އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވުމާއި ގުޅިގެން ސަރުކާރުގެ ބައެއް ލިޔެކިޔުންތަށް ނައްތާލާ ކުއްލިއަކަށް އެތަށް ބައިވަރު މީހުންނަކަށް ވަޒީފާ ދެމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމުގައި އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ޤާނޫނީ ގޮތުން ވެރިކަން އެއްވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާއިރު ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަކަމަށާއި އިންތިހާބަށް ފަހު ކަންބޮޑުވާ އެތަށް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ސަރުކާރުގެ ބައެއް އޮފިސްތަކުގެ ލިޔެކިޔުންތަށް ނައްލާލުމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެެވެ.

"ކަންބޮޑުވާ ކަންކަން އެބަހުރި. އެކި އެކި ސަރުކާރުގެ އޮފީސް ތަކުގައި ލިޔުންތަށް ނައްތާލާ ކަމުގެ މައުލޫމާތު ލިބޭ. މިއީ ވަރަށް ބޮޑެތި ޖިނާއީ ކުށްތައް ކަން އެ ކުރައްވާ ފަރާތްތަކަށްވެސް އެނގެން ޖެހޭ. އަދި އަޅުގަނޑުމެންވެސް ދަންނަވަން ތީން އެއްވެސް ބޭފުޅަކު މީން އޮފީހެއްގައި އުޅުއްވާނަމަ ފޯނުގެ ޒަރިއްޔާ އިން ފޮޓޯ ނަގާ ވީޑިއޯ ކުރައްވާ އަދި މިނޫންވެސް ގޮތް ގޮތަށް ހެކިތަށް ބަހަށްޓަވާށޭ. މިއީ ޖިނާއީ ކުށްތަކޭ. އަދި މިގޮތަށް ކަންކަން ނުކުރުމަށް އެކަން ކުރާ ފަރާތްތަކަށް އިލްތިމާސް ކުރަން" މާރިޔާ ވިދާޅުވިއެވެ.

އަދި ލިޔެކިޔުންތަށް ނައްތާލުމުގެ މައުލޫމާތު ލިބުމުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށާއި އުންމީދު ކުރަނީ އެކަމުގައި ފުލުހުން އެއްބާރުލުންދީ ގާނޫނީ ގޮތުން އެފަރާތްތަކާއި މެދުގައި އަޅަން ޖެހޭނެ ފިޔަވަޅުތަށް އެޅުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި ލިޔެކިޔުންތަށް ނައްތާލުމާއި އެކު ކުއްލިއަކަށް ސަރުކާރުގެ ތެރެއިން އެތަށް ބައިވަރު މީހުންނަކަށް ވަޒީފާ ދެމުން އަންނަކަމުގެ މައުލޫމާތު ލިބޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ލިޔުންތަށް ނައްތާލުމުގެ މައުލޫމާތުގެ އިތުރަށް އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ އެތަށް ބައިވަރު ބަޔަކަށް ވަޒީފާ ކުއްލިއަކަށް ދެމުންގެންދާ ވާހަކަ. ދެން މިފަދަ ބަދަލުގެ މަރުހަލާއެއްގައި ކުއްލިއަކަށް މާދަން ހަމަ ރައީސް ޔާމީނުވެސް އޮފީސް ނިންމާލުއްވާފަ ނިކުމެ ވަޑައިގަންނަވަން ތައްޔާރުވެފައި އޮއްވާ މިގޮތަށް ތަންތަނަށް ވަޒީފާއަށް މީހުން ވައްދާ ވާހަކަ އިވޭތީ އަޅުގަނޑުމެން ކަންބޮޑުވޭ" މާރިޔާ ވިދާޅުވިއެވެ،

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ވިންވާނެއޭ

    މުއިއްޒު، ރައީސް ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރައްވަން ޕީޕީއެމަށް އައި ނަމަވެސް ޕިންކީން ފެއިލް ވުމުގައި މުއިއްޒު ކުޅުނު ނެރޯމައިންޑެޑް ބައޮސް ރޯލް ވަރަށް ބޮޑޭ އެގޮތުން ބަލާއިރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ފްލެޓްސް ދެވޭ ވަރަށް ފްލެޓްސް ނޭޅުނުކަން އެނގިހުރެ ހުޅުމާލެ 2 އިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 15 ހާސް މީހުންނަށް މީހަަކަށް 2 ހާސް އަކަފޫޓް ގޯތި 100 އަހަރަށް ކުއްޔަށް ދިންނަމަ ވިންވާނެއޭ..

