރެޕަޓަރ ރާއްޖެއަށް ދަތުރުކުރެއްވި ކަމާއި، އަދި އިތުރު 2 ސްޕެޝަލް ރެޕަޓަރއެއްގެ ދަތުރެއްގެ މަޝްވަރާ ކުރެވެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ އެންމެހާ މުއައްސަސާތައް ހަރުދަނާކޮށް އިންސާނީ ހައްޤުތަކަށް ހުރުމަތް ކުރާ ސަގާފަތެއް ގާއިމް ކުރުމަށް އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފުރިހަމައަށް ޤަބޫލުކުރާކަމާއި، ނަމަވެސް އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ޤައުމުތަކާ އެއްހަމައެއްގައި ރާއްޖޭގެ މުއައްސަސާތައް ހުންނާނެކަމަށް ޤަބޫލުކުރުމަކީ ހިތާމަކުރައްވާކަމެއްކަމަށް ވިދާޅުވެ، މުއައްސަސާތައް ހަރުދަނާކުރުމަކީ ކުރުމުއްދަތެއްގައި ކުރެވޭނެ ކަމެއްނޫންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައިޓް އޮފް ރިޕްލައި ނިންމާލައްވަމުން، ދިވެހިރާއްޖެއިން އދ.ގެ އޮފީހާއެކު ގުޅިގެން މައުނަވީ ހަރުދަނާ މަސައްކަތްތަކެއް އިޚްލާޞްތެރިކަމާއެކު ކުރާނެ ކަމަށާއި ދިވެހި ސަރުކާރުން މީގެ ކުރިންވެސް އެކަމަށް ފުރިހަމަ އެއްބާރުލުން ދެމުންގެންދިޔަ ފަދައިން ކުރިއަށް އޮތްތާނގައި ވެސް އެއްބާރުލުން ދިނުމަށް ސަރުކާރުން ތައްޔާރަށް އޮތްކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ފާތުމާދިޔެ

  ޢެންބެސެޑާ ހާލާ އަށް އައްސަރިބަހާ ސާބަސް ރައްދު ކުރަން. ތީ ރާއްޖެ ފަޙުރުވެރިވާ ފަދަ ކަންބަލެއް. ޥަރައް ބޮޑަށް ޝުކުރިއްޔާ

 2. ރީތި މޫސަ

  އިނގިރޭސިންނަކީ އަބަދުވެސް އެހެންޤައުމުތަކާ ވިއްދާފަތިބޭބަޔެއް ބޭނުންވާނީ ޤައުތަކުގެ ވައްޓަފާޅި އެމީހުންނާއި އެއްގޮތަށްބަދަލުކުރަން މިހާރު މިފެނިގެންދަނީ ދިވެހިރާއްޖެ ކުރިއަރާތަންފެނުމުން އިހުއޮތްދަރަޖައަށްވަޢްޓާލައިގެން އެމީހުންނަށް ސަލާންޖައްސުވަން ކުރާމަސައްކަތް މުޅިޔޫރަޕުންވެސްކުރާ ކަމަކީ ކުރިއަރާޤައުމުތަށް އެޤައުމެއްގެތެރެއިން ބަޔަކުއުފަށްދައިގެން އެޤައުމެއްފުނޑަލުން ޚާއްސަކޮށް އިސްލާމީ ޤައުމުތަށް ނެތިކޮށްލުން

 3. ޢަހަންމާ

  ލަންކާގަވެސް ކުއްލިހާލަތު އިޢުލާނު ކޮށްފި އެކަމާ ގުޅިގެން ޔޫރަޕުން ބަޔާނެއް ނުނެރެ ދެން ކީއްވެ މިޤައުމާ އަޅައިގަނެގެން ތިއުޅެނީ

