މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިންގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.

ޝައިހް އިލްޔާސްގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގުނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ލަންކާ މަގުން އެނބުރި މެލޭޝިއާ ވަޑައިގަތުމަށް ފުރާވަޑައިގަތުމަށްޓަކައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުންނެވެ. ނަމަވެސް ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް އެނގިފައެއް ނުވެއެވެ.

އިލްޔާސްގެ ޕާސްޕޯޓު ހިފެހެއްޓިއިރު ޑރ.އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ އާއި ގުޅިގެން އިތުރު ނުވަ ޒުވާނަކު މަރާލާފައިވާ ކަމަށް އިލްޔާސް ވިދާޅުވުމުން އޭނާ އާއި ސުވާލު ކުރަން ބޭނުން ވެގެން ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމަށް އިލްޔާސަށް މީގެ ކުރިން ފުލުހުން ވަނީ އަންގާފައެވެ. ނަމަވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އިލްޔާސަށް އެންގެވިއިރު އޭނާ ހުންނެވީ މެލޭޝިއާގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    މީނާއަށް ކިޔަންވީ ދެއިރު ދެދަޅައަށް ފައިސާއަށް ދީންވިއްކާ.....

  2. ހަސަނާ

    ޝޭހް އިލްޔާސް އަކީ ކުރިން އަޅުގަނޑު ވަރަށް އިހްތިރާމްކުރާ ދީނީއިލްމްވެރިޔެއް. މީނާދައްކާވާހަކަ ދެން ދުވަހަކުވެސް އަޑެއްނާހާނަން. ދީނީ އިލްމްލިބިގެންތިބި ދީނީ އިލްމްވެރިންނޭކިޔައިގެން ފިތުނަ ފަސާދަ އުފައްދުމަށް މީނާއަށްވުރެން މޮޅު ދެވަނަ މީހެއް މިރާއްޖެއިން ނުދެކެން.
    ކޮންމެ ވެރިކަމެއްގައި ވެރިޔާ އާއި ދެކޮޅަށް ބަޢާވާތްކުރަން ކުރީސަފަށް ނިކުންނާނެ، މީހުން މަގުފުރައްދައި ޖަމާއަތް ބައިބައިކުރަން ރޮއެރޮއެފައި ސާބިތު ނުހިފޭ ދޮގުވާހަކަ ފަތުރައި ރައްޔިތުންގެ މެދުގައި ވެރިޔާއާއި ދެކޮޅަށް އަޑުއުފުލާނެ. މީނާ އަށް ކަމުދާ އެއްވެސް ވެރިކަމެއް މިރާއްޖެއަކު ނެތް. ހީވަނީ މީނާއަށްހެން ވެރިކަންވެސް ދޭންވީ.
    މީނާއަކީ މިރާއްޖެއަށް ލައިގަނެފައިވާ ބޮޑު ބަލާއެއް. މީނާގެ ފިތުނައިން އަހަރުމެން ސަލާމަތް ކުރައްވާށީ އާމީން.

  3. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޢިލްމު ވެރިންނަށް ލޯބިކުރާ މީހާ ޤިޔާމަތް ދުވަހު މަޙްޝަރު ކުރައްވާނީ، ހަމަކަށަވަރުން ޢިލްމުވެރިންގެ ތެރޭގައެވެ. العلماء ورثة الأنبياء