  2. ސުލައިމާނު

    މުލިޔާގޭގެ ނަމާދުގެއިން ބަނގުރާ ނުރެނޭނު؟ ދެން ؟؟؟

    • ނާޒިމާ

      ވަރަށް ބޮޑު ތެދެއް! ކޮފަދަ ކަމެއް! ބަޔަކު މީހުން 5އަހަރު އުޅުނުތަނެއް ގައި

      ހުންނާނެ ދޯ އެބައެއް ގެއެއްޗެހި!

  3. ވިސްނާ

    މާރިޔާ ހާދަ ފަހަތުގަ ތިއުޅެނީ. މިހާރު އެއްޗެއް ނައްތަލުމަކީ ވަރަށް ފަސޭހަކަމެއް. އެހެންނޫނަސް ބަޔަކަށް ވަޒީފާދީހެން މީހުން ޝަކުވާކުރޭތަ. ހަމަ ބިމުގަ ހުރެވޭތޯ ބަލާ.

    • މަށަކީވަގެއް

      ކަލެޔައް ނޭންގޭތަ ބަޔަކައް ވަޒީފާދިނީމަ އެނިމުނީކީނޫން އެމީހުންނަށް މުސާރަވެސް ދޭންޖެހޭނެ ތިވަރައް ބީތާވީމަ ދެން މިސޮސައިޓީއައް ބޭނުމެއް ނުހިފޭނެ

      • ރަނގަބީލު

        މުސާރަ ދޭން ނޭންގެންޏާ ރައީސް ޔާމީން އާއި ސަރުކާރު ހަވާލުކުރޭ.އެއިރުން އެކަންވެސް ކުރާނެ.

  4. ދަވޭއޭ

    ގިނަ ބަޔަކަށް ކުއްލިއަކަށް ވަޒީފާ ދެމުން އަންނަކަމުގެ ޝަކުވާ ލިބޭ އޭ ކިޔާ މިހާރުވެސް ހިނގަމުން ދާ ސަރުކާރުގެ އެތެރޭގެ ކަންކަމަށް އެމްޑީޕީން ބޭނިގަނެގެން ކޫސުނި އަންހެން ދުޅައިގެ ކަންކަމުގައި މާރިޔާ މެން ކެނެރީގެ ނަޝީދަށް ވެރިކަން ލިބުމުން އުޅުނު ގޮތަށް އުޅެން ހަދައިފިނަމަ އިބޫގެ ވެރިކަން ވެސް ގޮވާނީ ތަމެން އަންހެން ވެރިން އަތަށޭ އަންހެން ވެރިން ނަކީ އެއީ އުފެދުމުގައި ވެސް ވަކި ވަރަކަށް ކަންކަން ޕްރެޝަރަށް ދިއުމުން ހަމަ ނުވިސްނި ޖަޒުބާތު ކުރިއަށް ނެރެގެން ޖެލަސީ އެން އެންގަރ އިން ވާހަކަ ދައްކާ ބަޔެކޭ އެކަން ޖެހޭނީ އެމްޑީޕީން މިފަހަރު ދޫކޮށްލަން އިބޫ މެން ދުވަންވީ ސަރުކާރުން މިހާރު ކުރަމުންދާ ކަންކަމުގެ ފަހަތުން ފާރަ ލަމުން ނޫނޭ އޭގެ ބަދަލުގައި ބަލަންވީ ފުރަތަމަ 100 ދުވަހު ސަރުކާރުން މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް ދިމާވެފައިވާ ބިމުގެ ދަތި ކަމުގެ މައްސަލަ ހައްލު ކުރަން އެމްޓީސީސީ މަހާޖައްރާފް މެދުވެރިކޮށް ތިލަފުށި އެއްކޮށް ހިއްކާލާ އެތަނުން ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ އުސޫލުން 100 އަހަރަށް ކުއްޔަށް ދީ މާލެ ސަރަހައްދުގެ ވިޔަފާރި ތައް އަޕަރސްޓްރީމް އަށް ހިއްލާލާ މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންގެ ހިތް ތަކުން ރިއަލް މީންސް ހުރި ގޮތެއްގައި ވިން ވެވޭތޯއޭ މިކަން ކުރެވޭނެއޭ އެމްޓީސީސީ މެދުވެރިކޮށް މިއަދު މިކަން ކުރެވެން މިއަދު އެބައޮތޭ..