 4. ދަވޭ

  ގައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި އެއްވެސް އަސްލެއް ނެތް ކަމަށް ސަރުކާރުން ވިދާޅުވާނަމަ ސަރުކާރުން ޖެހޭނެ ވަރަށް ތަފްސީލް ކޮށް ފޮރިންގް މިނިސްޓްރީ މެދުވެރިކޮށް ދިވެހިންނަށް އދ. ގެ ހިއުމެން ރައިޓްސް ކައުންސިލް މަސައްކަތް ކުރާ ގޮތާއި އަދި އެތަނުގައި ގައުމު ތައް ގުޅިގެން ނެރެފައިވާ ބަޔާން ނަމުގައި އދ. ގެ ހިއުމެން ރައިޓްސް އެމްބެސެޑަރު އެނެރޭ ބަޔާން ތައް ނެރޭގޮތް ރަނގަޅަށް ކިޔާދޭން. ގައުމު ތައް ގުޅިގެން ނެރެފައިވާ ބަޔާނެއް ކަމަށް އދ. ގެ ހިއުމެން ރައިޓްސް ކައުންސިލުން ބުނާއިރު ތިއިން އެއްވެސް ގައުމެއްގެ އެއްވެސް ހެޑް އޮފް ސްޓޭޓެއް ތިޔާ ބަޔާން ގައި ސޮއި ކޮށްފައި ނެތެވެ. އެހެން ކަަމަށް ވާނަމަ މަމެން ގަބޫލު ނުކުރާނަން ތިޔާއީ ގައުމު ތައް ގުޅިގެން ނެރެފައިވާ ބަޔާނެއް ކަަމަށް. ގައުމު ތައް ތަމްސީލް ކުރަނީ ރައްޔިތުން ހޮވާފައިވާ އެ ގައުމެއްގެ ހެޑް އޮފް ސްޓޭޓް އޭ އެފަދަ ބޭފަޅު ސޮއި ކޮށް ފައި ތައްގަނޑު ޖަހާ ފޮނުވާ ލިޔުމޭ މަމެން ގަބޫލުކުރާނީ. އެނޫން ގޮތެއް މީގައި އޮވެގެން ނުވާނެއެވެ.

 5. ާބޫސުފުޔާން

  ޢިންސާނީހައްގުތަކޭކިއާގެން އދލަދުގަންނަންޖެހޭނެ އަދިއިނގިރޭސިވިލާތް ތިއައީ ގައްދާރުންނައްހިމާޔަތްދޭގައޮމެއް ސާބަސް ޔާމީން

 6. އަންބްރޭކެބްލް

  ގައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި އެއްވެސް އަސްލެއް ނެތް ކަމަށް ދިވެހި ސަރުކާރުން ރައްދު ދެއްވައިފިނަމަ މިހާރު އދ. ގެ ހިއުމެން ރައިޓްސް ކައުންސިލް ގެ ބޮޑޭ އަށް އިނގޭނެ އެއް ނޫންތޭ މަމެން ޕިންކީން ނަކީ އެއީ މެދު އިރުމަތީގައި ހުންނަ ފަދަ ރަނޑު ސަރުކާރު ނޫން ކަން މަމެންނަަކީ. މަމެން ނަހަދާނަމޭ އދ. ގެ ހިއުމެން ރައިޓްް ކައުންސިލުން ބުނާ ގޮތެއް ސަބަބަކީ އެމެން ބުނާ ގޮތަށް މަމެން ހަދަން ޖެހޭނެ ކަމަށް ބަޔާން ކުރާ ގާނޫނެއް ރާއްޖެ އަކު އުފަން ކޮށް ފައި ނެތޭ. އދ. ގެ ދާއިމީ ސެކިއުރިޓީ ކައުންސިލުގެ މެމްބަރުން އެއީ ޗައިނާ އާއި ރަޝިޔާ އަކީ މިދެގައުމު އޮތީ މަމެންނާއި އެކު ކުޅަދާނަ އެއް ނޫން އދ. ގެތެރޭން އެއްވެސް ކަމެއް ކުރަން އދ. ގެ ހިއުމެން ރައިޓްސްގެ ބޮޑޭ އަށް. ޑޯންޓް ޔޫ އެވަރ ޑޫ އަ މިސްޓޭކް ޔޫ ކާންޓް ރީޗް އަސް ކޮޒް ވީއާރ އަންބްރޭކެބްލް އަންބްރޭކެބްލް އަންބްރޭކެބުލް ހޯއް ހޯއް އަންބްރޭކެބްލް. ޔޫ ވިލް ނެވަރ ބްރޭކް މީ ބިކޮޒް ވީއާރ އަންބްރޭކެބްލް އަންބްރޭކެބްލް..

