އެކްޓިން ފޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) އާއި ބައްދަލު ކުރައްވައިފިއެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި އިބޫއާއި ނަވާޒު ބައްދަލު ކުރައްވާފައިވަނީ މިއަދުއެވެ. މާރިޔާ ވިދާޅުވީ ނަވާޒު އިބޫއާއި ބައްދަލު ކުރެއްވީ އިހުތިރާމުގެ ޒިޔާރަތެއްގެ ގޮތުގައި ކަމަށެވެ.

" އިބޫ އާއި ނަވާޒު ބައްދަލު ކުރެއްވީ މިއަދުގެ ވަގުތެއްގައި. ސިފައިންގެ ވެރިޔާ ވެސް ވަރަށް އަވަހަށް އިބޫއާއި ބައްދަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވަން " މާރިއާ ވިދާޅުވިއެވެ

މާރިއާ އިތުރަަށް ވިދާޅުވީ 2008 ވަނަ އަހަރު ވެސް ފުލުހުންނާއި ސިފައިންގެ އިސްވެރިން ވަޑައިގެން އޭރު އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިހުތިރާމުގެ ޒިޔާރަތް ކުރެއްވި ކަމަށެވެ.

ރައީސް ޔާމީން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ނަވާޒާއި ފުލުހުންގެ މުއައްސަސާގެ ހިންގުން ނަވާޒާ ހަވާލުކުރެއްވީ، ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން، ޕޮލިސް ކޮމިޝަނަރު ކަމުން އަހުމަދު އަރީފް އާއި އޭގެ ފަހުން އެތަން ހިންގެވުމާ ހަވާލުކުރި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދު މަގާމުން ވަކިކުރައްވައިފަ އެވެ.

އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އާންމު ކޮއްފައިވާއިރު އިދިކޮޅު ހުރިހާ ސިޔާސީ ބޭފުޅުންގެ ތާއީދާއި އެކު އެމްޑީޕީ އިން ނިކުންނެވި އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އިންތިޚާބު ކާމިޔާބުކޮއްފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616 ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައުދީ

    ނަވާޒް އަށް ކޮމިސަނަރުކަން ދޭ ތޯ މިހާރު އެ އުޅެނީ

  2. މާޝްޥާރާ މަޖްލިސް

    އިބޫ އެއްގޮތަކަސްވެސް ތިޔަ ނިޔާޒްގެ އަޑުނާހާތި. އެންމެ ފުރަތަމަ ކުޑަގޮޅީގެ ކަން ތި ސޮރަށް ހުސްކުރޭ ހަމަފިސާރި ތެދެއް. އެސޮރުގެ ައަޑުއަހައިގެން އެސޮރު ބުނާގޮތަށް ހަދައިފިނަމަ މުސްތަޤްބަލް ތާހިރެއްނުވަނެ. އަހަރެމެނެްގެ މުޅި މަސައްކަތް ބޭކާރު ކުރަން ނުހައްދާވާ. ޕްލީޒް

  3. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ތިޔަބައި މީހުންގެ މިދިވެހި ދައުލަތަކީ، ރޫޅައި ސުއްނާފަތި ކޮށްލެވޭނެ ދައުލަތެއްނޫނެވެ. ތިޔަބައި މީހުންނަކީ، ދައުލަތުގެ މައްޗަށް އަމާނާތްތެރިވާން ޖެހޭނެ ބަޔެކެވެ. ދައުލަތުގެ މުދަލާއި ފައިސާއާއި ތަކެއްޗަށް ރައްކާތެރި ވާންޖެހޭނެ ބަޔެކެވެ. އަދި ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަށްޖެހޭނެބަޔެކެވެ.