  5. ދިވެއްސެއް

    އެމް.ޑީ.ޕީ ގެ ވެރިކަމުގައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަންވެގެން ދައްކާ ބަހަނާއެއް ތީ.

  6. އައިޝީ

    ލޮލް

  7. ދަވޭ

    ރައީސް ޔާމީންގެ ސަރުކާރު ފެއިލް ވުމުގައި ހުރި ރިއަލް މީންސް އެން ނޯރމްސް މަމެން ރަނގަޅަށް ދަންނަމޭމީގައި އެންމެ ބޮޑު މައްސަލަ އަކީ ޕްރެކްޓިކަލް އުސޫލުން މާލެ ސަރަހައްދުގައި ސީދާ ރައްޔިތުންނާއި ގުޅިފައިވާ ކަންކަމުގައިވާ ފްލެޓްސް ތަކުގެ ކަންކަމުގައި އެމެން ސަރުކާރާއި މެދު އިތުބާރު ނެތުމޭ މިނިސްޓަރުން ދައްކާ ވާހަކަ އަޑުއެހުން ޕާރޓީގެ އާންމު މެމްބަރުންގެ ވާހަކަ ތަކަށް ބީރު ކަންފަތެއް ފަހު ދެއަހަރު އެއްކޮށް ދިނުން ހަމަ މިގޮތްވާނީ އިބޫ އަށްވެސް..

  8. ކުޑަ ސޭކު

    އޮފީހުގެ ލިޔެކިޔުން ފޮޓޯ ނަގާ، ވީޑިއޯ ކުރުމަކީވެސް ޖިނާއީ ކުށެއްކަން މާރިޔާއަށް ނޭގުނީތީ ހައިރާންވޭ!

  9. ހަގީގަތް

    އުއްމީދުން ފުރިގެން އިބޫ އަށް ހަނދާންކޮށްދޭ ޒިންމާ ތަކެއް ހުރި ނަމަވެސް އާންމު ކޮށް ޓްވިޓަރ ގައި ޓްވީޓް ކުރަން އުޅޭ ޒުވާނުންނަކީ ފައިގެ ބޮޑުވާ އިނގިއްޔަށް ވުރެން ދުރަށް ނުވިސްނޭ ބަޔެކޭ މީގައި އިޝޫ ބޭސްޑް ވެރިކަމެއް އަދި އެއް ރާއްޖޭގެ އެެއްވެސް ވެރިއަކު މަމެންގެ ލައިފް ޓައިމް ގައި ކުރާ ތަން ނުދެކެމޭ މާލެ ސަރަހައްދުގައި ފުނިޖެހިފައި ހުރި މައްސަލަ ތައް ބެހެއްޓުމަށް ފަހު ރާއްޖެތެރެއަށް ފައިސާ ފްލަޑް ކުރި ނަމަވެސް ހައްލުނުވާނެއޭ އެއްކަމެއް ވެސް މީއޭ ހަގީގަތަކީ.

  10. ފާތުން

    މާމެގެ ބަދިގެއިންތޯ މީހުންނަށް ވަޒީފާ ދެނީ އެހެންނޫނީ އެން.ޑީ.ޕީ ޖަގައިންތޯ ސާފުކޮށް ދީބަލާ...

  11. ކުމާރު

    ތީ ހެސްކިޔާފަ ދޮގުހަދާ މީހެއް. ތިވަރައް ދޮގުހަދަންޏާ ކައްވަޅުން ދުންއަޜާނެ

  12. 3ނިރު

    އަނގަނަަރުވާ ތޮށިގަނޑު ބަހައްޓާނީ ލާރިހޯދައިގެން ސަރުކާރު ހިންގާ އެމްޑީޕީން ހޯދިލާރިއެއް ކޮއްދިންކަމެއް މިސަރުކާރެއްގަނެތް ނުވާނެކަން ތިއޮތީ އެގިފަ ގޮވާނެ އަތަށް

  13. އައިޝް

    ދިނަސް މައްސަލަ ނުދިނަސް މައްސަލަ. ސަހަލު އެއްގޮތްވެސް އެބައޮތްތަ އަޅެފަހެ.