 7. ބޮލިހިލާ

  ގައުމު ތައް ގުޅިގެން ނެރުނު ބަޔާން ގައި އޮތީ މަމެން އެޕްލައި ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އޭ އެކަން މަމެން ނުކުރާނަމޭ އދ. އެކޮޅު ކޮޅުން ޖެހުނު ކަމުގައި ވީ ނަމަވެސް ސްޕެޝަލީ މަމެން ގަބޫލުކުރާ ތަނެއް ނޫނޭ ޖެނީވާ ގައި ހުންނަ އދ. ގެ ހިއުމެން ރައިޓްސް ކައުންސިލަކީ އެއީ ގައުމު ތައް ފަނާ ކުރަން އދ. އިން އުފައްދައިގެން އުޅޭ ތަނެކޭ. އެމެރިކާ ގެ ހޮލީވުޑް ގައި އުފައްދާ އަނިޔާވެރި ކަން ދައްކުވައިދޭ ފިލްމްސް ތަކުގެ މަންޒަރު ތައް އެއީ އިންސާނީ ހައްގު ތަކާއި ޚިލާފު މަންޒަރު ތައް ކަން އދ. ގެ ހިއުމެން ރައިޓްސް ކައުންސިލުގެ ބޮޑޭ އަށް ނޭގޭނަމަ ދެން އިންސާނީ ހައްގު ތަކުގެ ވާހަކަ އޭނާ ނުދައްކާ މިއޮތް ނެސްޕްރޭ ހުސްކުރި ދަޅު ހިފައިގެން ރަންރީނދޫ ޓްވިޓަރޭ މެންނާއި އެކު އިރު އަރާ ތަނުން ކުރު ސޯޓް ބުރި ލައިގެން ދަހަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން އާއް ބޮލިހިލަން އާއް ބޮލިހިލަން ހެލޯ ބޮލިހިލާ ބޮލިހިލާ ބޮލިހިލާ ދޯ. ޑާންސް ޑާންސް ޑާންސް. ބޮލިހިލާ ބޮލިިހިލާ. އެތިބީ ޓްވިޓަރޭ މެން ނޭކަޑް ހާލަތުގައި އަވަހަށް ބޮލިހިލާ ބޮލިހިލާ ބޮލިހިލާ ގޯ އޮން ގޯ އޮން ގޯ އޮން ބޮލިހިލާ ބޮލިހިލާ.

 8. ހުނާ

  ޑަ ގުރޭޓު ބުރި ޓަން ،- އެނގެރޭސިން އެމެރިކާއާ އެކުގަ ލަޝްކަރު ފޮނުވައިގެން އިރާގު ސުންނާފަތި ކުރިކަން އޮއްބަން ނޫޅޭތި. ލަދުކުޑަބައެއް.

 9. ނުރަބޯ

  އިނގިރޭސީންނަކީ ކެރަފާ ނަޝީދުގެ އެޖެންޓުން.

 10. ހޮނޑާފުށީބޮޑުހުސޭނު

  އަޅާލާނެކަމެއްނެތޭ ، ކޮން އިގިރޭސިންނެއްތަ ، ކޮންއެމެރިކާއެއްތަ ، އަހަރެމެންނާއި އަހަރެމެންގެ ގައުމު ، އަހަރެމެން ބޮލިހިލައިގެން ، މަހައްގޮސްގެން ، ކުޑަ ބިންބި ކޮޅެއް ހައްދާލައިގެން ކައިބޮއެ އުޅެފާންން ، ދެެރައީ ފަރަކަށް އަރާލިޔަސް ހައެއްކަ ބޮލިވެސް ނުލިބޭކަން ، ގަހެއް ހައްދާލާނެ ހުސްބިންކޮޅެއްވެސް ނެތްކަން ، ކާލާނެ މަގޫފަތްކޮޅެއްވެސް ނެތްކަން

  • ބޮއްބޮ

   އެހެންވެތާ ހުސޭނު ބަނޑަށް ތިޔަހުންނަނީދޯ. ހުރޭހުރޭ ކެރަފާ ނަޝީދު އައިއްސަ ކަލެއަށް ރަން އިލޮށިން ކަދަުރު ކާންދޭނެ.

 11. އިސްލާހް

  ބަލަ ިމއީތިކިޔާ ފަސްޓްލޭޑީގެ ކަބަލުން ގެ ކުޅަދާނަކަން މިގައު ބޮޑޭކޮންމެމީހަކައްވުރެން މިހާރު އިދިކޮޅުގާ ތިޔަތިބީ ވެރިކަމާހެދި މޮޔަވެފައި ގައުމުފުޑާލާގެންވިޔަސް ވެރިކަން މައިންބަފައިން ގުރުބާންކޮއްފައިވިޔަސް ވެރިކަން؟؟