މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ޞާލިހަށް އިދިކޮޅު ފަރާތްތަކާއި ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުންދާ އިނގިރޭސިވިލާތުން ވެސް މަރުހަބާ ކިޔައިފިއެވެ.

އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން ނެރެފައިވާ ބަޔާނުގައި އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އޭޝިއާ އެންޑް ދި ޕެސިފިކް މާކް ފީލްޑް ވިދާޅުވީ އޮމާންކަމާއި ސުލްހަވެރިކަމާ އެކު ސަރުކާރު ބަދަލުވުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަނިކުފާނާއި އެ މަނިކުފާނުގެ ކޯލިޝަން ބައިވެރިންނަށް ހެޔޮ އެދުން ފޮނުއްވާ ކަމުގައެވެ.

މީގެ އިރުތުން ރާއްޖެ އާއި އިނިގރޭސި ވިލާތުން ކަންބޮޑުވާ މައްސަލަތަކުގައި އާ ސަރުކާރާ އެކު މަސައްކަތް ކުރެވޭނެ ކަމަށް ދެއްކޭ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އަވަސް މުސްތަގްބަލެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހަށް ގިނަ ގައުމު ތަކަކުން މަރުހަބާ ކިޔަމުން ދާއިރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ މަރުހަބާ ކިޔައިފި އެވެ.

އީޔޫގެ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އިން ނެރުނު ބަޔާނެއްގައި، އިބޫގެ ކާމިޔާބީ ފާހަގަކޮށް ބުނެފައިވަނީ، ރާއްޖޭގެ ކަންކަން އީޔޫއިން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައީސް ކަމަށް އަލަށް އިންތިހާބުވި އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ގާތުން މަސައްކަތްކޮށް ގުޅުން ހަރުދަނާ ކުރުމަށް އީޔޫއިން އުންމީދުކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އާންމު ކޮއްފައިވާއިރު އިދިކޮޅު ހުރިހާ ސިޔާސީ ބޭފުޅުންގެ ތާއީދާއި އެކު އެމްޑީޕީ އިން ނިކުންނެވި އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އިންތިޚާބު ކާމިޔާބުކޮއްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފެނޭތޭ

    ސާބަސް ރައިސް އިބޫ! ތީ ލީޑަރުންނަކީ. ޔާމީނުދޭ މަހަށް. މަހަށް މަހަށް މަހަށް. ގެޓް ދަ ޕޮއިންޓް؟ ގުޑް ގުޑް

    • ރައްޔިތުން

      ހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެ.... ދެން އޮތީ ފޭހުނު އިލޮށި އެންމެންގެ ލޮލަށް ވަންނަތަން ބެލުން... ގުޑް ގުޑް

  2. ޒާ

    އިނގިރޭސިވިލާތުން ކީއްވެތޯ މަރުޙަބާ ނުކިޔާނީ. އިސްލާމީ ޝަރީޢަތް ގާއިމް ނުކުރާނެކަން ކަށަވަރު. ހުޅަނގުން ލޯބިވާ ހުރިހާ ކަމެއް ހުއްދަ ޑިމޮކްރަސީއެއް ގެންނަނީ. ދެން އޯކޭނު އަދާލަތަށްވެސް.

  3. Anonymous

    ކޮމެންޓު ކުރަމުންދާ ބައެއްމީހުންނަށް ހީވާކަހަލަ އަލަށް ވެރިކަމަށް އަރާމީހަކަށް އެއްގައުމުން އަނެއްގައުމަށް މަރުހަބާކިއުމަކީ އާކަމެއްހެން، މިފަހަރު މިފަދަކަންތައް އާކަމަކަށް ވެގެންއުޅެނީ ވެރިކަމާއިނުގުޅޭ މީހަކަށް ވެރިކަކަން ލިބުނީމަ އާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭކަހަލަ ދޮތަ؟؟؟

  4. އަޙްމަދު

    ހުރިހާ ފާދިރީ ޤައުމުތަކުން ކިޔާނެ. ހާޑިންގހަމް އާއި އިޒްރޭލުން ނުކިޔާތަ؟