  14. ޔަހުޔާ އަލީ

    ކަލެޔަށް ކޮންކަމެ ވަޒީފާ ދިނަސް

  15. ދަމް

    ކޯޓުތަކުގަ ހުޅުޖަހާ ތަންތަން ރޯކޮށް ހެދި އިރު އެއީ ކަމެއް ނޫން ކަލޭ ކީކޭ ކިޔަން ތަ ތި އުޅެނީ !

    • މުންނާރު

      ހިއްސުތައް ކޮޅަށްޖެހެނީ އޭކިޔާބަލަ

  16. ނަސީމު

    މަށައް ލިބިއްޖެ މިއަދު ސްކޫލެއްގެ ޓީޗަރުކަން. ޢެކަމު އެއީ މީގެ ދުވަސްކޮޅެއް ކުރިން އިންޓަވިއުކޮއްފަ އޮތް ވަޒީފާއެއް. މިއދު އެންގީ ނުކުންނަން. ދެން މާރިއޯ ބުނާނީ ކުއްކިއަކައް ދިން ވަޒީފާއޭތަ. ހޭ ދެބައިވެފަ ދޯ ތިހުރީ

  17. ރަސީދު

    ވަޒީފާ ދެނީ ދިވެހިން ނައްތަ

  18. ؟؟؟؟

    ވަޒީފާ ދޭނީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ދެން ކޮބާ މައްސަލައަކީ. ކިތަންމެ ސިޔާސީ ވަޒީފާތަކެއް ދިނަސް ވެރިކަން ބަދަލުވީމާ އެކަން އެނިމުނީ.

  19. ވައުދު

    މާރިޔާ އަށް ކަމަކު ނުދޭ ރައީސް ޔާމީނު ވައުދު ފުއްދީމަވެސް ނުފުއްދީމަވެސް. މާރިޔާ ހަނދާން އެބަހުރިތަ 95 ހާސް ވަޒީފާ އުފައްދަން ޔާމީނު ކުރެއްވި ވައުދު. އެވައުދު އެ ފުއްދަނީ. ނޮވެމްބަރ 17 އާ ހަމައަށް އެމަނިކުފާނަށް ފުރުޞަޠު ލިބެންވާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.

  20. ގރ މުންޑު

    އިންޑިއާމީހުންނަށްދޭން ބަހައްޓާ ދިވެހިންނަށްދިނީމަ ކަންބޮޑުވަނީ......

  21. ހުސޭނުބޭ

    ނުހިންގާ ކަންކަމުގެ ޚަބަރު މިކޮޔަށް މި ލިބެނީ ތިން ކަންފަތް ހުންނާތީވެބާ!

  22. ބައްބަ

    މި ރިޔާ މިހިރީ ބޯ ގޮވާފަ ދެން ބަލަން ތިބޭ ވާނެ ގޮތް ޑޮލަރު ރޭޓު ރައީސް ޔާމީން ފޭބުމޢި އެކު ބޮޑު ވާނެ އަދި ޑޮލަރުލިބުން ދަތިވާނެ ބަލަންތިބޭތި.

  23. ކެރޭ އަބްދުﷲ

    މާރިޔާ ބުނަތަ ވާހަކައެއް. ވަޒީފާ ދިނަސް ނުދިނަސް ކަލެއައް ކޮންކަމެއް. ރައީސް ޔާމީންގެ ވައުދު ފުޅެއް އެފުދަވަނީ 95 ވަޒީފާ އުފެދުމަކީ. ރައީސް ޔާމީނައް އެފުރުސަތު 17 ނޮވެންބަރާ ހަމައައް ލިބެން ޖެހޭނެ.

  24. ބޮޑު ދެލޯ

    މ ޑ ޕ ގެނައިބް އަކަށް ޝިފާގު ބޭބެ ހުރިއްޔާ އޭންގެ ވިސްނުމާއި ފަލްސަފާ ތި ޕާރޓީގައި އިސް ދަވްރެއް އަދާކުރާނެ! "އެމް ޑީ ޕީ މީހުނަސް ބަޙާފާ ބާކީ ހުރިއްޔާ ނަުނީ އެހެން މީހަކަށް ނުލިބޭނެ"ކަމަށް އޭނަ ވަނީ ފައުޅުގައި ބޮޑު ޖަލްސާއެއްގައި އިޢްލާން ކޮށް ވަޢުދު ވެފައެވެ. އިއްޔެވެސް މިއަދުވެސް ކިޔަނީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ޢަދްލު އިންސާފު ޤާއިމްކުރާ އާހަކައެވެ. އެކަމަކު އިލްހާމް މިނިވަންވެގެން ކޯރޓުން ނިކުމެ ފުރަތަމައިނުންވެސް ގޮވާލީ ޔާމީނަށް އަނިޔާ ކުރަން ޖެހޭކަމަށާއި ކުރާނެ ކަމަށެވެ. ހުޅު ޖެހުން އާދްވެފައި ތިބި ބަޔަކު ގޮވާނޒި އެހެން މީހުން ހުޅު ޖަހާނެ

  25. ބޮޑު ދެލޯ

    މ ޑ ޕ ގެނައިބް އަކަށް ޝިފާގު ބޭބެ ހުރިއްޔާ އޭންގެ ވިސްނުމާއި ފަލްސަފާ ތި ޕާރޓީގައި އިސް ދަވްރެއް އަދާކުރާނެ! "އެމް ޑީ ޕީ މީހުނަސް ބަޙާފާ ބާކީ ހުރިއްޔާ ނަުނީ އެހެން މީހަކަށް ނުލިބޭނެ"ކަމަށް އޭނަ ވަނީ ފައުޅުގައި ބޮޑު ޖަލްސާއެއްގައި އިޢްލާން ކޮށް ވަޢުދު ވެފައެވެ. އިއްޔެވެސް މިއަދުވެސް ކިޔަނީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް ޢަދްލު އިންސާފު ޤާއިމްކުރާ އާހަކައެވެ. އެކަމަކު އިލްހާމް މިނިވަންވެގެން ކޯރޓުން ނިކުމެ ފުރަތަމައިނުންވެސް ގޮވާލީ ޔާމީނަށް "އަނިޔާ" ކުރަން ޖެހޭކަމަށާއި ކުރާނެ ކަމަށެވެ. ހުޅު ޖެހުން އާދްވެފައި ތިބި ބަޔަކު ގޮވާނީ އެހެން މީހުން ހުޅު ޖަހާނެ ވާހަކައެވެ. ޢެއީ ތިމާމެން ޖެހި ހުޅު އެހެން މީހުންގެ ހަނދާނުން ފޮހެލުމަށެވެ. ވެރިކަމުން ފޭބި ދުވަހުގެ ފަހު ދުވަހު މ ޑ ޕ އިން ރާއްޖޭގައި ޖެހި ހުޅުގެމަތިން ހަނދާން ނެތޭނި މަރުވީމައެވެ. މާރިޔާ އެތަ " ހޭލާ ގުނަވަން ނިންދަވަން" އާދައިގެ މަތިން ވަޑާންނަވަ. އަވަހަށް!!!

  26. ޢަޅޮ

    މީދެން ކާކު އަނގަ އަރުވނ ހޭބަލި ނުވޭ މަސްއަރިޔާ މިތިބީ ބަަލަން ވ ކައިރިން އަތަށް ގޮވާތަން ކޮވެލިޝަން ސޭޓަށް ފަޅުތަށެއް ނުދީގެން ބޮޑާ ހާކާފަ ތުންއަނބުރާފަ ދާނެ ދެންހުރި މީހާ ދީނޭ ކިޔާފަ ދާނެ މީހާރުވެސަ އެގޮވަނީ މަރުގެ ހުކުމް ތަންފީޛު ނުކުރަން

  27. ނާޒިމާ

    މާރިއާ ވެސް މާ ފޮނި ނުވޭ! ކާމިޔާބީ ގައި ﷲ މަތިން ހަދުމަކުރާށެވެ

  28. ފާތުމަ

    ދޮގުވާހަކައެއް ނޫނީ މިދައިތައަށް ދައްކާކަށް ނޭގޭނެ.

  29. ފަތަފޮޅި

    މި ދައިތަގެ އަނގަގަނޑު ނުކޮށްޕާ ހަމަ އެއްތަނެއްވެސް ނެތްދޯ ރަބަރުކަން ދަމަހައްޓަން މޫނުގައި ޗޯކު ޖަހައިގެން އަރާއޮވެ ނިދާބަލަ ކީއްވެ މާބޮޑަށް ފެލެނީ !

  30. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ވެރިކަމުގެ ބާރުތައް ބޭނުން ކުރެއްވުމުގެ އިޚްތިޔާރު އެންމެފަހު ވަގުތާއި ހަމައަށް ދެމިއޮންނަ ގޮތަށް ފަރުމާ ކުރެވިފައިވާ ވެރިކަމުގެ ނިޒާމެއްގައި ނުވަތަ ޤާނޫނީ އޮނިގަނޑެއްގެ ތެރޭގައި ކަން ހިނގާނޭ މަގަކީ، އެއީ އެވެ. އޭގެމާނައަކީ، ރައީސް ޔާމީނަށް ވަޒީފާ ދެއްވުމުގެ ބާރު ލިބިގެންވާއިރު، ވަޒީފާގައި ބެހެއްޓެވުމުގެ ބާރު އޮންނާނީ، ރައީސް އިބޫއަށެވެ.

  31. ޜަންނަމާރި

    ސިވިލް ސަރވިސް މުވައްޒަފުން ވަކިކޮށްގެން ބަޖެޓަށް ރުފިޔާ އިތުރު ކުރާ އެމް.ޑ.ޕީ...ތީ ައަލަށް ކުރާ ކަމެއް ނޫން! ވަކިކުރޭ! އަނެއްކާވެސް ވައްޓާލާނަން. ނިކަމެތިންނާ ނުކުޅޭތި ރަންނަމާރީ!!

  32. އަބުޅޯ

    އަދިމިއުޅެނީ ސަރުކާރާ ހަވާލުނުވެވިގެން. މިހާރު ފިތުނަ ދައިތަ ފިތުނަ އުފައްދަންފެށީ. ތިޔަ ސަރުކާރު 1 އަހަރުވެސް ދެމި ނޯންނާނެ. އިންޝާ ﷲ.

  33. ލަލަލާ

    ދެން 5އަހަރުވަންދެން ތިޔަހެން ކަރުފެލިފެލި ތިބެންޖެހޭނީ ލަލަލާ

    • މަގޭ

      އަންނި ހޮވާފަވެސް ބުނިތެހެން. ގާމު 5 ވެރިކަން ނުކުރެވުނު. މީ ހަމަ އެދިވެހި ރާއްޖެ އަދި ބުނަން އެދިވެހިން. ދޮރުގަ ޑަކިދޭހެން އިބޫ އެއްލާލަފާނަން. ލަލަލާ

  34. މުޙައްމަދު އަޙްމަދު

    ދެން ތިހެންކިޔައިގެން ވެސް މީހުން ވަޒީފައިން ކެޑޭތޯބަލާ ކުރިންވެސް ކަލޭމެން ވެރިކަމަށް އަރާ ކުރީ އެކަމެއްނޫތޯ މިފަހަރު ވެސް ކޮންމެވެސް އެއްޗެކޭ ކިޔާފައި ތިކަން ކުރޭ

  35. ޙަބޭސް

    ދީފަ ބަހައްޓާ ގިނައިންދީ

  36. ޗެރީ

    ތިޕާޓީގަ ތިބީ ހުސްފެއިލްވެފަ ތިބި މީހުން

  37. ރަންނަމާރި

    5 އަހަރު ނުވަނީސް އިބޫ ގެ ވެރިކަން ވެއްޓޭނެކަން ކަށަވަރު. ވެރިކަމުގައި ހުންނާނީ ނަށީދު. ހަހަ?????

  38. ރަންނަމާރި

    ޖަޒީރާ ކޮންސެޕްޓް=????